ޚަބަރު / އެމްޑީޕީ

ހިޔާލު ހުށަހެޅުމުގެ ފުރުސަތު ނުދެނީ ވެރިކަން ދިފާއުކުރަން: އެމްޑީޕީ

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން. އާއްމުންގެ ހިޔާލު ބަލައިނުގަތުމަށް ކޮމެޓީން ނިންމުމުން އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ނުދީ، ގާނޫނު ހަދާ މަޖިލީހެއްގައި ވެސް އަމަލުކުރަން ޖެހޭ އުސޫލްތަކާ ހިލާފު ހުދުމުހުތާރު ގޮތްތައް އިސްކުރަމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދިފާއުކުރަން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެ ބިލަށް ހިޔާލުފާޅުކުރަން ހުޅުވާލި ފުރުސަތު މަޖިލީހުގެ ކޮމެޓީން ވަނީ "ބާތިލްކޮށްފަ" އެވެ.

މިކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ކުއްލި ގޮތަކަށް ކޮމެޓީން ނިންމީ ވަރަށް ހުދުމުހުތާރު ނިންމުމެއް ކަމަށެވެ. އެ ނިންމުމުން ދޭހަވަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން ގާނޫނުތައް ހަދައި ރައްޔިތުންނަށް ބިރުވެރި މާހައުލެއް ގާއިމުކުރަން ރައީސް ޔާމީންގެ ސަރުކާރުން ކެތްމަދުވެފައިވާ މިންވަރު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"ގާނޫނު ހަދާ މަޖިލީހެއްގައި ހުންނަން ޖެހޭ އެންމެހާ ޕްރޮސީޖާތަކާއި ޑިމޮކްރެޓިކް ހަމަތަކެއް ނައްތާލައި ހުދުމުހުތާރު ގޮތްތައް އިސްކޮށް އެފަދަ ގާނޫނުތައް ހަދައި ރައްޔިތުން ގުރުބާން ކުރަމުން އެ ގެންދަނީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ ބޭނުންފުޅަށް، އެމަނިކުފާނުގެ ވެރިކަން ދިފާއުކުރެއްވުމަށްޓަކަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް އެފަދަ ބިލްތައް ފާސްކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ ސަރުކާރު މެމްބަރުންނަށް ވެސް ބިރުދެއްކެވުމާއި ބްލެކްމޭލްކުރުމެވެ."

ހިޔާލުފާޅުކުރުމާއި ނޫސްވެރިކަން ނައްތާލަން މަޖިލީހަށް ހުށަހަޅާފައި ވަނީ ނުރައްކާތެރި ބިލެއް ކަން ފާހަގަކޮށް އެމްޑީޕީގެ ކަންބޮޑުވުންތައް ބަޔާނުގައި ތަކުރާރުކޮށްފައިވެ އެވެ.

އެ ބިލަކީ، އެމްޑީޕީން ބުނިގޮތުގައި، ދައްކާ ވާހަކައަކުންނާއި ކުރާ ޓުވީޓަކުންނާއި ކުރަހާ ކުރެހުމަކުންނާއި ހަދާ ޅެމަކުން ނުވަތަ ކުރަހާ ކުރެހުމަކުން ނުވަތަ ނަގާ ފޮޓޯއަކުން ވެސް 50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ނަގައި ހަ މަހުހެ ޖަލު ހުކުމެއް އަންނަ ގޮތަށް އެކުލަވާލާފައި އޮތް ބިލެކެވެ. ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ކުޅަދާނަވެގެން ނުވާ އަދަދުތަކުން ޖޫރިމަނާކޮށް ދިގު މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް މި ގާނޫނު ފަރުމާކުރީ ވެސް ރައްޔިތުންގެ ހިޔާލު ހޯދުމަކާ ނުލައި ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

