ޚަބަރު / އިކޮނޮމިކް މިނިސްޓްރީ

ރޯދަމަހުގެ ރޭގަނޑު 11 ޖަހަންދެން ފިހާރަަތައް ހުޅުވާފައި ބެހެއްޓޭނެ

ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ: ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ފިހާރަ އަދި ކެފޭ ހުޅުވޭ ވަގުތު އިތުރުކޮށްދޭ --ފޮޓޯ/މިހާރު

އަންނަ ހުކުރު ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައިވާ ކަަމށެވެ،

މީގެ އިތުރުން، ރޯދަމަހުން ފެށިގެން ޝައްްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ކެފޭ އަދި ރެސްޓޯރެންޓްތައް މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ދުވަސްތަކުގައި ދުވާލު ވަގުތު ކެފޭ އަދި ރެސްޓޯރެންޓް ހުޅުވުން މަނަލެވެ.

އާންމު އުސޫލުން މިހާރު ރޭގަނޑު 10 ޖެހުމުން ފިހާރަތައް ބަންދު ކުރަން ޖެހެ އެވެ. އަދި ކެފޭ ރެސްޓޯރެންޓްތައް ވެސް މެންދަމު އެކެއް ޖެހުމުން ބަންދު ކުރަން ޖެހެ އެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް، އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭ ވަގުތު ސަރުކާރުން އިތުރު ކޮށްދެ އެވެ.

ކަލަންޑަރުގައިވާ ގޮތުން ނަމަ މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

9 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 19%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާނަ

07 May 2018

ދެން ތިގޮތުގަ އަބަދުވެސް ބާއްވަމާ.. ބަދަލު ނުކުރައްޗޭ ޕުލީޒް

The name is already taken The name is available. Register?

އައިޒާ

07 May 2018

ދާއިމަށް ވެސް ތިޔަ ހެން ޖަދަން ޖެހޭ މިހާރު.. ދުވާލު އޮފީހުގަ އުޅޭތީ ރޭގަނޑު މަގަކަށް ނުކުތަސް ބާރުބޮޑު ކަމުމް ޝޮޕިންގ ނުކުރެވޭ ތަންތަމަށް ދުއްވަން މަގާ ވަގުތު ގިނަކަމުން.

The name is already taken The name is available. Register?

ނަން

07 May 2018

24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ހަމަނުޖައްސާތަ؟؟؟؟؟؟

The name is already taken The name is available. Register?

ސަމާ

07 May 2018

ގައިމުހީވި ދެންމެ ދެންމެ 24ގަޑިއިރަށް ހަދަބް އުޅޭހެންވެސް

The name is already taken The name is available. Register?

ހައިލަމް

06 May 2018

11އަށްވުރެ ލަސްވަންދެން ފިހާރަހުޅުވާފައި ބެހެއްޓުން މައްސަލައަކަށް ވަނީ ކީއްވެ؟ ސަރުކާރުން ކޮންޓްރޯލް ކުރަންނުޖެހޭ ކަންތައްތައް ކޮންޓްރޯލްކޮށް ވިޔަފާރިވެރިންނަށް ދުއްތުރާކުރުން ހުއްޓާލާ. ކަމެއްކުރަންޏާ މާލޭގެ ކުލި ހަމަޖެހޭގޮތަކަށް ކޮންޓްރޯލްކޮށްބަލަ. އެވެސް ވިޔަފާރި. މީހަކު 24ގަޑިއިރު ފިހާރަހުޅުވައިގެން މުދާވިއްކިޔަސް ކާކަށް އުދަގޫވާނީ؟

The name is already taken The name is available. Register?

12މަނަލ!

06 May 2018

މި ވާގޮތަކީ... ފިހާރަތައް ހުޅުވާފަ ބެހެއްޓީމަ 24 ގަޑި އރު މާލެ ތެރެ ހަލަބޮލި ވޭ

The name is already taken The name is available. Register?

އަސްލުހާލަތު

07 May 2018

ދެން ސައިހޮޓާތަކާ ކަޑަތައް ހުޅުވާފަ ބެހެއްޓީމަ ހަލަ ބޮލި ނުވޭތަ؟ މާލޭ ހަލަ ބޮލި ބަންޏާ ރާއ2ޖޭހެ އެހެންތަންތަނަށް ކީއްކުރަން އެގަޑީގަ ބަންދުކުރުން ލާޒިމްކުރަނީ؟ ދެކޮޅު ޖެހޭ އެއްޗެއް ކިޔާބަލަ އެއްޗަކަށް އެއްޗެއް ނުވީދާ

The name is already taken The name is available. Register?

ސަސހި

06 May 2018

އެއީ ރަސްމީކޮށް ދެއްތޯ؟ ބައެއް ކުދި ފިހާރަތައް މެންދަމު 2 ޖަހާއިރުވެސް ދުވަހުގެ ހިސާބު ނިމޭކަމަށް ނުވޭ

The name is already taken The name is available. Register?

ކެންޑްރިކް

06 May 2018

އޭރުން އަހަރުންނައް ރަނގަޅޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454