ހޮސްޕިޓަލަކަށް ބަދަލު ކުރަމުން އަންނަ އީސީސީ އިމާރާތް މަތިން މިހާރު ފެންނަ ގޮތް. ފޮޓޯ/ ޓްވިޓާ
19 ޖޫން 2018 - 20:24
އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ސ. ހިތަދޫ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ވަކިކުރި ގޯތިތައް އޭގެ ވެރި ފަރާތްތަކާ އަންނަ ހަފުތާ އިން ފެށިގެން ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ގޯތިތައް އަލުން ހަވާލުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީ މަހު، ޕީޕީއެމުން އައްޑޫގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގަ އެވެ.
މިނިސްޓަރު މުއިއްޒާ ހަވާލާ ދެއްވައި، އައްޑު އަށް އޭރު ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ، އެ ބިންތައް ދުރު ނޫން މުސްތަގުބަލެއްގައި ހަވާލުކޮށް ދޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް ސަރުކާރުން އިއުލާން ކުރާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.
ހައުސިން މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "...އައްޑޫ ރައްޔިތުންގެ އަތުން ވަކިކުރި ގޯތިތައް އަނބުރާ ހަވާލުކުރަން ރައީސް ޔާމީން ނިންމަވައި، އެ ގޯތިތައް އަންނަ ހަފުތާ އިން ފެށިގެން ހަވާލު ކުރަން ފަށާނަން" ކަމަށެވެ.
އައްޑޫގެ އިތުރުން އައްޑޫ ނޫން ސަރަހައްދުތަކުގެ ބައެއް މީހުންނަށް ވެސް ހިތަދޫ މާމެންދޫ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ދޭ ގޮތަށް ސަރުކާރަށް ނެގީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ގައި ސާކް ސަމިޓް ބާއްވަން އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތް ކުރުމަށެވެ. އޭރު އެ ބިންތައް ނަގައި، އެ ސަރަހައްދަކީ މީހުން ދިރިނޫޅޭ ފަޅު ރަށެއްގެ ގޮތުގައި ވެސް ސަރުކާރުން ކަނޑައެޅި އެވެ.
ރައީސް ޔާމީންގެ ސަރުކާރުން މިހާރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރަމުން އަންނަ އީސީސީ އަކީ ރައްޔިތުންގެ އަތުން ނެގި ބިންތައް ހިމެނޭ ގޮތަށް އިމާރާތް ކޮށްފައިވާ ތަނެކެވެ. އެއީ މިހާރު ބައެއް މީހުން ގެތައް އިމާރާތްކޮށް އާބާދުވެ، އަދިވެސް އާބާދުވަމުން އަންނަ ސަރަހައްދެއްކަން ފާހަގަކޮށްލެވެ އެވެ.
މާމެންދޫން ގިނަ ބަޔަކަށް ބިން ދޫކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރަދޫމީހާ
28 June 2018
މިސަރުކާރުން ކޮށްދިން ކަމެއް ބުނެބަލަ އައްޑޫގެ ތަރައްޤީ އަށް؟......5 އަހަރުގެ ދައުރެއްނިމި އަނެއްކާވެސް ވޯޓު ބޯމަތިވެއްޖެއް!!! ކޮބާތޯ ނަރަދަމާގެ ނިޒާމު، ކޮބާތޯ ސާފު ބޯފެނުގެ ނިޒާމު...ކޮބާތޯ އަޅާދޭން ބުނި ފުލެޓުތަ؟ ކޮބާތޯ އަޅާދޭން ބުނި ހޮސްޕޓަލް..ކޮބާތޯ ތާރުއަޅާދޭން ބުނި އިތުރު މަޤުތަށް...މާލޭފިޔަވައި އެންމެ ގިނަ ދުއްވާ އެއްޗެހި ދުއްވާތަން ހަމަ މާލެއެކޭ އެއްފަދައިން އަހަރުމެން އެއްވަރަކަށް ދުއްވާއެއްޗެސްސައް އަހަރީ ފީދއްކަން،އެކަމަކު މަގުއޮތް ގޮތްބަލާބަލަ....2013 ވެރިކަމެއް އައުމުގެ ކުރިން ބުނި ކޮންމެ އާއިލާކަށް ޑރ...ބޭނިއިސް ނުބޭނިއަސް 10 ހާސް....ދަޑުވެރިންން ކޮބާ ދޭން ބުނި އެއްޗެހި...މިވެރިކަން އައިފަހުން ކަރަންޓުވީ އަގުބޮޑު....މިހެންގޮސްކިޔާނެ ކަމެއްނެތް 400 ގެ ސަފުހާފޮތެއްގެ ލިޔުނަސް ހުސް ވާވަރަށް އެބަހުރި ކަންތަށްތަށް....މިފަހަރު އަޑޫ ރައްޔިތުން މިތިބީ ވ.ވިސްނަގެން ހަމަހިމޭނުން...އައްޑޫ ގެ ރައްޔިތުން އޮޅުވާލެވުން ދުވަސް މާޒީ ވެގެން ގޮސްފި...
