މިިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން ރާއްޖެއިން އެއްވަނަ ލިބުނު ދަރިވަރުން، އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: މަތީ ތައުލީމް ހާސިލްކުރަން މެލޭޝިޔާއިން ވަނީ 500 ސްކޮލަޝިޕްގެ ފުރުސަތު ދީފައި---ފޮޓޯ: ހުސައިން ވަހީދު/މިހާރު
12 އޯގަސްޓް 2018 - 11:14
މެލޭޝިއާ ސަރުކާރުން ރާއްޖެ އަށް ދިން ސްކޮލަޝިޕްތަކުގެ ތެރެއިން 250 ޖާގަ އަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން އިއްޔެ ހުޅުވާލައިފި އެވެ.
މިއީ އެ ގައުމުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެޑިއުކޭޝަން ގްލޯބަލް ސާވިސަސް (އީއެމްޖީއެސް) އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް ދިން 500 ސްކޮލަޝިޕްގެ ދަށުން ހުޅުވައިލި ފުރުސަތެކެވެ.
މި ސްކޮލަޝިޕްގައި ކިޔެވުމަށް މިދިޔަ ފެބްރުއަރީ މަހު ވެސް 250 ފުރުސަތު ހުޅުވައިލި އެވެ. އެގޮތުން، އިއްޔެ މި ހުޅުވައިލީ ބާކީ ހުރި 250 ފުރުސަތަށެވެ.
މި ބުރުގައި މި ހުޅުވައިލީ ޑިޕްލޮމާގެ 10 ފުރުސަތާއި ޑިގްރީ އަށް 190 ފުރުސަތު އަދި މާސްޓާސް ޑިގްރީ އަށް ކިޔެވުމަށް 50 ޖާގަ އެވެ. މިއީ ޓިއުޝަން ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ސްކޮލަޝިޕްތަކެކެވެ.
ޑިޕްލޮމާ އަށް ކިޔެވޭނީ އެއާކްރާފްޓް އިންޖީނިއަރިން އެކަންޏެވެ. އެކަމަކު ޑިގްރީ އަދި މާސްޓާސް ޑިގްރީ އަށް ކިޔެވުމަށް ގިނަ ދާއިރާތަކެއް ކަނޑައަޅާފައިވާއިރު، އެ އިން ކޮންމެ ދާއިރާއަކުން ވެސް ދަރިވަރުންނަށް ކިޔެވޭނެ އެވެ.
މެލޭޝިއާގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ 17 ޔުނިވާސިޓީއަކުން ކިޔެވޭ މި ފުރުސަތުތަކަށް އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ.
ޑީއެޗްއީ ހިންގުމާ ހަވާލުވެ ހުންނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ހުޅުވައިލި ފުރުސަތަށް ވެސް 250 ދަރިވަރުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން މިހާރު ކިޔަވަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި، ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ޑީއެޗްއީ އަށް ދިއުމުގެ ބަދަލުގައި އެކަމަށް ހާއްސަ ޕޯޓަލްއަކުން ފޯމު ހުށަހެޅޭނެ އެވެ.
