ކޮމިޝަނުގެ މެމްބަރުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
17 އޯގަސްޓް 2018 - 18:36
އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޓީވީ ޗެނަލްތަކުން ވަގުތު ދިނުމާ ގުޅޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކުރި އުސޫލަށް އަމަލުކުރަން ޖެހޭނީ ޚަބަރާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަން ގެނެސްދޭ ބްރޯޑްކާސްޓަރުން އެކަނި ކަމަށް ކަނޑައަޅައި އެ އުސޫލަށް އިސްލާހެއް ގެނެސްފި އެވެ.
މި ރިޔާސީ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ޓީވީ ޗެނަލްތަކުގެ ވަގުތު ދިނުމުގައި، އާންމުކުރި އުސޫލުގައި ކުރިން ބުނެފައިވާ ގޮތުން، ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނަގާފައިވާ ކޮންމެ ފަރާތަކުން ވެސް އެ އުސޫލަށް އަމަލު ކުރަންޖެހެ އެވެ.
އެކަމަކު، އެ އުސޫލުގައި ބުނާ ބްރޯޑްކާސްޓަރުންނަކީ ކޮބައިކަން ބްރޯޑްކާސްޓިން ކޮމިޝަނުން އަލުން މާނަކޮށް، އިސްލާހު މިއަދު ގެޒެޓް ކޮށްފައިވާއިރު، އެ އަށް ފެތެނީ "ޚަބަރާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަން" ގެނެސްދޭ ބްރޯޑްކާސްޓަރުން އެކަންޏެވެ. އަދ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިގެން ބްރޯޑްކާސްޓް ކުރާ ޗެނަލްތަކަށް ވާން ޖެހެ އެވެ.
"Inthikhaabee candidatunnah broadcasterunge vaguthu khaassa kurumuge hamathah bayaankurumaai, idhaaree fiyavalhu elhumaa behey usool" ah islaaheh genes e islaahu aammu koffi.https://t.co/74j7RsEogd
— MVbroadcom (@broadcomMV) August 17, 2018
މިދިޔަ ހޯމަ ދުވަހު ގެޒެޓް ކުރި ކެންޑިޑޭޓުންނަށް ވަގުތު ހުސް ކުރުމާ ބެހޭ އުސޫލަގައި ވަގުތު ވިއްކުން ނުވަތަ ހިލޭ ދިނުން ލާޒިމްވެ އެވެ. ނަމަވެސް އެ ވަގުތުގައި ގާނޫނާ ހިލާފް ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފި ނަމަ ޒިންމާ ނަގަންޖެހެނީ އެ ސްޓޭޝަނަކުންނެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިގުތިސޯދީހިމާރު
18 August 2018
އިބޫގެ ދައުރުގަ މިހާރު މިހަދާ ގަވައިދުތަކަށް އެއްވެސް ބަދަލެއް ނުގެންނަން ފެންނަނީ.
ގުނބޯ
18 August 2018
ހަދާއެއްޗެއް ހަދާ އިންޝާ ﷲ ދެންމާގިނަދުވަހު ތިކަންތިހެނެއް ނުކުރެވޭނެ ކީއްވެތަ ގަވާއިދުގަަ ނުލިޔުނީ ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުން 24 ގަޑީއިރު ދައްކަންޖެހޭނީ އަބްދުﷲ ޔާމިނުކަމަށް ހަހަހަ ކިތަންމެ ވަރަކަށް ދެއްކިޔަސް އޭނަޔަށް ވޯޓެއް ނުދޭނަން އެއީ ޔަގީންކަމެއް
މަރޭމިތުރާ
17 August 2018
[[ބްރޯޑްކޮމް އުސޫލުތައް ބަލާއިރު ވަރަށް ޖޯކޭ! ބޮރޯމެން ތިތާތިބެ ގަވާއިދު ހަދާގޮތް ހާދަ ފޭކޭ!]]
އަޖީތު
17 August 2018
އަމިއްލަ ބްރޯޑްކާސްޓަރުން ދައްކާނެ އެއްޗެއް އިގޭނީ އެތަންތަން ހިންގަން ޚަރަދު ކުރާ ބަޔަކަށް. ރައްޔިތުންގެ ފައިސާއިން ހިންގާ ތަންތަނުގައި ތިޔަ ބުނާ ހަމަހަމަކަން އޮންނަޖެހޭނީ.
ވާލުސޮރު
17 August 2018
ރާއްޖެ ޓީވީ ޖޫރިމަނާ ދައްކާލަން ރަނުގެ ފުރުސަތެއް. ވަގުތު ވިއްކާ ގަޑި އަށް ނަގާ އަގު ބޮޑުކޮށްލީމަ އެވީ. އެކަމަކު ފަހުން ދައްކާގޮތަށް ބިލް ހަދަންޏާ އެމް.ބީ.ސީ ގެ އެކައުންޓް އަށް ޖަމާކުރެވޭގޮތަަށް ބޭންކް ގެރެންޓީ ޗެކް އަތުލަންވާނެ. އެހެންނޫނީ ވަގުތު ވިއްކަންވާނީ އެޑްވާންސްކޮށް ފައިސާ ނަގާފަ.
-- ފާރު ނޫސް
17 August 2018
ކަލޭމެން ގަވާއިދު ހަދަމުން ހަދަމުން ގޮސް ހެދުނު އެއްޗެއް ވެސް ނު ހެދުނު އެއްޗެއް ވެސް ކަލޭމެންނަކަށް ! ނޭގުނު އަހަރަމެންނަށް ވެސް ނޭގުނު
ފައި
17 August 2018
ބްރޯޑުކޮމްއަކީބައެއްޗެނަލްތަކުންސަރުކާރަށް ފައިސާހޯދަދޭބައެއްމިއިންސާފެއްނެތްގޮތަށްހޯދި ފައިސާތައްވެރިކަންބަދަލުވީމާމިމީހުންއަތުން ހޯދައްޖެހޭނެ
ސދމު
17 August 2018
މިހާދަ ނުބައި ގަވާއިދެކޭ. ވަގުތުދޭން މަޖްބޫރު. އެކަމަކު އެ ވަގުތުގައި ދައްކާވާހަކައިގެ ޒިންމާ ނަގަވްޖެހެނީ ޗެނަލްތަކުން. މިއީ ދުނިޔޭގައި މިހާތަނަށް ބަޔަކު ހެދި އެންމެ ބޭއިންސާފު ގަވާއިދު. ސަދމު