ފަރެސްމާތޮޑާ އެއާޕޯޓު އަޅާ ބިން ހިއްކުމުގެ މަސައްކަތް، ޓޫރިޒަމް މިނިސްޓަރު ޒަމީރު (ކ) ގަލްފް ކޮބްލާ ކުންފުންޏާ ހަވާލުކުރައްވަނީ.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
03 ޖޫން 2018 - 14:49
ގދ، ފަރެސްމާތޮޑާގައި އެއާޕޯޓު އަޅާ ބިންހިއްކަން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށް ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މައިކަލް އެވެ.
އެ މަޝްރޫއުގެ ދަށުން ހިއްކަން ހަމަޖައްސާފައިވަނީ 13.6 ހެކްޓަރުގެ ބިމެވެ. އެއާއެކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރިއަށްގެންދާނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓު އެޅުމަށް އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތައް ނިންމައި ދެ ތިން މަހުގެ ތެރޭގައި ބިން ހިއްކޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިން ހިއްކަން ހަވާލުކުރީ 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. ނަމަވެސް ދެ ތިން މަސްތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ގަލްފް ކޯބްލާ އިން ދީފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ބިން ހިއްކާ ނިންމައި ވަރަށް އަވަހަށް އެއާޕޯޓުގެ އަޅާނެ ބަޔަކު ހޯދަން އިއުލާންކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ފަރެސްމާތޮޑާގެ އެއާޕޯޓު ހަދަނީ، ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އަތުން ސަރުކާރުން ނެގި ހަތަރު މިިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ)ގެ ލޯނަކުންނެވެ. އިންޓްރެސްޓަކާ ނުލައި ދިން އެ ލޯނު ދައްކަން ސަރުކާރަކަށް ވަކި މުއްދަތެއް ނެތެވެ.
އެ ހަތަރު މިލިއަން ޑޮލަރުގެ ތެރެއިން ބާކީ 1.5 މިލިއަން ޑޮލަރު ހަރަދުކުރާނީ އެ އެއާޕޯޓުގެ އެހެން މަސައްކަތްތަކަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓު އަޅާ ބިން ހިއްކުމުގެ މަސައްކަތް، ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަދައްކަވަނީ --ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ޒަމީރު ވިދާޅުވީ ގއ. އަދި ގދ. އަތޮޅަކީ ދަތުރުކުރުމަށް އުނދަގޫ ހިސާބެއް ކަމަށެވެ. އެހެންވެ އެ ދެ އަތޮޅުގައި މިހާރު ހަދަމުން އަންނަ ދެ އެއާޕޯޓުން އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ދަތުރުފަތުރުގެ ކަންކަމަށް ބަލާއިރު އެންމެ އުނދަގޫ އެއް އަތޮޅު އެއީ...އެ ސަރަހައްދުގައި ދެ އެއާޕޯޓު ހެދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. މާވަރުލާއި ފަރެސްމާތޮޑާ އެއާޕޯޓު. ގދ. އަތޮޅުގައި ވަރަށް ގިނަ ރަށްތައް އެބަހުރި ޓޫރިޒަމަށް ތަރައްގީކުރެވޭނެ ރަށްތައް. އެކަމަކު ދަތުރުފަތުރުގެ ކަންތައްތަކާ ހެދި ވަރަށް އުނދަގޫވެފައި މި ހުންނަނީ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ އެއާޕޯޓު ނިމުމުން އެ ސަރަހައްދު އިތުރަށް ތަރައްގީވެ ޓޫރިޒަމް ތަރައްގީވާނެ ކަމަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓާއެކު މިހާރު އަށް އެއާޕޯޓެއް ހަދަމުން އެބަ ދެ އެވެ. އޭގެ ތެރެއިން ގިނަ ތަންތަން މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބޫ
04 June 2018
ސާބަހޭ ؟ ކޮންމެ މިނިސްޓަރަކަށް އެއާރޕޯޓެއް. މަޖްލިސް މެމްބަރަކަށް .
ގޮޅި
04 June 2018
އެއުޅޭ މޮޔަ ޖަޒީރާ މަނިއްޕުޅު މޭކަރާނެ ކަންކަން މިހިރަގެން ވަނީ.
ހަޑިސަންފަ
04 June 2018
ކާސިންބެ އެހެން ގައުމުތަކުގެ ވާހަކަދައްކާއިރު ނޭގޭބާ އެގައުތަކުގަ އިންކަމުޓެކުސް ނަގާކަން؛ ގައިމު އިންކަމުޓެކުސް ނަގާނަމަ އުޗުމެއް ކިތައް މިލިޔަން ޑޮލަރު ދައްކަންޖެހޭނެ
މަހާ ޖައްރާފް
03 June 2018
6-8 ޑޮލަރަށް އަކަމީޓަރެއް ހިއްކަމުން ދާއިރު 18 ޑޮލަރަށް އަކަމީޓަރެއް ހިއްކަން ބަޔަކާ ހަވާލު ކުރީމަ ދެން ހަމަ ބުނާނެ އެއްޗެއް ނެތް. މެލޭޝިޔާގެ ފިނޭންސް މިނިސްޓަރު ވިދާޅުވިހެން ހާފް ޕްރައިސްގަ ލިބޭ އެއްޗެއް 3 ގުނަ ބޮޑުކޮށް ގަންނަ އުޅޭބަޔަކީ މޮޔަ ގޮވާ ބައެއް ކަމަށް ބެލޭނެ ފުރަސަތު އެބައޮތް.