34 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިޔުންތެރިޔާ 767

07 August 2016

އަބުރުގެ ބިލު ފާސްކޮށް ނިމުމުން ސަރުކާރަށް ތާއީދު ކުރާ މީހުން، އިދިކޮޅު ފަރާތްތަކަށް ކުރާ ތުހުމަތުތަކަށް، އިދިކޮޅު ފަރާތްތަކުން އަބުރުގެ ދައުވާ، ސަރުކާރަށާއި އެމީހުންގެ މައްޗަށް ކުރެވޭނެ. އޭރުން ސަރުކާރުން އިދިކޮޅު ފަރާތްތަކަކަށް ފާޑުވެސް ނުކިޔޭނެ. އިދިކޮޅު ފަރާތްތަކުން ރަސްފަންނުގަ އިން ނަޖިސް ހޯޅިއެއް ފަޅާލި ވާހަކަ އާއި އެތަނަށް ކަޅުތެޔޮ އެޅި ވާހަކަ ހައިސިން މިނިޓަރަށް ފެނުނު ވާހަކަ ބުނެފައިވާތީ އެމައްސަލަ އަބުރުގެ މައްސަލައަކަށް ވާނެ. ހެއްކެއްނެތި ބައެއްގެ ބޮލުގައި މި އަޅުވަނީ އަބުރަށް ހުތުރުވާ ގޮތައް. މުއިޒު ކުރާ ތުހުމަތުތަކުގެ ސަބަބުން އިދިކޮޅުޕާޓީއަށް ތާއީދު ކުރާ ހުރިހާ ލޮބުވެތި ރައްޔިތުންގެ އަބުރާ އެ ބެހެވެނީ. މިކަން ސަރުކާރުގައި ގަޓެއް ހުރިއްޔާ ބަލައި މުއިޒު ޖޫރިމަނާ ލާރި ހުރިހާ އިދިކޮޅު ރައްޔިތުންނަށް އެބަ ދޭން ޖެހޭ. އަމިއްލަޔައް ފޭހުނު އިލޮށި ލޮލަށް.

The name is already taken The name is available. Register?

އަލިބެ

06 August 2016

ބިލުފާސްކުރިއަސް ވާނެއެއްޗެއްވެ އޮތީ ނިމިފައި. އިތުރަށް ގެއްލޭކަށް އަބުރެއްނެތް. އަބުރު އޮތީ ގެއްލި ނިމިފައި. ވަގުން ވާނީ ހަމަ ވަގުންނަށް. ޚިޔާނާތްތެރިން ވާނީ ހަމަ ޚިޔާނާތްތެރިންނަށް. ރިޝްވަތުބަހާ މީހުން އަމިއްލައަށް ބުނަނީ ފައިސާ ގޯނި ހިފައިގެން ދިޔަވާހަކަ. ފައިސާ ދޭ މީހާ އަމިއްލައަށް ބުނީ، ތިމެންނަ ދޭފައިސާއޭ. ފައިސާ ހޯދާގޮތް ބަލާކަށް ނުޖެހޭއޭ. މިކަންކަމަކީ ނުވާކަމެއްކަމަކަށް ނުދައްކާ ވާހަކައަކަށް ނެހެދޭނެ ދެނެއް. ތިމާމެން އަމިއްލައަށް ތިމާމެންގެ އަބުރު ނަގާލާފަ ދެން ކޮން އަބުރެކޭ ކިޔައިގެން ބިލެއް ފާސްކުރާކަށް. ގެއްލިއްޖެ އަބުރެއް ޤާނޫނަކުން ނުލިބޭނެ. އަހަރުމެން ތިޔަ ޤާނޫނު ފާސްކުރިއަސް މިހުރިހާ ވާހަކައެއް ކިޔާނަން. މިވާހަކައަކީ ތިޔަބައިމީހުން ނުދައްކާ ވާހަކައެއްކަން ނިކަން ސާބިތުކޮށްދީބަލަ.

The name is already taken The name is available. Register?

ކެތިބޯ

06 August 2016

ފެންނަ ފެނުމުގަ ވެރިކަމުގެ ބާރު ދަނީ ކެނޑެމުން ރޫޅެމުން

The name is already taken The name is available. Register?

ިުޔޖހ

06 August 2016

ފިގުހު އެކަޑަމީ ބުނީ ނުބައި ވެރިން އަންނާނީ ނުބައި މީހުންގެ ތެެރެއަށޭ މިއަށްވުރެ ސާފުކޮށް މީހަކަށް މިކުރަނީ ވިޔާނުދާ ކަންތަކޭ ބުނެވޭނެތަ؟ ޝުކުރިއްޔާ ފިގުހު އެކަޑަކީ ދެން ޔާމީނު މީޑިއާ ޕީއެސްއެމްއިން އެތަންކޮޅު ރިޕީޓްކޮށް ދައްކާތި.

The name is already taken The name is available. Register?

ހަސަން.

