ޚަބަރު / ހދ. ކުޅުދުއްފުށި

އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ: ރީޖަނަލް އެއާޕޯޓްސް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހުސްކުރަން ޖެހޭ 18 ގެއެއްގެ ތެރެއިން 12 ގެއެއް ހުސްކުރަން އެއްބަސްވެފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

އެއާޕޯޓް އެޅުމަށް އެ ރަށު މޫދުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރުގެ ބިން ހިއްކާފައިވާއިރު ރަންވޭ އަޅައި ޓާމިނަލްގެ މަސައްކަތް ފެށެން އޮތީ އެ ސަރަހައްދުގައި ހުރި ބައެއް ގެތައް ނަގައިގެންނެވެ. އެ ގެތަކުގެ ބަދަލުގައި އާ ގެތަކެއް އަޅަން ކުޅުދުއްފުށިން ބިމާއި ފައިސާ ދޭން ސަރުކާރުން ނިންމާފައިވީ ނަމަވެސް ބަދަލުގެ ގޮތުގައި ދޭން ބުނާ އަގާ މެދު ބައެއް ގެތަކުގެ ވެރިންނާ އެކު އެއްބަސްވުމަކަށް އަދި ނާދެވެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ އެއްބަސްވުމަކަށް އާދެވިފައިވާ 12 ގެއެއްގެ ކަންކަން ނިންމުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ބާކީ ހުރި ފަސް ގެއެއްގެ ވެރިންނާ އެކު މަޝްރަވާ ކުރަމުން އަންނަ ކަމަށާއި އެކަން ވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ސާމީ ވިދާޅުވި އެވެ.

Nagan jehey gethakuge massalaagai Kulhudhuffushi airport ge masahkathah huras elhifai!

Nagan jehey gethakuge massalaagai Kulhudhuffushi airport ge masahkathah huras elhifai!

The most trusted news source in the Maldives

Mihaaru

ގެތައް ނުނެގި ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތައް ހުރަސް އެޅުން--

"އަޅުގަނޑުމެން މިބަލަނީ އީދު ބަންދަށް ފަހު ގެތައް ހުސްކުރުމުގެ ކަންކަން ކުރެވޭނެ ކަމަށް. އެ ގެތައް ހުސް ނުކުރެވިގެން މަސައްކަތަކަށް މަޑުޖެހުމެއް ނާދޭ،" ސާމީ ވިދާޅުވި އެވެ.

ހުސް ކުރަން އެއްބަސްވި 12 ގޭގެ ބަދަލުގައި ދޭން ނިމި ބިމާއި ބަދަލުގެ ގޮތުގައި ދޭ ފައިސާގެ ތަފްސީލެއް ސާމީ ނުދެއްވަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ހުށައަޅަނީ ގެއަކަށް 400،000-800،000ރ. އާ ދެމެދުގެ އަގެއް ދޭށެވެ. އެކަމަކު ގެތަކުގެ ވެރިން ބުނަނީ އެ އަގުގައި މިހާރު ގެއެއް ނޭޅޭނެ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބް ރައީސް އަލީ ހާޝިމް ވިދާޅުވިގޮތުގައި ބަދަލުގެ ގޮތުގައި ބިން ދޭ ސަރަހައްދާއި އެހެނިހެން އެއްވެސް ތަފްސީލެއް ކައުންސިލާ ހިއްސާކޮށްފައެއް ނުވެ އެވެ. އެ ކައުންސިލްގެ ނިންމުމަކީ ގެތައް ހުސްކުރެވޭނީ ހަމަ އަގުދީގެންނެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީން 2013 ގެ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަކު ދައުރު ނިމެން ތިން މަހަށް ވީއިރު އެއާޕޯޓްގެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ. މަޝްރޫއުގެ ބޮޑު ބައެއްގެ މަސައްކަތް އަދި ނުވެސް ފެށެ އެވެ.

