ފ. ނިލަންދޫ ދެމަފިރިއަކު އެ ރަށު ފަޅުތެރޭގައި ބޮއްކުރައެއްގައި ތިބެގެން މުށިމަސް ބާނަނީ. ފ. އަތޮޅުގައި ދިރިއުޅޭ މީހަކަށް އެވްރެޖްކޮށް މަހަކު 4،300 ރުފިޔާ ލިބޭ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
06 ޖުލައި 2018 - 09:37
ރާއްޖޭގެ ވަކިވަކި އަތޮޅުތަކަށް ބަލާ އިރު އެންމެ ގިނައިން އާމްދަނީ ލިބެނީ ފ. އަތޮޅުގައި ދިރިއުޅޭ މީހުންނަށް ކަމަށާއި އާމްދަނީ އެންމެ މަދުން ލިބެނީ ރ. އަތޮޅުގައި ކަމަށް ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރި ގޮތުގެ ސާވޭ (ހަޔަސް) އިން ދައްކައިފި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުދަދުވަހު ނެރުނު 2016 ވަނަ އަހަރުގެ ހަޔަސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފ. އަތޮޅުގައި ބޮލަކަށް އެވްރެޖްކޮށް މަހަކު 4،308 ރުފިޔާ ލިބޭ އިރު ރ. އަތޮޅުގައި ލިބެނީ 2،591 ރުފިޔާ އެވެ.
އެކަމަކު އެންމެ ގިނައިން އާމްދަނީ ލިބޭ މާލޭގައި އެވްރެޖްކޮށް ބޮލަކަށް ޖެހޭ އަދަދު 6،984 ރުފިޔާ އަށް އަރަ އެވެ. އަތޮޅުތަކުގައި ލިބެނީ އެ އަށް ވުރެ ދެބައިކުޅައެއްބައި މަދުން، 3،421 ރުފިޔާ އެވެ.
ބޮލަކަށް ޖެހޭ އާމްދަނީއަކީ ގޭބިސީއެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އާމްދަނީގެ ޖުމްލަ، އެ ގޭބިސީއެއްގައި ދިރިއުޅޭ އެންމެންގެ ޖުމްލަ އަދަދުން ގެއްލުމުން ލިބޭ މިންވަރެވެ.
ހަޔަސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ބޮލަކަށް ޖެހޭ އާމްދަނީ އެހެން އަތޮޅުތަކަށް ވުރެ ފ. އަތޮޅުގައި ބޮޑުވުމުގެ ސަބަބެއް ކަމަށް ބެލެވެނީ އިގްތިސޯދީ ގޮތުން ހަރަކާތްތެރިވާ އާބާދީ (ލޭބަ ފޯސް) އާއި 15 އަހަރުން މަތީގެ އާބާދީގެ ތެރެއިން މަސައްކަތްކުރާ އާބާދީގެ ނިސްބަތް (އެމްޕްލޮއިމެންޓް ޓު ޕޮޕިއުލޭޝަން ރޭޝިއޯ) އެ އަތޮޅުގައި ބޮޑުވުމެވެ. ފ. އަތޮޅުގެ ލޭބަ ފޯސް ޕާޓިސިޕޭޝަން ރޭޓް 68 ޕަސެންޓްގައި ހުރި އިރު އެމްޕްލޮއިމެންޓް ޓު ޕޮޕިއުލޭޝަން ރޭޝިއޯއަކީ 67 ޕަސެންޓެވެ. އޭގެ އިތުރުން ފ. އަކީ ގޭބިސީގައި އާމްދަނީ ލިބޭ މީހުން ގިނަ ވެސް އަތޮޅެކެވެ. އެގޮތުން އެވްރެޖްކޮށް ގޭބިސީއެއްގައި އާމްދަނީ ލިބޭ ތިން މީހުން ދިރިއުޅެ އެވެ.
އެއާ ޚިލާފަށް ރ. އަތޮޅުގެ ލޭބަ ފޯސް ޕާޓިސިޕޭޝަން ރޭޓަކީ 50 ޕަސެންޓެވެ. އެމްޕްލޮއިމެންޓް ޓު ޕޮޕިއުލޭޝަން ރޭޝިއޯއަކީ 48 ޕަސެންޓެވެ. އަދި އެ އަތޮޅުގައި އެވްރެޖްކޮށް ގޭބިސީއެއްގައި އުޅެނީ އާމްދަނީ ލިބޭ 1.9 މީހުންނެވެ.
