ވިޔަފާރި

ފިހާރަތަކާއި ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަމައަށް

މާލޭގައި ހުންނަ ދަ ކިޗެން ރެސްޓޯރެންޓު: ފިހާރަތަކާއި ރެސްޓޯރެންޓުތައް ހުޅުވިފައި ހުންނަ ގަޑިތައް ވަނީ އިއުލާން ކޮށްފައި-- ފޮޓޯ: މިހާރު

މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓުތައް، ކޮވިޑް-19 ގެ ލުޔާއެކު، ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 ގެ ފުލް ލޮކްޑައުން އާއި އަދި ކޮންމެވެސް ވަރަކަށް ކުރިން ލުއި ދިން މުއްދަތުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އޮތީ ހެނދުނު 9 ން ރޭގަނޑު 9 އަށެވެ. ނަމަވެސް، "ނިއު ނޯމަލް" އިތުރު ލުއިތަކާއެކު، ފިހާރަތައް ވެސް ރޭގަނޑު 10 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ. މި ވަގުތުތަކުގައި ވިޔަފާރި ކުރަން އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ އެވެ.

މިފަދަ ތަންތަން ރޭގަނޑު 10 ޖަހާއިރު ބަންދުކުރި ނަމަވެސް ޑެލިވަރީގެ ހިދުމަތް ދޭން އިތުރު އެއް ގަޑިއިރު ލިބޭނެ އެވެ. އެހެންކަމުން ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11 ޖަހަންދެން ދެވޭނެ ކަމަށް އެންއޯއީސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވި އެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުނަށް ސަރުކާރުން ލުއި ދިނުމާ ގުޅިގެން ގެނެވޭ ބަދަލެކެވެ. ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް ހިދުމަތް ދެވޭނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަަވަޅުތައް އަޅައިގެން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ހުންނައިރު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭގޮތަށް ހުންނަން ވާނެ އެވެ. އަދި އަތް ދޮވުމުގެ އިންތިޒާމު ވެސް އެ ތަންތަނުގައި ހުންނަން ޖެހޭނެ އެވެ.

ސަރުކާރުން ވަނީ ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުގެ އިތުރުން މިއަދުން ފެށިގެން ސްކޫލްތަކާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ވެސް ދީފަ އެވެ.

15 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަސް

01 July 2020

އެއްވެސް އިރަކު ތިތަންތަނަށްގޮސްއުޅުނު މީހެއްނޫން. އަލަށް ރަނގަޅު ފެންވަރުގެ ތަނެއް ހުޅުވިއްޔާ ގޮތްބަލާލަން ގޮސްލަން.

The name is already taken The name is available. Register?

ބިލް

01 July 2020

މިހާ ދުވަހު ނުގޮސް ހުރީމަ ލައްކަ ކަންކަން މިސްވެފައި ތިހުރީ. ރަގަޅު ފެންވަރުގެ ތަނެއް ހުޅުވިކަން އެނގޭނީވެސް ހުޅުވާ އެކި ތަންތަނަށް ގޮސް ބަލާލީމާ. ނުގޮސް ހުރެ ރަގަޅު ފެންވަރުގެ ތަނެއް ހުޅުވާފަ ލެއްޕިއަސް ނޭނގޭނެ.

The name is already taken The name is available. Register?

އަލީބަލީ

01 July 2020

10 ގެ ފަހުން ފެތުރޭ ބައްޔެއްތޯ މިއީ؟

The name is already taken The name is available. Register?

އެހެންނާ

01 July 2020

10 އެއީ ވައިރަސް ތިއްތިކޮށް ރަޖާލައިގެން ނިދާ ގަޑިވިއްޔަ. ދެން ތެދުވަނީ ހަމަ އެހެން މީހުން ކަސްރަތު ކުރަން ދާން ތެދުވާ ގޮތަށް ފަތިހު 5 ޖަހާއިރު.

The name is already taken The name is available. Register?

ހިފުންތެރިން

01 July 2020

ފިހާރަތައް ރޭގަނޑު 12 ޖަހަންދެންވެސް ހުޅުވާއިގެން އުޅެންވީ ވަކިގަޑިއަކަށް ބަންދެން ނުކުރޭ ބަންދު ބޯޑު އަޅުވައިގެން މީހުން ވަދެވަދެ އެހެރަދަނީ ބެލުން ކުޑަވީމަ އެހެން ވަނީ

The name is already taken The name is available. Register?

ޑިންގީ ކުއްޖާ

01 July 2020

ހުރިހާ ކުދިންވެސް ބަސް އަހައިގެން އުޅޭތި، އޭރުން ދެވަނަ ރާޅަކުން ސަލާމަތްވެ އިތުރު ލޮކްޑައުންއަކަށް ނުގޮސް މިކަމުން ސަލާމަތްވާނީ. ﷲގެ އިރާދަފުޅުން ދެރަ ގޮތެއް ނުވާނެ.

The name is already taken The name is available. Register?

