ޮގޮނޑި ގެއްލުނު ކަމަށް ބުނާ މެމްބަރުން މަޖިލީހަށް ވަނުމަށް ދިއުމުން ފުލުހުން ހުރަސް އަޅާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
01 އޯގަސްޓް 2018 - 15:05
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވުމަށްޓަކައި މަޖިލީހަށް ވަޑައިގަތުމުން، ފުލުހުން އެކަމަށް ހުރަސްއަޅައި އެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ފޮނުވާލައިފި އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން 10 މެމްބަރުން މިއަދު މަޖިލީހަށް ވަޑައިގަތީ ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު އަމުރުން، އެ ބޭފުޅުން މަޖިލީހުން ވަކިނުވާ ކަން ކަށަވަރުވާތީ ކަމަށް ވިދާޅުވެ އެވެ. މިއަދު ހެނދުނުން ފެށިގެން ފުލުހުން އޮތީ މަޖިލިސް ސަރަހައްދު ބަންދުކޮށްފަ އެވެ.
މިއަދު އެކެއް ޖެހިއިރު އޮތް މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް 10 މެމްބަރުން ވަޑައިގަނެ، ސަރަހައްދު ބަންދުކޮށްގެން ތިބި ފުލުހުންނަށް، އެ މެމްބަރުންނަށް މަޖިލީހުން ދީފައިވާ ކާޑު ދެއްކުމުން ވެސް މަޖިލީހަށް ވަނުމަށް ފުރުސަތެއް ނުދިނެވެ.
މެމްބަރުން ފުލުހުންނަށް އެމެމްބަރުންގެ ލާޑު ދައްކާލަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން މަޖިލީހަށް މިއަދު ވަޑައިގަތީ، ޖަލު ބަންދުގައި ހުންނެވި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން ފިޔަވައި ދެން ހިމެނޭ 10 މެމްބަރުންނެވެ.
މީގެ ކުރިންވެސް އެ މެމްބަރުން މަޖިލީހަށް ވަޑައިގަތުމުން ސަލާމަތީ ބާރުތަކުން އެ ފުރުސަތެއް ނުދެ އެވެ. އޭގެ ތެރެއިން ބައެއް ފަހަރު ފުލުހުންނާ ކުރިމަތިލުންތައް ވެސް ހިނގާފައިވެ އެވެ. ނަމަވެސް މިއަދު އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.
ބާރަ މެމްބަރުންގެ ތެރޭގައި ހިމެނޭ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވިދާޅުވީ މަޖިލިސް މިހާރު ހިންގަމުން ދާ ގޮތުން ޖަލްސާތަކުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުންނަކީ ރައްޔިތުންގެ ވޯޓުން މަޖިލީހަށް އިންތިހާބުވި މެމްބަރުން ކަމަށްވާތީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މެމްބަރު އަލީ ޝާހް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. އެކަމަކު މިދިޔަ ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ފެބްރުއަރީ 1 ގެ އެ އަމުރުގައި 12 މެމްބަރުންނާ ގުޅޭ ގޮތުން އޮތް އެ ބައި ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ބާތިލުކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސްގެ ނިންމުމާ ގުޅިގެން އެ 12 މެންބަރުން ވަކިވަކިން ހުށަހަޅާފައިވާ މައްސަލަތަކުގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޓްކިންގ
02 August 2018
މަވެސް ކުރިން އިންގޮނޑި ގެއްލުމުން މިހިރީ މޮޔަވެފަ. ނިދީގައިވެސް އެ ގޮނޑި ފެނޭ. އަބަދު ގޮނޑިމަތިން ހަނދާންވޭ. ގޮނޑީގަ އިންއިރު ވަރަށް ލާރި ލިބުނު. އޭރު އުޅުނީވެސް ވަރަށް ފޮނިކޮށް. އެހެންވެ އަދިވެސް މި އުޅެނީ ގޮނޑީގަ އިންއިރު ލީކޯޓުވެސް ލައިގެން.