07 August 2016

ޔޖހ ތިޔަ ބުނީ ރަގަޅަށް . މިހާ ނުބައި މީހުންގެ ތެރެއިން ވެރިކަން ކުރަން ނިކުންނާނީ ވެސް ނުބައި މީހެއް. އެހެންވީމާ އަހަރެމެންގެ މައްސަލައެއް ނެތް. ރައްޔިތުން ފުރަތަމަ ރަނގަޅު ވެގެން ދެން ވެރިމީހާ ރަނގަޅު ކުރަން އުޅުނިއްޔާ ތަންކޮޅެއް ރަނގަޅު ވާނެ.

The name is already taken The name is available. Register?

މެންޓަލިސްޓް

06 August 2016

މަޖިލިސް މެންބަރުކަމަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޙްގައި މުއްސަނދިވުމުގެ ތަޅުނދަޑި ކަމުގައި ގިނަމެންބަރުން ދެކެނީ އަދި އަމަލުކުަރަމުންވެސް ދަނީއެހެން ، ކުރީއްސުރެއް މަޖިލިސްގެ މެންބަރުންނަކީ ވަރަށް ހާއްސައިނާޔަތްތަކާއި އެެއިރެއްގައި އޮންނަސަރުކާރުތެރޭން ވަރަށް ގިނަކަންކަން ނުކަސިޔާރުކޮށް ކުރުމުގެ ބާރުލިބިފައިވާބައެއް ، މިހެއްއޮއްވާ ރާއްޖެއަށް ޕާޓީސިސްޓަމްއައިސް ޕާޓިތަކުން މެންބަރުން ކުރިމަތިލައިގެން މަޖިލިސްއަށް ހޮވުނީ ،، ދެން ކަންހިގާދިޔަގަކީ އެއްޕާޓީންއަނެއްޕާޓީއަށް ބަދަލުވަމުންދިޔައީ އޭގެ އިނާމެއްގެގޮތުގައި ގޯތިގެދޮރާއި ކާރާޢި ފްލެޓް އަދި ފައިސާ މިލިއަނުން ލިބެމުންދަނީ ،، މެސީމެން ރޮނާލްޑޯމެން ކުލަބްތަކަށް ޓްރާންސްފަރ ވާއުސޫލްއާޢި އެއްކަހަލަ ގޮތަކަށް ކަންކަން ހިނގަމުން ދިޔައީ ،،، މިކަންތަށް އެންމެބާރަށް ހިނގަންފެށީ ރައީސް ނަޝީދުގެ ސަރުކާރުން ، މިގޮތުން އަގުބޮޑު ކުޅުންތެރީންގެ ގޮތުގައި ބަދަލުވީ އަލީވަހީދު ، އަލްހާން ، ސަލީމް ނާޒިމް ،،، ފާހަގަކޮއްލެވޭ ، އެމް.ޑީ.ޕީމީހުން ނުދެކޭނެ އެކަމަކީ ރިޝްވަތުދިނުންކަމަަކަށް އެވާނީ ހަދިޔާއަށް ނޫނީ އިނާމަށް ، މިދިޔަ އިންތިޙާބުގައިވެސް ޖޭޕީއިން ޕީޕީއެމްއަށް ބަދަލުވި މެންބަރުންނާއި އެމް.ޑީޕީއިން ބަދަލުވިމެންބަރުންވެސް އަގުބޮޑު ކުޅުންތެރިންގެ ގޮތުގައި ބަދަލުވީ ،،، ވީމާ ހުރިހާ ޕާޓީތަކުންވެސް މިކުޅެނީ އެއްކުޅިއެއް ، އެކަމު އެއްބަަޔަކު އަނެއްބަޔަކަށް މިގޮވަނީ ރިޝްވަތުދެނީއޭ ، ވައްކަމޭ ވަގުންނޭ ،، އަޅުގަނޑު ދަންނަވާނީ ފުރަތަމަ ޕާޓީގެ ތަކުގެ އިސްވެރިން ފުރަތަމަވީ އިސްލާހްވެ ފައިސާއަށް މީހުންގަތުން ހުއްޓާލަން ،،،، އޭރުން މަޑުމަޑުންނަމަވެސް ކަންކަން ރަގަޅުވަމުންދާނީ ،، ވަރަށް ސަލާމް ،

The name is already taken The name is available. Register?

