އޭޑީކޭ ގައި ފަރުވާ ހޯއްދެވުމަށް ފަހު މައުމޫން މިއަދު ހަވީރު އަނބުރާ ދޫނިދު އަށް ގެންދަނީ.
11 މެއި 2018 - 17:13
ފުލުހުންގެ ބަންދުގައި، ދޫނިދޫގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އަނބުރާ ދޫނިދު އަށް ގެންގޮސްފި އެވެ.
ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައުމޫނަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާގެ އާއިލާ އިން ވަނީ ބުނެފަ އެވެ.
ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށްފައިވާ، މައުމޫން ކަރުންމަތީގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ފަހު އަނބުރާ ދޫނިދު އަށް ގެންދިޔައީ މިއަދު ހަވީރު ހައެއް ޖަހަން އުޅެނިކޮށެވެ.
އާއިލާ އާއި ވަކީލުން ބުނެފައިވާ ގޮތުގައި، ޖަލަށް ލުމުގެ ކުރިން ވެސް މައުމޫން ފަރުވާ ހޯއްދަވަމުން ގެންދެވި، ބަލި މިހާރު ވަނީ ބޮޑުވެފަ އެވެ. އާއިލާ އިން ބުނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހިފައިވާ ކަމަށެވެ.
އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އެ ގޮތަށް ވެއްޓޭ އިރު އެހީތެރިވޭނެ މީހަކު ކައިރީގައި ނެތް ނަމަ ފުރާނަ އަށް ގެއްލުންވުމުގެ ފުރުސަތު އޮވެ އެވެ.
މައުމޫނަށް ކުރިމަތިވެވަފައިވާ އެ ބައްޔާ ގުޅިގެން އެމަނިކުފާނު ގިނިކަންޏާ ނުހުންނެވުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. އެހެންވެ، ޖަލުން މައުމޫން ގޭބަންދަށް ބަދަލުކޮށްދޭން އާއިލާ އިން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް މިހާތަނަށް އެމަނިކުފާނު ގޭބަންދަށް ބަދަލެއް ނުކުރެ އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތާ އެކު ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ ޖަލީލު
13 May 2018
ސިކުނޑީގައި ތެތްކަމެއް ހުރިމީހަކު މައުމޫނަށް ތިހާލު ނުޖައްސާނެ. ކެނެރީގޭ ނަޝީދަށް މައުމޫނުގެ ވަރިކަމުގައި ނުހަނު ގިަނަ އަދަބުތަކެއް ލިބިފައިވީނަމަވެސް ނުކެރޭނެ މައުމޫނު ފަދަ ރައްޔިތުންގެ ލޯތްބާއި ގަދަރު ލިބިގެންވާ އުމުރުން ދުވަސްވީ ބޭފުޅަކު ޖަލަށް ލާކަށް. ތި ކުރަމުންދާ އިންސާނިއްޔަތާއި ޚިލާފު އަމަލުތަކުން މީހާގެ އަސްލުސިފަ ހާމަވުން ނޫންކަމެއް ނުވާނެ. ވަރަށް ސަލާމް.
އިސްމާލު
13 May 2018
ހަޑި ފެންބޮންޏާ ބަލި ވާނެއެވެ. ބައްލިވާން ބޭނުން ނޫންނަމަ ހަޑިފެން ބުއިން ހުއްޓާލަން ޖެހެއެވެ. އެގޮތުން ޤާނޫނީ ގޮތުން އައްޔަން ކުރެވިފައިވާ ސަރުކާރު ވައްޓާލަން އުޅުމަކީ ނުވަތަ އެފަދަ ކަމަކަށް ތަރުޙީބުދީ ހިއްވަރުދިނުމަކީ ވެސް އެކަަހަލަ ކަމެކެވެ. ބަލިކަމާއި މުސްކުޅި ކަމުގައި ހުންނަންވާނީ އަބުރުވެރި ޝަރަފުވެރި ކަމާއެކު އެފަދަ ގޮތެއްގައެވެ.