މުޅި ރާއްޖެ އަށް ބަލާ އިރު މީހަކަށް އެވްރެޖްކޮށް މަހަކު ލިބެނީ 4،944 ރުފިޔާ އެވެ.
އަތޮޅުތަކަށް މަހެއްގެ މައްޗަށް ބޮލަކަށް ޖެހޭ އާމްދަނީ
މާލެ އާއި އަތޮޅުތަކުގައި ވެސް މައިގަނޑު ގޮތެއްގައި އާމްދަނީ ލިބެނީ މުސާރަ އާއި އުޖޫރައިންނެވެ. ނަމަވެސް އެ ނިސްބަތް މާލޭގައި ނުވަ ޕަސެންޓް ބޮޑެވެ. ދެން އެންމެ ގިނަ އާމްދަނީ ލިބެނީ އަމިއްލަ ވިޔަފާރިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބޭ ގޮތަކީ މާލޭގައި ނަމަ ކުލި ފަދަ، މުދާވެރިކަމުން ލިބޭ އާމްދަނީ އެވެ. އެއާ ޚިލާފަށް އަތޮޅުތަކުގައި ތިންވަނަ އަށް އެންމެ ގިނައިން ލިބޭ އާމްދަނީއަކީ އެހީގެ ފައިސާ އެވެ.
ގޭބިސީތަކުގެ އާމްދަނީގެ މީޑިއަން އަށް ބަލާ އިރު މުޅި ރާއްޖޭގެ ނިސްބަތުން ގޭބިސީއަކަށް މަހަކު 19،900 ރުފިޔާ ލިބެ އެވެ. އެއީ 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ދޭ އިނާޔަތާއި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުން އާއިލާ އަށް ފޮނުވާ ފައިސާ ފަދަ އެހީތައް ވެސް ހިމަނައިގެންނެވެ.
"ރާއްޖޭގެ އާބާދީގެ މެދުގައި އާމްދަނީ ބެހިފައިވާ ގޮތަށް ބަލާ އިރު އަތޮޅުތަކާއި މާލޭގައި ތަފާތު ބޮޑުކަން ފާހަގަކުރެވެ އެވެ. މި ގޮތުން އަތޮޅުތަކުގައި ބޮލަކަށް ޖެހޭ އެވްރެޖް އާމްދަނީ (މަހެއްގެ މައްޗަށް އެވްރެޖްކޮށް 3421 ރުފިޔާ) އަށް ވުރެ ދަށުން އާމްދަނީ ލިބެނީ އަތޮޅުތަކުގެ އާބާދީގެ 60 އިންސައްތަ އަދި މާލޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށެވެ،" ހަޔަސްގެ ރިޕޯޓުގައި ވެ އެވެ.
ރާއްޖޭގެ ގޭބިސީތަކުން މަހެއްގެ މައްޗަށް ކުރާ ޚަރަދު މާލެ ފިޔަވައި އެންމެ ބޮޑީ ފުވައްމުލައް އެކަނި އޮންނަ ޏ. އަތޮޅުގައި ކަމަށާއި ޚަރަދު އެންމެ ކުޑައީ ބ. އަތޮޅުގައި ކަމަށް ހަޔަސް އިން ދައްކަ އެވެ.
ފުވައްމުލަކުގެ ގޭބިސީތަކުން އެވްރެޖްކޮށް މަހަކު 22،043 ރުފިޔާ ޚަރަދުކުރާ އިރު ބ. އަތޮޅުގެ ގޭބިސީތަކުން ހޭދަކުރަނީ 14،657 ރުފިޔާ އެވެ.
އެންމެ ބޮޑު ޚަރަދެއް ކުރާ މާލޭގައި ގޭބިސީއަކުން މަހަކު އެވްރެޖްކޮށް 34،341 ރުފިޔާ ހޭދަކުރާ އިރު އެއީ މުޅި ރާއްޖޭގެ ނިސްބަތުން 9،000 ރުފިޔާ ބޮޑު އަދަދެކެވެ. މުޅި ރާއްޖެ އަށް ބަލާ އިރު ގޭބިސީއަކުން މަހަކު އެވްރެޖްކޮށް ޚަރަދުކުރަނީ 25،119 ރުފިޔާ އެވެ. އަދި އަތޮޅުތަކުގައި އެ އަދަދު އުޅެނީ 18،498 ރުފިޔާގަ އެވެ.
