އީރާނުގެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ ތެރެއިން އުލިގަމަށް ލައްގާފައިވާ ޕެކެޓެއް.
03 ޖޫން 2018 - 15:02
ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު އީރާނު ބޯޓުން މިހާތަނަށް 115 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ، އީރާނުގެ ބޯޓުން 14 ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ސިފައިން އެ ބޯޓް އޮތް ސަރަހައްދަށް ދިއުމުން މަސްތުވާތަކެތި ނައްތާލުމަށް ޓަކައި ބޯޓުގައި ރޯކޮށްލައިފައިވާތީ ސީދާ އަދަދު ދެނެގަނެވޭގޮތް އަދި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްތުވާތަކެތި ނައްތާލަން އަލިފާން ރޯކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީ، އެއިން ސީޒް ކުރެވޭ ޕިޔޯ ކޮންޓެންޓް ކުޑަވީމަ އަޅުގަނޑުމެންނަށް ސީދާ ކިހާވަރެއްގެ އެއްޗެހި އެ ބޯޓުގައި ހުރިކަން ބުނާކަށް ނޭންގޭ. ފުލުހުން މިހާރު ވެސް މިދަނީ އިތުރަށް އެ ސަރަހައްދު ބަލައި ފާސްކުރަމުން،" ޝިފާން ވިދާޅުވި އެވެ.
އެ ބޯޓްގައި ހުރި މަސްތުވާތަކެތި ވަނީ ހއ. ގެ އެކި ރަށްތަކަށް ލައްގައިފަ އެވެ. އުލިގަމަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ލެއްގިއިރު މޮޅަދު އަށް 300 ގްރާމްގެ މަސްތުވާތަކެތި ލެއްގި އެވެ. އަދި އިހަވަންދު އަށް ދެ ގްރާމުގެ މަސްތުވާތަކެތި ލައްގާފައިވާއިރު ދެ ފަޅު ރަށަކުން 4.2 ކިލޯގެ މަސްތުވާތަކެތި ލައްގާފައި ވަނިކޮށް ފެނިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓުގައި ތިބީ ޕާކިސްތާން މީހަކާއި އީރާނުގެ ހަތް މީހުން ކަަމަށާއި އެ އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ބޯޓް ފަރަށް އަރާފައިވާ ސަރަހައްދަށް ސިފައިން ދިއުމުން އެ މީހުން ވަނީ ބޯޓްގައި ރޯކޮށްލުމަށް ފަހު މޫދަށް ފުންމާލައިފަ އެވެ. މިހާރު އެ މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
"މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝިފާން ވިދާޅުވީ، މިއީ ރާއްޖެ އަށް ޚާއްސަ ކޮށްގެން އެތެރެކުރި މަސްތުވާތަކެތި ކަމަށް ނުބެލެވޭ ކަމަށެވެ. އެ ބޯޓުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނާލީމަ ގަބޫލެއް ނުކުރެވޭ މިހާ ބައިވަރު އެއްޗެހި ދިވެހިރާއްޖެ އަށް ގެނައުން. ނުވަތަ މީގެން ކޯއްޗެއްތޯ ރާއްޖެ ގެންނާނީ. ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެން ބަލާފައިވާ މައްސަލަތަކާ މި މައްސަލަ އަޅާ ކިޔަންޏާ އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެވޭ މިއީ ދިވެހިރާއްޖެ އަށް ގެނައި މަސްތުވާތަކެތި ކަމަކަށް،" ޝިފާން ވިދާޅުވި އެވެ.
ރާއްޖެ އަށް މިހާތަނަށް އެއްފަހަރާ 24 ކިލޯ އާއި 29 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނިކޮށް އަތުލައިގެންފައިވާއިރު އެއީ ވެސް އީރާނު ބޯޓްތަކުން ގެނައި ތަކެތި ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރެއިން 29 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމަކީ ރާއްޖޭގައި ރެކޯޑެކެވެ.
މީގެ ދެ މަސް ކުރިން ވެސް އެ ސަރަހައްދުން ބޯޓެއް މަސްތުވާތަކެއްޗާ އެކު އަތުލައިގެންފައިވާ ކަމަށާއި އެ ބޯޓުގެ މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް ޝިފާން ވިދާޅުވި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓާ މުހައްމަދު ސަލީމް ވިދާޅުވީ މިދިޔަ ހަފްތާއަކީ މޫސުން ގޯސް އަދި ގިނަ އޮޕަރޭޝަންތަކެއް ހިންގި ދުވަސްވަރަކަށް ވީތީ އެ ބޯޓް ފަރަށް އަރައިގެން ރިޕޯޓް ލިބުނުއިރު އެމްއެންޑީއެފްގެ އުޅަނދެއް އެ ސަރަހައްދަކު ނެތް ކަމަށެވެ.
ހއ. އުލިގަމުގައި ސިފައިންގެ ސެންޓަރެއް ގާއިމްކޮށް ކަނޑުގެ ސަރަހައްދު މޮނީޓާ ކުރުމަށް ސިފައިން ތިބި ނަމަވެސް އެ ހާދިސާ ހިނގިއިރު ސިފައިންގެ އުޅަނދެއް އެ ރަށަކު ނެތެވެ.