ދދ

06 August 2016

އެމަޖިލިހަކީ މެމްބަރުންގެ ސުޕަރމާކެޓް އެތާތެރޭގައި ހިންގަނީ ވިޔަާރި ޑީލް ބައި އެޅުން!

The name is already taken The name is available. Register?

އައްޔު

06 August 2016

ކުދިންނޭ މިއޮތީ ރަނގަޅު ޅައެއްޗެއް އެޅިފަ. 2018 ވޯޓުނުލާން ނުދިޔަސް އިލެކްންރޯނިކަލީ އެންމެންގެ ވޯޓްލައްވާނެ. އަދި އެއެންމެންގެ ވޯޓް ހޯދަންވެސް ހޯދާނެ. މިހާރު މިހެން ސައިޓަކަށް ވަދެ ކޮށްލާ ކޮމެންޓަކުން އެދެވޭ ހެޔޮ ބަދަލެއް ގެނެވޭވަރަށްވުރެ މިގައުމު މިއޮތީ މާބޮޑަށް ކުނިވެފަ. އަންނިއާ އުމަރު ދެއްކިވާހަކަ ތެދުވެއްޖެ. ސުކުރިއްޔާ ގައުމު.

The name is already taken The name is available. Register?

ގަމީރާ

06 August 2016

ޔާމީން ބުނީ ފައިސާ ބަހަމޭ އެމްއެމްޕީއާރުސީ ކައިފިއޭ ވެސް ބުނީ ޔާމީނު ބޭންކް ސްޓޭޓްމެންޓް ޔާމީން އެކައުންޓަށް ޖަމާކުރި ހެކި އެއޮތީ ޖަަލަށް ލާފައި. މެމްބަރު ބުނީ ގޯންޏަށް އެޅީމޭ އެ ކައިގެން ބިލެއް ހަދައިގެން މައްސަލަ އެހިސާބުން ނިމޭނެ ކަމަށް އެތިބީ

The name is already taken The name is available. Register?

ގފފ

06 August 2016

ރާޢްވިއްކުމަ ބެހޭ ގޮތުން ފިގުހު އެކަޑަމީއާ ޝޭހުންގެ ހިޔަލު ހޯދައިގެންތަ އެ ވިއްކަނީ މަލީ ގާނޫނު ރިބާ ހުއްދަ ކުރިއިރު ތިޔަ މީހުންގެ ހިޔާލު ހޯދިތަ؟ އޫރު މަސް އެތެރެކޮށް ވިއްކަ އެއިން ޓެކްސް ނަގާ އެޓެކްސް އަހަރެމެންނަށް ކާންދެނީ އެއީ ތިޔަ މީހުންގެ ހިޔާލު ނުހޯދާތަ؟ ދެން މީއްޗަކަށް މިމީހުންގެ ހިޔާލު މުހިއްމުވެގެން އެމީހުން ބުނާ ގޮތަށް ހަދާކަމަށް ދައްކައިގެން މިއުޅެނިއްޔޯ ދެން އަނެއް ސުވާލު. ގޭގައި އޮތްނަމަ އަބުރަކާ ނުބެހޭނެ ދޯ. އަހަރެންގެ ފައިސާ އަހަރެން ފިހާރަސޭޓަށް ލީމީހާ ކާލީކަމަށް ޝައްކުވީމާ މަ ހުންނަންވީ ހަނުތަ. ކިތައް ރައްޔިތުްނ އަބުރު ބިލު ނެހެދިގެން ޝަކުވާ ކުރި މިކަހަލަ ކަންތައް ދީނަ ވިއްދާ ކޮށް އިސްލާމް ދީނުގެ ނަން ޒުވާނުންގެ ކުރިމަތި ކިލަނބުކުރުން ހަމަ މިހާރު ހުއްޓާލުމަށް ގޮވާލަން. ތިއަކީ ދީނެއް މިއްލަތެއް އާޚިރަތެއް އޮތް ކަމަށް ދަނެގެން އުޅޭ ބައެއްނަމަ ކަންކަން ކުރާނީ ގުރުއާނުގައި ބާވާލެއްވި އެކަލާނގެ ވަހީބަސްފުޅުގައިވާ ޝޫރާގެ އުސޫލުން ރަސޫލާ އުހުދު ހަނގުރާމައަށް ވަޑައިގެންނެވީ ލިބުނު މަޝްވަރާ ކަނޑައެޅިގެން ލަނޑު ލިބޭނެ ކަން އެނގިހުރެ އެންމެންގެ ރައުޔަށް އިހުތިރާމް ކުރުމުގެ ގޮތުން. މިކަހަލަ އެތައް މިސާލެއް ދީނުގައި އެބަހުރި މިޒަމާނުގައި ވެރިކަމާ ހުދި ބޫތު ކައިފާ ތިބި ބަޔަކު ދީނަށް ފުރައްސާރަކުރަނީ މިކަހަލަ ދެއުޅި އެއްނުވަ ކަންކަން ކޮށްގެން. ދެން ނިންމާލަމުން ބުނަން އޮތީ އަހަރެމެންގެ 3.4 ބިލިއަން ރުފިޔާ ހަމަ މިހާރު ދޭށޭ. ވަގަށް ކެއަސް އެހޯދާނަމޭ. އަދި މީ އަމިއްލަ އިއުތިރާފޭ. ވަގަށް ނުގޮވާށެ ގޮވާއިރު. ލަދުފުޅު އަޅޭ ކޮބައިތޯ.

