ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި ގަތަރު އެއާވޭސްގެ މަތިންދާބޯޓެއް. މިއަދު ހެނދުނު ޖެއްސި އޭޝިއާގެ ބޯޓެއްގެ ފިޔަގަނޑުން ޖެހި ބޯޓަށް ވަނީ ގެއްލުން ލިބިފައި.
07 ޖުލައި 2018 - 14:06
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޕާކު ކޮށްފައި އޮތް ގަތަރު އެއާވޭސްގެ މަތިންދާބޯޓެއްގައި މިއަދު އެއާ އޭޝިއާގެ ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
"މިހާރު"އާ ވާހަކަ ދެއްކެވި، އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 9:30 ހާއިރު ޖެއްސި އެއާ އޭޝިއާގެ މަތިންދާބޯޓުގެ ފިޔަގަނޑަކުން ޖެހި، އެކްސިޑެންޓް ވެފައި ވަނީ އޭޕްރަންގައި އޮތް ގަތަރު އެއާވޭސްގެ ބޯޓުގައި ކަމަށެވެ. އެ ހާދިސާ ހިނގީ އެއާ އޭޝިއާގެ ބޯޓު ޖެއްސުމަށް ފަހު، މީހުން ބޭލުމަށް އޭޕްރަންއާ ކައިރި ކުރަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި ގަތަރު އެއާވޭސްގެ ބޯޓުގެ ފިޔަގަނޑަށް ގެއްލުން ލިބިފައި ވެ އެވެ.
އެ ހާދިސާ ހިނގިއިރު އެއާ އޭޝިއާގެ ބޯޓުގައި ފަސިންޖަރުން ތިބިއިރު، ގަތަރު އެއާވޭސް އިން ދިޔައީ ބޯޓު ފުރުވާލަން ބޯޑިން އަށް ތައްޔާރު ވަމުންނެވެ.
އެއާ އޭޝިއާގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުވި ބޯޓުން ފުރަން ތިބި ފަސިންޖަރުން މިރޭ ފުރުވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ގަތަރު އެއާވޭސް އިން އަންނަނީ އެހެން ބޯޓެއް ހަވީރު ގެނެސް، ފަސިންޖަރުން ފުރުވާލަން މަސައްކަތްކުރަމުންނެވެ. އެ ބޯޓު ފުރަން ހަމަޖެހިފައި ވަނީ ހަވީރު 6:30 ގަ އެވެ.
ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާ ތަހުގީގު ކުރަމުން އަންނާތީ އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށެވެ. އަދި ދެ ބޯޓު އޮތީ އެ އެއާޕޯޓުގައި އެ މައްސަލައިގެ ތަހުގީގަށް ޕާކުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޯޓަށް ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ތަހުގީގަށް ފަހު. ދެ ބޯޓު ވެސް އޮތީ އެއާޕޯޓުގައި،" އޭނާ ވިދާޅުވި އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި އެއްވެސް ބޯޓަކަށް ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށެވެ. އެ އިދާރާގެ ޓީމެއް އެއާޕޯޓު ގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކްސިޑެންޓުވި ދެ ބޯޓު ވެސް ދޫކޮށްލާނީ އިންސްޕެކްޝަނަށް ފަހުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންު
09 July 2018
ތީގައި ތިވާގޮތަކީ ޖާގަ ނޮންނަނީ އަހަރުމެން މާޝަލް ކުރާއިރު އެހާއުނދަގޫ ބޯޓްގެ ދެފަރާތުން ނާއި އަރިމަތިން މާޝެލާސްބަހައްޓަންޖެހޭ.ޖާގަ ކުޑަވީމައި ޖެހޭލއެއް މަދު އަދި މީ ވަރަށް ރިސްކީ ޖޮބެއް މިތަނުގައި ޖާގަ އޮްންނަނަމަ މީ ވަރަށް ފަސޭހަކަމެއް.އަބަދު ވެސް ފްލައިޓް މިޖަހަން ޖެހެނީ ކިރިޔާ ޖެހޭ ވަރުގެ ޖާގައަކަށް ވުމުން މިކަހަލަ ކަމެއް ދިމާވެދާނެ.އެވަގުތު މާޝަލް ކުރި ޟިހުން ހުއްތާފަ އިންދާ އައިސް ޖެހުނީ ވެސް.ޖާގަ ވަރަށް މުހިންމު.
ކަލޫބެ
08 July 2018
ލޮރީދުއްވުމުގެ ލައިސަންސުނުނަގާ ޕައިލެޓުކަން ދަސްކުރީމަ ވާނީ ތިހެން.
ޖަބުރޯލް މޯޑޭ
07 July 2018
ޢެއރޕޯޓް ގައި އެކްސިޑެންޓް ވާލެއް މަދު. ބޯޓް ތައް އޭޕްރަން މަތީ އަތުރާ ލަނީ އެއްލަކިން ވިއްޔަ. ޙީވާނީ ސައިކަލް ތަކެއް ޕާކިންޒޯނަށް ޖަހާލާފައި ހުންނަ ހެން.
އަސްލުހާލަތު
07 July 2018
ތިޔަ ވާނި އެއްލަކިން ޕައިލެޓަކަށްވީ ގޮލަގަކު އިނީކަމަށް ބޯޓު ދުއްވަން
އަޖީތު
07 July 2018
އެއްލަކިން ދިން ލައިސަންސެއްތަ؟
ވެލާ
07 July 2018
ތީ ކޮން މިންގަނޑަކަށް ފެތޭ އެއަރޕޯޓެއް ؟
ަާައާދަނު
07 July 2018
ޒުވާނުން ސައިިކަލް ދުއްވާގޮތައް ބޯތުވައްދަނީ
ޑަކްތަރ އަލީ
07 July 2018
ބޯޓްތައް ޕާކު ކުރަނީ މަތި މައްޗަށް، ޕާކިން ސްޓޭންޑް އެއް ނުހުރޭ:ސޭފް ޑިސްޓެންސް އެއް މެއިންޓެއިން ނެތް ނުކުރޭ
އާދަނު
07 July 2018
އެމްއޭސީއެލް ގެ ގްރައުޑް އޮޕަރޭޝަން ގެ ފަރުވާކުޑަކަން މިއެންގެނީ.
ޖޯން
07 July 2018
އަލައްކެނޑި ނެރުގެ ވާހަކަ ނޫހުގަ ޖަހާލަ ބަލަ. ނެރު ހުޅުވި ފުރަތަމަ ދުވަހުވެސް އެއްޗެއް ނެރުމައްޗައް އަރައިފި.