ތިލަފުށީގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުން މާލެ ގެންނަނީ: ތިން މީހުންގެ ހާލު ވެސް އިތުރަށް ގޯސް ނުވާ ކަމަށް ހޮސްޕިޓަލުން ބުނޭ -- ފޮޓޯ / ސޯޝަލް މީޑިޔާ
04 އޯގަސްޓް 2018 - 12:36
ކ. ތިލަފުށީގައި މިއަދު ކޮމްޕްރެސަރެއް ގޮވައި ތިން މީހަކު ފިހިއްޖެ އެވެ.
މިއަދު ހެނދުނު 9:00 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ ދެ ބިދޭސީއަކާއި ދިވެއްސަކަށް ކަމަށް ފުލުހުންގެ މީޑީޔާ އޮފިޝަލް މައުލޫމާތު ދެ އެވެ.
އަނިޔާވި ތިން މީހުން ވެސް މާލެ ގެނެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗުގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އަނިޔާވި ތިން މީހުންގެ ހާލު ވެސް އިތުރަށް ގޯސްނުވާ ކަމަށެވެ.
"އެމީހުން ބެއްލެވި ޑޮކްޓަރުން ވިދާޅުވަނީ ތިން މީހުން ވެސް ފިހިފައި ކަމަށް ހުރީ. އެކަމަކު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ދެއްވަނީ،" އޭނާ ބުންޏެވެ.
އެ ތިން މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް މިހާތަނަށް ނުލިބެ އެވެ. އަދި ކޮމްޕްރެސަރު ގޮވަން މެދުވެރިވި ސަބަބު ވެސް އަދި ފުލުހުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމާ
04 August 2018
ކޮރޮޕްޝަންއެއް ގޮވީ ޔޯ
ނަން
04 August 2018
މައުލޫމާތް ފުރިހަމަ ކޮއްބަލަ
ބަރަބޯ
04 August 2018
ސައުދީ މީހުން ލައްވާ ޓެސްޓުތައް ހެދީމަދޯ އެނގޭނީ ވެގެން އުޅޭ ގޮތެއް.
ޙުސްބު
04 August 2018
ކޮމްޕްރެޝަރ ގޮވާނެކަން ފުލުހުންގެ އިންޓެލިޖެންސަށް ނުލިބެނީތޯ
ޙަމަސިި
04 August 2018
ޢިންޓެލް ބުނަނީ ކީިކޭތޯ ބަލަންވީިނު
ދޯރިޔާ
04 August 2018
ޚަބަރު ގެންނަކަނަށް ވާނަމަ ކޮންމެވެސް ވަރަކަށް އެމައުލޫމާތު ހޯދުމަށް ފަހު ގެނައުން ރަނަގަޅު... އާދެ! ކޮމްޕުރެޝަރ ތައް އެބަހުރި އެތަކެއްބޭނުމަށް ބޭނުންކުރާ ކޮމްޕުރެޝަރތައް... މީގެ ތެރޭގައި ވިހަގޭސް ހިމެނޭ އަދި އޮކުސިހަން ކޮމްޕުރެޝް އެބަކުރޭ... ކޮން ވައްތަރެއްގެ ބޭނުމެއް ކުރާ ކޮމްޕުރެޝަރެއް ކަން އެނގޭވަރައް މައުލޫމާތު ހޯދުމަކީ މިޚަބަރު އަޕުޑޭޓު ކުރި ފަރާތް ތަކުގެ ޒިންމާ އަށް ކަމައް ގަބޫލު ކުރެވޭތީވެ މިވާހަކަ ތަފުސީލުކޮށްލީމެވެ...