ޖޯޑްންގެ ބާޒާރެއްގައި ބަޔަކު ވިޔަފާރި ކުރަނީ: އިގްތިސާދީ ގޮތުން ޖޯޑްން ވަނީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި.
13 ޖޫން 2018 - 12:28
ޖޯޑްން އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގަލްފުގެ އަރަބި ގައުމުތަކުން ޖޯޑްން އަށް އެހީގެ ގޮތުގައި 2.5 ބިލިއަން ޑޮލަރު ދިނުމަށް ނިންމައިފި އެވެ.
ޖޯޑްން އަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ ސައޫދީ އަރަބިއްޔާގެ އިތުރުން، ކުވައިތާއި އެމިރޭޓްސް އެވެ. މި ގައުމުތަކުން ދިނުމަށް ނިންމި 2.5 ބިލިއަން ޑޮލަރުގެ ތެރެއިން 150-300 މިލިއަން ޑޮލަރު ދޭނީ ބަޖެޓް ސަޕޯޓްގެ ގޮތުގަ އެވެ. އޭގެ އިތުރުން 500 މިލިއަން ޑޮލަރާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ދޭނީ ޖޯޑްންގެ މަރުކަޒީ ބޭންކަށާއި ވޯލްޑް ބޭންކަށެވެ.
އިގްތިސާދީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުން އެ ކަންތައް ހައްލު ކުރުމަށްޓަކައި، ސަރުކާރުގެ ސަބްސިޑީތައް ކަނޑާލައި ޓެކްސްގެ ނިޒާމު އިސްލާހު ކުރަން މަސައްކަތް ކުރެއްވުމުން، ޖޯޑްންގެ ބޮޑުވަޒީރު ހާނީ އަލް މުލްކީ ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާގެ އެ ސިޔާސަތަށް އައިއެމްއެފުން ތާއީދު ކުރި ނަމަވެސް، އެ ގައުމުގައި އޭނާ އަށް ވަނީ ފާޑުކިޔުންތައް ކުރިމަތިވެފަ އެވެ.
ގަލްފުގެ ބައެއް ގައުމުތަކުން މި ދިން އެހީއާ މެދު ޖޯޑްންގެ އިގްތިސާދީ މާހިރުން އެހާ ހިތްހަމައެއް ނުޖެހެ އެވެ. އެމީހުން ބުނާ ގޮތުގައި މިއީ، ޖޯޑްން އަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި، ގަލްފުގެ ގައުމުތަކުން ދިން ރަމްޒީ ހަދިޔާއެކެވެ. އަދި އެހާ ކުޑަ ފައިސާކޮޅަކުން މައްސަލަ އަށް ހައްލެއް ނުލިބޭނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
މިފަހަރު ދޭން ނިންމި އެހީގެ ބޮޑު ބައެއް ހޭދަކުރާނީ، ޖޯޑްން އަށް ނަގާފައިވާ ލޯނުތައް އަދާކުރުމަށެވެ. މިހާރު ނަގާފައިވާ ލޯނުތައް އަދާކުރުމުގެ ގާބިލްކަން ނެތުމުގެ ސަބަބުން އިތުރު ލޯނުތައް ނެގުމުގައި ޖޯޑްން އަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
14 June 2018
ކޮބާ ސަޢުދީ އަރަބިއްޔާގެ ފަހަތުގައި އެލިގަނެގެން އުޅުނީމާ މިގައުމަށް ދިން އެހީއެއް؟ ހައްޖުކޯޓާއެއް އިތުރު ކޮށްދިނުން ފިޔަވައި ވީކަމެއްނެތް. ދެން ލިބުނު ފައިސާއާއި ވީިކަމެއް އެނގޭނީ ސަރުކާރުގެ ބޮޑުންނަށް.
ޤައުމުގެވެރިން
13 June 2018
ޤައުމުގެވެރިން ބިލިއަނަރުންނަށް ވެސްމަތީގަ އުޅެނީ،