ޚަބަރު / އިލެކްޝަންސް ކޮމިޝަން

އިނގިލީގެ ނިޝާން ސައްހަތޯ ބަލަން ފޯމުތައް މިއަދު ފޮނުވަން ފަށާނެ: އީސީ

އިނގިލީގެ ނިޝާން ސައްހަ ކުރަން ދެ ފުލުހަކު މަސައްކަތް ކުރަނީ: މި އިންތިޚާބުގައި ގިނަ ފޯމުތައް ޗެކްކުރަން ހަމަޖައްސާފައި ވަނީ މެނުއަލްކޮށް. --ފޮޓޯ/ޕޮލިސް

ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދި ހުށަހަޅާފައިވާ ރީ ރަޖިސްޓްރޭޝަން ފޯމުތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ފޯމުތައް ފުލުހުންނަށް މިއަދު ފޮނުވަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސެޕްޓެމްބަރު، 23، ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 263،000 މީހުން ތިބިއިރު، އޭގެ ތެރެއިން 70،000 އަށް ވުރެ ގިނަ މީހުން، އަމިއްލަ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ރީ ރަޖިސްޓްރީވާނެ ކަމަށް އިލެކްޝަންސުން ލަފާކުރެ އެވެ.

އިންތިޚާބަށް ރީ ރަޖިސްޓްރީކޮށްދިނުމުގެ ކަންކަން ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ އޮފީސްތަކުން ކުރަމުން އަންނައިރު، އޭގެ ތެރޭގައި މަކަރާއި އޮޅުވާލުން ހިމެނޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މި ޝަކުވާތަކާ ހެދި އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ، ރީ ރަޖިސްޓްރީ ކުރަން ހުށަހަޅާ ހުރިހާ ފޯމެއް ފުލުހުން ލައްވައި ވެރިފައި ކުރުވާށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ރީ ރަޖިސްޓްރީވާން މިހާތަނަށް 20،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން ބައެއް ފޯމުތައް ފުލުހުންނާ މިއަދު ހަވާލުކުރާނެ ކަމަށެވެ. ރީ ރަޖިސްޓްރީވާން ހުށަހަޅާ ހުރިހާ ފޯމުތަކެއްގެ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމުގެ ގާބިލްކަން ފުލުހުންގެ އެބަހުރި ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރީ ރަޖިސްޓްރޭޝަންތައް ފޯމު ލިބޭ ވަރަކުން، އެ ފޯމުތައް ޕޮލިހަށް ހުށަހަޅައިގެން ވެރިފައިކުރާނެ،" އަކްރަމް ވިދާޅުވި އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ރީ ރަޖިސްޓްރީވެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

ދެހާސްތޭރައިގެ ރިޔާސީ އިންތިޚާބަށް ހުށަހެޅި ރީ ރަޖިސްޓްރޭޝަން ފޯމުތަކުގެ އިނގިލީގެ ނިޝާން ސައްހަތޯ ބަލައިދިނީ ފުލުހުންނެވެ. އޭރު ފުލުހުން ބުނެފައި ވަނީ، އެންމެ ފޯމެއްގެ އިނގިލީގެ ނިޝާން ޗެކްކުރަން މަދުވެގެން ފަސް މިނެޓް ނަގާނެ ކަމަށެވެ. އޭރު އިނގިލީގެ ނިޝާންގެ ސައްހަތޯ ބެލީ، އޮޓަމޭޓެޑް ފިންގަ ޕްރިންޓް ސިސްޓަމްގެ އިތުރުން މެނުއަލް ކޮށެވެ.

ފުލުހުންގެ ތަރުޖަމާން، އަހްމަދު ޝިފާން ވިދާޅުވީ އިލެކްޝަންސުން ހުށަހަޅާ ފޯމުތަކުގެ އިނގިލީގެ ނިޝާން ސައްހަތޯ މިފަހަރު ބަލާނީ، މެނުއަލްކޮށެވެ. އެއީ، އެކަމުގެ ތަޖުރިބާކާރުން ފޯމުތައް ލޮލުން ބަލައިގެން ފޯމުތައް ޗެކުކުރުމެވެ.

