ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި ޖަމީލް ސަލާމް ކުރައްވަނީ.
27 މެއި 2018 - 09:39
ރައީސް އަބްދުﷲ ޔާމީނަށް ރާއްޖޭގެ މަސްލަހަތާއި އަމާންކަން ނުބެލެހެއްޓޭނެ ކަމަށާއި އެމަނިކުފާނު ވަޑައިގަންނަވަނީ އަނގުރު އަލިފާނާ ދިމާއަށް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް ޔާމީނަށް ރޭ ބަހުގެ ހޫނު ހަމަލަތަކެއް ދެއްވައިފި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަދި އެމްޑީޕީގެ ބައެއް މެމްބަރުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ޖަރުމަނުގެ ފްރޭންކްފާޓްގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ރައީސް ޔާމީންގެ ނުފޫޒާއި ބާރުވެރިކަމުގައި މުއައްސަސާތަކުގައި ތަޅު އަޅުވާފައިވާ ކަމަށެވެ. އަދި އަނިޔާވެރިކަމަށް މާތް ﷲ ރުހުވޮޑިގެން ނުގަންނަވާނެ ކަމަށް ވިދާޅުވެ، ބޮޑާވެ، ކިބުރުވެރި ނުވުމަށް ރައީސް ޔާމީނަށް، ގާސިމް ވަނީ ގޮވާލައްވައިފަ އެވެ.
ތިން އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް ޖަރުމަނުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ގާސިމް ވިދާޅުވީ، އަނިޔާވެރިކަމަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީން ލިބިދީފައިފާ ފުރުސަތު ހުރިހާ އެންމެންނަށް ދިނުމަށާއި ނާއިންސާފުން ކަންކަން ނުކުރައްވައި ހައްގުގަ މަސައްކަތް ކުރެއްވުމަށް ވެސް ރައީސް ޔާމީނަށް ގާސިމް ގޮވާލެއްވި އެވެ.
"ނާއިންސާފުން، ކަންތައްތައް ބާތިލްކޮށް ކޮށްނުލައްވައި، ރީތިކޮށް ހައްގުގެ މަގުގައި އެންމެން ވާދަ ކޮށްގެން ކޮމަން ފީލްޑެއްގައި ދާ ކަމަށް ވާ ނަމަ، އަޅުގަނޑު މަނިކުފާނާއެކު ނުހުންނާނެކަން ކިހިނެއްތޯ އެނގިވަޑައިގަންނަވަނީ؟، އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ހުންނާނަމެކޭ ވެސް ނޫން، އަޅުގަނޑު މި ދަންނަވަނީ ނުހުންނާނަމެކޭ ވެސް ނޫން. އެކަމަކު މިއޭ އަޅުގަނޑު 1984 އިން ފެށިގެން ސިޔާސީ މައިދާނުގައި މި ކުރާ މަސައްކަތަކީ،" ރައީސް ޔާމީން އިންތިޚާބު ކުރުމަށް އެމަނިކުފާނާ އެކު އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިނުވެނޭ ގޮތަށް ގާނޫނުއަސާސީ އިސްލާހް ކުރުމަށް ވޯޓު ދެއްވީ، ރައީސް ޔާމީންގެ ކިބައިން ސަލާމަތް ވުމަށް ކަމަށެވެ. އެކަމަކު، އެވަރުން ވެސް ރައީސް ޔާމީން، އޭނާ ދޫކޮށް ނުލެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.
1437 ވަނަ އަހަރުގެ އީދު ނަމާދަށް ފަހު، ރައީސް ޔާމީން ބޭއްވެވި އީދު ސަލާމް ކުރެއްވުމުގައި ގާސިމް ބައިވެރިވެވަޑައިގެން ރައީސް ޔާމީނާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
"އަޅުގަނޑުގައިން ދޫ ނުކުރެއްވި. ހަތްބޯރާއްސެއް ތަތްކޮށްފައި ހުރިހެން، އައްޓަމަހެއް ތަތްކޮށްފައި ހުރިހެން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއާ އަޅައިގެންފައި ތިހުރީ. މިއީ ކޮން ކަމެއްތޯ؟" ދަރިކަލުން ސިޔާދު ގާސިމް ހައްޔަރުކޮށްފައި ހުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވާނެ ކަމަށް ބެލެވޭ އެންމެން ހިފައި ހައްޔަރުކޮށް ޖަލަށް ލަމުން ގެންދާ ކަމަށެވެ. އަދި ސިޔާސީ އެކިއެކި ބޭފުޅުން ޖަލަށްލަނީ އެއްވެސް ހަގީގަތެއް ނެތް މައްސަލަތަކެއްގެ މައްޗަށް ހެކިތައް އުފައްދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެރަރިޒަމުގެ ގާނޫނަކީ ރައީސް ޔާމީނާ ދެކޮޅު ކޮންމެ މީހަކު "ދަންޖައްސާ ވާގަނޑުތޯ" ސުވާލު އުފައްދަވައި ގާސިމް ވިދާޅުވީ ޝަރީއަތްތައް ކުރިއަށް ދަނީ އިންސާފުވެރިކޮށް ކަމަށް ރައީސް ޔާމީން ވެސް ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ. ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރުން ޝަރީއަތްތަކުގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަން އެނގެން އޮންނައިރު، އެ އަމުރާ ގުޅިގެން ދެ ފަނޑިޔާރުން ހައްޔަރުކުރީ އިންސާފުވެރިކޮށް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލާފައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ދަރުބާރުގެ ފަދަ ތަނެއްގައި ހުޅުވާލައިގެން ބާއްވައި، އެ މައްސަލަ ތަކުގައި އިންސާފުވެރި ނިންމުންތަކެއް ވީހާވެސް އަވަހަށް ނިންމަންޖެހޭ ކަމަށެވެ. އަދި އިންތިހާބުގައި ވާދަ ކުރައްވަން ބޭނުންވާ ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު ދެއްވުމަށް ފަހު، އިންތިހާބުގައި ވާދަކުރެއްވުމަށް ވެސް ރައީސް ޔާމީނަށް ގޮވާލެއްވި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ސަލާމް ކުރައްވަނީ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލައިގެން ގެންގުޅޭތީ، އެކަމަށް ފާޑު ކިޔައި ގާސިމް ވިދާޅުވީ ރައީސް ޔާމީނަކީ "އިސްލާމެއްތޯ" އާއި އެމަނިކުފާނުގެ "ހިތެއް އޮވޭތޯ" ސުވާލު ކުރައްވައިފަ އެވެ. ރައީސް ޔާމީން މިއަދު އެ ހުންނެވި ހިސާބަށް ގެނެސްދެއްވި އެއް ބޭފުޅަކީ މައުމޫން ކަމަށްވާއިރު، އެ ސަބަބާ ހުރެ އެމަނިކުފާނު މިނިވަން ކުރަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މައުމޫން ފަދަ ދުވަސްވީ ބޭފުޅަކަށް ރައީސް ޔާމީން ކަންކުރައްވާ ގޮތުން ދެރަވެ ހިތާމަކުރައްވާ ކަމަށާއި ރައީސް ޔާމީންގެ ހިތްޕުޅުގައި އިންސާނިއްޔަތުގެ ކަމުގެ ކުޑިފުކެއް ވެސް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ. ރައީސް ޔާމީން ކަންކަން ކުރައްވަނީ ވަރަށް ހަޑިމުޑުދާރު ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ރޭ ވަނީ، އަންނަ ޖޫން މަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބާއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އަސާސީ ގަވައިދަށް ގެނެވޭ ބަދަލާ އެކު ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ މިފަހަރު މިއީ ޖުމްހޫރީ ޕާޓީގެ ފަހަރު ކަމަށާއި އިންތިހާބު ކާމިޔާބު ކުރާނީ 70 ޕަސެންޓް ވޯޓާ އެކު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްތިނގް
27 May 2018
ޢާކަލޭ ތިޔަ ދުވަނީ ފިނި އަނގުރު އަލިފާނާއި ދިމާލަށް.މަރުމޯލު
ފަޅުވެރިން
27 May 2018
ޤާސިމަށް ދަސްވެފައި މިވަނީ އަޑުގަދަ މީހާގެ ރުއް ގިނަވާނެއޭ ބުނާ ފަލްސަފާ. އެއީ ވަރަށް ކުރީގެ ބޯދާ ފަލްސަފާއެއް. ޑިމޮކްރެސީ ޒަމާނުގައި އެކަހަލަ ފަލްސަފާއެއް ނުހިނގާނެ ބޭފުޅާ! އެއްގޮތަކަށްވެސް ހީނުކުރާތި ތިޔަގޮތަށް ހަޅޭލަވައިގެން ދިވެހި ރައްޔިތުން ބިރުގެންނެވިދާނެ ކަމަށް! އެޒަމާން މާޒީވެއްޖެ! ދިވެހިން ތިޔަކަހަލަ މީހުން ދެކެ ބިރުފަހަނަޅައި ދިޔަތާ ކިތަންމެ ޒަމާނެއް! މާފަހަތުގައި ތިޔައުޅުއްވެނީ! ފަހަރުގައި ވެދާނެ ފްރެންކްފަޓުގެ ފިނީގެ ތެރޭގައި އުޅޭތާ މާގިނަ ދުވަސްވީމާ ވަޔަރުތައް ރުންކުރުވީކަމަށް! ތިމަންގެ ތާއީދޭ ކިޔައިގެން ތިޔަހަދާ ދޮގު ހެދުންވެސް ދެން ހުއްޓާލަންވެއްޖެ! ހަމަވިސްނޭ ކޮންމެ ދިވެއްސަކަށްވެސް އެނގޭނެ ޤާސިމް، ރައީސް ޔާމީނަށް އެއްވެސް އިރެއްގައި ތާއީދު ނުކުރާކަން! އެހެނެއްނޫން 2008 ގައި އަންނިއަށް ތާއީދުކުރިކަން އެއީ ބޮޑު ޙަޤީޤަތެއް! ޑީލެއްގެ ތެރެއިން 2013 ގައި ހެދީ ކޯލިޝަނެއް. އެޑީލުން ޤާސިމަށް ލިބެންޖެހޭ ބައިފަޅި ވަނީ ލިބި ނިމިފައި. އިތުރަށް ރުއިމުގެ ބޭނުމެއް ނެތް!
