އެމްޑީޕީގެ ހަރުގޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކެއް އެސްއޯ ފުލުހުން މިއަދު ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
30 މެއި 2018 - 15:14
އެމްޑީޕީން ބުނީ، ވޯޓުލުން ހުއްޓުވި ނަމަވެސް ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ވޯޓުލުން ކުރިއަށް ގެންދާ ކަމަށް. އެގޮތުން، އެސްއެމްއެސްގެ ޒަރީއާއިންނާއި ގޭގެ އަށް ވޯޓުފޮށި ހިފައިގެން ގޮސް ގެން ވެސް ވޯޓުލުން ކުރިއަށް ގެންދާ ކަމަށް އެ ޕާޓީން ބުނޭ. މީގެ އިތުރުން، މާލޭގައި ވެސް ވޯޓުލުން އަލުން ފަށާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައި.
އެމްޑީޕީގެ ހަރުގޭގައި އެސްއޯ ފުލުހުން މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްޑީޕީގެ އޮފީހަށް އެސްއޯ ފުލުހުން ދެންމެ ވަދެ އެތަނުގައި ތިބި މީހުންނާ ސުވާލު ކުރަނީ.---ފޮޓޯ: މިހާރު
މާލޭގައި އެމްޑީޕީން ހިންގާ މައި ހަރުގޭގައި ކުރިއަށް ގެންދިޔަ ވޯޓުލުން ފުލުހުން ގޮސް ހުއްޓުވައި ވޯޓު ފޮށިތައް ގެންގޮސްފައިވާއިރު، ރަށްރުގައި ވެސް ވޯޓުލުން މިހާރު ވަނީ ހުއްޓުވަން ފަށާފައި. އަދި މާލޭގައި ޖަގަހައިގެ އިތުރުން ދެން ވޯޓު ފޮށިތައް ބަހައްޓާފައިވާ ތަންތަނަށް ވެސް ފުލުހުން ގޮސް ދަނީ ވޯޓުލުން ހުއްޓުވަމުން.
އެމްޑީޕީގެ އޮފީހަށް އެސްއޯ ފުލުހުން ދެންމެ ވަދެ އެތަނުގައި ތިބި މީހުންނާ ސުވާލު ކުރަނީ.---ފޮޓޯ: މިހާރު
އެމްޑީޕީގެ އޮފީހަށް ވެސް ފުލުހުން ވަދެއްޖެ.
އެމްޑީޕީގެ ހަރުގެ ބޭރުގައި ތިބި މީހުން މިހާރު ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން. އަދި ހަރުގެ ތެރޭގަ އާއި ބޭރުގައި އެސްއޯ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން. ހަރުގެ ތެރޭގައި ބަހައްޓާފައި ހުރި ވޯޓުފޮށިތައް ވެސް ފުލުހުން ގެންގޮސްފި.
ޕްރައިމަރީގެ ވޯޓުލުން ހުއްޓުވި ނަމަވެސް، އޮންލައިންކޮށް ވޯޓުލެވޭނެ ކަމަށް އެމްޑީޕީން އިއުލާން ކޮށްފި.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވަން އެ ޕާޓީން މާލޭގައި ހިންގާ ހަރުގެ އަށް ފުލުހުން ވަދެއްޖެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންނާއި ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކަށް އެ ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ބާއްވާ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށާއި އެކަން ހުއްޓާލުމަށް އެމްޑީޕީ އަށް އަންގާ ކަމަށެވެ. އަދި އެގޮތަށް ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި މުއައްސަސާތަކަށް، އިލެކްޝަންސް ކޮމިޝަނުން އެދިގެން ނެރނު އަމުރުގައި ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ނަޝީދު އެކަނި ކުރިމަތިލައްވާފައިވާ ޕްރައިމަރީ ހުއްޓާލުމުގެ އަމުރެއް ސިވިލް ކޯޓުން ނެރުނުއިރު، މިއަދު މެންދުރު 2:00 ގައި އެ ޕްރައިމަރީގެ ވޯޓުލުން މާލެ އާއި ރަށްރަށުގައި ވަނީ ފަށައިފަ އެވެ.
ސިވިލް ކޯޓުން އަމުރު ނެރުމާ އެކު ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.
އިލެކްޝަންސުން ބުނެފައިވާ ގޮތުގައި ނަޝީދަަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެހެންކަމުން އެމަނިކުފާނު ބައިވެރިކޮށްގެން ސިޔާސީ އެއްވެސް ހަރަކާތެއް އެމްޑީޕީން ހިންގުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެރަފާ ނަސީމާ
31 May 2018
މިއޮޑިއެއް ނުފެތޭނެ! ލޮލް
މަޖޫރީ
30 May 2018
އިލެކްޝަން ކޮމިޝަނަކީ ސިޔާސީ އައްޑާއެެއް ކަން ފާޅުގަ ސާބިތުކޮށްދީފި.
