ސިނަމާލެ ފްލެޓުގެ ސީލިންގުން ފެން ލީކުވަނީ: ސިނަމާލެ، މާލޭހިޔާ ފްލެޓްތަކާމެދު ކައުންސިލުން އިހުމާލުވެފައިވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި-- މިހާރު ފޮޓޯ
01 ޖުލައި 2018 - 13:07
ސިނަމާލެ އާއި މާލޭހިޔާ އަދި ވިލިމާލޭގައި ހުންނަ ސޯޝަލް ހައުސިން ފްލެޓްތަކުގެ ހުރިހާ ޒިންމާތައް، މާލޭ ސިޓީ ކައުންސިލް އަތުން ނަގައި ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދެއްވައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ފްލެޓްތައް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން، ކެބިނެޓުން ރައީސަށް ލަފާ ދިނީ އެތަންތަން ބަލަހައްޓައި އަދި ހިދުމަތް ދިނުމުގައި ކައުންސިލުން އިންތިހާއަށް އިހްމާލްވެފައިވާތީ ކަމަށެވެ.
Male,Vilimale gai huri social housing flat thah belehettumugai adhi e flat thakuge rayyithunnah khidhmai dhinumugai City Council in inthihaa ah ihmaalvefaivaathee mi flat thakuge emmehaa zimmaathah Housing Ministry ah badhalukurumah Cabinet in RaeesulJumhooriyya ah lafaa aruvaifi
— Dr.Mohamed Muizzu (@MMuizzu) July 1, 2018
މުއިއްޒު މީގެ ކުރިން ވެސް ވަނީ ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މެދު މާލޭ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި، މާލޭގެ ބައެއް ގެތަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު، މީގެ ދެ ހަފުތާ ކުރިން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން، ފްލެޓްތަކުގެ މީހުންނާ މެދު އިންތިހާ ދަރަޖަ އަށް އިހުމާލުވެފައިވާ ކަން، އެ ތަންތަނަށް ވަޑައިގަތުމުން އެނގިވަޑައިގެންފި ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީީގެ ބާރުގެ ދަށުގައި އޮތް ކައުންސިލަކުން، ރައްޔިތުންނާ މެދު އެހާ އިހާނެތިކޮށް ކަންތައްތައް ކުރަނީ ކީއްވެތޯ މިނިސްޓަރު މުއިއްޒު ސުވާލު ކުރެއްވި އެވެ.
އެއަށް ރައްދު ދީ ސިޓީ ކައުންސިލުން ބުނީ ފްލެޓްތަކުގެ ކަންކަން ރަނގަޅު ކޮށްދިނުމަށް އެދި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި އެތައް ފަހަރަކު މިނިސްޓްރީއަށް ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މިނިސްޓަރު އެކަމަށް އެއްވެސް އިޖާބައެއް ނުދެއްވާ ކަމަށް އެތަނުން ބުންޏެވެ.
"ބާރުތައް މުށަށް ލައިގެން އެމްސީސީ [މާލޭ ސިޓީ ކައުންސިލް] އޮބި އެޅީ ސަރުކާރުން،" އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލްގެ ގިނަ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި، ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓްތަކަށް އަލަށް ވަޑައިގަތުމުން މިނިސްޓަރު މުއިއްޒަށް ލައްކަ ކަންކަން ފެނިވަޑައިގެންފި ކަމަށެވެ. އެކަމަކު އެތަނުގެ ފުރާޅާއި ވެއްޓެން ކައިރިވެފައި ހުރި ބެލްކަނިތަކާއި ތަނބުތައް ވެސް އަދި ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ބޮޑެތި މަރާމާތުތަކެއް ބޭނުންވާ މާލޭ ހިޔާ އާއި ސިނަމާލޭ ފްލެޓްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވާއިރު، އެ ފްލެޓްތަކުގެ މެއިންޓަނަންސް ކަންތައްތައް ވަނީ އަމިއްލަ ކުންފުންޏަކަށް ދޫކޮށްފަ އެވެ. މާލޭހިޔާ ފްލެޓްތަކުގެ ލިފްޓު ހަލާކުވުމާއި ވިއްސާރަ ދުވަސްވަރު ސީލިންގުން ފެން ލީކުވުން ފަދަ މައްސަލަތައް ވަރަށް ގިނައިން ދިމާވެ އެވެ. އެ ކަންކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ކުރިން ބުނެފައި ވަނީ ފުލެޓްތައް މަރާމާތު ކުރުމަށް އެކަށޭނަ ބަޖެޓް ނުލިބުމާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މައްސަލަތައް ހައްލު ކުރުމަށް ދަތިވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސީ
02 July 2018
ވޯޓު ހޯދަން ޖަހާނެ އެހެން މަޅިއެއްނެތީ؟؟
އަލިފް
02 July 2018
އިހްމާްލްވިކަނއެނގުނީ 5 އަހަރުހަމަ ވާން 3 މަހައްވީމައެވެ. ފްލެޓް ތަކުގަ އުޅޭމީހުނައް ޕާޓީ އަށް ވަނުމަށް ޕްރެޝަރު ނުކުރުމަށް އެދެމެވެ.
