އިބޫ އެއާޕޯޓްގައި ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.
14 ޖުލައި 2018 - 10:21
ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން ކުރާ ކެމްޕޭނަށް ދެން އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި އަޒުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް އެރުން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ދޮރުންދޮރަށް ކެމްޕޭން މިއަދު ހެނދުނު އައްޑޫ މަރަދޫފޭދޫން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، އިބޫ ވިދާޅުވީ ކެމްޕޭން ދެން ވަރަށް ހަލުވި ވާނެ ކަމަށެވެ. އަދި ރަނިން މޭޓް ފައިސަލް ނަސީމު ވެސް އައްޑު އަށް މިހާރު ވަޑައިގެން ކެމްޕޭނުގައި ބައިވެރިވަޑައިގެންފައިވާތީ އިބޫ ވަނީ އޭނާ އަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
MDP adhi Gulhifaivaa Siyaasee Party thakuge Riyaasee Candidate Hon.@ibusolih, Addu City Maradhoo ge Masverin’aai bahdhalu kuravvaifi#Ibusolih2018 #IMSolih2018#JazeeraRaajje pic.twitter.com/DhX6JjGzJZ
— MDP Secretariat (@MDPSecretariat) July 14, 2018
އިބޫ މިއަދު މަރަދޫގައި މަސްވެރިންނާ ބައްދަލު ކުރައްވަނީ.
"...މިއަދު މި ފަށަނީ ކެމްޕޭންގެ އެންމެ މުހިއްމު ބައި ކަމަށްވާ ދޮރުންދޮރަށް ގޮސް ރައްޔިތުންނާ ބޭނުން ވަނީ ކޮން ކަންތައްތަކެއްތޯ އޮޅުން ފިލުވައި އަޅުގަނޑުމެންގެ މެނިފެސްޓޯ ތަފުސީލު ކުރުމަށް ބޭނުންވާ މައުލޫމާތާ އެއްޗެހި ހޯދުން،" އޭނާ ވިދާޅުވި އެވެ. "....އިރާދަކުރެއްވިއްޔާ ދެން މިއަކަށް މަޑުޖެހުމެއް ނޯންނާނެ. އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންގޮސް ތޭވީސް ސެޕްޓެމްބަރުގައި މި އޮންނަ އިންތިހާބު ބޮޑު ތަނުން އިރާދަކުރެވިއްޔާ އަޅުގަނޑު ކާމިޔާބު ކުރާނަން." އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ އަޒުމް ކަނޑައަޅައިގެން މިހުރީ އިރާދަކުރެއްވިއްޔާ ކޮންމެ ރަށަކަށް އަރަން."
އިބޫ ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިހާބާ ދެމެދު އޮތް ގާތްގަނޑަކަށް 74 ވަރަކަށް ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގަތުމަކީ އަމާޒެކެވެ.
"ސަތޭކަ އަށްޑިހަ ހަތް ރަށް އެބައޮތް ދަތުރު ކުރަން. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރަށަކަށް ވެސް ދިއުން. އިރާދަކުރެއްވިއްޔާ ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލު ކުރުމުގެ އުންމީދު އެބަ އޮތް. އެ ތަސައްވުރު އެބަ އޮތް،" އިބޫ ވިދާޅުވި އެވެ.
"...ދެން ރަނިން މޭޓް ވެސް މިހާރު އެބަ ހުންނެވި އެހެންވީމާ ޓީމްތަކައް ބައިބައިކޮށްގެން ވެސް އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ. އެކަމަކު އަޅުގަނޑު ހަމަ އަޒުމް ކަނޑައަޅައިގެން މިހުރީ އިރާދަކުރެއްވިއްޔާ ކޮންމެ ރަށަކަށް އަރަން."
MDP adhi Gulhifaivaa Siyaasee Party thakuge Riyaasee Candidate Hon.@ibusolih, Addu City ge Campaign Team thakaai bahdhalu kuravvanee #Ibusolih2018 #IMSolih2018#JazeeraRaajje pic.twitter.com/bhexWxwMd6
— MDP Secretariat (@MDPSecretariat) July 13, 2018
އިބޫ ރޭ އައްޑޫގެ ކެމްޕޭން ޓީމްތަކާ އެކު.
