ބޮޑުތަކުރުފާނުމަގު ގައި ތާރު އަޅައިގެން ހެދި ސަރަހައްދުން މީހަކު މިއަދު ހިނގާފައި ދަނީ: މި މަގު އާއްމުކޮށް ހުޅުވާލާނީ އަންނަ ހޯމަ ދުވަހު.
30 އޯގަސްޓް 2018 - 23:33
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި ހުޅުވާލާނީ އަންނަ ހޯމަ ދުވަހު ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ މަގުގައި ތާރު އަޅައިގެން ހެދި ބައި ހުޅުވާލާނީ މިރޭ ނޫން ކަމަށެވެ.
ހައުސިން މިނިސްޓްރީން އެހެން ބުނިއިރު، ސިނަމާލެ ބްރިޖް ހުޅުވުމުގެ ހަފުލާ ބޭއްވުމަށް ބޮޑުތަކުރުފާނު މަގަށް ވަނުމަށް ބައެއް ވެހިކަލްތައް ވަނުމަށް ހުޅުވާލި އެވެ.
ބްރިޖަށް ދަތުރުކުރަން ބޮޑު ތަކުރުފާނު މަގުން ފުޅާ ކުރަން ހަމަޖެއްސި ސަރަހައްދުގައި ތާރު އަޅައި ނިންމީ މިއަދު އެވެ.
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ތާރު އެޅި އިރު، އެ މަސައްކަތުގެ ދަށުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑު ތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ވަނީ ފުޅާ ކޮށްފަ އެވެ. އެ މަގު ފުޅާކުރަނީ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށެވެ.
ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑު ތަކުރުފާނު މަގުގެ އުތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
31 August 2018
ހަވާ އަރުވާނެ ތޯ
ހުޝާމް
31 August 2018
ހިތާމައާއެކު ދަންނަވާލަން ޖެހެނީ ވަރަށް ފެންވަރު ދަށޭ.
ބޭރުގައުޅޭތީ
31 August 2018
ހަބަރުގަ ޗާޓެއް ހިމަނާލިނަމަ. އިންޑަސްޓްރިއަލް ވިލެޖްކިޔާތަނެއް އަޑެއްނާހަން
ހަސަން
31 August 2018
ހުޅުވާއިރަށް ދެފަރާތަށް ކާރު ، ލޮރީ ، ސައިކަލްތަށް ޖަހާ މަގު ފުރާލާނެ ...
މާލެ މީހާ
31 August 2018
ބީޗުގެ ބަޔަކާއި ސެނަހިޔާ ކުރިމަތީ އޮތް ހުސްބިމުގައި ރަނގަޅު ޕާކިންގް ޒޯނެއް ނުވަތަ ބިލްޑިންގްއެއް ހަދަން ފެނޭ. އަސްލު ކޮންސްޓްރަކްޝަން ކޮމްޕެނީ ތަކުގެ ބަރު އުޅަނދު ތަކާއި، ރާއްޖެއައް އިމްޕޯޓުކުރާ ގޮތަށް، ނަހަދާ ބޭނުން ނުކޮށް ޕާކު ކުރާ އުޅަނދު ފަހަރު ބޭރު މަގުގައި ވަރަށް ގިނަ. އެގޮތަށް ޕާކް ކުރުމަކީ މަނާވެސް ކަމެއް. ޕޮލިހުން އެފަދަ ވެހިކަލް ތަށް ޓޯކޮށް ގެންދަން ޖެހޭނެ.
އަޅޭ79
31 August 2018
ތީކީ މައްސަލަ އެއް ނޫން މިހާރު ބުރިޖު ނިމިއްޖެ ހުވަފެން ހަގީގަތަކައް ބަދަލްވެއްޖެ.
ރާޑޯ
31 August 2018
އުފާވެރި ޚަބަރުތައް ފުލުފުލުން އަންނަބީ
ކުއްޓި
31 August 2018
ފުލުފުލުގަ ގޮސް 23 ސެޕްޓެމްބަރު ގަ ހިތާމައަށް ރެޑީވެތިބޭ ...
އެއްމިލިއަން ދެރުފިޔާ
31 August 2018
ކޮންމެއަކަސް ވަރަށް މަސައްކަތް ކޮށްފި. ތަރައްގީން ލިބޭ ވޯޓުލިބޭނެ، އެހެންނަމަވެސް ކޮރަޕްޝަނަަށް ވަރަށް ބޮޑުބައި އެބަގެއްލޭ!!. މިބައިރަނގަޅު ކޮއްލިނަމަ 80% ލިބޭނެ، މަކަރު ނުހަދާ..!!
އަމީތް
30 August 2018
ޝުކުރިއްޔާ ނަޝީދު..ނަޝީދުގެ ހިޔާލެއް މީ..ބޮޑުހޮސްޕިޓަލްވެސް ނަޝީދުގެ ދުރުވިސްނުން..ސުކުރިއްޔާ ނަޝީދު
ރާޑޯ
30 August 2018
މިބުރިޖާއި މަގުތައް ހައްދަވައި ރަގަޅު ފެންވަރަކަށް ބަދަލު ކޮށްލަން ކެރުނު ރައީސަކީ ހަމަ އެކަނި ޔާމީން
ރާޑޯ
30 August 2018
އެމްޑީޕީ ހިތް ކުދިކުދި ކޮށްލި ބުރިޖު ބަލަން އެޕާޓީ ކުދިން ވެސް ދިޔަ.