ވަންދޫ ޓީޗަރުން، ޓެބްލެޓާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނީ ދެ ވަނަ ޓާމުން ފެށިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
12 ޖޫން 2018 - 13:19
ސްކޫލުތައް ޑިޖިޓައިޒްކުރަން ޓީޗަރުންނަށް ދޫކުރާ ޓެބްލެޓްތައް ޓީޗަރުންނާ ހަވާލުކޮށް ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 1-12 އަށް ކިޔަވައިދޭ 8459 ޓީޗަރުންނަށް މިދިޔަ ހަފުތާގައި ޓެބްލެޓް ހަވާލުކޮށްފައިވާ ކަމަށެވެ. ދަރިވަރުންނަށް ޓެބްލެޓް ދޭން ނިންމާފައިވަނީ، ދެ ވަނަ ޓާމުގެ ކިޔެވުން ފެށުމުންނެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ކުރިން ވިދާޅުވީ ޑިޖިޓައިޒް މަޝްރޫއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައިކޮށް ނިންމާފައިވާ ކަމަށެވެ. ދަރިވަރުންނަށް ޓެބްލެޓް ބަހައި ދެ ވަނަ ޓާމުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެ ވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.
ޓެބްލެޓްތައް ބޭނުންކުރުމުގެ ކުރިން ޓީޗަރުން ކުރު މުއްދަތުގެ ކޯހެއް ފުރިހަމަކޮށް އެ ބޭނުންކުރާނެ ގޮތްތައް ވަނީ ދަސްކޮށްފަ އެވެ.
ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑްގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނަ އެވެ.
ފޮތްތަކާ އެކު މި އަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫޅު
13 June 2018
ޖަޕާން މީހަކު މަކައިރީގައި މަލާމާތުގެ ހިނިގަނޑެއްޖަހާލާފައި ބުނި މޯލްޑިވްސް ވަރަށް ރިޗް ދޯ? ހުރިހާ ކުދިންނާ ޓީޗަރުންނަށް ޓެބްލެޓް ދިނީދޯ? އެކަމަކު ޖަޕާން ވެސް ނުދޭ. މީހުން މަލާމާތް ނުކުރާވަރުތަ?
މުހަދޭ
13 June 2018
ހުޅުމާލޭ ޣާޒީ ސްކޫލްގަ އަދިވެސް ތިބުނާ އައިމިސް ތޯ މައިމިސް ކިޔާ އެތީގެ އެއްވެސް މަުލޫމާތެއް ބެލެނިވެރިންނަކަށް ނުދޭ. ވަންނާނެ ގޮތެއްވެސް ޕާސްވޯރޑް ގަނޑެއް ހިސާބުވެސް. އެކަމު ރިޕޯރޓް ކާރޑް ހެދީ އެއިންނޯ ކިޔާ އަޑު އެހިން.
Gatu
13 June 2018
ޓެބްލެޓެއް ނެތް ޓީޗަރެއް އަދި ޓީޗަރެއްގެ ދަރިއެއް އެބަހުރިތޯ؟
އައްޑޫ ބަކުރު2
12 June 2018
އަނެއްކަމާ މިޖެހެނީ... ސަރުކާރުން ދޭނީ ފުރަތަމައޭތި ހިލޭ ދެން އަހަރުމެންކަހަލަ މައިންބަފައިން ޖެހޭނީ ހަޕްތާއަކު ޓެބްލެޓެއް ކުދިންނަށް ގަނެދޭން ސަބަކީ ކުޑަކުދިން ނަކީ ގިނަ ގިނާއީން ތިކަހަލަ އެއްޗެހި ހަލާކު ކޫރާ ބައެކައްވީތީ...
ޅޮޖިކް
12 June 2018
ދުނިޔޭ ބާޒާރުން ކިލޯ ކިރައިގެން ލިބޭ އެއްޗެއް ތީ. ޓެބްލެޓާއެކު ފޮޓޯއެއް ނެގުމުގެ ފަހުރައްވުރެ މިހިންމީ ގައުމު ސަލާމަތުގެ އައްސޭރިއަކައް ގެންދިއުމައް މަސައްކަތް ކުރިން
ވައިއެނބުރޭ މޫސުމް
12 June 2018
ޓެބްލެޓެއް ދީފަ ގުނބޯ ހައްދާފަ ޅޮސް އުނދޯއްޔަކަށް ނޭރުވޭނެ
އަހްމަދު މާހިރު
12 June 2018
ދިވެހިރާއްޖޭގައި ތިކަން ވާނެބާ މިއުޅެނީ ލާރިއެއް ޓްރާންސްފާ ކޮއްލަން ދެފަހަރުން އެއްފަރު އެސްއެމްއެސް ކޯޑު ގަނޑު ވެސް ނުއައިސްގެން ނޫނީ ނެޓް ހުރެދާނެ ސުލޯވެގެން ގޮސް ކެނޑިފަ....