އިބޫގެ އައްޑޫ ދަތުރުގެ ތެރެއިން މިހާތަނަށް ވަނީ އައްޑޫގެ ކެމްޕޭން ޓީމްތަކާއި އައްޑޫގެ މަސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން މަސްވެރިން ކަންބޮޑުވުން ފާޅު ކުރި ކަންތައްތައް ބެލުމަށް ފަހު ދެން އައްޑު އަށް ކުރައްވާ ދަތުރުގައި މަސްވެރިން ފާޅު ކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭނެ ގޮތްތަކުގެ ތަފުސީލު ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކުރިން އައްޑޫގައި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ޖަލްސާއެއް ވެސް އައްޑޫގައި ބާއްވާނެ އެވެ.
އިބޫ އާއި ރަނިންމޭޓް ފައިސަލް މިއަދު ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި އަނެއްކާ ވެސް މާދަމާ އައްޑު އަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ހިންގާނެ އެވެ.
އެންމެ ދެކުނުގެ ކެމްޕޭން ދަތުރު ނިންމައިލާނީ މާދަމާ ހަވީރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންތުއްތު.
15 July 2018
އެންޑީޕީ ގެ ނަމުގައި ކުރިމަތި ލައިގެން ދެން މިރާއްޖޭގެ ވެރިކަމަކަށް ނާދެވޭނެ އެކަން ހަދާންނައްތާލަބެލަ. އެކަން ކުރިން ނުކުރެވުނީމާ މިހާރުވަނީ ފުރުސަތު ގެއްލިފައި. ދެން ކާންޖެހޭނީ ރާކަނި މަސް.
ކިއްލިބާޝާ
14 July 2018
އަޒުމަކަށް އެކަނި ހަދާލެވޭކަށް ނެތް. ހަމަ ހުރިހާ ރަށަކަށްވެސް ވާނީ ދާން. ނަޝީދު އުޅޭ ސިސްޓަމަށް އުޅެގެން އިބޫ މީހުން ބަލައިގަންނާނީ.
ކެންޑްރިކް
14 July 2018
ދޮގު ހުވާ ނުކޮއް އެގޮތައް އަޒުމް ކަނޑައަޅައިގެން އައިއްސަ ހުރިހާ ރަށަކައް އަރާލީމަ މާ ސަޅި މަށައް!
ބަރާބަރު ޢ. ޢަޒީޒް
14 July 2018
ޙަޤީޤަތަކީ އިބޫ އަކީ ޕަޕެޓެއްކަން. އީޔޫއިން ޕްރެޝަރ ކޮށްގެން ރައީސް ނަޝީދަށް ފުރުޞަތު ލިބިއްޖެނަމަ އެއްކައިރިވާން އެބަޖެހޭ. ރައީސްކަމަށް ހޮވިއްޖެނަމަ, ކޮންމެގޮތެއް ހަދައިގެންވެސް ނަޝީދު މިނިވަން ކުރަން އެބަޖެހޭ. އިބޫގެ ތައުލީމީ ފެންވަރާ ހިންގުމުގެ ތަޖްރިބާގެ ވަނަވަރު ސާފުކޮށްލަދޭނީ ކާކު?
ހަބޭސް222
14 July 2018
މި އަދަވަޅުން ސަލާމަތް ކުރުމަށް ތަޢުލީމެއް ބޭނުމެއް ނޫން! މިކަމަކީ ރޮކެޓްސައިން ހަދައިގެން ވާންޖެހޜޭ ކަމެއް ނޫން! ބޭނުންވަނީ އިޚްލާސްތެރި ކަމަކާއި އިޙްސާންތެރި ކަމެއް! ޤައުމުގެ ޚަޒާނާ ދަވާނުލާނެ ތެދުވެރިއެއް! ސާފުވެއްޖެތަ؟
އަޒާ
15 July 2018
ހަބޭސް222... ކަލޯ ޚަޒާނާ ދަވާލިކަމެއް ނޭނގުނު ޚަޒާނާގަ ފައިސާވަނީ ގިނަ، ރާއްޖޭގެ ތަރައްޤީ މެކުހަށް ޖަހާފަ. މޮޔަ ނުގޮވާ..