ފަންކާ
03 June 2018
އުއްޗް ދީބަލަ ޑޮލަރކޮޅެއް ހޯރަފުށީ އެއާރފޯޓެއް އަޅަށް.
ކޮމެންޓު ނުޖަހާތި
03 June 2018
މިމޫސުމުގަ މުޅިންވެސް ފެންނާނީ ސޮއެ ކުރުމާ ކަޑަޖެހުން (ދިވެހިން ގުބޯހެއްދުން)
ކާސިމްބެ
03 June 2018
މަޒްނާ އަށް ނޭގުނަސް ދުނިޔޭގެ މުއްސަދި ގައުމުތަކަށްވެސް ފިޔަފާރިވެރިން ލޯނުދޭ ، އެއްފަހަރަކު ބިލްގޭޓް ދިން 100 މިލިއަން ޑޮލަރ އެމެރިކާ ސަރުކާރަށް ، މަންޖެ ޅަވީމާ ނޭގެނީ
ދޫނިމަގު
03 June 2018
ކޮބައިތޯ އެއްކަލަ އެމްޓީސީސީގެ ހިއްކާ ބޯޓް، ހަމަ ޓެކުސްގެ ފައިސާއިން އަނެއްކާވެސް ބޭރުގެ ކުންފުންޏަކަށް ބޮޑު ޕްރޮޖެކްޓެއް
ސަލީމު އިދުރީސް
03 June 2018
ހިތައްއަރާ ހީކުރަނީ ހުރިހާދިވެހިން ބޮލަކައް ޖާފަހުރީ މީދާކޭ އުބެއްކަމައް ބާއޭ! އެޗެކޭކިއައިގެން ކެންޕޭނައް މީހަކުއަތުން ފައިސާނެގީ ކަމައް ގިނަބަޔަކު ގަބޫލުކުރާނެ! ވިއަފާރި ވެރިންގެ އުނގައް ސަރުކަރު ވެއްޓި ސަލާންޖެހުމުން އެގެނީ އާންމު ރައްތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމުގެ ހިޔާލު ސަރުކާރުން ނުގެންގުޅޭކަން! އަބަދުވެސް ދިވެހިން ތިބެން ޖެހޭނީ މިކަހަލަ މަހުޖަނުން ފައިފުހިންގެ ގޮތުގަކަން! މިނޫންގޮތެއް ބޭނުއްވާމީހުން މިސަރުކާރައް ނޫނެކޭ ބުނާނީ
ދެޓްވޭ
03 June 2018
ފަރެސްމާތޮޑާ އެއާޕޯޓު އަޅަން އުއްޗު ސަރުކާރަށް ހަތަރު މިލިއަން ޑޮލަރުގެ ލޯނެއް ދީފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދެން ސަރުކާރުން ކޮންމެހެން ތިޔާ 4 މިލިއަން ޑޮލަރު އަނބުރާ އުއްޗު އަށް ދިނުމުގެ ބަދަލުގައި އަދި 4 މިލިއަން ޑޮލަރު އުއްޗު އަތުން ހޯދުމަށް ފަހު މާލެ ސަރަހައްދުން މާލޭގެ އުތުރުން ފެދޫ ފިނޮޅުގެ އިރުން އޮތް ފަޅު އެއްކޮށް އުއްޗު އަށް ދޭންވީ 100 އަހަރު ދުވަހަށް އެތަން ހިއްކައިގެން އެތަނުގައި ގްރީން ހައުސް ހަދައިގެން އެގްރިކަލްޗްރަލް އިންޑަސްޓްރީ އެއް ހެދުމަށް ޓަކައި. އުއްޗު އަކީ ވެސް އެގްރިކަލްޗްރަލް މީހަކަށް ވާތީވެ މަމެން ދެކެން ބޭނުންވެއޭ އެގްރިކަލްޗަރ އަކީ ވެސް ރާއްޖޭގެ ޓޫރިޒަމް ގޮތަށް ގްރީން ހައުސް ގެ ތައް ހަދައިގެން ރާއްޖޭގައި ކުރެވިދާނެ ކަމެއް ކަން ދައްކަން ދުނިޔެއަށް. ޔޭއް އައި ވޯންޓް އިޓް ދެޓްވޭ ޓެލްމީ ވައި އިޓް ކާންޓް ބީ ޑަން އައި ނެވަރ ވޮނާ ހިއަރ ޔޫ ސޭ ނާނާނާ ނާނާނާ ނާނާނާ އައި ވޯންޓް އިޓް ދެޓް ވޭ އަައި ވޯންޓް އިޓް ދެޓްވޭ..