ޓެބްލެޓް
12 June 2018
އެޑިއުކޭޝަން އިން ހަދަނީ ދޮގު. ވައިފައިކޮށްވެސް ނުނިމޭ. ޓެބްލެޓް ބެހީކީ ނޫން. މިސަރުކާރުން އުޅެނީ ނެތް ފެންވަރުން. އެންމެފަހުން ފޭހުނި އިލޮށިގަނޑު ލޮލަށް ހެރޭނީ. ފިންލެންޑް ނަމަކަށް ބަލައިގެން އުޅެނީ.. ފިންލެންޑްގައި ކޮންމެ 4 ކުއްޖަކަށް 1 ޓީޗަރ ހުރޭ. ރާއްޖޭގައި 30 ކުދިންނަށް 1 ޓީޗަރ. މިކަމުންވެސް އެނގޭދޯ ނަމަކަށްކަން ކަންތައްތައްކުރަނީ. މަންހަޖު ވަރަށް މޮޅު ހަދާފައި އޮތްގޮތް. އެކަމަކު ތަންފީޒުވަމުންދަނީ ދިމާ އިދިކޮޅަށް. ކުދިންގެ ކިޔެވުން ދަށްކަން އަދި ކިޔަވަން ނޫޅޭކަން އެނގޭ އެންމެނަށްވެސް މި މަންހަޖު އައިފަހުން. މިހުރީ ހަމަ އަހަރުމެން ވިސްނާލަންޖެހޭ ކަންކަން.
ޓެބްލެޓް
12 June 2018
ދުނިޔޭގެ މަޝްހޫރު ޤައުމުތަކުގައިވެސް ސްކޫލްތަކުގައި ޓެބްލެޓް ބޭނުންނުކުރޭ. ރާއްޖޭގައި ކަންކަން ކުރަނީ ދައްކަން ވެގެން. ޓީޗަރުންނަށް އެނގޭނެ ޓެބްލެޓް ބެހީކީ ނޫންކަން. އަޅުގަނޑު ބުނެލަން ބޭނުންވަނީ ކުދިންގެ ކިޔެވުން ދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށް. އެޑިއުކޭޝަންގެ އިސްވެރިން ބޮޑުގޮޑީގައި ތިބިގެން ވާނުވާއެއް ނޭންގޭ. މުޅި އެޑިއުކޭޝަން ސިސްޓަމް ފުޑުފުޑު ކޮށްލާފި. މިހާރު ވަރަށް ގިނަ މުދައްރިސުން އެހެން ދާއިރާތަކުން ކިޔަވަމުންދޭ. އެއީ ކުޑަ މުސާރައެއްގައި އެހާބުރަ ބޮޑުވެފައި އެބުރަތަކުގެ މައްޗަށް އެޑިއުކޭޝަނުން ދުއްޕާން ޖައްސަމުންދާތީވެ. މިގޮތަށް މިސިސްޓަމް ކުރިއަށްދާނަމަ ރަނގަޅު ޓީޗަރުން ނެތި ދަރިވަރުންނަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެ. މިކަމަކީ އަޅުގަނޑުމެން ވިސްނާ އިސްލާހުކުރަންޖެހޭކަމެއް.
އުނބުށެން
12 June 2018
ތިޔަ ހަވާލުކުރިކަން އެނގުމުގެ ކުރިން އެނގެން ބޭނުންވަނީ ތިޔަހާ ގިނަ ޢަދަދެއްގެ ތަކެތި ގަތީ ކޮން އުސޫލަކުންތޯއެވެ. ހަމަޖެހިފައިވާގޮތަށް ބިޑްކޮށްގެން ބާވައެވެ. ބިޑްކުރިނަމަ ހަވާލުކުރެވުނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތާބާވައެވެ. ނޫނީ ބިޑްގެ ކަންތައް ކޮށްފައިވަނީ ވަކި މީހަކަށް ހެޔޮވަރަށް ފަހާފައިވާ ކޯޓެއްހެން ބާވައެވެ. މި ނޫހުންވެސް މިކަންކަން އޮތްގޮތް ސާފުކޮށްދީބަލާށެވެ.