ޕޯސްޓް ޒަރީއާ އިން އަތުލައިގަތް މަސްތުވާތަކެތި. - ފޮޓޯ: ކަސްޓަމްސް
22 މެއި 2018 - 16:39
މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ޕޯސްޓްގެ ޒަރީއާ އިން އެކި ފަހަރު މަތިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.74 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން މިއަދު ބުނެފި އެވެ.
ކަސްޓަމުން ބުނީ މިދިޔަ މާޗް މަހާއި އޭޕްރީލް މަހުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި ޕޯސްޓު ޕާރުސަލްތަކުގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އަށް އެތެރެ ކުރަން އުޅެނިކޮށް 24 ފަހަރެއްގެ މަތިން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
ކަސްޓަމުން ބުނި ގޮތުގައި ޕާރުސަލްތައް އައިސްފައިވަނީ އިނގިރޭސި ވިލާތް، ގްރީސް، ޖަރުމަނު، ބެލްޖިއަމް އަދި ނެދަލެންޑްސް އިން ކަމަށެވެ. މި ތަކެތީގެ ތެރޭގައި ހިމެނެނީ އެކްސްޓަސީ، ހެރޮއިން، އެމްފެޓަމައިން، މެތަންފަޓަމައިން، މެފެޑްރޯން އަދި މެތުމެތިނޯން ފަދަ ބާވަތްތައް ކަމަށް ކަސްޓަމުން ބުންޏެވެ.
ޕޯސްޓް ޒަރީއާ އިން އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އެ މައްސަލަތައް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމުން ބުންޏެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި މަޖާކުރުމުގެ ނަމުގައި ހިންގާ އެކި ހަރަކާތްތަކުގެ ތެރޭގައި ޕާޓީ ޑްރަގްސް ބޭނުންކުރުން ޒުވާނުންގެ ތެރޭގައި މިހާރު އާންމުވެއްޖެ އެވެ.
އެ ތަކެތި ބޮޑަށް ބޭނުންކުރަނީ އުފަން ދުވަހުގެ ޕާޓީތައް ނުވަތަ އަހަރީ ދުވަސްތައް ނުވަތަ ހަފްތާ ބަންދު ފާހަގަކުރަން ޒުވާނުން ބާއްވާ އެއްވުންތަކުގައި ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކޮޅުވެރިޔާ
23 May 2018
ޕާރޓީ ޑްރަގުސް ވެސް ތިޔަ ހުންނަނީ ޕާރޓީ ކުލައިގައި. މަގުމަތީގައި ވަޅިއާއި ކަތިވަޅި ހިފައިގެން ޕާރޓީ ކުދިން އުޅެނީ މި ރޯދަމަހު. ފުލުހަކު ހަރާން ފެންނަނަމަ
އަހުމަދުބެ
22 May 2018
ސިޔާސީ މީހުން އަޑިގަ ހުނަނަމަ އެއް ކަމެއްވެސް ނުކުރެވޭނެއެވެ.
ޖަމަލު
22 May 2018
ޑްރަގްސް އަކީ ޑްރަގްސް.. ނަން ރީތި ކުރަން ޕާރޓީ ލުމުގެ މާނައެއްނެތެވެ. ކަމަކީ ނަޖިސް ހަރާން ކަމެކެވެ
ނޯމަމެން
22 May 2018
ޕާޓިކުދިންކޮޅު އަތެއްނުވޭ؟ ޑްރަގްސް އަތުވަނީ، މިއީ ރޯދައާ ސުވާލު