"އެއްވެސް ޝަކުވާއެއް ހުށަހަޅައިފި ނަމަ ސިސްޓަމް މެދުވެރިކޮށް ފުލުހުން ވެރިފައިކޮށްދޭނެ،" ޝިފާން ވިދާޅުވި އެވެ.

ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުން ފުލުހުންނާ ހަވާލުކޮށްފައި މިވަނީ، ރީ-ރަޖިސްޓްރޭޝަންގެ ފޯމުތަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުން ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނަނިކޮށެވެ. އެމްޑީޕީން ރީ ރަޖިސްޓްރީކޮށްދޭ ޕީޕީއެމް މެމްބަރުންގެ ފޯމުތައް އިލެކްޝަންސަށް ހުށަނާޅާނެ ކަމަށް ޕީޕީއެމުން ތުހުމަތުކުރެ އެވެ. އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނަނީ، ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންގެ ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް ޕީޕީއެމްގެ ޖަގަހަތަކަށް ގެންގޮސް އެ ފޯމުތައް އިލެކްޝަންސަށް ހުށަނާޅައި އެތައް ބަޔަކު ވޯޓުލުމުގެ ހައްގުން މަހްރޫމްކުރުވާނެ ކަމަށެވެ.

މި މައްސަލައިގައި އިލެކްޝަންސުން ދެއްކި ހައްލަކީ، އެ މީހެއްގެ ރީ ރަޖިސްޓްރޭޝަން ފޯމު އެ ކޮމިޝަނަށް ހުށަހަޅާފައިވޭތޯ އަމިއްލަ އަށް ބަލައި، ހުށަހަޅާފައި ނުވާ ނަމަ ދެ ވަނަ ފޯމަކުން ރަޖިސްޓްރީ ވުމެވެ.

10 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާލުސޮރު

01 August 2018

ތިޔައީ ރަނގަޅު މަގްސަދެއްގަ ކުރާ ކަމެއްކަމަކަށް ގަބޫލެއް ނުކުރެވޭ. އެއީ ފާއިތުވެދިޔަ އެއްވެސް އިންތިޚާބެއްގަ ތިޔަގޮތަށް ތިކަންކޮށްފަ ނުވާތީ. ބޮޑަށް ބެލެވެނީ އިންތިޚާބު ލަސްކުރުން ފަދަ ކަމަކަށް ބަހަނާއެއް ދައްކަން ކުރާކަމަކާ. އެކަމަކުވެސް ހެޔޮ މިވެރިކަންވެސް ނިމޭނެ. ލަސްކުރެވޭނީ ﷲ ގެ މިންވަރުފުޅުގަވާ ވަރަކަށް. އެކަން މުޖައްރިބު.

The name is already taken The name is available. Register?

ސީނު

01 August 2018

ކޮމޭޑިއަނުން!!!

The name is already taken The name is available. Register?

ރޯނާ

31 July 2018

އަނެއްކާ އަނެއް ޖަރީމާ ހިންގަން ރޭވީ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ޖަރީމާ. ތިގޮތަށް ކޮންމެވެސް ޕާރޓީއެއްގެ ރަޖިސްޓަރީންވެސް މީހުން މަދުކުރި. وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ And (the unbelievers) plotted and planned, and Allah too planned, and the best of planners is Allah

The name is already taken The name is available. Register?

mw 108

31 July 2018

އެމްޑީޕީގެ މެމްބަރ ގެ ފޯމެއްނަމަ ނުބައި އިނގިލިން ޕްރިންޓް ޖަހާފައި . ފޯމުބާތިލް

The name is already taken The name is available. Register?

