ހުޅުމާލެ އިން ދޫކުރަން އިއުލާންކުރި 7،000 ފްލެޓުގެ ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
12 އޯގަސްޓް 2018 - 16:33
މި އަހަރުގެ މިނިވަން ދުވަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އެދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،000 މީހުން ފޯމު ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް، އަހްމަދު ފަޒާލް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ފޯމު ދޫކުރަން ފެށި މަޝްރޫއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. މިހާތަނަށް، 3،000 ފޯމު ނަގާފައިވާ ކަން އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް، އަމަލީ މަސައްކަތް ފަށާފައި ނުވާ މި މަޝްރޫއުން ފްލެޓާއި ގޯއްޗަށް އެދޭ ފޯމު އަންނަ އަންގާރަ ދުވަހު ބަލައިގަންނަން ފަށާނެ އެވެ.
މި އަހަރުގެ ޖުލައި 26 ގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި، ވިލިމާލެ 2 ތަރައްގީ ކުރަން ނިންމާފައި ވަނީ، 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެންނެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު"އާ ވާހަކަ ދައްކަވަނީ: މި މަޝްރޫއާ އެކު ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު
ވިލިމާލެ 2 މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ގުޅީފަޅާއި ފުށިދިއްގަރު ފަޅުން 1،000 ހެކްޓަރު ބިން ހިއްކައި، މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އާއި ގުޅީފަޅުގެ އިތުރުން ތިލަފުށި ބްރިޖުތަކުން ގުޅުވާލައިގެންނެވެ.
- ވިލިމާލެ 2 ތަރައްގީ ކުރަން ނިންމާފައި ވަނީ ގުޅީފަޅުން 230 ހެކްޓަރާއި ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ބިން ހިއްކައިގެން.
- މި މަޝްރޫއުގައި، 300،000 މީހުންގެ އާބާދީ އަށް އަމާޒުކޮށް، ޖުމްލަ 80،000، ފްލެޓާއި ބިން ދޫކުރާނެ.
- 1،000 އަކަ ފޫޓުގެ ފްލެޓާއި 1،000 އަކަފޫޓުގެ ބިން ބޭނުންވާ މީހުންނަށް އަންނަ ހަފުތާގައި ފުރުސަތު ހުޅުވާލާނެ.
- މި މަޝްރޫއާ އެކު ބްރިޖުން މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލާނެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މަޝްރޫއަށް ކުރިމަތިލާ މީހުންނަކަށް، ހުޅުމާލެ އިން ދޫކުރަން މިހާރު ފުރުސަތު ހުޅުވާލާފައިވާ 7،000 ފްލެޓަށް ކުރިމައްޗެއް ނުލެވޭނެ އެވެ. މި މަޝްރޫއަށް ކުރިމަތިލާން ޖެހޭނީ، 7،000 ފްލެޓް މަޝްރޫއަށް ކުރިމަތިލާފައި ވާނަމަ، އެ ފޯމު ނެގުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.
ފްލެޓަށް އެދޭ އެންމެންނަށް ދޫކުރަން ނިންމާފައިވާ މި މަޝްރޫއުން ފްލެޓަށް ކުރިމަތިލާން އޮތީ އެންމެ ދެ ޝަރުތެވެ. އެއީ، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެ މީހެއްގެ އަމިއްލަ ނަމުގައި 1،000 އަކަފޫޓުގެ ބިމެއް ނެތުމުވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުު
13 August 2018
ވުޖޫދުގައި ނެތްތަނެއް!
