ދިވެހިރާއްޖެ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރުމަށް ފަހު ދެ ގައުމުގެ ސަފީރުން އެކަމުގެ ލިޔުން ބަދަލު ކުރައްވަނީ. ފޮޓޯ ފޮރިން މިނިސްޓްރީ
25 މެއި 2018 - 16:38
ރާއްޖެ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްއާ ދެމެދު އިއްޔެ ސިޔާސީ ގުޅުން ގާއިމުކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ރާއްޖެ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކާ ދެމެދު ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއި ކުރީ އިއްޔެ އެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެމްބްރޮއިސީން ކްޕޮންގޯ އެވެ.
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ، އދ. ގައި ހުންނަ، ރާއްޖޭގެ ދާއިމީ މިޝަންގަ އެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކާ އެކު ސިޔާސީ ގުޅުން ގާއިމް ކުރުމުން، ރާއްޖެ އިން މިހާތަނަށް ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ އަދަދު 169 އަށް އެރީ އެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކަކީ އެފްރިކާ ބައްރުގެ މެދުތެރޭގައި އޮންނަ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގައުމެވެ. އެ ގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 4.6 މިލިއަނެވެ.
މެދުތެރޭ އެފްރިކާގެ މުހިންމު ގައުމަކާ އެކު ރާއްޖޭން ސިޔާސީ ގުޅުން ގާއިމުކުރި އިރު، ރާއްޖޭން މިހާރު އަންނަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ އަންނަ ދައުރުގެ ގޮނޑިއެއް ހޯދުމަށް ކެމްޕޭން ކުރަމުންނެވެ. ސަލާމަތީ މަޖިލީހުން ހުސްވާ ބައެއް ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމަށް، އދ.ގެ އާންމު މަޖިލީހުގައި ވޯޓު ލުން މިއަހަރުގެ ފަހުކޮޅު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
26 May 2018
ހެހެހެހެހެ.ހެއިޓީ އަދި ލައިބީރިޔާއާއީ އެކީ ކޮންއިރަކުތޯ ގުޅުން ގާއިމް ކުރަނީ؟؟
ޑިޕްލޮމާސީ
26 May 2018
އީރާނާ ގުޅުން ކަނޑާލީ. ދެން މިއުޅެނީ އެފްރިކާ ލެޓިން އެމެރިކާގެ ގައުމުތަކާ ގުޅުން ބަދަހި ކުރަން. އެއީ އެއްކަލަ 5 ލައްކައިން ކުރާ ކަންކަން ދޯ. ޗައިނާ ސަޢޫދީ މީހުންނަށް އެހީވާން ސެކިއުރިޓީ ކައުންސިލްގެ ގެ ގޮނޑިއެއް ހޯދަނ.ް
ޙަސަން 56
26 May 2018
ދުނިޔޭގައި އޮތް އެންމެ ފަގީރު ގައުމު
ބައްޕަ
26 May 2018
ބޮޑުބޭބެ، ޗައިނާ ބުނެގެން ދޯ!
އިއްސޭ
26 May 2018
ސެންޓްރަލް އެފްރިކަން ރިބަބްލިކްގެ ސަރުކާރާއި ސިފައިންގެ ފަރާތުން އެގައުމުގެ މުސްލިމުންނަށް ކުރަމުންދާ ދުއްތުރާތަކާއިމެދު ވިސްނާފަބާ މިކަންކުރީ؟
ކަމުދާ އެއްކަމެއްވެސް ބްރޯ
26 May 2018
ކަލޭމެން ތަންތަނާ ގުޅެމުން ދާއިރު ރައްޔިތުންގެ އެއްވެސް ވިއު އެއް ހަމަ ނުޙޯދަނީތޯ. ތި ވެރިކަން މަށައް ކަމަކުނުދޭ، ކަމަކުނުދޭ...
އަލިފުތާގެމަޖިލިސް
25 May 2018
އަހަރުމެންނާއި ގަތަރާއި ސިޔާސީ ގުޅުން އޮވޭބާ. ހަމައަހާލީއެވެ.
ޔާމިން
25 May 2018
އަލިފުދާލައް ކިޔަމަން ނުވާބަޔަކު ތިބޭނެ ގޮނޑިއެއް ހުރޭތަ؟
ދިސްވޭއޭ
25 May 2018
ތިއިން ވާނެ އިގްތިސާދީ ފައިދާ އަކީ ކޮބައިތޭ. ސެންޓްރަލް އެފްރިކަން ރިޕަބްލިކް އެއީ ވަރަށް ބޮޑަށް ދާޚިލީ ހަމަ ނުޖެހުން އޮންނަ އެތްނިކް ވަޔަލެންސް ވަރަށް މަތީގައި ވާ ގައުމެކެވެ.
ރިވިއު
25 May 2018
ބަލަ ޔޫއެންގެ ސެކިޔުރިޓީ ކައުންސިލްގެ ވޯޓެއް ކައިރިވާކަމެއް ނޭނގޭތަ؟ ކޮންމެހެން އިގްތިސޯދީ ފައިދާއެއްވޭތޯ ބަލާކަށް ނުޖެހޭނެނު؟
އަލީގ
26 May 2018
ހީވަނީ މިފަހަކުން ސިޔާސީ ގުޅުން ގާއިމު ކުރަމުން މިދާ ގައުމުތަކަކީ އެފްރިކާ ބައްރުން ޗައިނާގެ އިންވެސްޓްމެންޓުތައް އިތުރުވެ އެމީހުންގެ ނުފޫޒު ގަދަ ވެފައިވާ ގައުމުތައް މިގައުމުތަކަތީ ކޮރަޕްޝަންބޮޑު ވެރިންގެ ޖީބައް ބޮޑުވަންޏާ ކޮންމެގޮތެއްވެސް ރަގަޅުވާކަހަލަ ގައުމުތައް. ދެން މިހާރު މިއޮތީ ސަލާމަތީ މަޖިލީހުގެ ގޮނޑިއައް ރާއްޖެ ކުރިމަތިލައި ވޯޓުބޭނުންވެފަ ހުރިހާ ތިކިތަކެއް ގުޅުވާލުމުން މަންޒަރު އެންމެންނައްވެސް ސާފުވާނެ. ގޮނޑި ލިބިއްޖެއްޔާ ދެން ކަންތައް ވާނެ ގޮތްވެސް ސާފުވާނެ.
ސައިނާ
25 May 2018
ސަލާމަތީ މަޖިލީހުގެ ގޮނޑިޔަށް ސަލާމް