16 ސެޕްޓެމްބަރ 2018 - 14:14
ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން އަންގާރަދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ.
ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށް ރާއްޖެ ޗެމްޕިއަންކަން ހޯދުމަކީ ސަރަހައްދީ މުބާރާތް ދެ ވަނަ ފަހަރަށް ރާއްޖެ އިން ކާމިޔާބުކުރުމެވެ. .މީގެ ކުރިން އެ މުބާރާތުގެ ތަށި ރާއްޖެ އިން އުފުލައިލީ 2008 ގައި އިންޑިއާ ބަލިކޮށްފަ އެވެ.
ބަންގްލަދޭސްގައި ބޭއްވި މުބާރާތުގެ ތަށި ހިފައިގެން ރާއްޖޭގެ ގައުމީ ޓީމު އެނބުރި އަންނާނީ އަންގާރަ ދުވަހު އެވެ.
މާލޭގެ ސްކޫލުތަކުންނާއި އާންމުން އަންނަނީ ގައުމީ ޓީމަށް މަރުހަބާ ކިޔަން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
16 September 2018
މާދަމާރޭގެ ޖަލްސާއަށްދާ މީހުންނަށް ރެސްޓްދޭންވެގެން. މިކަމުންވެސް އޮޅުވާލީ
ޝާފީ
16 September 2018
"މަރުހަބާ މަރުހަބާ ގައުމީ ޓީމަށް މަރުހަބާ" މިލަވައިގެ ނިމޭތަންކޮޅުގައި މައުމޫނަށް ޝުކުރުއަދާކުރާ ތަންކޮޅުލާފައި ޓީވީތަކުން ދެން ބްރޯޑްކާސްޓުކުރުން އަނެއްކާ ޓެރަރިޒަމްގެ އަމަލަކަށް ނުވާނެބާ! ބަޔަކަށް ގައިދީއަކަށް ވާމީހެއްވީމަ ހަމަ އަހާލީ!
ޟަރީ
16 September 2018
ޢެކަމުވެސް ބުނެލަންއޮތީ ދަނގަޑޭއާއި އެއްވަރަށް ކުޅެވޭ ކުޅުންތެރިއެށް ރާއްޖެއަކު ނޫފެދެއެވެ. ޢެހެންވީމައި ދަނގަނޑޭ ދެކެ މި ކުޅުންތެރިން ހާދަ ރުޅިއެކޭ މިއަންނަޔީ
މަސަ
16 September 2018
ކުރީ ފަހަރު ވީކަހަލަ އުފަލެއް އިހްސާސެއް ނުކުރެވޭ، އެކަމަކުވެސް ހުރިހާ ކުޅުންތެރިންނަށް މަރްހަބާ1
އަލިފް
16 September 2018
ވަރުބަލިވެފަ ވާ ކެމްޕޭން ޓީމްތަކަށް ދުވަހެއް ބަންދު ކުރީއެވެ.
އަންވަރު
16 September 2018
ގައުމީޓީމަށް މަރުހަބާ ކިޔާށޭކިޔާ މީހުން އެއްކޮށްފަ ނުބުނާތި ޕީޕީއެމް ސައިޒޭ.
ރާއްޖެ
16 September 2018
ވެރިކަމުގަ މިވަގުތު ޔާމީނު ހުރީތީ، އެފް އޭގެ ރައީސަކަށް އެނާގެ ކޮއްކޮއެއް ހުރީތީ، ގައުމީ ޓީމަށް ޗެމްޕިއަންކަން ނުލިބުން އެދި ދުއާ ކުރި ދިވެހިން، ޖެހި 2 ގޯލާއި ގުޅުވައިގެން މިތާ ސިޔާސީ ކޮމެންޓް ކުރަން ލަދު ގަންނަން ޖެހޭނެ. މަރުހަބާ ގައުމީ ޓީމް، އަހަރެމެންގެ ޓީމް.
ބަސްފޮތް..
16 September 2018
ޤައުމީ ޓީމު ބޮލު އަޅުވާފަ ޕާޓީ ޖަލްސާ ބާއްވަން ޖަހާލި ރޮކެޓެއް.. ޤައުމީ ޓީމު ދެކެ ތިހާ ލޯބިވާނަމަ އާދިއްތަ ދޯ ބަންދު ކުރާނި ސެލެބްރޭޝަންއަށް
ފައްފަށުން ޝުކުރު
16 September 2018
ގައުމީ ޓީމް ތިހޯދި ކާމިޔާބީއަށް އައްސަރިބަހާ ސާބަސް.
އަސްލުހާލަތު
16 September 2018
ހެޔޮ ހިތުން ބަންދު ކުރިނަމަ ބަންދުކުރާނީ މި އާދިއްތަ ދެއްތޯ ސަޕޯޓަރުންމަށް އުފާ ފާޅުކުރަން ވަގުތި ދީފަ.. ކުރީ ފަހަރު ކިހާ ދަންވަންދެއް މީހުން އުޅުނު އަނެއް ދުވަސް ބަންދުކުރީމަ.. މިހާރު ތޮޔަ އުޅެނީ ހޯމަ ދުވަހުގެރޭގެ ބޮޑު ޖަލްސާއަށް އަންނަ މީހުން ކޮޅަށް ރެސްޓް ދޭން