ނަޝީދު
14 August 2018
ބްރޯ އަންނިމެންވެސް ވުޖޫދުގައި ނެތްތަނެއް 'ދަ އައި އޮފް މޯލްޑިިސް' ގެ ނަމުގަ ގުޅީފަޅުން ބިންވިއްކާ ލާރި ނަގާފަވަނީ
ކަނޑުފަޅު
13 August 2018
މިހާރުވެސް ފޯމުދޫކުރަން ފަށައިގެން މިއުޅެނީ ކަނޑު އަޑިން. އިނގޭ ދަރިންނޭ. މިއަށް ބޭނުންވޭ މައިންބަފައިންނާ ދަރިންނާ ދަރިންގެ ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް. ސެޓްފިކެޓްގައި ޖަހާ ސްޓޭމް÷ް ހުސްވެފައި ހުންނަތާ މިހާރު ދެމަހަށްވުރެ ގިން ދުވަސް ވެއްޖެ. އެކަމަކުވެސް ކަނޑުއަޑިން ފޯމުދޫކުރެވޭތޯ ބަލާ ވަރަށްވެދުން.
ގުއިއްޒު
13 August 2018
މައްސަލައަކީ ސިއްހީގޮތުން ދިރިއުޅެން ކަމުނުދާ ސަރަހައްދެއްގައި މިހާރު ދިރިއުޅެން ސިއްހީގޮތުން ރަގަޅުވީމަ. ފޯމު ދޫކުރަން ފެށުމުން ސިއްހީ ގޮތުން ދިމާވެދާނެ މައްސަލަތައް ކޮންތާކަށް މިދިޔައީ؟
ހުސެންއަލީ
13 August 2018
ކަލޭމެންގެ ކަމަކީ ފޯމް ދޫކުރުމެއްނު. ފޯމުދޫކުރުމަކުން ގެދޮރު ހިޔާވަހިކަން ދެވުނީ ކަމަކަށް ނުވާނެ.
އަހުމަދުބޭ
13 August 2018
އަޅެ މިފޯމްލައި ނިމޭނެތަ؟ ކީއްތޯވާނީ މާލެ ސަރަހައްދުން ގޯތިބޭނުންމީހުން ފޯމްލާން ހުޅުވައިލިއްޔާ، އަދި އެލާފޯމްތަށް ވެބްޕޯޓަލްއެއް ހަދައި ކޮންމެމީހަކަށްވެސް ޔުނީކްއަޑީއަކުން، އެމީހެއްގެ ފޯމަށްބޭނުންވާ މަޢުލޫމާތުތަށް ނޫނީ ޑޮކިއުމެންޓްތަށް އަޕްލޯޑްކޮށް ކިއޫތަރުތީބުން، އަދި ކެޓަގަރީ ތަރުތީބުން ތިކަންކުރިއްޔާ، އޭރުން ނުޖެހޭނެދޯ ތިޔަފޯމްލައިލައި ރައްޔިތުން ތިބޭކަށެއް، 15 ހާސްފޯމް ލިއްޔާ ފެލެޓްތިޔަދެވެނީ 600 ސަތޭކަމީހުންނަށް، އަނެއްކާ މިޖެހެނީ ފުލެޓެއް އެޅޭއިރަށް ރައްޔިތުން ފޯމްލާން ދުވަން،، އަނެއްކާ ޚަރަދުގެގޮތުންވެސް ތިޔަކުރަނީ ކިހައިބޮޑު އިސްރާފެއްތޯ، މިފަދަ ޕޯޓަލްއެއް ހެދުމުން ސަރުކާރުބަދަލްވާ ކޮންމެފަހަރަކު އެބަޔަކު ބޭނުންވާ ބަޔަކަށް ފުލެޓެއްވެސް ނުދެވޭނެ، އެއީއެންމެންނަށްވެސް އިނގޭނެދޯ ކިޔޫތަރުތީބު، މިފަދަގޮތަކަށް އަޅެއެއްވެސް ބަޔަކު މިކަން ނުކުރަން މިއުޅެނީ އަޅެކީއްވެތަ؟
ހުސެންއަލީ
13 August 2018
ކިއުތަރުތީބުން ނަމަވެސް އުމުރުގެ ތަރުތީބުން ދޭކަށް ބޭނުމެއްނުވާނެ. އެއީ ހައްގުވެރިންނަށް ނުދެވި ލަސްވެެއްޖެނަމަ ޖަލްސާއަށް ދާނެ މީހަކު ނުވާނެތީ