މުސްތޮފާ

31 July 2018

ދެ ވަނަ ފޯމު ހުށަހެޅީމަ ފުރަތަމަ ފޯމު ކެންސަލްވޭތަ؟ އިލެކްޝަނަށް ކިހިނެއް އެނގޭނީ ކެންސަލްކުރަންޖެހޭ ފޯމު؟؟ ތާރީޚު އިންނާނެ ކަން އެނގެ. އަމަލުކުރާނި އުސޫލެއްގެ ގޮތުން ފަހުން ލާ ފޯމުކަން ވެސް އެނގޭ، އެކަމަކު މިއީ ޔާމީންގެ ވެރިކަން އޮންނަ ގައުމެއްގެ ސަރީފުގެ ބާރު އޮންނަ ކޮމިޝަނަކަށް ވާތީ ކޮންމެ އެއްޗެއްވެސް ހަދާފާނެ. އެހެންވެ ޔަޤީންކޮށްލަން މި ސުވާލުގެ ޖަވާބު ވަރަށް ބޭނުން.

The name is already taken The name is available. Register?

މަރޭމިތުރާ

31 July 2018

މަގޭ އިނގިލީގެ ނިޝާނެއް މަގޭ ވޯޓެއް ނުދޭނަން އެފަދަބަޔަކަށް! މަގޭ ގައުމުގެ ދަރިންނަށް އެތައް އަނިޔާތަކެއްދީ މެރިބަޔަކަށް!

The name is already taken The name is available. Register?

އުމަރުބެ

31 July 2018

މިއީ އަނެއްކަންތަށް، ހަމަ ވޯޓުތަކާއި ކުޅެން ކުރާ މަސައްކަތް، ބަލަ މީގެ ކުރިންވެސް ކުރިގޮތަށް ކުރީމަ ނިމުނީ، ވޯޓާސް ލިސްޓް ރަޖިސްޓްރީކޮށްފައި ފަހުން އަންނަ ލިސްޓުގައި އޮންނާނެ އެމީހަކު ވޯޓްލާންޖެހޭ ތަނެއް، ތިޔައީ ހަމަ ބޭކާރުކަމެއް އަދި ތިޔަކަންތަށް ތިޔަކުރަނީ އިދިކޮޅު މީހުންގެ ވޯޓްތަށް މަދުކުރުމުގެ ނިޔަތުގައި، އިބޫވެސް ޖެހެނީ މިފަދަ މައްސަލަ ފުރަތަމަ ހައްލުކުރަން، ކެމްޕޭންކޮށް ނިމިފައިއޮތީ ބަލަންވީ ކެމްޕޭން ނުކޮށް ސަރުކާރުގެ ތެރެއިން ހިންގާ ޕްރޮޕެގަންޑާތަށް ހުއްޓުވޭތޯބަލަން

The name is already taken The name is available. Register?

މައުމޫން ޖަލުން

31 July 2018

އެއީ، އެކަމުގެ ތަޖުރިބާކާރުން ފޯމުތައް ލޮލުން ބަލައިގެން ފޯމުތައް ޗެކުކުރުމެވެ.

The name is already taken The name is available. Register?

ޕޮކަނޑި މޭންގެ އަންހެނުން

31 July 2018

ތީ ޕީޕީ އޮފީހެއްނު ހަމަ..؟ އެއް އޮފީހުން (އީސީން) އަނެއް އޮފީހަށް (ޕޮލިހަށް)

The name is already taken The name is available. Register?

ސައީދުބެ

31 July 2018

ކޮންބައެއްގެ ޕޮލިހެއްތޯ ކޮންބައެއްގެ އިލެކްސަން ކޮމިސަނެއްތޯ ދެން ތިސައްހަވާނެގޮތެއްއެބައޮތްތޯ ބޮޑެތިމީހުނާ ވަދަކުރަންނުކެރޭކަޑަކުއްޖަކުނެރެގެން ކޮންކަމެއްތޯ ތިކުރައްވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454