އެކަމަކު ގޭބިސީތަކުގެ މެދުގައި ޚަރަދުކުރުމުގެ ބޮޑެތި ތަފާތުތައް ހުރުމާ އެކު އެވްރެޖަށް ވުރެ ފުރިހަމަ މިންގަނޑަކީ މީޑިއަން ކަމަށް ވާތީ މީޑިއަން ޚަރަދު ވެސް ހަޔަސްގެ ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ. މަހެއްގެ މައްޗަށް ގޭބިސީއަކުން ކުރާ މީޑިއަން ޚަރަދަކީ، މުޅި ރާއްޖޭގައި 19،843 ރުފިޔާ، މާލޭގައި 30،560 ރުފިޔާ އަދި އަތޮޅުތަކުގައި 15،040 ރުފިޔާ އެވެ.
މާލޭގައި ގޭބިސީގެ ޚަރަދުތައް ބެހިފައިވާ ގޮތް
ގޭބިސީތަކުން މައިގަނޑު ގޮތެއްގައި ޚަރަދުކުރާ ބޭނުންތަކަށް ބަލާ އިރު މާލޭގައި އެންމެ ބޮޑު ޚަރަދެއް ހިނގަނީ ބޯހިޔާވަހިކަމާއި ފެނާއި ކަރަންޓަށް ކަމަށާއި އެއާޚިލާފަށް އަތޮޅުތަކުގައި އެންމެ ބޮޑު ޚަރަދެއް ހިނގަނީ ކާބޯތަކެއްޗަށް ކަމަށް ހަޔަސް އިން ދައްކަ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މާލޭގައި ގޭބިސީތަކުގެ ޚަރަދުގެ 31 ޕަސެންޓް، ބޯހިޔާވަހިކަމާއި ފެނާއި ކަރަންޓަށް ހޭދަވާ އިރު އޭގެ ތެރެއިން 23 ޕަސެންޓަކީ ކުއްޔެވެ.
އަތޮޅުތަކުގައި ގޭބިސީގެ ޚަރަދު ބެހިފައިވާ ގޮތް
މާލޭގެ އިތުރުން މުޅި ރާއްޖެ އަށް ޖުމްލަކޮށް ބަލާ އިރު ވެސް ގޭބިސީތަކުން އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޯހިޔާވަހިކަމާއި ކަރަންޓާއި ފެނަށް ކަމަށް ވިޔަސް އަތޮޅުތަކުގައި ގޭބިސީގެ މައިގަނޑު ޚަރަދު ހިނގަނީ ކާބޯތަކެއްޗަށެވެ. އެއީ 26 ޕަސެންޓެވެ.
ރާއްޖޭގައި ގޭބިސީއެއްގައި އެވްރެޖްކޮށް ދިރިއުޅޭ މީހުންގެ އަދަދަކީ 5.3 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏ އަލްގެދަރ އާންތު
07 July 2018
ފޯއްމުލަކު ގެ މިހާރު ތިޔަފެނި ވަޑާގަންނަވާ ފޮޓޯ އިން ވެސް އަވަސް ބަދަލު ފެންނާނެ މިހާރު އެތަން ވަނީ އިމާރާތް ކުރެވިފަ
ނިޔު ޔޯކް
06 July 2018
މި ފަރަގު އޮތީ ދިވެހިރާއްޖޭގަ އެކަންޏެއްނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އަރބަން އާއި ރޫރަލް އޭރިއާ ގައި މި ފަރަގު އެބައޮތް.
މުޑަހަންޖާ
22 October 2020
އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގަ ކ.މާލޭ ކަނޑުތޮށިން ބޭރުގައިވާ ހުރހާތަނަކީ ރޫރަލްއޭރިއާއޭ..... ކޮން ރޫރަލްއެއްތަ، މިއީ އިންޑިއާ އަފުގާނިސްތާނެއްނޫނޭ. ކުލިނަގައިގެން ގޭގައޮވެބަލަ ފައިސާގުނަން.
ަައަހުމަދު
06 July 2018
ކުޑަހުވަދޫ މަށަށް ހީވަނީ އެބުނަނީ ބޮލަކަށް ޖެހޭ ވަރުހެން
ގަމާރު
06 July 2018
އަދި ތިޔަކަން އެނގުނީހީ މަމެންނަށް ސައޫދީއާއި ގުޅެން ފުރުސަތު ހުޅުވާލިނަމަ.
