29 ޖުލައި 2018 - 08:25
އަނެއްކާވެސް މިއޮތީ "ކަޑަ ޖަހާ" ދުވަސްވަރު އައިސްފަ އެވެ. ރިޔާސީ އިންތިހާބަށް ދެ މަހަށް ވުރެ ކުޑަތަން ވެފައިވާއިރު ވައުދުވުމުގެ މޫސުން މިވަނީ ފެށިފަ އެވެ. އެއީ ރައްޔިތުންގެ ވޯޓުން ވެރިޔަކު އިންތިހާބު ކުރާ ހުރިހާ ގައުމެއްގައި ވެސް އޮންނަ އުސޫލެވެ. ނަމަވެސް އެކަންކަން މިނެކިރުމުގައި ދުނިޔެއަށް ހޭލުންތެރި އަދި ތައުލީމީ މީހުން ދިރިއުޅޭ ގައުމުތަކުގައި އޮންނަ ބައެއް އުސޫލުތައް ރާއްޖެއަށް އަދިވެސް އަލެވެ. އެއީ ކެންޑިޑޭޓުންގެ ވައުދުތައް ގަބޫލުކުރުމުގައި ވިސްނަން ޖެހޭ ވިސްނުންތަކުގަ އެވެ.
ކޮންމެ ގައުމެއްގައި ވެސް ރިޔާސީ ރޭހަށް ނުކުންނަ ކެންޑިޑޭޓުން ވައުދުތައް ބައްޓަން ކުރަނީ އެގައުމެއްގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއް ހައްލުކޮށް ދޭނެ ގޮތެއް ނުވަތަ ގޮތްތަކެއްގެ މައްޗަށެވެ. ވަކި ޕާޓީއެއްގެ އެކްޓްވިސްޓުން ނޫން މީހުން ކެންޑިޑޭޓުން ކަނޑައަޅާނީ އެވައުދުތަކަށް ބަލާފަ އެވެ. އާ ވައުދުތަކަކަށް ވިސްނަން ބަލާއިރު މާޒީގައި ކަންކޮށްފައި ހުރި ގޮތަށް ބެލުން ވަރަށް މުހިންމެވެ. ކޮށްދިން ކަންތައްތަކާއި ހިޔާނާތްވި މިންވަރެވެ. ނާއިންސާފާއި ގަދަބާރުން ކޮށްފައިވާ ކަންކަމެވެ.
ޑިމޮކްރަޓިކް ނިޒާމެއްގައި އެންމެ ބާރުގަދަ ބަޔަކީ ރައްޔިތުންނެވެ. އެހެންކަމުން އިންތިހާބުތަކުގައި މެނިފެސްޓޯ ހަދައި އެއަށް ރައްޔިތުންގެ ވިސްނުން ވެއްދޭތޯ ބަލަ އެވެ. ނަމަވެސް ރާއްޖޭގައި ކެންޑިޑޭޓުންގެ މެނިފެސްޓޯގައި ތަފްސީލު ނެތުމާއި އެ މުހިންމު ވައުދުތައް ކަނޑައަޅާ އިރު ގިނަ މީހުންގެ ބައިވެރިވުން ނެތުމުގެ މައްސަލަ އޮވެ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ ރާއްޖޭގެ ކެންޑިޑޭޓުން ވާ ވައުދުތަކުގެ ތަފްސީލް ނުދޭތީ އޭގައި ބުނަނީ ކޮންކޮން ކަންތައްތަކެއްކަން ރައްޔިތުންނަށް ސާފު ނުވާ ކަމަށެވެ. އެހެންކަމުން ކެންޑިޑޭޓުންގެ ވައުދުގެ ތަފްސީލް ދިނުމާއި އެ ވައުދު ފުއްދާނެ ގޮތް ހާމަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވައުދެއްގެ ސުރުހީ މި އަޅާލަނީ. އޭގެ މައްޗަށް ބިނާކޮށް ވާހަކަ ދެކެވެނީ. އެހެންވީމަ ވޯޓު ދޭން ތިބި ރައްޔިތުންނަށް ނޭނގޭ ހަގީގަތުގައި މިކަން މިވަނީ ކިހިނެއް ކަމެއް،" ތޮލާލް ވިދާޅުވި އެވެ.
