ވިޔަފާރި / އޭޑީބީ

ކެޕިޓަލް ޚަރަދު 25 ޕަސެންޓް ބޮޑުވާނެ، އިންތިޚާބު ބާއްވާތީ، ލަފާކުރާ މިންވަރުގައި ޚަރަދު ހިފަހައްޓަން އުނދަގޫވާނެ

ފިނޭންސް މިނިސްޓަރު މުނައްވަރު ދާދިފަހުން އޭޑީބީގެ އިސްވެރިންނާ ބައްދަލުކުރައްވަނީ: ރާއްޖޭގެ އިގްތިސާދަށް ހުރި ގޮންޖެހުންތައް ގިނަ.

ދިވެހި ދައުލަތުގެ ބަޖެޓްގެ ކެޕިޓަލް ޚަރަދު މި އަހަރު 25 ޕަސެންޓް ބޮޑުވާނެ ކަމަށާއި ރިޔާސީ އިންތިޚާބު ބާއްވާތީ، ބަޖެޓުގައި އަންދާޒާ ކޮށްފައިވާ މިންވަރަށް ޚަރަދު ހިފެހެއްޓުމަކީ އުނދަގޫ ކަމަކަށް ވެދާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން މިއަދު ބުނެފި އެވެ.

އޭޑީބީގެ މި އަހަރުގެ އައުޓްލުކްގައިވާ ގޮތުން، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިމެނެނީ ބޯހިޔާވަހި ކަމާއި ޑޮމެސްޓިކް އެއާޕޯޓު އަދި ހޮސްޕިޓަލް އެޅުމާއި މަގު ހެދުން ފަދަ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެވެ.

އޭޑީބީން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ކާޑާއި ކަރަންޓު ސަބްސިޑީ ސަރުކާރުން ދިނުމަށް ބަޖެޓުގައި ހިމަނާފައި ވާތީ، މި އަހަރާއި އަންނަ އަހަރުގެ އިންފްލޭޝަން އެވްރެޖްކޮށް ތިން ޕަސެންޓުން ދަށުގައި ހިފެހެއްޓޭނެ ކަމަށެވެ.

އޭޑީބީން ބުނިގޮތުގައި، ޓޫރިޒަށް މި އަހަރު އަންނާނެ ކަމަށް ލަފާކުރެވޭ ކުރިއެރުމުގެ ސަބަބުން އެއިން ލިބޭ އާމްދަނީ އިތުރުވެ، ކަރަންޓު އެކައުންޓުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން އެވްރެޖްކޮށް 17 ޕަސެންޓަށް މި އަހަރާއި އަންނަ އަހަރު ވެސް ކުޑަވާނެ ކަމަށް ލަފާކުރެވެ އެވެ.

އޭޝިއާގެ އެންމެ ބޮޑު މާލީ އިދާރާ އިން ރާއްޖޭގެ އިގުތިސޯދީ ކުރިމަގަށް ލަފާކޮށް ބުނީ، ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ އަށް މި އަހަރާއި އަންނަ އަހަރު އަންނާނެ ކުރިއެރުމާ އެކު އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ޓޫރިޒަމް ކުރިއަރާނެ ކަމަށް ބެލެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ނިމުމާއި އާ 30 ރިސޯޓު ހުޅުވާނެ ކަމަށް ބެލެވޭތީ އަދި ޑޮމެސްޓިކް ގިނަ އެއާޕޯޓުތަކެއްގެ މަސައްކަތް ކުރިއަށް ދާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭޑީބީން ބުނީ، ކޮންމެ އިގްތިސާދަކަށް ވެސް ތަފާތު ރިސްކުތައް ކުރިމަތިވާ ފަދައިން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވެސް އޭގެ އަސަރު ވަނީ ކޮށްފަ އެވެ. އެގޮތުން ބޭރުގެ ދަރަނި މެނޭޖް ކުރުމާއި ފޮރިން ރިޒާވް އިތުރު ކުރުމާއި ސިޔާސީ މަސްރަހުގެ ހަލަބޮލުވުން ކުޑަކުރުމަކީ އިގްތިސާދު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

8 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 50%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެޕެނިންގް

15 May 2018

ރާއްޖޭގެ އިގްތިސާދަށް ދިމާވާ އެންމެ ބޮޑު ރިސްކަކީ އެއީ ފޮރިންގް ރިޒާރވް މަތިވާން ޖެހޭ މިންގަނޑުގައި ވެގެން ނުދިއުމެވެ. އެކަމުގެ އެންމެ ބޮޑު މައްސަލަ އަކީ ބޮޑެތި މުސާރައިގައި ރިސޯރޓްސް ތަކުގައި ބޭރު މީހުން ތިބުމެވެ. ރިސޯރޓްސް ތަކުގައި އެބަތިބި މަހަކު 30 ހާސް ޑޮލަރު މަހަކު 20 ހާސް ޑޮލަރު މަހަކު 10 ހާސް ޑޮލަރު އަދި މަހަކު 9 ހާސް ޑޮލަރު އަދި މަހަކު 6 ހާސް ޑޮލަރު އަދި މަހަކު 4 ހާސް ޑޮލަރު އަދ މަހަކު 3 ހާސް ޑޮލަރު އަދި މަހަކު 2 ހާސް ޑޮލަރު އަދި މަހަކު 1500 ޑޮލަރު އަދި މަހަކު 1 ހާސް ޑޮލަރު ލިބޭ މީހުން. އެމުސާރަ ތައް ލިބޭމީހުންގެ 100 މީހުން ޖަމާ ކުރުމުން އެތަނުގައި ނުތިބޭ 5 ދިވެހިން. މިމަގާމް ތަކަކީ އެއީ ދިވެހިންނަށް އަދާ ކުރެވިދާނެ ވަޒީފާ ތައް. މިކަމަށް ޓަކައި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ނެތް ތައްޔާރު ވެފައި އަދި މިކަމަކީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ބްލައިންޑް އައި އެއް ދޭ ކަމެކެވެ. މިކަން ދަނީ ގޯހުން ގޯހަށް މިވެރިކަމުގައި ވެސް. ފޭކް ގޭމް ޓޫރިޒަމް މިނިސްޓަރު ޖައްސަނީ. ހައްލެއް ނާދޭ.

The name is already taken The name is available. Register?

ޙޫޏީ

15 May 2018

ޚކުއްލިނިރައްކާ އިއުލާންކުރަންފެނޭ އޭރުން އިގުތިސާދު ދުވާލެއް މާބާރު

The name is already taken The name is available. Register?

ކުޑަ މިންވަރެއް

15 May 2018

މާގިނަ ވާހަކަ ދައްކާކަށް ނެތިން ބުނެލަންބޭނުން ވަނީ ދިވެހި ރާއްޖޭގެ އިގްތިސާދީ ނިޒާމް ތެރޭގައި ހުރި އެންމެ އެންމެ މުހިއްމު ދާއިރާތަތް ކަމަށްވާ ފައިނޭންސް، އެކައުންޓިން އަދި އޮޑިޓިން ދާއިރާގައި އުޅެނީ %90 ބޭރުމީހުން، މިމީހުންގެ ތެރެއިން %85 އަކީ ލަންކާ މީހުން، މި ލަންކާ މީހުންގެ ތެރޭގައި %95 މީހުންނަކީ ކިރިޔާ ޕޮރޮފިޝަނަލް ކޮލިފިކޭޝަން 3 ލެވެލްގެ ތެރެއިން 1 ލެވެލް ކިރިޔާ ނިމިފަ ތިބޭ މީހުން، މިމީހުނަށް ބޮޑު މުސާރަ ދީފަ ވިޔަފާރިވެރިން މިތިބެނީ ކީއްވެފަ، ރާއްޖޭގައި މި ދާއިރާތަކުން ތައުލީމް ހާސިލް ކޮށްގެން ތިބި ބަޔަކަށް ފުރުސަތެއް ނުލިބޭ، %95 ރިސޯޓްތަކުގެ ފައިނެންސް ޑިޕާޓްމެންޓްގައި ހުސް ބޭރު މީހުން، މާލޭގެ ކުދި ބޮޑު ހުރިހާ ވިޔަފާރީގައި މިމީހުން، މިކަން ކަންކަން ހަރުދަނާކޮށް ދިވެހީންނަށް ފުރުސަތު ލިބިގެން ދިވެހީންނަށް ފައިދާކޮށް އިގްތިސާދު ބިނާވާނީ. މިއީ ކުޑަ ކަމެއް ނޫން، ބަޔަކު ލައިޓްކޮށް ނަގަން! މި މީހުންގެ މަދުކުރަންޖެހޭ %25 އަށް %75 ވާވަރަ ދިވެހިން އެބަތިބި

The name is already taken The name is available. Register?