Student Portal
މަތީ ތައުލީމުގެ އެކި ފުރުސަތުތަކަށް ކުރިމަތިލުމަށް ހާއްސަކޮށްފައިވާ ސްޓޫޑެންޓް ޕޯޓަލްގެ ލިންކް
ދަރިވަރުގެ އަމިއްލަ އީމެއިލް އަދި ޕާސްވޯޑް ބޭނުންކޮށްގެން ލޮގިން ވުމަށް ފަހު، ސެޓްފިކެޓްތަކާ އެކު ސްކޮލަޝިޕަށް ކުރިމަތިލެވޭނެ އެވެ. ލިޔެކިޔުމެއް މަދުވެއްޖެ ނަމަ އެ ކަން އަންގައިދޭން މެސެޖެއް ލިބޭނެ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
"ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް ސްކޮލަޝިޕަށް ކުރިމަތިލެވޭނެ. މިސާލަކަށް ގޭގައި އިންޓަނެޓް ލިބެން ނެތިއްޔާ ވެލާނާގެ ދެވަނަ ފަންގިފިލާގައި ހާއްސަ ކޮށްފައިވާ ސްޓޫޑެންޓް ލައުންޖުން ވެސް ސްކޮލަޝިޕަށް ކުރިމަތިލެވޭނެ،" ނަޒީރު ވިދާޅުވި އެވެ. "ފޯމު ހުށަހެޅުމާ އެކު ސްކޮލަޝިޕްތަކުގެ މައުލޫމާތު ދަރިވަރުންނަށް ލިބެމުން އަންނާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގު
12 August 2018
ތީގެ ތެރެއިން ދެވެނީ ކިތައް ކުދިންނަށްތޯ ބަލާލައިބަލަ.. އަދިވެސް މިހިރީ ސައުދީ އިން ހުޅުވާލި ސްކޮލާޝިޕަކަށް ނޮމިނޭޓްވިގޮތައް.. 3އަހަރު މިވީ.. 100 ކުދިންގެ ތެރެއިން 30 ކުދިންވެސް ދެވިފައިނެތް ކަމަށް ވަނީ..
އަޖުވަދު އަހުމަދު
12 August 2018
ތައުލީމީ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް، ެތެރެއާޢި ބޭރުން ލިބެމުންދާ އެހީތަކާއި، މިސަރުކާރުން އެދާއިރާއަށް ކުރާ ހޭދަކުރި މިނަވަރަކީ މިހާތަނަށް މިގައުމުގައި އުފެދުނު އެއްވެސް ސަރުކާރުކުން ކުރި މިންވަރަށްވުރެ އެތައް ގުނައެއް އިތުރު އަދަދެއް.
އަޖުވަދު އަހުމަދު
12 August 2018
މިބާވަތުގެ ފުރުޝަތުތައް އެހާބޮޑަށް ފަހިވެގެން އަނަނީ ރައީސް ޔާމީންގެ މިސަރުކާރާއި މެދުދުނިޔޭގެ ގައުމުތަކުން އިތުބާރުކުރާތީ. މިފަދަ ސަބަބު ތަކަށްޓަކައިވެސް އަދި އެއްފަހަރު ރައީސް ޔާމީން އިންތިހާބު ކުރަންޖެހޭ.
ޒުވާނާ
12 August 2018
މިސަރުކާރުގަ ރިކޯޑް އަދަދަކައް ކިޔެވުމުގެ ފުރުސަތު އެބަލިބޭ، ޒުވާނުން ފުންކޮށް ވިސްނާލަން އެބަޖެހޭ މިވަނީ ކީއްކަން، މިހާ ގިނަ ފުރުސަތު މި ލިބެނީ ކީއްވެގެންކަން. ހަގީގަތަކީ ރަައީސް ޔާމިންގެ ތައުލީމީ ސިޔާސަތު މުޅި ދުނިޔެ ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރައް އެތައް ފުރުސަތު ތަކެއް ދަނީ ފަހި ކޮށްދެއްވަމުން.
ހަސަން ޒަކީ
12 August 2018
ހިންގުތެރިކާމިއި އެކު، ފުދިގެން އުޅޭ އަމިއްލަވަންތަ، އިލްމްވެރި ޒުވާންޖީލެއް ބީނާކުރުމަށް ތިޔަ ކޮށްދެއްވާ ޙިދުމަތަށް ނިޙާޔަތަށް ޝުކުރާއި، އައްސަރިބަހާއި ސާބަސް ކިޔަމެވެ!
