ޚަބަރު / ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފި

ދަރުމަަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތައް މިނިސްޓަރު ބައްލަވާލަށްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި މަހު 26 ގައި ހުޅުވަން ކުރިން ހަމަޖެއްސި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.

އިމާރާތަށް ވަޑައިގެން ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މި މަހު 26 ގައި ހަ ފްލޯ ހުޅުވަން ކުރިން ނިންމި ނަމަވެސް މަސައްކަތްތަކަށް ޑިލޭއެއް އައިސްފައިވާ ކަމަށެވެ.

25 Bureege Hospital: "faruvaa akee miee"!

25 Bureege Hospital: "faruvaa akee miee"!

The most trusted news source in the Maldives

Mihaaru

ދަރުމަވަންތަ ހޮސްޕިޓަލުގެ ތަފްސީލް--

އެކަމަކު މިހާރު ލަފާ ކުރެވެނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބައެއް ފްލޯތަކުގެ ހިދުމަތް ފަށަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ސެޕްޓެމްބަރުގެ ތެރޭގައި މީގެ ބައެއް ފްލޯތަކުގެ ހިދުމަތްތައް [ފެށޭނެ]. ފުރަތަމަ ދެވަނަ އަދި ތިން ވަނަ ފަންގިފިލާ މިހިރީ ކޮންސަލްޓަންޓޭޝަން ރޫމްތަކަށް ހާއްސަ ކުރެވިފައި. މިހާރު މިއޮތް ކޮންސަލްޓެންޓުންގެ ޖާގައަށް ވެސް ހައްލު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރުމަަވަންތަ ހޮސްޕިޓަލްގެ އިމާރާތް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިނިސްޓަރު ވިދާޅުވީ ހިދުމަތް ފެށުން ލަސްވީ މެޝިންތައް ލިބުމުގައި ދަތިކަމެއް ކުރިމަތިވެގެން ކަމަށެވެ. ހުރިހާ މެޝިނަރީއަކަށް އޯޑަރު ދީފައިވާއިރު އެ ތަކެތި ވަރަށް އަވަހަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު މުޅި ހޮސްޕިޓަލު އެއްކޮށް ނިންމައި ހިދުމަތް ފެށޭނެ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ހެލްތު މިނިސްޓަރު ނާޒިމާއި އައިޖީއެމްއެޗްގެ ވެރިން ވަނީ ނޫސްވެރިންނާ އެކު 25 ބުރިއަށް ވަޑައިގެން ވަކިވަކި ފްލޯތަކުގެ މަސައްކަތް ބައްލަވާލައްވައިފަ އެވެ. މިހާރު ކުރަމުން އަންނަނީ އިންޓީރިއާގެ މަސައްކަތްތަކާއި އިލެކްޓްރިކް މަސައްކަތްތަކެވެ. އިމާރާތުގެ ފިނިޝިންގެ ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމެ އެވެ. އިމާރާތުގެ ތިރީގައި އެމަޖެންސީ ކަރަންޓް ދިނުމަށް ޖަނަރޭޓަރުތައް ބެހެއްޓުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތާ އެކު 500 އެނދުގެ ކެޕޭސިޓީ އެ ހޮސްޕިޓަލުގައި ގާއިމް ކުރެވޭނެ އެވެ. އެއީ އައިޖީއެމްއެޗް ތޮއްޖެހުމަށް ހައްލު ލިބި އަވަހަށް ބޮޑެތި ހިދުމަތްތަކެއް ދެވޭނެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެމްއާރުއައި ފަދަ ހިދުމަތްތައް ނުލިބިގެން މިހާރު ވެސް ވަރަށް ގިނަ ބޭފުޅުން ކިޔޫގައި ތިއްބަވާކަން އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެމްއާރުއައި އާއި ސީޓީ ސްކޭން މެޝިންތަކާއި ލެބޯޓްރީގެ ސާމާނު އިތުރަށް ފުޅާކުރެވި ކޮންސަލްޓެންޓް ރޫމުތައް އިތުރު ކުރެވި އޮޕަރޭޝަން ޓިއޭޓަރުތައް އިތުރު ކުރެވި މިކަމުގެ ސަބަބުން ކިޔޫގައި ތިބެން ޖެހޭ ޖެހުން ހައްލު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރުމަަވަންތަ ހޮސްޕިޓަލާ ގުޅޭގޮތުން މިނިސްޓަރު މައުލޫމާތު ދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހަމައެއާއެކު މިހާރު ރާއްޖެއިން ނުލިބޭ ފަރުވާތައް ވެސް އެ ހޮސްޕިޓަލުން ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި "އޯޕަން ހާޓް ސާޖަރީ"ގެ ހިދުމަތާއި ވަކި ހާއްސަ ޕްރައިވެޓް ރޫމްތަކުގައި ދޭ ހިދުމަތްތައް ވެސް ހިމެނެ އެވެ.

"ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިސް ބޭފުޅުންނާއި ބޮޑެތި މުއްސަދިން ރާއްޖެވަޑައިގަތުމަށް އޮތް އެއް ހުރަހަކަށް އޮންނަނީ އެ ބޭފުޅުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޕްރައިވެޓް ރޫމް ނެތުން. އެކަމަށްވެސް ހައްލެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅާލާފައިވާއިރު، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓެއް އެ ހޮސްޕިޓަލްގައި ގާއިމް ކުރެ އެވެ.

މީގެ ތިން އަހަރު ކުރިން އިމާރާތް ކުރަން ފެށި ހޮސްޕިޓަލް އިމާރާތް ކުރަނީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނުންނެވެ. އެ އިމާރާތުގެ ކުރެހުމަށް ވަނީ ބައިނަލްއަގުވާމީ އެވޯޑެއް ލިބިފަ އެވެ.

7 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 10%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައިމް

12 July 2018

ހެޔޮ ކޮންމެ ގޮތަކުން ލާރި ހޯދިަޔަސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ގާއިމް ކޮށްދެއްވާ. މާލޭގެ ސްކޫލްތަކުގައި ކުލަ ލާފާއި ހުރި އަހަރަމެން ރަށު ސްކޫލް ފާރު ހުރީ ދަބަރު ޖަހާފައި

The name is already taken The name is available. Register?

ޔަހުޔާ

11 July 2018

މެނޭޖްކުރަން އިނގޭ މީހަކު ތަނަކައް ލައިގެން ވާކަށް ނޯވޭ... ސަނާ ދަންނަވާ މީހަކު ލާން މިޖެހެނީ.. އެމީހަކު ކިތަންމެ މޮޅަސް ކަމެތް ކުރެވޭކަށް ނޯވޭ... މިއީ އަދުގެ ހާލަތު... 25 ބުރި ކީތްކުރަން 50 ބުރިޔަސް އެޅިޔަސް ފައުޑޭޝަން ގޯހީޔާ ގެނެވޭނެ ހެޔޮ ބަދަލެއް ނޯންނާނެ...

The name is already taken The name is available. Register?

ޑރ ލޯންސްޓަރ އަދި ރަދީފް

11 July 2018

ސާބަހޭ ޔާމީން.މަނިކްފާނު ތިޔައީ ކަންތައްތައް ކުރަން ދަންނަ ބޭފުޅެއް.

The name is already taken The name is available. Register?

މޫމިނާ

11 July 2018

2500 މިލިޔަން ރުފިޔާއިން ތިނިންމެނީ އިމަރާތުގެ ކޮންކްރީޓާއި ބޭރު ބިއްލޫރި ޖެހުން. އަދި ތިތަން ނިންމަން އިތުރު 2500 މިލިޔަން ހަރަދުކުރަންޖެހޭނެކަން ޔަގީން. އޭރުން ތިކަހަލަ 10 އިމާރާތުގެ އަގު އެޖެހުނީ.

The name is already taken The name is available. Register?

ހުރަޝީ

11 July 2018

މުއްސަނދިންނަށް ހާއްސަ ތަނެއް ހަދާލުންދޯ މުހިންމުވީ؟؟ ވާކާސް އޮފް ދަ ވާލްޑު ޔުނައިޓް!!!!!

The name is already taken The name is available. Register?

ިކުޗީ

11 July 2018

ދަރުމަވަންތަ ސްކޫލްވެސް އަވަހަށް ހަދާލަބަލަ.....

The name is already taken The name is available. Register?

ނުނިމޭ

11 July 2018

ނުނިއްޔާ ފަސްކުރާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454