ރެސްޕެކްޓް

14 May 2018

އޭޑީބީން މިއަަހަރު ނެރުނު ރިވިއު ގައި ރާއްޖޭގެ އިގްތިސާދަށް ދިމާވާ ރިސްކް ފެކްޓަރ ތައް ކުޑަ ކުރުމަށް ޓަކައި ރާއްޖޭގެ ސިޔާސީ މަޝްރަހު ވެސް ސްޓޭބްލް ކުރަން ބާރު އަޅާފައިވާތީވެ މިކަން ވެސް ޖެހޭނެއޭ ސަރުކާރުން މެއިންޓެއިން ކުރަން އެގޮތުން ރައްޔިތުން ވޯޓް ލައިގެން ނިންމާފައިވާ ރިޔާސީ ނިޒާމެއް ބަރުލަމާނީ ނިޒާމެއް ފަދަ ކޮރަޕްޓް ނިޒާމަކަށް ބަދަލު ކުރަން ނުޖެހޭނެއޭ ރާއްޖޭގެ ރައްޔިތުންނަށް މިހާރު އޮންނާނީ ތަޖްރިބާ ކުރެވިފައޭ ތޮއްޑޫ ދާއިރާގެ މެމްބަރަކު ޕާރޓީ ބަދަލު ކުރުމުން މާލޭން ގޯތި ގަނެވި އަދި ހުޅުމާލޭން ދެ ގޯތި ގަނެފައިވުން މީ ރައްޔިތުންނަށް ހަރާމްކޯރު ވުން ނޫން ދެން ކޮން ކަމެއްތޭ. މިފަދަ ކަންކަން ޖެހޭނެއޭ ހުއްޓުވެން ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެކޭ. ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ މީހެކޭ ރާއްޖޭގެ ވެރިކަން ކުރަން ވީ ވިން އޯރ ލޫޒް އިން ދަ ގޭމް އޮފް ޕޮލިޓިކްސް ވީ ވޮނާ ރެސްޕެކްޓް ދަ ވޯޓް އޮފް އަވަރ ފެލޯ ސިޓިޒެންސް އޯއް އޯއް އޯއް ޓެލްމީ ވައި އާރ ވީ ސޯ ސެލްފިޝް ވައި ވައި ވައި ވައި...

The name is already taken The name is available. Register?

ޔޫއެންއައި

14 May 2018

އޭޑީބީން އެންމެ ފަހުން ނެރެފައިވާ އައުޓް ލުކް ގައި ބަޔާން ކުރަނީ ރާއްޖޭގެ ފޮރިންގް ރިޒާރވް އިތުރު ކުރުން އެއީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށޭ މަމެން ނަށް ފީލްވަނީ. ރާއްޖޭގެ އިގްތިސާދަކީ އެއީ ސާރިވިސް އޮރިއެންޓެޑް ކަންޓްރީ އެއް ގޮތަށް ތަރައްގީ ވަމުން ދާ އިގްތިސާ ދަކަށް ވެފައި ރާއްޖޭގައި ކުރިއަށް މިއޮތް ދެއަހަރު ދުވަސް ތެރޭގައި 30 ރިސޯރޓް ހުޅުވިގެން ދާއިރު އެއި 6000 މީހުންގެ ވަޒީފާ ކަމަށްވާއިރު އެއީ ގާތް ގަނޑަކަށް މަހަކު 6 މިލިއަން ޑޮލަރުގެ ޕޭރޯލް އެއް ކަމަށްވާއިރު މިފައިސާގެ %90 އަށް ވުރެން ބޮޑު އެއްޗެއް ރާއްޖޭން ބޭރަށް ބޭރު މީހުންގެ ޕޭރޯލްގެ ގޮތުގައި ގެންދާތީވެ އެކަން މިނިމައިޒް ކުރުމަށް ޓަކައި ސަރުކާރުން އެބަޖެހެއޭ ދިވެހިން މިކަމަށް ނެރެން ޖެނުއިންކޮށް ފެއިތް ކުރިއަށް ނެރެގެން ގައުމަށް ޓަކައި މިމަސައްކަތް ކޮށްދޭން ޔޫ އެން އައި ވީ ލަވް އަވަރ ލޭންޑް ޕްރޮޓެކްޓް އަވަރ އޯން އެގެއިންސްޓް އެނީ ހާރމް ޔޫ އެން އައި ޑްރީމް އަދަރ ޑޭ....

The name is already taken The name is available. Register?

