މާލޭ ޖަލުގެ ކުރިމަތީގައި އިށީނދެ ތިބި އިދިކޮޅު ފަރާތްތަކުން އަޑު އުފުލަނީ: ފަހަކަށް އައިސް ޖަލުތަކުގައި ގައިދީން މަރުވާ މިންވަރު އިތުރުވެފައިވާ ކަމަށް އެމްޑީޕީން ބުނޭ ---ފޮޓޯ: މިހާރު
02 ޖޫން 2018 - 14:02
ރާއްޖޭގެ ޖަލުތަކުގައި ކުއްލި މަރުތައް އާއްމުވެފައިވާ ސަބަބު ދެނެގަތުމަށް، މަރުވެފައިވާ މީހުންނާ ގުޅޭ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 30 އަހަރުގެ ގައިދީއަކު ރޭ މަރުވެފައިވާ އިރު، ފަހަކަށް އައިސް ޖަލުތަކުގައި މަރުވާ ގައިދީންގެ އަދަދު ގިނަވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި އެ ޕާޓީގެ ހައްގު ކޮމެޓީގެ މެމްބަރު ޝަމާއު ޝަރީފް ވިދާޅުވީ ވޭތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި ޖަލުތަކުގައި، ގޮތް ނޭނގޭ އަދި ކުއްލި މަރުތައް އާއްމު ވެފައިވާ ކަމަށެވެ. އަދި ގިނަ ފަހަރަށް ގައިދީން މަރުވެފައި ވަނީ އެކަށީގެންވާ ބޭސްފަރުވާ ނުލިބިގެން ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.
ޝަމާއު ވިދާޅުވީ މި ފަދަ މަރުތަކުގެ ސަބަބު ދެނެގަތުމަށް، އެ ކޮމެޓީގެ ފަރާތުން ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަން ފަށާފައިވާ ކަމަށެވެ. އެހެންވެ، އެ ފަދަ ކަމެއް ހިނގައިފިނަމަ ގައިދީންގެ އާއިލާތަކުން، އެކަން އެ ކޮމެޓީއަށް އެންގުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީން ބުނިގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުވުމުގައި އެ ދިރާސާ ރިޕޯޓް ބޭނުންކުރާނެ އެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް، ރިޕޯޓުގެ ޒަރީއާއިން ކަމާ ގުޅޭ ފަރާތްތަކަށް ލަފާ ދޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޝަމާއު ވިދާޅުވީ ގައިދީންގެ ތެރޭގައި ލޭގެ ޕްރެޝަރަށާއި ހިތުގެ ބަލިތަކަށް ބޭސް ކުރާ މީހުން ގިނަ ކަމަށާއި އެ މީހުންނަށް ބޭސް ފަރުވާ ކުރުމުގައި ގިނަ ފަހަރަށް ފަރުވާ ކުޑަކުރާ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ، ބަންދުގައި ތިބޭ ބަޔަކަށް، ބައެއްގެ އެހީތެރިކަން ބޭނުންވާނޭ އެކަމުގައި ފަރުވާ ކުޑަ ނުކުރާށޭ. އެއީ އެއްގޮތަކަށް ވެސް އެ މީހުން އެޓެންޝަން ހޯދަން ދައްކާ ވާހަކަތަކެއް ނޫން،" ޝަމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ދޫނިދޫ ޖަލާއި މާލޭ ޖަލާއި އައްސޭރި ޖަލުގައި ވެސް، ތަހުގީގު ކުރަން ޖެހޭ ގިނަ މަރުތަކެއް ފެންމަތިވެފައިވާ ކަމަށެވެ. ކުއްލި ގޮތަކަށް މަރުވި މީހުންގެ ތެރޭގައި ވަރަށް ޒުވާނުން ވެސް ހިމެނޭ ކަމަށާއި އެހެންވެ، އަމިއްލައަށް އިސްނަގައިގެން ވިޔަސް މި ފަދަ މަރުތައް ތަހުގީގު ކުރުމަށް، ކަމާ ބެހޭ އިދާރާތަކަށް ޝަމާއު ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
03 June 2018
ކުރު މުއްދަތެއްގެ ެތެރޭ ސަރުކާރު ބެލުމުގެ ދަށުގާ ތިބި 20 މީހުން އެ މަރުވީ.. މީ ވަރަށް ބޮޑު މައްސަލައެއް.. އެންމެ މީހަކުވެސް މަރު ވެގެން ނުވާނެ. މަރުވާ މީހުން މަރުވިކަމަށް މި އަޑު އިވޭ ކަންތައްތަކަކަި އަހަރެމެން ދިވެހިން ލޭ ކެކެން ޖެހޭ ވަރުގެ ވާހަކަ ތަކެއް..
