އިންޑިއާގައި އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އުފުލާ އަޑުތައް ފަހަކަށް އައިސް ދަނީ އިތުރުވަމުން. --ފޮޓޯ:އޭޕީ
26 ޖުލައި 2016 - 14:45
ނިއު ދިއްލީ (ޖުލައި 26) - އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި އިޒްރޭލުގެ އަންހެނަކު ރޭޕްކުރި ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އިޒްރޭލުގެ 25 އަހަރުގެ އަންހެން މީހާ އަށް އޮޅިގެން މިދިޔަ އާދިއްތަ ދުވަހު ޓެކްސީއެއް ކަމަށް ހީކޮށް ނެގުނު ކާރުގައި ތިބި މީހުން ވަނީ އެ އަންހެން މީހާ އެކަހެރި ތަނަކަށް ގެންގޮސް ރޭޕްކޮށްފައި ކަމަށެވެ. މި އަންހެން މީހާ އަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ
ފުލުހުންގެ ސުޕްރިންޓެންޑެންޓް ޕަދަމް ޗާންދު ވިދާޅުވީ އިޒްރޭލުގެ ޓޫރިސްޓް ރޭޕްކުރުމުގައި ބައިވެރިވި ކަމަށް ބެލެވޭ ހަތަރު މީހުން ހައްޔަރު ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.
އިޒްރޭލުގެ ޓޫރިސްޓް ރޭޕްކުރި ހިމާޗަލް ޕްރަދޭޝްގެ މަނާލީ އަކީ ޓޫރިޒަމްގެ މަޝްހޫރު ސަރަހައްދެކެވެ. މަނާލީގައި 2013 ވަނަ އަހަރު ވަނީ އެމެރިކާގެ ޓޫރިސްޓަކު ރޭޕްކޮށްފަ އެވެ.
އިންޑިއާގައި 2012 ވަނަ އަހަރު ސްކޫލް ދަރިވަރަކު ރޭޕްކޮށް މަރުވި ހާދިސާ އަށް ފަހު ރޭޕުގެ މައްސަލަތަކަށް ދޭ ސަމާލުކަން ވަނީ ބޮޑުވެފަ އެވެ. ގާނޫނުތައް ހަރުކަށި ކުރި ނަމަވެސް ރޭޕުގެ މައްސަލަތައް މަދެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Maldives
26 July 2016
އިޒްރޭލް މީހަކު ރޭޕްކުރީމަ އުފާވާ މީހުން ވަރަށް ގިނަކަމަށް އެބަދައްކައެވެ. ކޮންމެ ފަދަމީހަކާދެރޭވެސް ދެރަކޮށް ކަންތަށްކުރުމަކީ ގޯހެއް. މުސްލިމުންނަނީ އެހެންމީހުނަށް ނަމޫނާ ބަޔަކަށްވާންޖެހޭ!
މުސްލިމުން
26 July 2016
އާން ރޭޕްކުރާ މީހުންނަށް ނަމޫނާ އަކަށް ވާނެ ބައެއް މުސްލިމުން، ނިއުއިޔާ ނައީތްގަ ޖަރުމަނުގަ އޭގެ ވަރަށް ބޮޑު މިސާލެއް ދައްކާލަދިން
ސާއިލު
26 July 2016
އިންޑިޔާއަށްވުރެ މީހުންގިނަ ޗައިނާގައި މިކަން އޮންނަނީ ކޮން ހާލެއްގައިބާ؟
އަލިދީ
26 July 2016
އިންޑިއާގެ ނަންބަދަލު ކުރަންވީ "ރޭޕިސްތާން"
މެންޓަލިސްޓް
26 July 2016
އިންޑިޔާގެ ހިސާބުތަށް ދައްކާގޮތުން އަހަރަކު 40 ހާސްއަންހެނުން ރޭޕްކޮއްހަދައި ،، މިކަމަށް ހައްލެއް އިންޑިޔާއިން އަދިވަނީ ނުހޯދިފައި ،، އިންޑީޔާގެ ފިލްމްތަކުގައިވެސް ވަރަށް ގިނައިން ދައްކާވެ އަންހެނުން ރޭޕްކުރާމަންޒަރުތަށް ބިލިއަނުން މީހުންއުޅޭއިރު ހުރިހާ ފާޑެއްގެ މީހުންވެސް އުޅޭނެތާ ...