ސްކޫލަކުން މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ބިދޭސީ ޓީޗަރުންތަކެއް ފޮޓޯއަކަށް ހުއްޓިގެން: އެސްބީއައި އިން ޑޮލަރު ލިމިޓް ދަށްކުރުމުން ބިދޭސީ ޓީޗަރުންގެ ކަންބޮޑުވުން ވަނީ މިިނިސްޓްރީއަށް ހުށަހަޅާފައި --- ފޮޓޯ/މިހާރު
21 އޮކްޓޯބަރ 2025 - 13:01
ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއަށް ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސްކޫލުތަކުން އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަން ފަށައިފި އެވެ.
އެސްބީއައި މެދުވެރިކޮށް މީގެ ކުރިން 700 ޑޮލަރު އިންޑިއާއަށް ފޮނުވެ އެވެ. އަދި ފަހުން އެ އަދަދު 500 ޑޮލަރަށް އަދި އޭގެފަހުން 400 ޑޮލަރަށް ދަށްކުރި އެވެ. ނަމަވެސް، ޑޮލަރު ލިބުން ދަތިވާ ކަމަށް ބުނެ އެސްބީއައި އިން ދާދިފަހުން އެ ލިމިޓް ވަނީ 150 ޑޮލަރަށް ދަށްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ރެމިޓަންސް ނުވަތަ ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ކަނޑައަޅާފައިވާ ރޭޓް ދަށްކުރުމުން ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ މީހުން މަސައްކަތްކުރާ ސްކޫލްތަކަށް ސިޓީ ފޮނުވައިފަ އެވެ. އަދި އެ ސްކޫލުތަކުން ވެސް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނުގައި ބުނީ ރެމިޓަންސް ރޭޓް ދަށްކުރުމުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންގެ ތެރެއިން ދިވެހި ރުފިޔާ އިން މުސާރަ ލިބޭ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
އެހެންވެ، ވީހާ ވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
ހައިކޮމިޝަނުން ނެރުނު ބަޔާނުގައިވާ ގޮތުން ދާދިފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ތައާރަފްކުރި ޔޫޕީއައި ހިދުމަތާއި ރޫޕޭ ކާޑު އަދި އިންޑިއާ ރުޕީސް އިން ރާއްޖޭގައި އެކައުންޓު ހުޅުވޭ އިންތިޒާމުތައް މެދުވެރިކޮށް، މި މައްސަލައަށް ހައްލެއް ހޯދުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.
އެ ކަންބޮޑުވުމަށް ހައްލެއް ލިބެންދެން، ރެމިޓެންސް ޕްލޭން ކުރުމާއި ޑޮލަރުން މުސާރަ ދޭން އެދުމާއި އެސްބީއައި އަދި އިންޑިއާ ސަރުކާރުން އެކަމާ ގުޅިގެން ހިއްސާ ކުރާ މައުލޫމާތުތައް ގަވާއިދުން ހޯދައި ބެލުމަށް ހައިކޮމިޝަނުން ވަނީ ރާއްޖޭގައި އުޅޭ އިންޑިއާގެ މީހުންނަށް އިލްތިމާސްކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ރާއްޖޭގައި 2،000 އެއްހާ ބިދޭސީ ޓީޗަރުން މަސައްކަތްކުރެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އިންޑިއާ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލާމް2025
23 October 2025
ހުރިހާ އިންޑިއާ ޓީޗަރުންނައް ދިވެހި ފައިސާ އިން މުސާރާދީ، ޑޮލަރުން މުސާރަ ދޭކައް ނުޖެހޭ... އިންޑިއާ ހައިކޮމިޝަނަރކައް ނުބުނޭވޭނެ ޑޮލަރއިން މުސާރަ ދޭކައް . ދިވެހި ރާއްޖޭގެ ލީގަލް ކަރަންސީ އަކީ ދިވެހި ރުފިޔާ. މިއީ އިންޑިއާ ގެ ސްޓޭތް އެއްނޫން.. ދިވެހި ފައިސާން މުސާރަ ދެނީ ޑޮލަރ ގެ ރަސްމީ ރޭޓްގައި 15.42ރ ގެ ރޭޓުން އެގޮތަ ގަބޫކުނުކުރާ މީހުން ވަޒީފާއިން ވަކި ކޮއްފައި ޑީޕޯޓް ކޮއްލަންވީ..
ޞަލަމް
21 October 2025
މިމީހުން ނުވޭ ޑޮލަރު ގަނެގެން އިންޓަރނޭޝަނަލް ޓުރާންސްފަރ ހަދާކަށް. ޑޮލަރު އަގުބޮޑުވީމަ ދަހިކަމުން
ދޮހޮއްތުބެ
21 October 2025
މިއީ ގައުމަކުން ކުޅެލި ސިޔާސީ ކުލިއެއް..
ސަމްސާ
21 October 2025
އިންޑިޔާ ޓީޗަރުން އެމީހުންގެ ގައުމުގަ ވެސް މުސާރަ ލިބެނީ ޑޮލަރުންތަ މާ ކަންތައް ބޮޑު މިކުރަނީ... އެސްބީއައި ޑޮލަދު ލިމިޓު ކުޑަ ކުރީމަ ދިވެހި ސަރުކާރަށް ކީއްތަ ކުރެވޭނީ؟ އެސްބީއައި ނުވަތަ އިންޑިޔާ ހައިކޮމިޝަނަށް ސިޓީ ނުފޮނުވާ ސަރުކާރަށް ޕްރެޝަރ ކުރަނީ އެހެން ބޭނުމަކު ކަން ޔަގީން.