ނާނު
02 June 2018
ވަގުތު ޖެހުނީމަ ކޮންމެ ތަނެއްގަ ހުއްޓަސް މަރުވާނެ އެއީކީ މީހަކަށް ހިފެހެއްޓޭނެ ކަމެއް ނޫން ކުއްލި މަރު ގިނަވުމަކީ ޤިޔާމަތުގެ ޢަލާމާތެއް މިކަމުންވެސް ޢިބްރަތްލިބިގަނެ ހެޔޮޢަމަލްތައް ގިނަކުރޭ
މަރޭމިތުރާ
02 June 2018
ރިހިރީތި ޖަޒީރާއަށް އަންނިހޮވަން ބޭނުންވޭ!....... ރުހިގެންދޭ ވޯޓުން އެންމެންވެސް ހިނިތުންވޭ!
މަރޭމިތުރާ
02 June 2018
އެއްތަނަކުން މާގިނަގިނައިން މަރުވަންޏާ ބަލަންޖެހޭ!............................................................... ކޮންގޮތަކުންތޯ މަރުއެވަނީ ދިރާސާތައް ކުރަންޖެހޭ!
މަރޭމިތުރާ
02 June 2018
ވިސްނާވިސްނާ ނޭނގުނު މާގިނަގިނައިން ޖަލުން މީހުން މަރުވާގޮތެއް!! ގިސްލާގިސްލާ މަރުވީއޭ ބުނުމަށްވުރެ ދިރާސާކުރުން އޭ އެނގޭނެގޮތެއް!!
ސިމާދު
02 June 2018
މަރުއައިސް ޖެހުނީމާ މަރުވަނީ. ޙައްޖު ކުރަން ތިއްބާވެސް މަރުވޭ
ސަރީފު
02 June 2018
ކެޔަސް މަރު ނުކެޔަސް މަރު. ކީއްކުރަންށޯ ކަލޭ ކަނީ. ގޭންގު ތަކުގެ ކުދިންވެސް ބުނަނީ ކޮންމެހެން މަރާކަށް ނޫނޯ ވަޅި ޖަހަނީ. ދެން އެ މީހުން ކުރާނެ ކަމެއް ނޯންނާނެ ދޯ މަރުވީޔަކަސް، ޕްރިޒަންސް ގެ ނަން ކަރެކަޝަން އަށް ބަދަލުކުރީވެސް މީހުން އިސްލާހުކޮށް މުޖުތަމައަށް ނެރެންވެގެން. އެހެންވީމާ ޖަލުގައި ވިޔަސް މީހެއްގެ ބެލުމުގެ ދަށުގައި ތިބި ބަޔަކު މަރުވަންޏާ އެކަމުގެ ސަބަބު ބެލުމަކީ ދިރިތިބީންގެ މައްޗައްލާޒިމު ކަމެއް. ހައްޖައްދާ މީހުން މަރުވާ ސަބަބުވެސް ބަލާފަ އާއިލާ އަށް އަންގާ. މަރުގެ ސަބަބު ބެލުމަކީ ދީން މަނާ ކުރާ ކަމެއް ނޫން.
ވާލުސޮރު
02 June 2018
ގެއްލިއްޖެ ފުރާނައަކީ އަނބުރާ ލިބޭނެ އެއްޗެއްނޫން. އެހެންކަމުން ލަސްނުކޮށް ތިޔަކަމާ ތަންކޮޅެއް ބޮޑަށް އުޅެންވެއްޖެ. މިހާރު ރާއްޖޭގެ ކަންކަން ހުރިގޮތުން ސިޔާސީ ޕާޓީ އަކުން ތިޔަކަން ކުރަން އުޅުމަށްވުރެ ބައިނަލްއަގްވާމީ މުއައްސަސާ ތަކުގެ އެހީތެރިކަމާ ސަމާލުކަން ހޯދުން މުހިންމު. ކުށްވެރިންގެ އާއިލާތަކުންވެސް އެކަމަށް މަސައްކަތްކުރަންޖެހޭ.