ހަކީމް
30 May 2018
ފުލުހުން ކީއްވެބާ 1 ފެބްރުއަރީގެ އަމުރު ތަންފީޒް ކުރަން މިހާ ޝައުގު ވެރިކަން ނުދިނީ ... ވަޒީފާ ތަކާ ލިބުނު ފްލެޓް ތަށް ގެއްލޭ ދުވަހު ހިތާމަ ކުރާނެ.
ފާތުމާ
30 May 2018
ގައިދީން ތިބޭނީ ޖަލުގަ.
ހަސަންކޮއި
30 May 2018
އެމްޑީޕީ އެކުރާވަރަށް މަސައްކަތްކޮށްގެން ނޫނީ މިހުދުމުހުތާރުވެރިކަން ބަލިނުކުރެވޭނެ... ބައެއް ޕާޓީތައް ފަހަތަށްޖެހި ވެރިކަމުގެ ބާރުގެދަށަށް އައުމުން ދުވަހަކުވެސް މިގައުމު އަނިޔާވެރިކަމުން ސަލާމަތެއްނުވާނެ.. ހުރިހާ އެންމެން ބިރުން ތިބޭނީ... އެމްޑީޕީ އެކުރާ ހިތްވަރަކީ ތައުރީފު ހައްގު ހިއްވަރެއް... ހައްގުތަ ހޯދައިދިނުމަށް ބަޔަކަށް މަސައްކަތްކުރެވޭނީ އެވަރަށޭ ބުނެވޭނީ...
ޒަމް
30 May 2018
ރަނގަޅު ވާހަކައެއް. މިއަދު އެ ދައްކައިދެމުން ދަނީ ރައްޔިތުންގެ ބާރު.
އައި
30 May 2018
ބަޔަކު މޭ ތެޅޭނީ ތިވަރަކަށް. މުޅި ދުނިޔެއަށް މި ސަރުކާރު އިތުރަށް ބޭޒާރު ތިވީ.
ސޯ
30 May 2018
ވޯޓުުލުން ނުހުއްޓުވުނީ ކޮލޮންބޯގަ
ޙުސެން
30 May 2018
ރަށްރަށު %95 ވޯޓުފޮށި ނުހުއްޓުވޭ. ފުލުހުން ފޯނުކޮށްލީމަ ބުނަނީ ވޯޓުލައި ނިމިއްޖެއޭ. އެހިސާބުން ފުލުހުންބުނަނީ ނިމިއްޖިއްޔާ އެންމެ ރަނގަޅޭ. ވޯޓުފޮއްޓެއް ހުއްޓުވާށޭކިޔާ ފުލުހުން ރަށަކަށް އަރާންވެސް ނުކެރުނު.
މެސީ
30 May 2018
ތިމާޔައް ވޯޓާ ކުރިނަތިލާން ނުކެރުނު އިރު އެހެން މީހުންށް އެ ފުރުސަތު ބަންދު، އިޒް ދިސް ޑިމޮކްރަސީ؟؟؟؟
އަލީ!
30 May 2018
ސިވިލްކޯޓަކުން ވޯޓް ލުން ހުއްޓުވާކަށް ފުލުހުންގެ މައްޗަށް އަމުރެއް ނުނެރެ. އަމުރު ރަގަޅަށް ކިޔާ. އަމުރު ރައްދުވަނީ އެމްޑީޕީ އަށް.
ވާރުލު
30 May 2018
ތިޕްރައިމަރީ ހުއްޓުވަންޖެހޭ
ދޭވާ
30 May 2018
ޒަމާނުގެ ތަހްޒީބާއި އަދަބު އިހްތިރާމްގެ މިންވަރެއް ނެތް ތިފަދަ ޒާތީ ދެކޮޅުވެރި ހިޔާލަށް ދިވެހި ބައެއް ފަރުދުން ވެއްޓޭތީ ދެރަވޭ. ޑިމޮކްރެޓިކް މި ޕްރޮސެސްއެއް ނުހުއްޓުވޭނެ.
ޢަހުމަދުބެ
30 May 2018
މިކަމެއް ނުހުއްޓުވޭނެ. ފުލުހުންނަށް ކުރެވުނު ކަމަކީ މާލެއިން ރީތިފޮޓޯއެއް ނެގުމުގެ ފުރުސަތު ނޭނގިނަމަވެސް ދެވުން.