މޮޑްރިޗް
20 June 2018
ތިއީވެސް ރައްޔިތުން އޮޅުވާލަން ކުރާކަމެއް...ގޯތި ދޫކުރަން ފަށާއިރު އަނެއްކާވެސް މިދެނީ ކުރިން ބަޔަކަށް ބިން ދޫކުރިތަނުން ބިން...ކޮބާ ކުރިން އެތަނުން ގޯތި ލިބުނުމީހުންގެ ހައްޤު? ކޮބާ އައްޑޫގަ އެޅި ޓާޝަރީ ހޮސްޕިޓަލް? ކޮބާ ތާރުއެޅި މަގުތައް...ކޮބާ ދޫކުރި ފްލެޓްތައް? ރައްޔިތުންގެ ވޯޓް ހޯދަން އަންނައިރު މިކަންކަން ފުރިހަމަކޮށްފަ ދެންއާދޭ ގޭގެއަށް ވޯޓޭކިޔާފަ....ވައުދުތައް ނުފުދި ވޯޓެއް ނުލިބޭނެ...
ފަސީ
20 June 2018
ރަނގަޅު ވިސްނުމެއް. ޕީޕީއެމް، ތި ބިންތައް ނުލިބިގެން އެމީހުން ޕީޕީއެމް އަށް ސަޕޯޓް ނުކުރަނީ. އަވަހަށް ބިންތަކުގެ މައްސަލަ ހައްލުކުރަން ފެނޭ. އަދި ރަނގަޅުވާނެ ތަންކޮޅެއް ބޮޑު ގޯތިތައް ދީފިއްޔާ.
ބަދޫރާ
20 June 2018
ހުޅުމާލެއިން ބައެއްމީހުންނަށް ލިބުނު ބިންތައް މުއިއްޒުވަނީ އަތުލާފަ.އެބިންތައްވެސް އޭގެ ހައްގުވެރިންނަށް ދޭންވާނެދޯ
އެގްރީމެންޓް
20 June 2018
އައްޑޫގެ ބިންތައް ޙަވާލުކުރަން ކަނޑައެޅުނު އިރު ހއ ދިއްދޫ ހައުސިންގ ޔުނިޓްތައް ލިބުނުފަރާތްތަކަށް އެތަންތަން ހަވާލުކުރާނެ ދުވަހެއް އަދިވެސް ކަނޑައެއް ނޭޅޭ އެތަންތަން ހުރެެ ހަލާކުވަނީ އެތަންތަން ލިބުނު މީހުންނާ ހަވާލުނުކުރެވި ހުރެ
އައްޑޫ ބެއްޔާ
20 June 2018
ބައްޔެއްތަ. އަހަރެންގެ ބަލަދު އަރާ މަޔަކާއި ބަފައެއް، އަންބަކާ 3ދަރިން އެބަތިބި، ސަރުކާރުގައި މިދެފައިން ހިނގާ ގޮސް ބިންކޮޅެއް ދޭތޯ އާދެސްނުކުރާކަށް ވެރިއެއްނެތް. އައްޑޫގައި އެންމެ ފަހުން ރައްޔިތުންނަށް ބިންދޫކުރީ 1998ވަނަ އަހަރު އޮކްޓޯބާރގަ، މިއީ 2018ޖުލައި، މި20 އަހަރު ދުވަހު މީހުންނާއި އިންހާ މީހުން ތިބީ އެކިމީހުންގެ ބޯހިޔަލުގަ. ރާއްޖޭގެ ރައްޔިތުންތިބީ އައްޑޫ ވަރަށް ތަރައްޤީ ކޮށްފީމޭބުނެ އޮޅުވާލާފަ. ހުވާކޮށް މިބުނަނީ ނަޝީދު ސަރުކާރުން އެޅި 153 ފޮލެޓް ފިޔަވާ ހިތަދޫގައި ފްލެޓެއްނެތް. މިސަރުކާރުން ނަޝީދަށް ފުރައްސާރަކުރަން އެފްލެޓްތައް މީހަކަށްނުދީ ހަލާކުކުރާތާ މިވަނީ 5އަހަރު. ކާކު ޤަބޫކު ކުރާނީ އައްޑޫގައި ނަރުދަމާ ނިޒާމެއް ނެތޭ ބުނެފިނަމަ؟2011 ވަނައަހަރު ފެށި ނަރުދަމާގެ މަސައްކަތް2018 ވީއިރު އަދި މުޅި އައްޑޫގެ އެއްމެ ގެއަކަށް ގުޅާފަނެތް. އީސީސީ ހަލާކުކޮށްގެން ނަމަވެސް ހޮސްޕިޓާއަޅާތީ އުއްމީދެއްގެ ތިއްބާ އިއްޔެ އިއުލާންކުރީ ހޮސްޕިޓަލުގައި ކުރިން ބުނި ޚިދުމަތް ޤާއިމުކޮށް ނުދެވޭނެ ކަމަށް.
މޮހޮދީ
20 June 2018
މިނިސްޓްރު ބުނީމަ ދެން ހިތުން މިފެށުނީ...އެކަމަކު އައްޑޫގަ ހުންނަ ހައުސިންގެ މުވައްޒަފުންނަށް ތީގެ މައުލޫމާތެއްނެތް....ހަމަޓަސްޕަޓަސް ނިދާހޭލާފަ ނޫސް އިންޓަވިއު...ކިހާ ބޮޑު ޖޯކެއް...މައުލޫމާތު ލިބޭގޮތުގަ ތިތަނުގެ ސާވޭއެއެއް މަގެއްހެދިފަނެތް...އެކަމަކު އަންނަ ހަފްތާ ދޫކުރަން ފަށަނީޔޯ....ނަސީބެއްނު ކަނޑުހިއްކާ ވާހަކަ ނުބުނިކަން....ތިހެން ދޫކުރި ފްލެޓްތަކުގަވެސް އުޅޭ ލޮލަށް ނުފެންނަ މީހުން..
ފޮނިކަލޯ
20 June 2018
އެހެން ވެގެން އަޅުގަނޑު މިސަރުކާރައް އާއެކޭބުނަނީ ކިހާރަނގަޅު މަގޭ ގޯތި އަނބުރާލިބެނީ ހެައް ހެއް
ގަނެވޮއްކާ ސަރުކާރު
20 June 2018
މިފަހަހަރު ހަވާލުކުރާނެ. ގެދޮރު އިމާރަތް ކުރެވުނީމަ ދެން އަތުލާނީ. ހުސް ކެމްޕެއިނީ ހިޔާލީ ދުނިޔެ
ޔގނޑ
20 June 2018
މުޅިން ވެސް އޮޅުވާލުން. އޭރުގެ އަކަފޫޓުްގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދުން ދެނީ. މިއީ ކައުންސިލުން ވެސް ނިންމާފައިވާ ގޮތާއި ހިލާފަށް ކުރާ ކަމެއް. އޭރު އެއްބަސްވުން ހަދާފައިވަނީ ހަމަ އެވަރުގެ ތަނެއް ދޭ ގޮތަށް.