8 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 0%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޖީތު

19 August 2018

ސަރުކާރުން 4 ކޮޓަރީގެ ފްލެޓެއް ރައްޔިތުންނަށް ވިއްކަންވީމާ 4 މިލިއަން ރުފީޔާއަށް. ރައްޔިތެއްގެ 4 ކޮޓަރީގެ ގެއެއް ސަރުކާރަށް ނަގަންވީމާ ބަދަލަކަށް 4 ލައްކަ ރުފިޔާ؟ ހާދަހާ މޮޅު އިންސާފެކޭ ދެއްތޯ؟

The name is already taken The name is available. Register?

ސާބަހޭ

19 August 2018

ރަށުން މީހުން ފައިބައިގެން ނަމަވެސް އެއަރޕޯޓް އެޅޭތޯ ބަލާތި... ހަހަހަހަހަހަހަހަ

The name is already taken The name is available. Register?

‫ރަސް

19 August 2018

‫ކުރިންވެސް ގޮތް ދޫކުރިނަމަ މިހާރު އެއަޕޯޓު އައް ފުލައިޓު ޖައްސާނެ

The name is already taken The name is available. Register?

ޑަސްޓު

19 August 2018

ރަށުގެ ތަރައްޤީ އަށް ރަށުގެ ރައްޔިތުންގެ ކުރިމަގަށް ކުރާ އެއްވެސް ކަމެއްގައި ހުރަސް އެޅުމަކީ ރަށާ ރަށުގެ ރައްޔިތުން ދެކެ ލޯބި ވާ ބައެއްކަމަށް ގަބޫލެއް ނުކުރެވޭނެ.ކޮންމެ ގޮތެއްވިޔަސް އިނދިކޮޅު ބޭފުޅުން ތިކަން ވިޔަނުދިނު މައްޓަކައި ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރާނެ.މީއެއްވެސް ޝައްކެއް އޮތްކަމެއް ނޫން.ދެރަކަމަކީ ނޭޅިއްޖިއްޔާ އިނދިކޮޅު މީހުން އުފާކޮށް ބޮނޑިބަތް ކައްކާއިރު ރަށުގެ ރައްޔިތުންނަށް ހުރިހާ ގެއްލުމަކާ ދެރައެއް.ކުޅުދުއްފުށީ ރައްޔިތުން ވިސްނާތި،އިނދިކޮޅަކު ނެތް ތިބޭފުޅުންނަށް ހެޔޮއެދޭ އެކަކުވެސް. ރައީސް ޔާމީން 2018 އިންޝާ ﷲ.

The name is already taken The name is available. Register?

މޫސަ123

19 August 2018

އިދިކޮޅަށް ކާމިޔާބު ވާނެ ކަލޭމެން ކިތަންމެވަރަކަށް ތެޅުނަސް އަދި އޭރަށް ކަލެއަށްވެސް "ބިރަކާނުލާ މަޖާކުރެވޭނެ"

The name is already taken The name is available. Register?

ވަގުކަލޭގެ

19 August 2018

މަ ރޔާމީންއަށް ތާއީދު ނުކުރިޔަސް.. ތަރައްޤީ މިޤައުމަށް ގެނެސްދިން ކަމަށް އެއްބަސްވަން.. އަދި ކުޅުދުއްފުށީ އެއަރޕޯޓްގެ ވައުދު ގެތަކުގެ މައްސަލަ ހައްލުވިނަމަ މިހާރު ދެން ނިމިފަކަންނޭނގެ ހުންނާނީ..

The name is already taken The name is available. Register?

ސދފސ

19 August 2018

އަގުދޭންޖެހުމަކީ ކައުންސިލްގެ ނިންމުމެއްނޫން. ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާކަމެއް، ސަރުކާރުން ކުރަމުންދަނީ އެގޮތުގެ މަތިން.

The name is already taken The name is available. Register?

ބަލާބޮޑު

19 August 2018

ކައުންސިލްތަކަކީ ފިތުނަކުރަން އުފައްދާފަހުރި ތަންތަން. ދެން ސަރުކާރުން އެއާރޕޯޓް ނޭޅީއޭ ބުނުމުގެ މާނައެއްނެތް.. ގަސްދުގަ ހުއްޓުވަން ކުރެވުނުކަމެކުރަނީ އިދިކޮޅުން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454