ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް
07 އޯގަސްޓް 2016 - 15:25
ފުރަތަމަ ފަހަރަށް މީހަކު ފްލެޓެއް ގަންނަ އިރު ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީން ފާސްކޮށްފި އެވެ.
ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށަހެޅުއްވި އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިދިޔަ ހަފުތާގައި ބޭއްވި ކޮމެޓީ ޖަލްސާގައި މި އިސްލާހު ފާސްކުރިއިރު، އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މި އިސްލާހު ފާސްކުރަން ފެނޭތޯ، މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.
ބިމާ ބެހޭ ގާނޫނުގެ ދަށުން އެއްމެދު އިމާރާތެއްގެ ފްލެޓު ވިއްކާ ހާލަތުގައި އެއީ އަލަށް މީހަކު ގަންނަ ފްލެޓެއް ނަމަ، ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތް ހެދުމަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ފްލެޓެއް ވިއްކުމުގެ މުއާމަލާތެއްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ވެފައި ތިބި މީހުންނަށެވެ. އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިމެއް އޮތުމަކީ އިސްތިސްނާގެ މަންފާ އެމީހަކަށް ލިބެން އޮތް ހުރަހެއް ކަމަކަށް ނުބެލެވޭނެ އެވެ.
މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ސަލީމް ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށާއި މި އިސްލާހުގެ ސަބަބުން އެތައް ބަޔަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާމީ
08 August 2016
މިބޭފުޅުން ގަންނަ ފުލެޓް ތަކުން ޓެކްސް ނުނަގާ ގޮތަށް ފާސްކުރަންވީ އަސްލު...
މާކެޔޮ
07 August 2016
އެބަރަނގަޅުވޭ.
މެމްބަރު
07 August 2016
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ހިލޭ ކިޔަވައިދޭ އިސްލާހު ހަމަ ތި މަޖިލީހުން ބޭރު ކުރިކަން ހަމަ މިއަދުގެ ހަބަރުގައި އެބައޮތް. ލަދެއް ނުގަނޭތަ ކަލޭމެން ތިތާތިބެ ތިގަންނަ ގަނޑަށް. https://mihaaru.com/news/4217
ޞުޖބަ
07 August 2016
ކޮމީޓީން އސްލާހުކުރ ބލުގައ 18 އަހަރެއް ނެތް.
ދދ
07 August 2016
މަޖިލިސް ގައިތިބި ވިޔަފާރި ވެރިން ފުލެޓް ގަންނަން ކުރާކަމެއް! މަޖިލިހަކީ ވިޔަފާރި ސޭޓުން ސައްލާކޮށް ބައިއަޅާ ޑީލް ހަދާ އެމީހުންގެ ބޮޑު ސުޕަމާރކެޓް!
ނަދީމް
07 August 2016
ހަމަ ތިޔަގޮތަށް އަލަށް ފަށާ ވިޔަފާރިތަކަށްވެސް ޓެކުސް މައާފްކުރެވިދާނެ ވަކި މުއްދަތެއް ވަންދެން
ސަލީމާ
07 August 2016
18 އަހަރު ނުފުރޭ ދަރިއަކަށް ފުލެޓެއް ގަނެދެވޭކަށް ނެތޮދޯ؟