މިހާރު ދިވެހިންގެ ހާލަތަކީ ގިނަ މީހުންނާއި އަނގަޔާއި އަތް ދިމާނުވުމެވެ. މީގެ މާނަ އަކީ ބަނޑުފުރާނަ މުއްތިކުރަން ނުލިބޭ ވާހަކައެއް ނޫނެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، އަގުތައް އުފުލި، އާމްދަނީން ދެކޮޅު ނުޖެހުމެވެ. އެހެންކަމުން އަގުހެޔޮ ފްލެޓް ލިބޭތޯ އާއި އެހެން އެހީތައް ހޯދަން ސިޔާސީ މީހުންގެ ފަހަތުން އުޅެން އެތައް ބަޔަކަށް ޖެހެ އެވެ.
ތޮލާލް ވިދާޅުވި ގޮތުގައި އެހެން އެކަން އެވަނީ ރައްޔިތުންގެ ދިރިއުޅުން ދަތިކޮށް ހަރަދުތައް އިތުރުކޮށްފައިވާތީ އެވެ. އޭގެ ސަބަބުން ސިޔާސީ މީހުންނަށް އޭގެ ފައިދާ ނަގަން ފަސޭހަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން މިހާލަތުގައި ތިބީމަ ވިސްނުން ހުންނާނީ ވަގުތީ ފައިދާއަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ގޮތުން ގަސްތުގައި އެއީ މާލެ ތޮއްޖައްސާފައި އޮތުން. އޭރުން އިންތިހާބާ ކައިރިކޮށްފައި ރައްޔިތުންގެ ބޯކާލަން ފަސޭހަވާނެ ކުދިކުދި ކަންތައްތަކެއް ކޮށްދޭން ބުނެގެން،" ތޮލާލް ވިދާޅުވި އެވެ.
ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ އަހުމަދު ފައިސަލް ވިދާޅުވީ ރިޔާސީ ވައުދެއް ގަބޫލުކޮށް ކެންޑިޑޭޓުން ކަނޑައަޅާއިރު ރިޔާސީ ވައުދުގެ އަމާޒަކީ ވަގުތީ ވޯޓެއް ހޯދުންތޯ ނުވަތަ ދެމެހެއްޓެނިވި ގޮތުގައި ގިނަގުނަ ފައިދާތަކެއް ގައުމަށް ލިބިލިބި ހުންނާނެ ގޮތަކަށް ކަންކަން ރޭވުންތޯ ބެލުން ވަރަށް މުހިންމު ކަމަށެވެ.
"ރިއާސީ ބައެއް ވައުދުތަކުގެ ސަބަބުން ފަރުދެއްގެ ގޮތުގައި ލިބޭ މަންފާ ބައެއް ފަހަރަށް ބޮޑުވެދާނެ. އެކަމަކު އަސްލު ކޮންމެ ފަރުދަކަށް ވެސް ދުރު މުސްތަގުބަލުގައި އެންމެ ރަނގަޅުވާނީ މުޅި ގައުމުގެ ކަންކަން ރަނގަޅުވެގެންކަން ހަނދާން ބަހައްޓަން ޖެހޭ،" މިހާރު އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ ފައިސަލް ވިދާޅުވި އެވެ.
"އެހެންވީމަ ރިއާސީ ކޮންމެ ވައުދަކުން ވެސް މުޅި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުވެ، އިޖްތިމާއީ އިންސާފު މަތިވަމުންދޭތޯ ސުވާލު ކުރަން ޖެހޭ. އެނޫން ސިޔާސަތުތަކަކީ އުނި ސިއާސަތުތަކެއް."