މަޒް
12 May 2018
ދައުވާ ދައުވާ ދައުވާ... މި ނޫން ކަމެއް ކުރަން ނޭންގެނީތަ؟
12345
12 May 2018
ރައިސް ޔާމީން މިނިސްޓަރަކަށް ހަދާދީ އަދި ވެރިކަން ތަބަކަށް ލާފަ ދެއްވާ، އަރާމު ދިރިއުޅުމާ ދިދަ ޖެހިކާރާ ، ދިވެހި ރާއްޖޭގެ ހުރިހާ ބޮޑެތި ކުންފުނިތަށް ހިންގާ ޗެއަރމަންކަން ދީ ، ދުނިޔެ ދައްކާދިން އަމިއްލަ ބޭބެއަށް މުސްކުޅިވި ދުވަހު ހެޔޮ ނުވާނެ ތިޔަހެން ކަންތައް ކުރައްވަން.. އިންސާނިއްޔަތަށްޓަކާވެސް އެމަނިކުފާނު ދޫކޮށްލަން އެދެން..
ޫފުލުސް
12 May 2018
ކޮންމެ އަނިޔާވެރިއަކުވެސް އެމީހަކު ކުޅަ ކަމެއްގެ ޖަޒާދެކޭނެ
ހިތަމަ
12 May 2018
ހާދަހާވާ ހިތްވަރު ގަދަ ބޭފުޅޭކެވެ. އެމަނިކުފާނުގެ އަރިހުން ހަމަ އެކަނި ހިއްވަރު ގަދަ ކަމުގެ ނަމޫނާ ޒުވާނުން ލިބިގަނެފި ނަމަ ވިޔަސް ގައުމުގައި އެއްވެސް މީހަކު ކަން ބޮޑުވާނެ ހަމަ އެކަކުވެސް ނުހުންނާނެކަން ކަށަވަރު. ބޭނުން ގޮތަކަށް އުފާވެރިކޮށް ދިރިއުޅުން ބައްޓަން ކުރެވެން އޮއްވާ ޖަލުގެ ކުޑަގޮޅި ޚިޔާރު ކުރައްވައިފީމު. މިކަމުގެ އަގު އަހަރެމެން އަދާކުރާނީ ކިހިނެއް؟ ޔާﷲ. އަޅަމެނަށް ނަސްރު މިންވަރު ކުރައްވާށި
މުސާފިރު ޚާނާ
12 May 2018
ބޭބެއެއް ކޮއްކޮއެއް ނޯންނާނޭ ޤާނޫނުގަ ހަމަހަމަ އޭ ބުނަނީ ދެން ކީކޭ ބުނާނީ.........؟ އދިކޮޅުމީހުން ޤާނޫނާވެސް އދިކޮޅު.
އިބުނު މުޙައްމަދު
12 May 2018
މިފޮޓޯއިން ފެނުނު އެންމެ ހިތްދަތި މަންޒަރަކީ، ޤައުމުގެ ކުރީ ރައީސެއް (ރައީސް ނަޝީދަށް ރައީސް ޑރ.ވަހީދަށް ވިޔަސް) ވަޑައިގަންނަވާއިރު ބަޔަކު މީހުން އެއްވެސް އިހުތިރާމެއް ނުކޮށް އިށީންދެ ތިބިތަން. އެއީ ގައުމުގެ އިޖުތިމާއީ ފޭރާން އޮތް މިންވަރި ދައްކައިދޭ ކަމެއް. [ކުށްވެރިޔަކަސް ވިޔަސް] މިކަން މިހެން ހިނގައިގެން ނުވާނެ. ހަރުކަށި އިބާރާތުން ކުށްވެރިކުރަން. (އިހުތިރާމް ކުރާކަށް ދީން މަނައެއް ނުކުރާނެ / ހަރުކަށި އެފާޑުގެ މީހުން ބުނެފާނެ އެއްޗަކަށް)
ޢަލީސުޖާއު
12 May 2018
ހިތްފަޅައިގެންގޮސް ކުދިކުދިވާވަރުވޭ އުމުރުފުޅުން އެހާދުވަސްވެފަހުރި ގައުމުގެ އެންމެ އިއްޒަތްތެރިބޭފުޅާ،އެއްބަފާކޮއްކޯފުޅުގެ އަނިޔާވެރިކަމުގެ ސިކާރައަކަށްވާމަންޒަރުފެނިފަ.ޔާﷲ މިއަނިޔާއިން އަޅަމެންސަލާމަތްކުރައްވާފާންދޭވެ.
ކާފަދ
11 May 2018
ބަލި ފާޑެއް ނުޖަހާ. އިސްޓަންޓެއްކަމަށް ބެލެވެނީ