ހާލުގައި ޖެހިފައި ވަނިކޮށް ރާއްޖޭގެ ސަރަހައްދުން މީގެ ކުރިން ފެނުނު ސޯމާލިޔާގެ ޑިންގީއެއް
24 ޖޫން 2018 - 12:38
އއ. އަތޮޅު ބޭރުން އޮޔާ ދަނިކޮށް ރޭ ސަލާމަތް ކުރި ޑިންގީގައި ތިބީ ސޯމާލިއާ ބައެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އއ. އަތޮޅުގެ ހުޅަނގުން، 60 ނޮޓިކަލް މޭލު ބޭރުން ތިން މީހުންނާ އެކު ސިފައިން އެ ޑިންގީ ސަލާމަތް ކުރިއިރު، ފެނާއި ކާބޯތަކެތި ހުސްވެ ތިބީ ހާލު ދެރަވެފަ އެވެ.
ފުލުހުން ބުނީ ކާއެއްޗެއް ނުލިބި ގިނަ ދުވަސްވެފައި ވުމުގެ ސަބަބުން އޭގެ ތެރެއިން އެކެއްގެ ހާލު އޭރު ވަރަށް ދެރަ ކަމަށެވެ. އެކަމަކު މިހާރު އޭނާގެ ހާލު ރަނގަޅެވެ. މި އެންމެން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި، ދޫނިދޫގަ އެވެ.
ޑިންގީގައި ތިބި މީހުންނަށް އިނގިރޭސި ބަސް ނޭނގޭތީ މުއާމަލާތު ކުރަން ދަތި ކަމަށް ފުލުހުން ބުންޏެވެ.
"އެމީހުންނަށް އިނގިރޭސި ބަހެއް ނޭނގޭ. އެހެންވެ، ބެހުނީ ކީއްވެކަމާއި ކިހާދުވަހެއް ވެއްޖެ ކަން ވެސް ސާފު ނުކުރެވިގެން މިއުޅެނީ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހާލުގައި ޖެހިފައި ވަނިކޮށް ސޯމާލިއާ މީހުން ރާއްޖޭގެ ސަރަހައްދުން މީގެ ކުރިން ވެސް ފެނިފައި ވެ އެވެ. އަދި ރާއްޖޭގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު އެ ގައުމުގެ ބޯޓެއް ވެސް މި އަހަރުގެ ކުރީކޮޅު ވަނީ އަތުލައިގެންފަ އެވެ. ސޯމާލިއާ އަކީ ކަނޑުފޭރޭ މީހުން ގިނަ ގައުމެއް ނަމަވެސް ރާއްޖޭ ސަރަހައްދުން މިގޮތަށް ފެންނަ އެ ގައުމުގެ މީހުންނަކީ ކޮންމެ ބޭނުމެއްގައި މި ސަރަހައްދަށް އަންނަ ބައެއް ކަމެއް ޔަގީނެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމާ
24 June 2018
ޓެކްނޮލޮޖީއޭ ކިޔާ އެއްޗަކާ ހާދަ ބީރައްޓެހި ފުލުހުންނޭ މިރާއްޖޭގައި މިއުޅެނީ. އަތްމަތީ ފޯނުން ތިޔަކަން ހަމަޖައްސައިލެވޭ ހިސާބަށް މުވާސަލާތު ކުރިއަރައި ދިޔައިރު ފުލުހުންގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ.
އަގޮޅި ތީމު
24 June 2018
ދިވެހު ފުލުހުން ނަށް ސޯމާލިޔާ ބަހެއް ވެސް ނޭގެއެއް ނު. ބަލަ އިގެރޭސި ބަސް ސޯމާލިޔާ މީހުނަށް އެގެން ޖެހޭތޯއެވެ؟ މަގޭ ނަޒަރުގައި އެމީހުން ނާއި މުވާމަލާ ކުރަން ނޭގުމަކީ ފުލުހުންގެ ދަށް ކަމެވެ.