ހަގީގަށް
27 May 2018
ކާސިމުވެސް ބޭނުންވަނީ ވެރިކަން. އެހެންނޫނީ އޭނަގެ ބަސްވިކޭ ވެރިކަމެއް.
ޡުލޭ
27 May 2018
2018 ގަ ރަގަޅަށް ގާސިމަށް އެގޭނެ އަނގުރު އަލިފާނަކީ ކޯއްޗެއް ކަމާ ކާކުތޯ އެޢާ ކައިީގަހުރީ.
ހޮޓްކިންގ
27 May 2018
ޤާސިމޫ ދަރިންގެ ދަރިންނަށްޓަކައި މޮޔަފުޅުވީތޯ؟
ބިތުފަންގި
27 May 2018
ޤާސިމު ދެއްކީ 100 ގެ ވާހަކަ ބަލަގަ ހިތެއް ފިތެއް ހުރި މީހެއްނަމަ، ތިމާޔަށް މަގާމުދީ، ސިޔާސީ މައިދާނަށް ނުކުންވާދީ، ތިމާއަށް ވެރިކަން ހޯދާދިނީމަ ވެސް ކުޑަގޮޅީގައި.
ދޮންބީފާނު
27 May 2018
ރިޝްވަރާ ފަސާދައާ ބަޣާވާތާއެކު ކަލޭ ތި ދަނީ ފިނި ފެނާ ދިމާއަށްތަ؟
މިތުރުމުހައްމަދު
27 May 2018
ކޯޑިނޭޓަރުން ހާދަ ކޮމެންޓެކޭ ތިޔަކުރަނީ، އެހެންތާވާނީ ދެދުވަހުން އެއްދުވަހު ކޮމެންޓް ނުކޮށްގެން ހާޒިރު ކުރޭ ވިއްޔާ
ކަދުރޭ
27 May 2018
ރޔ އަލިފާނަށް އެރުނަސް ގާސިމު ކަން ބޮޑުވާންޖެހޭ ސަބަބެއްނެތް. އަހަރުމެން ކަންބޮޑުވަނީ ރޔ މިގައުމުދިރުވައިލައިގެން ބަޗާނެތީ..
ލިން
27 May 2018
ރަހުމަތެކޭ؟؟ އޭގެ އިދިކޮޅު ތިޔައީ.. ބަލަ އޭނަ ނޫންތަ ބުނީ ޤާސިމަކީ ބޮޑު ބާޢީއޭ.. ތިޔަ ރަހުމަތުގަ ހުރި ފެންވަރަކީ.. 2008ގަ އޭނާ ހުރި ފަޅި ޑީއާރުޕީ އިންތިހާބުގަ ބަލިވީ.. އެމްޑީޕީއާ ގުޅުނީ އެވެރިކަން ވެއްޓުނީ.. 2013ގަ ވެސް އޭނާ ހުރި ފަޅި އެމްޑީޕީ ބަލިވީ..އޭނާގެ ޗެއަރޕަރސަންކަމުގެ ދަށުން ބޭއްވި ހުރިހާ އިންތިހާބެއްގަވެސް ބަލިވީ.. އޭނާ އިސްތިއުފާދިނީ ކައުންސިލްތަކުގެ މެޖޯރިޓީ ނަގައި އިންތިހާބު ކާމިޔާބުކުރީ.. ރަގުމަތަކަށް ވުރެއް ބޮޑަށް ބަދު ނަސީބެއް ތިޔައީ..ޤާސިމުގެ ހަލާކު ތި އޮތީ ކޯލިޝަން ކޯޅޭޝަންއަކަށް ހަދާލަަފަ.. މަމެންގެ ރައީސް ޔާމީނުގެ ދުރު ވިސްނުންފުޅާ ހިކުމަތު ޢަމަލީގެ ފުރިހަމަކަން.. ތަމެން އަދިވެސް ރައީސް އަންޑައެއސްޓިމޭޓުކުރަންދޯ؟ ތަމެން ހީކުރީ ސުޕުރީމު ކޯޓުން ވިލާއިން ދައްކަން އޮތް ފައިސާ ނުދައްކާގޮތަށް ހުކުމްކޮށްލީ ޤާސިމްގެ ވަކީލުން މޮޅުވީމަކަމަށްތަ؟ އެއަށް އަގެއް އޮންނަންވާނެ ދޯ؟ ޤާސިމާކީ ވަރަށް އީޒީކޮށް ކުޅެވޭ ބޭނުން ގޮތަކަށް ތަޅުވާލެވޭ މީހެއް