ބޭފުޅާ
12 August 2018
ދެން މާ ބޮޑަށް ތި އެނގެނީ. އޭ ބަލަ މީގެ ކިތައް ޕަސެންޓްކަން ހިލޭ އެހީއަކީ އިގޭތަ؟ އަދި ބުނަން، އޭޝީއާއާއި ޔޫކޭ ޔޫރަޕްގެ ކޮލެޖް ޔުނިވަރސިޓީ ރޭންކިންގ އަދި ކޮލިޓީވެސް ތަފާތުވާނެ. ކޮންމެ ކުއްޖެއްގެވެސް އުއުްމީދެއް ޔޫކީ، އޮސްޓްރޭލިއާ އަދި ނިއު ޒިލޭންޑް ކެނޭޑާ ފަދަ ތަންތާ މަތީ ތައުލީމް ހާސިކުރުން. ކޮމަން ވެލުތުން ވަކިވީމަ ގެއްލުނީ އެފުރުސަތު. ވަރަށް ކަޑަ ޔާމީނު.
ބޭފުޅާއަށް
12 August 2018
އޮސްޓްރޭލިއާ ސަރުކާރުގެ ސްކޮލަޝިޕް މިހާރުވެސް ލިބޭ. އެއީ ކޮމަންވެލްތުގެ ސަބަބުން ލިބޭ އެއްޗެއް ނޫން. ކޮންމެ ތާކުން ކިޔެވިޔަސް އެމީހަކު ކިޔެވި އެއްޗަކުން ފަައިދާއެއްވާނީ.
އުމަރުބެ
12 August 2018
"މި ބުރުގައި މި ހުޅުވައިލީ ޑިޕްލޮމާގެ 10 ފުރުސަތާއި ޑިގްރީ އަށް 190 ފުރުސަތު އަދި މާސްޓާސް ޑިގްރީ އަށް ކިޔެވުމަށް 50 ޖާގަ އެވެ. މިއީ ޓިއުޝަން ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ސްކޮލަޝިޕްތަކެކެވެ" މިއިން އެއްޗެއް ވިސްނޭތޯ؟ މިހުރިހައި ސްކޯލާޝިޕް މެލޭޝިއާއިން ދިނީ ރާއްޖޭގެ ކުދިން މެލޭޝިއާއަށް ކިޔަވަން ނުދާތީ، މެލޭޝިއާގެ ސަރުކާރުން ސްކޯލާޝިޕޭ ކިޔައިގެން ޓިއުޝަން ފީ ބޮޑުކޮށްފައި އޭގެ 50 ޕަސެންޓް ޑިސްކައުންޓްދީގެން ސްކޯލާޝިޕްދިނީ، އެޑިއުކޭޝަން މިނިސްޓަރަށް ވަަރަށް ސާފްކޮށް އެނގޭނެ މިއީ ސްކޯލާޝިޕެއްނޫންކަން، ހުރުމައި 50 ޕަސެންޓް ދޭންޖެހެނީ ޓެކުސްގެ ފައިސާއިންކަން
މަރީ
12 August 2018
އޯކޭ ދެން 50 ޕަސެންޓް ޑިސްކައުންޓް ދިނިއްޔޯ. ކޮބައިތަ މައްސަލައަކީ. އެއަށްވެސް ކިޔަނީ ހަމަ ސްކޮލަޝިޕް. އަދި ޓެކްސް ފައިސާއިން އަނެއް ބައި ދިނަސް ކޮބައިތަ މައްސަލައަކީ؟ އަގު ވެސް ހެޔޮ ވެއްޖެއްނު؟ ކީއްވެތަ ކޮންމެ ކަމެއް މައްސަލައަކަށް ހަދަނީ ދިވެހިން؟
ރާއްޖެ
12 August 2018
ކޮމަންވެލްތްއިން ވަކިވީމަ ރާއްޖެއަށް ލިބޭ މަތީތައުލީމުގެ ފުރުސަތު މަދުވެއްޖެ ދެއްތޮ؟ ރާއްޖޭގެ އިގްތިސާދުވެސް ހަލާކުވެއްޖެ ދެއްތޮ؟
ައެނޮން
12 August 2018
ޕޯޓަލް ޑައުން....
ސަބްނަމް
12 August 2018
ރާއްޖޭންވެސް މިހާރު ކިޔެވެން އެބހުރި