އެ ބޯޓް ކައިރި އަށް ސިފައިން ގޮވައިގެން ދިޔައީ ހޯރަފުށީގައި އޮތް ސީ އެމްބިއުލާންސް އެވެ. ސަލީމް ވިދާޅުވީ ހާދިސާއެއް ދިމާވެއްޖެ ނަމަ ސިފައިން އަމަލުކުރާ ގޮތަކީ އެންމެ ފަސޭހައިން ދެވޭ އުޅަދެއްގައި އެ ސަރަހައްދަށް ދިއުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޫދަނޑިސަރުކާރު
04 June 2018
ހައްހައްހާ ނުފޯރާފޮތިން ފޫގަޅާބައެއް ސަލާމަތީބާރޯ ކޮންސަލާމަތީ ބާރެއް މިއުޅެނީ ކާއްޓެއް ބިނދަލާނެ ބާރެއްވެސް އަމިއްލަޔައް ދަގަނޑު ކޮޅެއް އުފައްދައިގެން ބޭނުން ކުރާނެ ބާރުނެތިގެން
ވަގުތީ
04 June 2018
ފުލުހުން ތަހުގީގު ހިންގާގޮތަކީ. މަސްތުވާތަކެތީގެ މައްސަލައެއްވިއްޔާ ފުރަތަމަވެސް ބުނާނީ އެއީ އެމީހުން ކުރިކަމެއްނޫނޭ. ސިޔާސީ ކަމެއްގަ ބައްދާލަންވެއްޖެނަމަ ކިތާބީހެކި ހުންނާނެ.
ދުތާ
04 June 2018
މީ އިނަސެންޓް ޕަސާޖް އަކަށް ނުވާނެ ދޯ އެހެން ވީމަ؟ މަސްތުވާ ތަކެތި ވިއްޔަ
ވަހީދު
04 June 2018
ޓަނުން އެތެރެކޮށް ފަރުގަ ބަހައްޓައިގެން އުޅުނު މަސްޔުވާތަކެއްޗަކީ ނުވާކަމެއް ކަމައްތޯ ތިހައްދަވަނީ.
12345
04 June 2018
ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓާކުރަން ޗައިނާއިން 100 މަނަވަރު ހޯދަން ފެނޭ. ނޫނީ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭރު ބަޔަކާ ހަވާލުކުރަންވީނު؟
ކޯޑިނޭޓަރ
04 June 2018
ޢިރާނުގެ ހޮރޮމޯޒު ނަަމަކަށް ކިޔާ ބޯޓެއް ދިވެހި ސިފައިން 24 ކިލޯގެ މަސްތުވާތަކެއްޗާއި އެކު 2014 ވަނަ އަަހަރުގެ މާޗް މަހު ވަނީ އަތުލައިގެންފައި... އެމައްސަލައިގައި އަތުލައިގަނެވުނު މީހުންގެ މައްޗަށް އެކަށީގެންވާވަރަށް ހެކި ނެތި ގެން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެމައްސަލަ ވަނީ އަނބުރާ ގެެނެސް އެ އެންމެން ދޫކޮށްލާފައި...އެބޯޓުގައި ތިބި ބޭރު މީހުންވަނީ ޑީޕޯޓު ކޮށްލާފައި... އަނެއްކާވެސް އިރާނު ބޯޓެއް ... މިއީ ރޭވިގެން ހިންގާ ޖަރީމާއެއް...
ރުރު
04 June 2018
ސުފާނޫ ހާދަޅައޭ. މިހާބައިވަރު ޑްރަގް ރާއްޖެއަށް އެތެރެ ނުކުރާނޭ ބުނާއިރު. 25 ޓަނުގެ މަސްތުވާތަކެތި ރާއްޖޭގެ ފަޅެއްގަ ރައްކާކޮށްފަހުރިކަން ސިފާނަކަށް ނޭންގުނު. ސިފާނޫ ދެންބުނޭ މިއީ ރާއްޖޭގައި ކުދިކުށޭ.
ބަނާނާ
04 June 2018
އަމިއްލައަށް ފަރަށް އަރައިގެން ބަސްޓް މިވީ. މިކަހަލަ ކިތައްޝިޕްމަންޓް ކޮންމެ ދުވަހަކު ބުރުއަޅާނެބާ؟
ރެޑް
04 June 2018
ބަނާނާ ތި ބުނީ ވަރަށް ބޮޑުތެދެއް. އަހަރެންވެސް ހަމަ ހިތަށް އަރާ މިހެން ކިތައް ޝިޕްމަންޓް އެތެރެވެފަ ހުންނާނެހޭ. މިކަހަލަ ހާދިސާ އެއް ހިނގައިފިއްޔާ އޭ ފަޅާ އަރާނީ.
އަލީ2
04 June 2018
މިކަހަލަ ކިތަށްބޯޓް އައިތޯރާއްޖެއަށް؟؟ ފުލުހުން އެބުނަނީ މިއީ ރާއްޖެއަށް ގެނައިމަސްތުވާ ތަކެއްޗެއްނޫނޯ!! ކޮންމެކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެވޭތޯބަލަނީ!! އެއީ މަސްތުވާތަކެތި އެކިޤައުމުތަކަށް ސަޕްލައިކުރާބޯޓެއް.
އާދަނު
04 June 2018
2 ޓަނު ހުރިކަމަށްވޭ. ފުލުހުން މިބުނަނީ 115 ކިލޯއޭ.؟! ކޮބައި އަނެއްބައި؟؟!