އުމަރުބެ
13 August 2018
ކަނޑު ދައްކާފައި ފުލެޓާއި ބިންދޭނަމޭ ބުނީމަވެސް ދިވެހިން ފޯމުލާނެ، ދިވެހިން ތަރައްޤީވާން އަދި 20 ވަރަކަށް އަހަރު ނަގާނެ، 15 ހާސްފޯމުވަނީ މީހުން ލާފައި، އެއީވެސް މިސަރުކާރު ފެށިގެން އައިއިރު އަޅަންބުނި 12000 ހައުސިންގް ޔުނިޓަށް ކުރިމަތިލުމުގެ ބޭނުމުގައި، އެކަން އެއުޅެނީ ނުކުރެވިގެން، ސިފައިންނާއި ފުލުހުންގެ ބޯހިޔާވަކިކަމަށް ހުޅުވާލި ތަން ހަދައިވަނީ ނިންމާފައި، އެކަމަކު ފިނިޝިންގ ނުނިމިގެން އެތަން ބޭނުންނުކުރެވި މިސަރުކާރުގެ 5 އަހަރު ނިމިގެންދަނީ، ދެން ތިޔައީ ޔާމީނުގެ ހުވަފެނެއް، އެހުވަފެން ދެނެއް ހަގީގަތަކަށްނުވާނެ
މަ މިއު މަ
13 August 2018
ފޯމު ލާނެއެއްނު؟ ތިއީ ދިވެހިން މާލޭގަ ދިރިއުޅެމުން އަންނަ ހާލު ނޭނގޭ މީހެއް ހެން މަށަށް ހީވަނީ. ލިބުމުގެ އެއްވެސް އުންމީދެއް ނެތަސް ލާނެ ކަމެއް ހަމަ ނޭނގޭތަ؟ ފޯމް ތާ ލާނީ، އެހެން އެއްޗެއް ނުލާނަން.
ރިޔާޒު ރަސީދު
12 August 2018
ވިސްނާ ވިސްނާ ރަނގަޅަށް ވިސްނާ ބޭނުމީ ގޯތިތަ؟ ނޫނީ ފުލެޓްތަ. ހަންމަ އެންމެ ވޯޓަކަށް
ޖުލައި
12 August 2018
ވުޖޫދުގަ ނެތް ތަނަކުން ފުލެޓް ހޯދަން ފޯމު ލާނީ މޮޔައިން
އަހުމަދުބެ
13 August 2018
3000 ފޯމް ނެގިއްޔާ ކިތައްފޯމު ލައިފިތަ. ދޮގުހެދިޔަސް ބޮޑުވަރު. ފޯމެއްނުނަގައިގެން މުއިއްޒު ލަދުގަނެއްޖެ.
ޚުބުޅި
12 August 2018
އިންތިހާބަށް ދައްކާ ދަޅަ....ތިލިބުނީ 3000 ވޯޓްކަމަށް ގުނައިގެން ވަރަށް ހިނިއައިސަހުރޭ...ވޯޓްގުނާ ނިމެންދެން ތިހިނިތުންވުމުގަ ހުރެވިދާނެ
ފޯމުސެޓް
12 August 2018
މިސަރުކާރު އައި ފަހުން ފުރަތަމަ ލީ ފޯމު ލީއިރު ބުނި އެބުރު ނުލުބުނަސް ދެންއަންނަބުރުތަކުގައި ދެން އިތުރަށް އެހެން ފޯމެއް ފުރާކަށް ނުޖެހޭނެޔޭ. ޢެކަމު އެކަންވެސް ވީ ހަމަ ވޯޓުހޯދަން ބުނެލި ބުނުމަކަށް. ފަހުން މުއިއްޒު އޭރުކިހާ ޅެން ވީ ފަރިއްސައް. ޢަލުން ފްލެޓުފޯމް ފުރާށޭބުނެ ދިން ސުންގަޑި އަދި ހަމަނުވޭ، އަނެއްކާ އަނެއް ފޯމުސެޓު ހުޅުވާލީ. ޓިހުޅުވުނީ ހިޔާވަހިކަމަކަށްނޫން. ތި ހުޅުވަނީ ހުސް ފޯމު ނަގާގފަ ފޯމުލާން.