The name is already taken The name is available. Register?

ހަތާ / މެދު ޕްރޮވިންސް

07 August 2016

ޢުހުދު ހަނގުރާމް ކުރެއްވީކީ ލަނޑު ލިބިވަޑައިގަންނަވާނެކަން އެނގިވަޑައިގެން ހުއްނަވައެއް ނޫން އެހަނގުރާމައިގައި ބަލިވެ ވަޑައިގަތީ މިޒަމާނުގަ މިއުޅޭކަހަލަ މީހުންހެން މާއްދިއްޔަތައް ދަހިވެތި ވެވުމުގެ ސަބަބުން އަދި އެހެންމެ މުދާގަނޑު ފެނުމުން އެއެމާތް ނަބިއްޔާގެ ބަސްފުޅު ހަނދާންނެތި މަިދާން ދޫކޮށް މުދަލާއި ދިމާލަށް ދެވުނީމަ. އެތަންކޮޅު ފިޔަވާ މުކޮމެންޓް ވަރަށް ރަނގަޅު

The name is already taken The name is available. Register?

ވާގޮތް

06 August 2016

އަބުރާއި ބެހޭ ބިލަށް ޚިޔާލު ނޫންތޯ މިހާ ގިނަދުވަސް ވަން ދެން ނޫސް ތަކުގައި ކޮމެންޓްސް ތައް ގޮތުގައި ވެސް ރައްޔިތުން އެދިނީ. ޔަގީނުންވެސް މަޖްލީހުގެ މެމްބަރުން ވެސް އެކޮމެންޓްސް ތައް ބަލާނެއެވެ. އެހެން ކަމަށްވާނަމަ ދެން ކޮބާތޯ ރައްޔިތުންގެ ޚިޔާލު ނުހޯދިފައި އަބުރާއި ބެހޭ ބިލަށް. ރާއްޖޭގެ ހުރިހާ ރަޖިސްޓަރޑް މީޑިއާ ތަކުން ވަނީ ޚިޔާލު ދީފައި. ދެން ކީއްވެގެންތޯ ހުރިހާ ޓްވިޓަރުންގެ ފަރާތުން އިދިކޮޅު ރަންރީނދޫ މައި ޓްވިޓަރު މަޖްލީހުގެ ކޮމެޓީ އަށް ހާޒިރު ނުވީ ތިގޮތަށް ވާހަކަ ދައްކާނަމަ. އެއްގޮތަކަށް ވެސް އަބުރާއި ބެހޭ ބިލަށް އެކަމާއި ނުބެހޭ ރައްޔިތުންގެ ޚިޔާލު ނުހޯދީ އެއީ އެއްގޮތަކަށް ވެސް ސަރުކާރު ދިފާއު ކުރާ ކަށް ނޫނެވެ. އެއީ ރާއްޖޭގައި އެންމެންގެ އަބުރު ރައްކާތެރި ކުރުމަށްޓަކައި ސަރުކާރުން ކުރާ ކަމެކެވެ. އިންޓަރނެޓްގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ ވެރިކަން ކުރި ބޭފުޅުންގެ ހުތުރު ކާރޓޫން ކުރަހާފައި އެހުންނަނީ އެއީ ކީއްވެގެންތޯ އަޅެ އެކަކު ވެސް ޖަވާބު ދެއްވަންވީ ނޫންތޯއެވެ. މީ ހަމަ އަބުރަށް އަރައިގަތުން ނޫން ދެން ކޮން ކަމެއްތޯއެވެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