ފައިލު
06 July 2018
މި ރިޕޯޓްގައި މައުލޫމާތު މުޅިން ރަނގަޅު ނޫންކަމަށް ލަފާ ކުރެވެނީ . އެއީ މާލޭ މީހުން އާމްދަނީ ހޯދަން މައިގަނޑު ކުރާ މަސައްކަތަކީ ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ހޯދުމެވެ. ގެދޮރު ކުލީގެ ގެތުގައި އެތައްސަތޭކަ މިލިއަން ރުފިޔާ މާލެއަށް ވަންނަކަން މީ ފެންނަން އޮތް ހަގީގަތެކެވެ. ނޫސްތަކުގެ އިޝްތިހާރުން ވެސް ފެންނަން އެހުންނަނީ ތިމަންނަމީ މާލޭގެ މީހެއްކަމާއި ގެދޮރު ކުއްޔަށްދީގެން އާމްދަނީގެ ގޮތުގައި މަހަކު 10 ވަރަކަށް ލައްކަ ރުފިޔާ ލިބޭކަމާއި ވީމާ އިންނާނެ ކުއްޖަކު ބޭނުންވާ ކަމަށް އިއުލާން ޖަހާފަ. އަބަދުވެސް މިއުޅެނީ ރާއްޖެތެރޭ މީހުން އަތުން މާލެއަށް ކުލީގެ ގޮތުގެ ވަންނަ ފައިސާއަކީ ނުވަންނަ އެއްޗެއްގެ ގޮތުގައި ދައްކަން . އެނުހިމަނާ ހިސާބު ކިތާބު ހަމަޖައްސަން.
ރާވެރިބެ1
06 July 2018
އެހެން ދޯވާނީ މުޅި އެމްއެންޑީއެފް އާއި ޕޮލިހުގަ ފ އަތޮޅު އެތަންތަނުގެ ޑިޕާރޓްމަންޓް ތަކުގަވެސް ކޮއްކޮ ދައްތަ
އަލީީ
07 July 2018
ހިތަށް އަސަރު ފަށެއް ކޮށްފިތާ! ކަލޭ ކައިރީ ކާކު ބުނީ އެއިން ތަނަކަށް ނުވަދެ ހުންނާށޭ!
އެޑްމުންޑޯ
06 July 2018
މީގެ ހުރި ފޮޓޯ ތަކަށް ބަލާ އިރު ފާފު އަތޮޅުގެ ފޮޓޯ އިން ފެންނަނީ ދެމަފިރިން މަސްވެރިކަން ކުރާތަން ، އެހެންވެއްޖެއްޔާ ލިބޭ އާމްދަނީވެސް މަތިވާނެތާ ، ދެން ފުވައްމުލަކު ފޮޓޯ އިން ފެންނަނީ އިސްރާފް ގެ މަންޒަރެއް، އެހެންވިއްޖެއްޔާ ޚަރަދުވެސް ބޮޑުވާނެތާ
ކުޑަހުވަދޫ
06 July 2018
ތިދިރާސާ ރަނގަޅެއްނޫން. އެންމެ ކުރީގަ ތިއޮތީ މުޅި ރާއްޖޭގެ އެންމެ އާބާދީ ބަދު ދެ އަތޮޅު. ތިދިރާސާގަ ތިބުނާ ނިސްބަތުން ޢާމްދަނީ ލިބިގެން އަނގަޔާ އަތާވެސް ދިމާނުވަނެ. ކަރަންޓް ބިލް އެކަނި ދެއްކޭނީ.
އަލީީ
07 July 2018
އެއީ ބޮލަކަށްޖެހޭ ވަރު! ދޯ!
ހަގީގަތް...
06 July 2018
މާލޭގަ ކުލި ދައްކާފަ މި ތިބެނީ ބަނޑައް.. އެކަމަކު ގެންގުޅެން ޖޫކް ކާރަކާއި ޕީސީއެކްސް ސައިކަލަކާއި އައިފޯން 8އެއް އަދި މެކްބުކް ޕްރޯއެއްވެސް....
ޟީހާ
06 July 2018
ފ މީހުން ވަރައްމުރާލިވާނެ ހައްޝަކޮއް އަތޮޅުގެ އަންހެންވެރިން. ވަރައްލޫޅާފަތިވާނެ އެހެންވިމާ އާމުދަނީ ގިނަވަނީ. ޙަމަ އިސީންދެލައިހެން ތިއްބާވީކަމެއްނުންތީ.