ާަަަހަމް
14 July 2018
ސާބަސް އިބޫ އައް
އުފާ
14 July 2018
ސާބަހޭ. ރައްޔިތުންގާތަށް ދާނަޖެހޭނީ ކެންޑިޑޭޓު. މަންދޫބުންނެއްނޫން.
ބޯގޯސް
14 July 2018
ހަނާ ކަލޭ އެކަނި ދިރިއުޅޭރަށެއްތައެއީ. ބަލަ ކޮންމެމީހަކަށްވެސް ކޮންމެ ރަށަކަށްވެސް ދެވޭނެ.
ގަމޭ
14 July 2018
މަމެން ރަށަށް އަންނަށްޗޭ... -ދިޔަމިގިލި-
ދޮންކަލޯބެގެ ހަސަނު
14 July 2018
ރަށްރަށަށް އަރައި އުޅެނީ ވާހަކަ ތަކުގައި އުޅޭ ވެލައި ކަހަނބު އަދި ފުރޭތަކަހަލަ ތަކެއްޗޯ ބުނާ އަޑުއިވޭ... އިންސާނުން ކުރަނީ ޒިޔާރަތްތޯއްޗެ...
ގުންބާ
14 July 2018
ޒިޔާރަތް އެއްފަރާތުގަ ބާއްވާފަ ވެލައެއް އަރާހެންވެސް ނޭރޭ މީހުން އެބައުޅޭތާ.
ހަބޭސް222
14 July 2018
އެމީހެއްގެ ނަން އިންތިޚާބުގެ ކުރިން ބުނާކަށް ނެތިން!
ދޮންކަލޯބެގެ ހަސަނުގެ ބަފާ
14 July 2018
ގުންބާގެ ރިޕްލައި އެއީ 100% ތެދު.މަޖާ ކޮމެންޓެއް އިނގޭ.
ް24964
14 July 2018
ތިޔަހާ އިތުބާރާ ޔަޤީންކަން އޮތިއްޔާ ކީއްކުރަން ރައްރަށަ އަރަނީ ރ ޓީވީ އަށް ގޮސް އިޣްލާން ކުރީމަ ނިމުނީނު
ހަބޭސް222
14 July 2018
ރައްރަށަށް އަރަންޖެހެނީ އިތުބާރު ނެތަތީކީ ނޫން! ރައްޔިތންނަށް ކޮށްދެވޭނީ، ނުވަތަ ބޭނުންވަނީ ކޮން ޚިދުމަތެއްތޯ ބަލާ އޮޅުންފިލުވަން، ސާފުވެއްޖެ ތަ؟
ހަމެ
14 July 2018
ރައްޔިތުންނައް ބޭނުން ވާ ހިދުމަތް ނޭގެނީތަ ހަމަ
ޕިންކް
14 July 2018
އަމިއްލަ ރަސަ ވޯޓް ހޯދަންނޫނީ ނުދެވޭ މީހަކަ ރާއްޖޭގެ ހުރިހާ ރަށަކަށް ދެޗުމާމެދު ސައްކު. އެންމެ ފަހުން މަޖުލީހަ ހޮވުން ފަހުން ހަމަ ޔަގީނުންވެސް ނީނާނެ 2ފަހަރު ވެސް ރަސަ ގޮސްފައެއް ދެންކިހިނެއް ރައްޔިތުންގެ ހާލު އިނގޭނީ. ޢެކަމް ވާހަކަދއްކާއިރު ހީވާނެ މީ ރައްޔިތުންގެ މީހެއްހެން މުޅިން އޮޅުވާލުން
ފާތުމާ
14 July 2018
ހިންނަވަރު ކިޔަން އިގޭtތަ....