ޥަލަމް
21 October 2025
ދެން އެމީހުންގެ ބެލެނިވެރިފަރާތަށް ދޯ ޝަކުވާ ހިފައިގެންދާނީ. އެމީހުން ރަށަށް ފޮނުވާފަ ނުކުންނަންވީއެއްނު ކިޔަވަދޭން؟
ބަހުލޫ
22 October 2025
އެމީހުނަށް މުސާރަ ނުލިބޭނަމަ އެޑިއުކޭޝަން މިނިސްޓްރީއަށް ދާންވީ. މުސާރަ ރަށަށް ނުފޮނުވުން އެއީ ސަރުކާރާ ބެހޭ ކަމެއް ނޫން
އަންދަލޫސިޔާ
21 October 2025
ދިވެހިންނަށް ވެސް ލިބޭ އުސޫލުން ރަށަށް ދާ ކޮންމެ ފަހަރަކު 500 ޑޮލަރު ދޫކުރީމައި ނިމުނީ. އެމްއެމްއޭން ނުޖެހޭނެ ރުފިޔާއިން މުސާރަ ލިބޭ ބަޔަކަށް 15.42 ގައި ކޮންމެ މަހަކު 400 ޑޮލަރު ދޭކަށެއް. އެމީހުން ވެސް ގިނަ ފަހަރަށް އެއިން ވިޔަފާރިކުރަނީ. އެ ޑޮލަރު ބްލެކްގަ 20 އަށް ވިއްކަނީ. ދާންވީމާ ވެސްޓާން ޔޫނިއަންގެ އޮންލައިން ޕޯޓަލްއިން ރުފިޔާއިން ފައިސާ ދައްކައިގެން އިންޑިއާއިން ރުޕީސް ލިބޭގޮތް ހަދަނީ.
ކުރަ
21 October 2025
ނާރާނެ މައްޗަކަށް! ނާރާނެ! ހިފެހެއްޓިފަ ތިރިއަށް ދާނީ!
ރާއްޖެ
21 October 2025
އެސްބީއައި އިން ދާދިފަހުން އެ ލިމިޓް ވަނީ 150 ޑޮލަރަށް ދަށްކޮށްފަ އެވެ. ދެން އޭގަދިވެހި ސަރުކާރުން ކީތަކުރާނި. އެސްބީއައި އަށް ރާއްޖޭގެ ޑޮލަރުކޮޅު ދޭންވީތަ އިންޑިއާއަށް ފޮނުވަން. އަހަރުންނަކަސް ވެސް ނުލިބޭ ކޮމްމެމަހަކު އެކައުންޑުގައި ބަހައްޓާނެ ޑޮލަރެއް
ނިލް
21 October 2025
ތީ ހަމަ ގަސްތުގަ އިންޑިއާގެ މަކަރުވެރި ރޭވުމަކުން ޑޮލަރުން މުސާރަ ހޯދަން އެމީހުން ޑިމާންޑް ކުރުމަށް ކުރި ކަމެއް.. އިންޑީއާ މީހުން ހަމަ ޑޮލަރު ގަނެގެން ފޮނުވީމާ ނިމުނީ.. ނުޖެހޭ އެމީހުންނަށް ޑޮލަރުން މުސާރަ ދޭކަށް އެމީހުން ޑިމާންޑް ކުރިއަސް. އެމީހުން އަންނަ އިރުވެސް އެނގޭ މުސާރަ ލިބޭނީ ދިވެހި ފައިސާއިންކަން
ކައްދަ އާދަނު
21 October 2025
އިންޑިޔާ ބެންކުން ކަމެއް ކުރީމަ އިންޑިއާ މީހުން ޝަކުވާ ކުރަން ރަނގަޅުވާނީ އިންޑިއާ އެމްބަސީގައި. އިންޑިއާ އެމްބަސީ އިން މިކަން ހައްލު ކުރެވޭނެ. ދިވެހި ރުފިޔާ ރުޕީސްއަށް ބަދަލު ކޮށްދިނީމަ ވީނު.
ޑެބީ
21 October 2025
ފަހަރަކު ރަށަކަށް ގޯނިގޯނީގައި ވައުދުތައް ވަމުންދާއިރު ގައުމުގެ ހަގީގީ ހާލަތު މިފެންނަނީ. ދެން ބުނެފާނެ އެސްބީއައި ބަގާވާތެކޭމީ.
ޙަލި
23 October 2025
މިއީ އިންޑިއާ ސަރކާރުން ދިވެހި ސަރކާރައް ޖެއްސުން ކުރަން ކުޅޭގޭމެއް. މިއީ އަހަރަކު 10 މިލިއަން ދޮލަރ ރާއްޖޭން ބޭރުކުރަން ރާވައިގެން އިންޑިއާ ހައި ކޮމިޝަން އާއި އެސްބީއައި ހިންގާ ދްރާމާއެއް... އިންޑިއާ ގެ ޓީޗަރުން ޓިއުޝަން ކުލާސް ހަދއިގެން ކުދިނައް ޓިއުޝަން ދިނުން ހުއްޓޫވަން ޖެހޭ. އަދި ރާއްޖޭން ބޭރައް ރާއްޖޭގައި ވަޒީފާ އަދާ ކުރާމީހުން ޑޮލަރއިން ފައިސާ ފޮނުވާ ނަމަ ރެމިޓެން ގޮތުގައި ކޮންމެ 100 ޑޮލަރުން 10 ޑޮލަރ ނަގަން ހަމޖައްސަން ފެނޭ