މާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ ސައިކަލު މަގުމައްޗަށް ވެއްޓިފައި
27 ޖޫން 2018 - 22:28
މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަ ދެ އެވެ.
އެނގިފައިވާ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ދެ ސައިކަލު ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ އެއް ސައިކަލުގައި ތިބި ދެ ޒުވާނުންނަށެވެ. ށ. މަރޮށި، އެއްބަނޑު އެއްބަފާ އެ ދެ ޒުވާނުންގެ ތެރެއިން ސީރިއަސް ޒަހަމްތަކެއް ލިބުނީ، ކޮއްކޮ އިބްރާހިމް ވަސީމަށެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި އެކްސިޑެންޓްވި އަނެއް ސައިކަލުގައި ތިބީ ސިފައިންގެ ދެ މީހެކެވެ. އެ މީހުންނަށް މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށްވެ އެވެ.
"އެކްސިޑެންޓު ވުމާއެކު އިބްރާހިމް ވަސީމް ހޭނެތިއްޖެ. އޭނާގެ ބޯ ހުރީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި. ދެން އެތަނުން ދިޔަ އެހެން ސައިކަލެއްގެ ފަހަތަށް އޭނާ އަރުވައިގެން، ވަސީމްގެ ބޭބެއާ ތިން މީހުން އެއް ސައިކަލެއްގައި ހޮސްޕިޓަލަށް ގެންދިޔައީ،" ވަސީމްގެ އާއިލާގެ މީހަކު ކިޔައިދިނެވެ.
މިހާރު އޭޑީކޭގައި ފަރުވާ ދެމުން އަންނަ ވަސީމްގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅިފައިވާއިރު އަދިވެސް ހެޔެއް ނާރަ އެވެ.
އައްޑޫ ފޭދޫގައި ވެސް ދެ ސައިކަލް ޖެހިގެން ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު އެ މީހުންގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް މިއަދު ވަނީ މާލެ ގެނެސްފަ އެވެ.
އެ ދެ މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.
މިދިޔަ ރޯދަ މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރު ވެސް ވި އެވެ. އަދި މި ފަހަކަށް އައިސް ހުޅުމާލޭގައި ވަނީ އެކްސިޑެންޓްތައް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމެލިދައިތަ
28 June 2018
ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް އެކަން މަދުކުރަން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅު ނޭޅޭތީ ހިތާމަކުރަމެވެވެ. ޙެލްމެޓް އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި ބާރަށް ދުއްވާފަރާތްތަކުގެ ލައިސަންސް އަތުލުމަކީ މިހާރު ކުރަންޖެހިފައިވާކަމެކެވެ. މިފަހަރު މި އެކްސިޑެންޓް ހިނގާފައި މިއޮތީ ފަހަތުން އައި ސައިކަލަކުން ޖެހިފައެވެ. މިއީ ބަލަންޖެހޭކަމެކެވެ. މާތްﷲ އެ ޒުވާނާއަށް އަވަސް ޝިފާއެއް ދެއްވާށި.
ރަންދެލި
28 June 2018
ދެން އިލްމީ ބޭފުޅުން މިތާ ލިޔަން ފަށާނެ ހެލްމެޓް އަޅާށޭ. މަގޭ ޒުވާބަކީ ފައިމަގުގާ ހިނގާ މީހުންވެސް ހެލްމެޓް އަޅަން ޖެހޭ ހޭ؟؟؟
އާދަނު
28 June 2018
ދުއްވާ މީހުން ހެލްޓް އަޅައިގެން ދުއްވާނަމަ ސީރިއަސް އަނިޔާއަށް ނުގޮސް ސަލާމަތްވާނެ.
ޙެޔޮއެދޭމީހާ
28 June 2018
އެކްސިޑެންޓްވެގެން އަނިޔާވާ މީހާ ސައިކަލަށް ލައިގެން ގެންދިއުމަކީ އޭނާއަށް އިތުރު ގެއްލުންތަކެއް ލިބިދާނެކަމެއް.
ފޮނިޓައްޕު ހަސަނު
28 June 2018
އަޅެ މިރާއްޖޭގައި ހެލްމެޓް އަޅައިގެން ސައިކަލް ދުއްވާގޮތަށް ގަވާއިދު ހަދަން ވެއްޖެ ނުން. ޒުވާނުންގެ އެތަކެއް ބަޔަކު ސައިކަލް އެކްސިޑެންޓްތަކުގައި ބޮލަށް އަނިޔާ ލިބިގެން މަރު އަވަނީ. މިސަރުކާރުން ޒުވާނުންނަށް ކަމެއް ކޮށްދޭން ބޭނުންނަމަ އަވަހަށް ހެލްމަޓް މަޖްބޫރު ކުރޭ.
ދާންދޫ ދާއިރާ
28 June 2018
މީގެ ކުރިންވެސް ތިކަހަލަ ޤަވާޢިދެއް އޮވެގެން އެޔަށް އަމަލުކުރަމުން ދިޔަ. ކީއްވެ ހުއްޓާލީ އެޤަވާޢިދަށް އަމަލުކުރުން .
ކައްޓިމަސް
28 June 2018
ޒުވާނުންނޭ ހޭއަރާ... ބާރަށް ދުއްވައިގެން ވާނެ ހަމަ އެއްވެސް ފައިދާއެއް ނެތް.. ހުރިހާ ގެއްލުމެއް ތިމާއަށާ އާއިލާއަށާ މުޖުތަމަޢަށް.. ވަގުތު ފާއިތުވުމުގެ ކުރިން ހޭ އަރާ...