usmaan
01 July 2018
ސިޓީ ކައުންސިލްގެ އަގުވައްޓާލަން ތިޔަ އުޅެނީ ދެން މާވަރަކަށްވިއްޔާ ދޯ. ބަލަގަ ސިޓީ ކައުންސިލުން އެތަންބެލެހެއްޓުން ހާދަދެރައެކޭދޯތިޔަވަނީ
ފިނިފެންމާ
01 July 2018
ކުރީގެ ޢަރަބިއްޔާ ކައިރީގައި ޕާރކް ނުކުރެވޭ ގޮތަށް ރޮގު ދެމުން ރައްޔިތުން ބަލައެއް ނުގަންނަން.އަދި މަޖީދީމަގު އަގޯރާއިން ފެށިގެން ރެޑްވޭވް މޯލްކައިރީގައި ޕާރކެއް ނުކުރެވޭ.ޗާދަނީމަގު އުތުރު ކޮޅުގައި ޕާރކް ނުކުރެވޭ ގޮތަށް ހެދިއިރު އައިޖީއެމްއެޗް ހުންނަމަގުގެ ބޮޑު ބަޔެއްގައި ޕާރކް ނުކުރެވޭ.ރައްޔިތުންނަށް މިކުރާ ދަތިތައް ވޯޓުން ދައްކާނަން.މިވަރުގެ ނުލަފާ ވެރިކަމެއް ނުދެކެން.
ލަތީފް
02 July 2018
ސަރުކާރުން ބަލަނީ މަގުތަކުގައި ތޮއްނުޖެހި ދުއްވާއެއްޗެހި ދުއްވޭނެގޮތް ހަދައިދޭން. ތަނަކަށްގޮސް ޕާކު ކުރުމަކީ ކުރަން ޖެހޭ ކަމެއްކަމަކަށް ސަރުކާރަކުން ނުދެކޭ.
ޓިނު
01 July 2018
ބަލަގަ މިއަދުތަ ތިކަން އެގުނީ ؟ ލަދުކޮބާ
ގަދަ
01 July 2018
ސިޓީ ކައުންސިލްގެ 16 މިލިއަން ރުފިޔާގެ ބަޖެޓު ކޮބާ؟
ދަތްނެތްކުއްޖާ
01 July 2018
މިނުސްޓަރޫ ވޯޓުލާ ދުވަސް ވަރު ކައިރިވީމަތޯ މަނިކުފާނުގެ ލޯފުޅު ހުލުވުނީ އަދި އެތަން ތަނަށް ޒިޔާރަތް ކުރަން ބުއްދި އަށް ވިސްނުނީ! މަނިކުފާނުމެން ތިފާޑަށް ދެން ކޮސް ގޮވަން ނޫލުއްވިއްޔާ ރަގަލު ވާނީ. މިހާރު ތި ވީގޮތަކީ މޑޕ ކޮންގްރެސް ފެނިފައި މަނިކުފާނު މެންގެ ޓީމުގެ ކުދިންކޮލު ފިތް ކަނޑައިގެންގޮސް ހުންއައިސް ރަޖާލާން ފެށީ. އަދިވެސް މަނިކުފާނުމެން ހަމަ ތިބާވަތުގެ ކޮސް ތައް ކުރިއަށް އޮތް ދުވަސް ތަކުގައި ގޮވާނެ. ރީތި ގޮތުގައި މޑޕ ކޮންގްރެސް ބާއްވަން ދަރުބާރުގެ އެވެރިން ނަށް ދިން ނަމަ ތި ހަޑި އާއި ތި ކޮސް ގޮވަން ނުޖެހުނީސް ކަން ކަށަވަރު. ވ ސަލާން.
އައިޖޭ
01 July 2018
ސިޓީ ކައުންސިލް އަށް ބަޖެޓް ނުދީ މިހުރިހާ ދުހު ހިފެހެއްޓީ، އިލެކްޝަން އާއި ދިމާ ކޮށް މި ގޭމް ޖައްސަން ކަން އެންމެނަށްވެސް އެނގޭ.... ތިޔަ ގޭމް ތަކަކަށް ވޯޓެއް ނުލިބޭނެ...ވ.ވެދުން
ކަކުނި ބޯ
01 July 2018
ރައްޔިތުންގެ ވެރިކަމެކޯ، ތިމަންނަމެނަކީ ރައްޔިތުންގެ ޚާދިމުންނޯ ކިޔައިގެ ރައްޔިތުން ގުނބޯ ހައްދާ މޫސުމަށް މަރުޙަބާ! ބަލަ ރައްޔިތުންގެ ހާލުބެލުން "މާތްވެގެންވާ ޤާނޫނު އަސީ" ގައި ބަޔާން ކޮށްފައި އޮންނަނީ އިންތިޚާބު ގާތްވުމުންނެވެ.
ރޯޒް ރައީސް
01 July 2018
ނޫނޭވާ މިހާރު ރައްޔަތުންދެކެ ލޯބިން އެންމެން ވަށައިގެން ދުވަން ފަށައިފި. ހަނދާންވަނީ ކުޑަކުދިނ