ފައިސަލް ވަނީ އޭގެ ދެ މިސާލު ދައްކަވާފަ އެވެ. އެއް ކަމަކީ ހުސްނުވާ އާސަންދައިގެ ވައުދެވެ. އޭނާ ވިދާޅުވާ ގޮތުގައި އެއީ މުސްތަގްބަލާ ގުޅުން ކެނޑިފައި އޮތް ކޮށި ސިޔާސަތެކެވެ. މުއްސަނދިންނާއި ފަގީރުން ތަފާތުނުކޮށް ދައުލަތުން ހިލޭ ބޭސް ފަރުވާ ފޯރުކޮށްދޭ ނިޒާމަކީ އިޖްތިމާއީ ގޮތުން އަދުލުވެރި ނިޒާމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ވެރިޔަކު އިންތިހާބު ކުރުމުގެ ވަގުތު ކުޑަތަން ވަނީ އެވެ. މެނިފެސްޓޯތަކުގައި ހުރި ކަންކަމަށް ފުންކޮށް ވިސްނާނެތޯ ނުވަތަ ނޫންތޯ މިއީ މިހާރުގެ ސުވާލެކެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ވޯޓު ދެނީ މެނިފެސްޓޯއަކަށް ނޫނެވެ. ކުރިމަތިލާ ކެންޑިޑޭޓުންނާ މެދު އޮންނަ "ލޯތްބަކަ"ށެވެ. އަނެއް ބަޔަކު ވަކި ކެންޑޭޓެއް ދެކެ އަންނަ ރުޅީގަ އެވެ.
އެކަމަކު ހަގީގަތުގައި އެންމެ މުހިންމީ ރަނގަޅު މެނިފެސްޓޯއެއް އެކަށައަޅައި، އެއަށް ރައްޔިތުންގެ ތާއީދު ހޯދުމެވެ. އާންމުންގެ ވިސްނުން ވެސް ގެންގުޅެން ޖެހޭނީ އެ މަގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބެެ
30 July 2018
ކޮބައިތޯ ބެޔަސްނުބެޔަސްދޭންބުނި 10،000ރ ؟ އަދިވެސް ނުލިބޭ އަނެއްކާ އެއައީ ވޯޓް ހޯދަން.
ސީނު
29 July 2018
މަގޭ ވޯޓް ލިބޭތޯ އެކަކަުވެސް ނާދޭ..މީތިވާނީ ބޭކާރު!
މަސްވެރިޔާ
29 July 2018
އިބޫ އާ ފާސަލްގެ ސިޔާސަތު ސާފުކޮށްދޭން ވެއްޖެ' ޔާމީނު ކިތއްމެ ގޯހަސް ރާއްޖޭގެ ކޯޓުތަކުގައި ބޭރުކަރަކަރައިގެ ގާސީން ތިބުމާދެކޮޅު، ދޮޅު އަހަރުފަހުން އިސްތިއުފާދޭ މީހަކަށް ވޯޓުދެވޭކަށްނެތް،
ހަވަނަ ހިއްސު
29 July 2018
ރަނގަޅުވާހަކައެއް. އަދި މިހާތަނައް ސަރުކާރުހިންގާ ޕާޓީގެ މެނިފެސްޓޯ އިއުލާާނު ނުކުރޭ. އެކަމަކު ޔާމީން 2018 ޖަހާފަވާ ލޯގޯތަކާއި ސިޓީ އުރަ އުރަތައް ރައްޔިތުންނަށް ލިބޭތާ ކިތަންމެ ދުވަހެއް. މި ރޯދަމަހު ކުރީކޮޅު އަޅުގަނޑުމެން ގެޔައްވެސް އައި އެކަހަލަ ސިޓީ އުރައެއް. އޮތް އެއްހާސް ރުފިޔާވެސް. މެނިފެސްޓޯއެއް އަދިވެސް ދޭކަށް ނޫޅޭ.
ހަބޭސް222
29 July 2018
މަރުދެކެ ކޮންމެ މީހަކުވެސް ބިރުގަންނަ ފަދައިން، ގަންނާކުރައްވާ ބިރުން ވަށާގެން ތިބި އެންމެންވެސް އެތިބީ ފިތްކަނޑައިގެން ގޮސް، ކިރިޔާ އިންޗިއެއް ދޫކޮށްލިޔަސް ހަމަ ލާހިކެއްނޫން އަލުން އަނބުރާ ވެރިކަމަށް އަންނާކަށެއް!
އަބްދުއްލާ
29 July 2018
ހުރިހާ އާއިލާތަކުން ޑޮކްޓަރުން ވަނީ ކިޔަވަން ފޮނުވާފަ އަޅުގަނޑުމެން އާއިލާއިން 4ޑޮކްޓަރުން އެބަ ކިޔަވާ . ވީމާ ކޮންމެ އާއިލާ އަކަށް ޑޮކްޓަރަކު ހަމަވެފާވެސް އިތުރުވާނެ.