އަލިބޭ
24 June 2018
ބަލަގަ އެމީހުންނަށް ސޯމާލިޔާ ބަސް ލިޔަން ކިޔަން އެގޭނަމަ ތިޔަކީ މާބޮޑު ކަމެއްނޫން ދެއްތޯ< ޕޮލިސް ބޭފުޅުންވެސް ތަންކޮޅެއް އަޕުޑޭޓް ވާންވެއްޖެދޯ. މިހާރު ޓްރާންސްލޭޓަރ ހުންނާނެ. ލިޔުނީމަ ބޭނުން ބަހަކުން ޓްރާސްލޭޝަން އަޑު އިވޭނެ. އެހެންވީމަ އެކުދިން ލައްވައިވެސް ލިޔުނީމަ އިގްލިސްއިން ޓްރާންސްލޭޝަން އަޑު އިވޭނެ ދެއްތޯޯޯ!!!
އަނގަ
24 June 2018
އަނެއްކާ ޝިޕްމެންޓް އެއް އައީތަ. މިފަހަރު ކޮންވައްތަރެއްބާ. މިފަހަރު ތި އެތެރެކޮށްލީ އެހެން ބަޔަކަށް ނުފެންނާނެހެން ދޯ.
ޑްރޯގޯ
24 June 2018
ކަނޑުފޭރޭ ބޯޓުގެ ބަޔާން ހާދަ އަވަހޭ ނެރޭލެއް. ކޮބާތާ އިހަކައްދުވަހު އަތުލައިގަތް ޑްރަގު ސްމަގްލުކުރާ ބޯޓު؟ އެމީހުނަށް އިނގިރޭސި އިނގޭލެއް ބޮޑީދޯ؟
ކާސިމްބޭ
24 June 2018
ބަލަ ރަންގަލި ، ކޮމެންޓް ކުރާ އިރު ލިއުމަށް ބެލުމެއްވެސް ނެތީތަ ، އެފޮޓޯ ތިރީގައި އެއިނީ މީގެ ކުރިން ފެނުނު ޑިންގީ އެއްގެ ވާހަކަ ، އެއީ މިއަދު އެފެނުނު ޑިންގީ އެއްގެ ފޮޓޯ އެއްނޫން
އެޑްމުންޑޯ
24 June 2018
ސިފައިނާއި ފުލުހުންގެ ތެރެއިން ބަޔަކަށް މިސަރަހައްދުގެ ބަސްތައް ދަސްކޮށްދޭންޖެހޭ ، އަދި ސޯމާލިޔަ ފަދަ ގައުމުތަކުގެ ބަސްވެސް ، ތަރައްގީ ހިއްސާ ކުރުމަކީ އިންސާނީ ވަސީލަތް ކުރިއެރުން
ޢެ ރަށުމީހާ
24 June 2018
ތީ އާއްމުކޮށް ފުލުހުން ހަދާކަހަލަ ފުރިހަމަ ދޮގެއް. މީގެކުރިން ރާއްޖެ އައި ހުރިހައި ސޯމާލިއާ މީހުން ތިބީ މިހާރުވެސް ދޫނިދޫގައި. ޢެ އެންމެން ވަރައް ރަނގަޅައް ދިވެހިބަހުނއވެސް މިހާރު ވާހާކަ ދައްކާ. ދެން ކީއްވެތޯ އެމީހުނައް އިގިރޭސިބަސް ނޭނގޭތީ ކަމެއް ސާފުނުކުރެވިގެން އެ އުޅެނީ؟
ރަންދެލި
24 June 2018
ފޮޓޯ އިން ފެންނަނީ 13 ވަރަކަށް ފީފާ ( 45 ގެލަން ސައިޒުގެ ޕްލާސްޓިކް) އަރުވައިގެން މާ ކަނޑު އޮތް ޑިންގީ އެއް! މިއީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަކަށް ދަތުރުކުރާ ބައެއް ކަމެއް ޔަގީނެއް ނޫނޭ! ނާ ހަމަ ތެދެއް!
ރުމާލު10
24 June 2018
ކޮބްއިތޯ އެއްކަލަ ޑުރަގް ބޯޓް ގެ ހަބަރަކީ؟ ތަފްސީލް އަދިވެސް ނުލިބޭ..؟ ތަހުގީގު ކުރެވެމުންދާތީ ހާމަނުކުރެވޭނެދޯ؟!!
ޓުން
24 June 2018
ސޯމާލިޔާ މީހުން މިހެން ހަދާއިރު ބޮޑު ބޯޓެއްވެސް ބޭނުންކުރޭ. ދެން އެއިން ތެޔޮ އަޅައިގެން ކުދި ބޯޓުތަކުގަ ގޮސް ކަނޑު ފޭރެނީ.