ވައިވައި

14 May 2018

އޭޑީބީން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އާއި އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވާ އިރު ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ދިމާވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ މާލެ ސަރަހައްދުން އެމެންނަށް އަމިއްލަ ބިމެއް ކުޑަ އަގުގައި ކުއްޔަށް މާލެ ސަރަަހައްދުން ލިބޭނެ ގޮތް ހަދާފައި ނެތުން އެއީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަރައިގެން ނުދިއުމަށް ހުރި އެންމެ ބޮޑު މައްސަލައޭ މިކަން ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ދަނެގެން ގުޅިފަޅު ހިއްކާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް އަޅާލާ އެތަނުން ކޮންމެ ރިސޯރޓަކަށް ވެސް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ދައްކާ ގޮތަށް ކޮންމެ ރިސޯރޓަކަށް 10 ހާސް އަކަފޫޓްގެ ބިމެއް 100 އަހަރަށް ދީ އަދި މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކޮންމެ ކުންފުންނަކަށްވެސް 5 ހާސް އަކަފޫޓްގެ ބިން މިދެންނެވުނު އުސޫލުން ދޭންވީ ނޫންތޭ. އެއިރުން ރާއްޖޭގެ އިންފްލޭޝަން މަތިނުވެ ހިފެހެއްޓޭނެއޭ. ވައި ޝުޑް ވީ އިގްނޯރ ދިސް ވައި ޝުޑްވީ އޯއް އޯއް ޓެލް މީ ވައި.

The name is already taken The name is available. Register?

ވޮންޓްޔޫ

14 May 2018

އޭޑީބީގެ އައުޓް ލުކް ގައި ވާ ގޮތުން ރާއްޖޭގެ ފޮރިންގް ރިޒާރވް އިތުރު ކުރަން އެބަޖެހެއެވެ. މިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން 50 ބަންގާޅުން ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރޭ އަލަށް ހަދާ ރިސޯރޓްސް ތަކުގެ ހުރިހާ ކޮންޓްރެކްޓަރުން ގެންގުޅެނީ ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ދެން ހުޅުމާލޭގައި ހަދާ ފްލެޓްސް ތައް އިމާރާތް ކުރުމުގައި ވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދެން ތިލަފުށި ފުރާ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދެން ގުޅިފަޅު ފުރާ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދެން މާލޭގައި ހުރި ކޮންމެ 10 ހޮޓަަލަކުން 9 ހޮޓަލުގައި އެއްކޮށް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދަނީ އުޅެމުންނޭ. ޒިކުރާ މިސްކިތް ކުރިމަތިން އޮންނަނީ 24 ގަޑިއިރު ފުރިފައި މިމީހުން. ކަން މިހެން ހުރުމުން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭބިދޭސީން ހޯދާ އެމެން ލައްވާ މަސައްކަތް ކުރުވާ ފަރާތް ގަވާއިދާއި އެއްގޮތަށް ޖޫރީމަނާ ކޮށް މިކަން އެބަޖެހޭ ހައްލުވާން. ވޮންޓް ޔޫ ނޯ ދިސް..

The name is already taken The name is available. Register?

ދިސްވޭއޭ

14 May 2018

ކެޕިޓަލް ޚަރަދު 25 ޕަސެންޓް ބޮޑުވާނެ، އިންތިޚާބު ބާއްވާތީ، ލަފާކުރާ މިންވަރުގައި ޚަރަދު ހިފަހައްޓަން އުނދަގޫވާނެ ކަމަށް އޭޑީބީން ބުނުން އެއީ މަމެން އުފާ ކުރާ ކަމެކެވެ. ރާއްޖޭގެ ފޮރިންގް ރިޒާރވް އިތުރު ކުރުމަށް ޓަކައި އެބައޮތް އޭޑީބީން ނެރުނު އައުޓް ލުކް ގައި ބަޔާން ކޮށްފައި އެހެން ކަަމަށްވާނަމަ ރާއްޖޭގެ ފޮރިންގް ރިޒާރވް އިތުރު ކުރުމަށް ޓަކައި ރާއްޖޭގެ ކޮންމެ ރިސޯރޓެއް ގައި ބީއެމްއެލްގެ ގޮތްޕެއް ހުޅުވުމާއި އަދި ރިސޯރޓްސް ތަކުގައި އުޅޭ ހުރިހާ މުވައްޒަފުންގެ މުސާރަ ކޮންމެ ރިސޯރޓެއްގައި ހުންނަ ބީއެމްއެލްގެ ގޮތްޕަށް ޖަމާ ކުރާ ގޮަތަށް ހެދުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ފައިސާ ރިސޯރޓަށް ގެންދިއުމާއި ގެނައުމުގައި ސިފައިންނާއި ފުލުހުންނަސް ސެކިއުރިޓީގެ ކަންކަން ބެލެހެއްޓޭނެއެވެ. އަދި މީގެއިތުރުން ރިސޯރޓްސް ތަކުގައި މަހަކު 500 ޑޮލަރަށް ވުރެން ބޮޑު މުސާރަ އެއް ބޭރު މީހަކަށް ދޭނަމަ އެފަދަ މީހެއްގެ ސެރޓިފިކެޓް އެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެންޑޯރސް ކުރަން ޖެހޭނެއެވެެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454