އިޔެ1

01 July 2020

އަހަރެން ދިރިއުޅޭ ބިދޭސީ ގައުމުގެ ސަހަރުގައި ފިހާރަތައް ބަންދުކުރަނީ ހަވީރު 5 ޖަހާއިރު. ހުޅުވަނީ ހެނދުނު 9 ޖަހާއިރު. ބުރާސްފަތި ދުވަހު ރޭގަނޑު 9 ޖަހާއިރު. ހަމަ އެއްވެސް މީހަކު މައްސަލައެއް ނުޖައްސާ. އިޝާ ނަމާދުކޮށްގެން ކައިގެން ހަބަރު ބަލާލާފައި ނިދާލަނީ. ފަތިހު ފަތިސް ނަމާދަށް ހޭލުމާއިއެކު ދުވަސް ފެށުނީ.

The name is already taken The name is available. Register?

އަބްދުއްالله

01 July 2020

ތިޔައީ ބިދޭސީ ގައުމެއް ނޫން. ތިޔައީ އުޚުއްވަތްތެރި މުސްލިމް ގައުމެއް (އިންށާالله). ބުރާސްފަތި ދުވަހުގެ ރޭ (ހުކުރު ވިލޭރޭ) އަވަހަށް ބަންދު ކުރަނީ މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގެ އަލިކަމުގެ ތެރޭ އަބަދުގެ ދާއިމަށް ޤާއިމުވެ ތިބި ގައުމުތައް (މާށާالله). ދައުލަތުލް އިސްލާމީ ތަ؟

The name is already taken The name is available. Register?

އަބްދުއްالله

01 July 2020

ކޯވިނދު ޖަރާސީމު ނިކުމެ އުޅެނީ 10 ގެ ފަހުން ދޯ؟

The name is already taken The name is available. Register?

ރަންދެލި

01 July 2020

ހޮޓާ ކެފޭ ތައް 1 ޖަހަން ދެން ހުޅުވަން ޖެހެއެވެ. ދެން ވަކި ހުއްދަ އަކާ ނުލާ 24 ގަޑިއިރު ބޭރުގަވެސް އުޅެބވެން ޖެހެއެވެ. މިއޮށްހާ ދުވަހު ގޭގާ ތިބީމާ ތިއުޅެނީ ކޯންޗެއް ހަދަން ކަމަށް ހެއްޔެވެ؟ ގެސްޓާޕޯ ހެދިފަ މިހާރުވެސް 9.30 ބައިގަ މަޖީދީމަގު ބަންދުކޮށްގެން ޖަހާ ސަކަރާތް އަބަދަކު ނުޖެހޭނެއެވެ.

The name is already taken The name is available. Register?

ބިލް ކުލިންޓަން

01 July 2020

ނިއުނޯމަލްވިޔަސް އެހެންނޯމަލެއްވިޔަސް 10ގެ ފަހަށް އެއްވެސްތަނެއް ހުޅުވިޔަދޭނެކަމެއްނެތް. މިބުނީ ކޮފީބޯތަންތަނުގެ ވާހަކަޔާލައިގެން. އިޝާނަމާދުން ފައިބައިގެން 8 ޖެހީމާ ކޮފީބޯމީހުން ދެގަޑިއިރުވަންދެން ކޮފީބޯންވީން. ދެން އެވަރުންވެސް ނުވަންޏާ ގައަށް ކޮފީފުޅިއެއް ހިފައިގެންއައިސް ފަތިސްވަންދެން ކޮފީބޯންވީ.

The name is already taken The name is available. Register?

މުރީދު ފިކުރީ

01 July 2020

ތިބޭފުޅާ 10 ގެ ފަހުން ނުނިކުތީމަ ވީ ނޫން ތޯ!

The name is already taken The name is available. Register?

ލޮކިސާނު

01 July 2020

ކުލިންޓަނު ރަސްގެފާނު ހެދިފަ ގޭގަ އޮންނަންވީނޫންތޯ؟ ދަތުރުވެރިންނާ އަދިވެސް އެހެނިހެން އެތއްަބައިވަރު ބަޔަކު ބޭރުގަ އުޅެންޖެހޭ. ކާން ބޯން ވެސް ޖެހޭ. މަށަކީ ކަރަންޓު ވައިރު ކުރަން އުޅޭ މީހެއް. ގިނަ ރޭ ރޭމަސއްކަތް ނިމެނީ 11 ގެ ފަހުން ދެން ބެރަށް ނުކުމެލަންޏާ މި ނުކުމެވެނީ 12 ޖަހާ ކަން ހާއިރު. ދުނިޔޭގާ އެހެން މީހުންވެސް އުޅެންވާނެ އެހެން ނޫންތޯ؟

The name is already taken The name is available. Register?

މޮނެކާ ލުވިންސްކީ

01 July 2020

ބިލް ދައްކާނެ އެޒާތުގެ ވާހަކަ އެކަމަކު ކޮފީ ހިފައިގެން އައިސް ބޮނީ ސުއްޓާ އެއް އެހެން ގޮތަކަށް.

The name is already taken The name is available. Register?

އިޔެ1

01 July 2020

ކޮފީއަކީ ނިދައި ހޭލައިގެން ބޯއެެއްޗެއް. އެކަމަކު ފެންބޯހެން ކޮފީ، ރެޑްބުލް އަދި ސިނގިރޭޓު ބުއިމުގެ ސަބަބުން 40 އަހަރުގައި މަރުވާ މީހުން އިންތިހާއަށް ގިނަ. ދުވާލަކު އެއް ރެޑުބުލް ބުއިމަކީ ސީދާ ލިވާ އަދި ކިޑްނީ ހަލާކު ކޮށްލުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454