06 August 2016

އެކަމަކު ބުނަން ވާހަކައެއް، ކިތަންމެ ބިލެއް ފާސްކުރިއަސް ވައްކަން ކުރަންޏާ ވަގަށް ގޮވާނަން، ވަގަށް ގޮވުން ހުއްޓޭނީ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ވައްކަން ނުކުރާކަން ސާބިތު ކޮށްދިނީމަ، އެހެން ނޫނީ ތިޔަހެން ފާސްކުރާ ބިލަކުން އެކަން ނުހުއްޓުވޭނެ ވާހަކަ ވަރަށް އިޚްލާސްތެރި ކަމާއެކު ބުނެ އަންގަމެވެ، ނިކަން ގަޓެއް ހުރިއްޔާ ކުށުން ބަރީއަވެ ވައްކަން ނުކުރާކަން ސާބިތުކޮށްދީބަލަ، އހ.

The name is already taken The name is available. Register?

ޟސ×ަބސބޖޗކސ

06 August 2016

ބެލިއްޔާވެސް ބަލާނީ ތިޔަ ޕީޕީއެމް ކޯޑިނޭޓަރުންގެ ލިޓިލް ސިންގަޕޫރު ކޮމެންޓު ތޯއްޗެއް..

The name is already taken The name is available. Register?

ހަތާ / މެދު ޕްރޮވިންސް

07 August 2016

ވެރިއެއްނޫން އެހެންމީހެއްގެވެސް ހުތުރު ވައްތަރު ވައްތަރަށް ކާޓޫން ކުރަހާ ހެދުމަކީ އަބުރަށް އަރއިގަތުންކަމަށް ބެލެވޭނެ އއެހެންނަމަވެސް އެއްމެންވެސް އެދައްކާ ވާޙަކައަކީ ކުށެއްނެތް މީހަކާ ދިމާލަށް ކަލޭތީ ވަގެކޭ ބުނުންފަދަ ހަޑިހުތުރު ޢަމަލުތައް ހުއްދަކުރާ ވާހަކައެއްނޫން. ނަމަވެސް މީހަކު ޥައްކަން ކޮށްފިއްޔާ އޭނާ ވަންކަން ކުރިއޭ ބުނުމަކުން އެއީ އަބުރަށް އަރައިގަތުންކަމަށް ނުބަލާށޭ އަދި އަބުރާ ބެހެވުނީކަމަށް ބަލާ މިންގަނޑު މާފުޅާވާހަކަ މިދައްކަނީ. ބިލުގަ ބުނަނީ ބުނާބަހަކުން ލިޔާ ލިޔުމަކުން ނަގާ ފޮޓޯއަކުން ކުރަހާ ކުރެހުމަކުން ތަސްވީރަކުން ދޭހަވާ ދޭހަވުމަކުން ނިސްބަތް ކުރުމަކުން. މިހެންގޮސް ކިތައމެ ކުޑަ ކަމެއްވިޔަށް އެބެހެވުނީ އަބުރާކަމަށް ބެލެވޭ ދަރަޖައަށް މިންގަޑު ފުޅާ ނުކުރާށޭ. އަދި އެންމެ ބިރުބޮޑީ މިހުރިހާކަމެއް ބަޔާންކުރުމަށްފަހު އަދި "މިނޫންވެސް ކަމަކުން" އަންނާތީ އެބުނާ މިނޫންވެސް ކަމެއް އެއީ އެހެންމީހުން ދަންނަ ކަމެއްނޫން އަނެއްކާ އެއީ ގުދުރަތީ ކަންކަމުގެ ވާހަކަބާ؟ ނުވަތަ އެއީ އެމީހެއްގެ ހިތައް އެރުންބާ؟ މިހާހިސާބަށް ފުޅާވީމަ އެއީ ބޮޑުމައްސަލައެކޭ މިކިޔަނީ މިކިޔަނީކީ މީހެއްގެ ދުލަށްއައިހާ އެއްޗެއް މީހަކާއި ދިމާލަށް ގޮވުމުން އެއީ އަބުރާބެހުން ކަމަށް ނުބަލާށެކޭ ނޫން ސާފުވެއްޖެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454