ރީތި މޫސަ
02 August 2018
ގަދަބާރުން މަޖުލީހަށް ވަންނަން އުޅޭނެކަމެއްނެތް ތިޔަމެންބަރުންނަށް ކޯޓުގެޖަވާބުލިބެންދެން މަޑުކޮށްލާ
އަބްދުއްލާ
02 August 2018
އެންޓި ޑިފެންސަން ގާނޫނު ރަނގަޅަށް ދިރާސާ ކޮށްބަލަ .ޕީޕީއެމުން މިމެމްބަރުން ވަކިކުރި ކަމަށް ބުނާތާރީހުގަ ވަކިވެފައިވާކަމަށްއިލެކްސަނުން މަޖިލީހަށް އެންގުމުން މެމްބަރުން ތިބީ ވަކިވެފާ . ވަކިވީ ޕީޕީއެމުން ބުނާތާރީހު ގެ ކުރިންކަން ސާބިތު ކުރުމަކީ ވަކިވި މެމްބަރުގެ ހައްގެއް . އެކަންސާބިތު ކޮށް ދެވިއްޖެނަމަ އަބުރާ ގޮންޑިލިބޭނެ.
އަށްޑޫ މީހާ
01 August 2018
މަޖިލީހަށް މިދައުރަކު ތީގެ އެއްވެސް މެންބަރަކަށް ނުވަދެވޭނެ. ގަދަބާރުން ވެރިކަން ކުރާމީހުން ވެރިކަން ކުރާ އުސޫލުން މި ގައުމުގެ ވެރިކަން މިހާރު ހިނގަމުންދަނީ. އެހެންވީމަ ތިޔަ ކުރާ މަސައްކަތް ހުއްޓާލާފަ ކެންޕެއިންއާއިގެން ކުރިޔަށް ވަޑަައިގަންނަވާ. މިވެރިކަން މިގައުމުގަ އޮތްހާ ހިނދަކު ރައްޔިތުން ތިބެން ޖެހޭނީ އަޅުވެތިވެފައި، މިކަން ނިންމާލާނީ މި ރިޔާސީ އިންތިހާބުގަ އެއްބުރުން.
މުރާސިލް
01 August 2018
މަޖުލީހަށް ވަންނަން ފުރުސަތު ދޭކަށްވެސް ނުޖެހެއެވެ.
ބަނާނާ
01 August 2018
މެމްބަރުންގެ ކުށަކާނުލާ މެމްބަރުން މަޖިލިހުން ވަކިނުކުރެވޭނެ. ވަކިމީހަކު ބޭނުންވީމަ މަޖިލިސް މެމްބަރުން މަޖިލިހަށް ނުވައްދާ ނަމަ އެއީ ޑިމޮކްރަޓިކް އުސޫލާޚިލާފް އަދި ޚުދުމުޚްތާރު ވެރިކަމެއްގައި ކަންހިގާނެގޮތް.
އަބުހަރީ
01 August 2018
އެއްގޮތަކަށްވެސް ތި މީހުން މަޖުލީހަށް ވައްދާނެކަމެއް ނެތް.
ކަދުރޭ
01 August 2018
ކޮބާކުށަކީ؟ ޕީޕީއެމުން ވަކިވީމަތޯ؟
ޚިޔާލެއް
01 August 2018
ރަނގަޅު
ދދސމ
01 August 2018
12 މެންބަރުން ވަނުމާއެކު މެޖޯރިޓީ އިދިކޮޅަށް އެހެންވެ ވަނަ ނުދެނީ
ފައި
01 August 2018
އެއްކަލަސޮރުބުނިދޯމިދައުރުގަމަޖިލީހަކަށް ނުވައްދާނަމޭ ތިޔައީހަމަބަތަލުންތަކެއް ރައްޔިތުންނަށްޓަކާތިކުރާމަސައްކަތައްސާބަސް މާގިނަދުވަހެއްނެއް 50ވަރަކަށްދުވަސްއޮތީ ހަހަބިމައް
ކަށަވަރު
01 August 2018
ކޮބާ ބުނީމެއްނު އެއްކޮޅައްދަންޏާއޭވަދެވޭނީ ދެކޮޅައްގޮސްގެން ވަނަކަނުދޭނޭ ކިހިނެއްހީވި ކެއްކޮއްލާ މާގިނަދުވަހެއް ނުވެތިތަނައްވަދެވޭނެ