ކިޔުންތެރިއެއް
29 July 2018
ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް ތެދެއްވާނީތެދަކައް އެގޮތުން އަޅުގަނޑުވެސްދަންނަވާނީ މިޤައުމުގަ ތިއްބެވި ދީނީޢިލްމްވެރިން(މަދުންނަމަވެސް)ތިއްބެވީ އަނިޔާވެރިކަމާ އަތުގުޅާލައިގެންނޭ އަނިޔާއަކައްވަނީ ހަމައެކަނި ބާރައްމީހެއްގައިގަޖެހުމުންވާ ތަދަކުންނޫނޭ ކުށެއްނުކުރާމީހަކު ހުރަގޭގަހައްޔަރުކުރުމަކީވެސް އަނިޔާއެއް ހައްޤުބަސްބުނާމީހެއްގެ ދުލުގަތަޅުއެޅުވުމަކީވެސް އަނިޔާއެއް މީހަކުލިޔާލިޔުމަކުން އެމީހަކައްމައްސަލަ ޖެއްސުމަކީވެސްއަނިޔާއެއް އެހެންވީމާ މިކަންކަމާބިރުންއެއްްޗެއްވިދާޅުނުވެ ދީނީޢިްމްވެރިން ތިއްބެވުމަކީ އަނިޔާއާއަތުގުޅައިލުންނޫންކަމަކައްނުވާނެ މިކޮމެންޓް ޖައްސަވާލަދެއްވައްޗޭ
އަބްދުއްލާ
29 July 2018
ގާނޫނީ ހަމަހަމ ކަމަށް ގާނޫނު އަސާސީގަ ބުނެފާވަނީ ގާނޫނުން ލިބެންވާ މަންފާއެންމެނަށް ހަމަހަމަ ގޮތުގާ ލިބެންވާނެ ކަމަށް. ވީމާ ބޭސްފަރުވާ މުއްސަންޖަކަސްފަގީރަކަސް ހަމަހަމ ވާނެ.މުއަސނދިމީހާއަމިއްލަ ހަރަދުގަ ކުރާކަންކަން ގިނަވާނެ ތިޔަ 1.5އަހަރު ވެރިކަން ކުރަން އުޅޭމީހުން ގައުމުގެ ހަމަހަމަ ކަންނަގާލާނެ.
އަވާމެންދުރު
29 July 2018
މެނިފެސްޓޯއަށް ވޯޓް ނުދޭ ސަބަބު: ޔާމީނުގެ މެނިފެސްޓޯގައި ނުފުއްދޭ ވައުދުތައްގިނަކަމުން. ބެޔަސްނުބެޔަސް. ރިސޯޓްހިއްސާ.ނުކުޅެދޭމީހުންގެ ބޮޑުއެލަވަންސް. އަަލަތު ކައިވެނި ފްލެޓް. ވައުދުވިހާ ފްލެޓްތައް. ވައުދުވިހާ އެއާޕޯޓްތައް. އައިހެވަން. ތެޔޮވަޅު. އާއިލީ ޑޮކްޓަރު. މިލިސްޓަށް އިތުރުކުަރަމުން ގެންދަންވީ ކިޔުންތެރިން ހަނދާނުގައި ހުރި ވައުދުތައްވެސް.
ރަވަބޮލިި
29 July 2018
ކޮންމެ ދަނޑުވެރިއަކަށް 8000 94000 ވަޒީފާ
ޒައިނީ ދޮހުލާނު
29 July 2018
އަހަރެ އަހަރެމެންނަށް ބެލެން އޮތް އެއްޗަކީ ވެއަތުވެދިޔަ މާޒީގައި އެއުރެން ކޮށްފައިވާ ކަންތަކަށެވެ، ފަހޭ ޔާމީނު ވެރިކަމަށް އައުމަށްފަހު އޭނާގެ މެނިފެސްޓޯއިން ފުއްދީ ކޮންކަމެއް ހެއްޔެވެ. ދެން އަންނަ ބަޔަކު ވެސް ހަދާނީ އެހެނޯލަޔެވެ. ވީމާ، ތިޔަ ފެސްޓޯއަށް ނުބަލާ މާޒީޔަށް ބެލުން ހުއްޓެވެ. އަލިފުހާ