މުލަކުގައި ތިބި އިދިކޮޅު ސަޕޯޓަރުން އިބޫ އަށް މާބޮނޑި ހަދިޔާކުރަނީ. - ފޮޓޯ: އެމްޑީޕީ
17 ސެޕްޓެމްބަރ 2018 - 17:12
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕޭނުގައި މުޅި ރާއްޖެއަށް ދަތުރުކުރައްވާއިރު ކޮންމެ ރަށަކުން ވެސް މަރުހަބާ ކިޔަނީ މަލުގެ ހާރާއި މާބޮނޑިތަކުންނެވެ. އެކަމަކު މިއަދު މ. މުލަކުން އިބޫ އަށް ހަދިޔާކުރި މާބޮނޑި ތަފާތެވެ. އެއީ އިސްކޮޅަށް ވުރެ ބޮޑުކޮށް ހަދާފައި އޮތް ބޮޑު މާބޮނޑިއެކެވެ.
ގާތްގަނޑަކަށް ދެ ހާހުގެ އާބާދީއެއް އޮންނަ މުލަކަށް އިބޫ ވަޑައިގަތުމާ އެކު، ސަޕޯޓަރުން މަރުހަބާ ދެންނެވީ ބޮޑުބެރާއި ލަނގިރި ޖެހުމާއެކުގެ އެވެ. އަދި ސީޕްލޭނުން ފައިބައިވަޑަތުމާ އެކު އިބޫ އަށް ހަދިޔާކުރި މާބޮނޑީގެ ދިގު މިނުގައި ހަ ފޫޓު އަދި ފުޅާ މިނުގައި ތިން ފޫޓު ހުއްޓެވެ.
މުލަކުގެ ކެމްޕެއިން މެނޭޖަރު އަދި އެމްޑީޕީގެ މުލަކު ދާއިރާގެ ނައިބު ރައީސް އިބްރާހިމް ލަތީފް "މިހާރު" އަށް ވިދާޅުވީ މިއީ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުން ތަފާތު ކަމެއް ކޮށްލުމުގެ ގޮތުން ހަދިޔާކުރި އެއްޗެއް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ރަށަކުން ވެސް އިބޫއަށް މަރުހަބާ ކިޔުމަށް ތަފާތު ކަމެއް ކުރެވޭތޯ ބަލާ ކަމަށެވެ.
ބޮޑު މާބޮނޑީގައި ބޯގަންވިލާ، ބޮކަރު، ސައިމާ އަދި ތައުޒަން ފްލާވާ ހުއްޓެވެ. އެއީ އިދިކޮޅު ޕާޓީތަކުގެ ކުލަތައް ހިމެނޭ ގޮތުންނެވެ.
"މިއީ ރަށުން ލިބޭ ހުރިހާ މަލެއް ހިމަނައިގެން، ހެދި މާބޮނޑިއެއް،" ލަތީފް ވިދާޅުވި އެވެ.
އިބޫ މިއަދު މުލަކަށް ވަޑައިގަތުމުން، އޭނާ އަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ނުކުތެވެ.
ލަތީފް ވިދާޅުވީ މީގެކުރިން، ބޭއްވި އިންތިހާބުތަކުގައި، ވެރިކަން ކުރާ ޕީޕީއެމަށް މުލަކުން މެޖޯރިޓީ ލިބުނު ކަމުގައިވިޔަސް، އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މުލަކުގެ މެޖޯރިޓީ އޮންނާނީ އިބޫ އަށް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފަރު
18 September 2018
ހަހަހަހަ. ލޮލް.. މުލަކު އެމްޑީޕީ ރައްޔިތުން ދިނީ މާ. ޕީޕީއެމް ރައްޔިތުން ދިނީ ވޯޓު..
އުނަފީސް
18 September 2018
އެހެންވީމާ މުލަކުގެ މެޖޯރިޓީ އިބޫއަށް ދިނީމާ މުލަކުރއްޔިތުން ތިބޭނީ ސިދުރަތުލް މުންތަހާގައި.
މަރީ
18 September 2018
ތީ ބޮޑުވަރު. އަމިއްލަ މީހާ އަށް ކިޔޭއެއްޗިއްސަށް ވެސް ވިސްނާލަން ވާނެ
މުލަކު މީހާ
18 September 2018
މާބޮނޑި ބޮޑުކުރެވިދާނެ. އެކަމު މުލަކުގެ ތާއީދު ބޮޑެއް ނުވާނެ
ނިއުމާާ
18 September 2018
އިސްރާފުކުރިޔަސް ބޮޑުވަރު
ސޯބު
18 September 2018
މާބޮނޑިއެއްތަ ނޫނީ ގަހެއްތަ
ދީދީ
18 September 2018
ޢިސް ކޮޅައްވެރެ ދިގު މާބޮނޑިއެއް، ޕޕ ކުދިންނައް ފޭނޭތަ ރައްޔިތުން އިބޫދެކެ ލޯބިވާވަރު
ޝޮކްތެރަޕީ
17 September 2018
މުލަކުމީހުންނަ ހެޔޮވިސްނުން ވިސްނާނެކަމަ ހީކުރަން. ޔާމީނަ ވޯޓް ދޭނެކަމަ އުމްމީދުކުރަން.
ސާބަސްހޭ
17 September 2018
ރައީސް ޔާމީންގެ އަމިއްލަ ކޮންސްޓިޓުއެންސީންވެސް އިބޫއަށް ކީ މަރުހަބާ ހާދަ ސަޅިއެވެ. މިކަން ހަޖަމުނުވާނެ ބަޔަކު ތިބޭނޭކަން ކަށަވަރެވެ!
އާސި
17 September 2018
އިންޑިޔާއިން އައި މާބޮޑިއެއް ކަންނޭގެ
މާބޮނޑި
17 September 2018
ޙޫން އަނެއްކާ މާބޮނޑި އެއް ހަދަން އެޖެހުނީ. ތިކަހަލަ ކަންތައް އެމްޑީ ޕީ ން ކުރާތީއޭ އަދުރޭމެން ލޮލައްނިދިނައިސްގެން އެއުޅެނީ. މިހާރުތެޅިފޮޅޭނެ މާހޯދަން. ސައިޒް ދައްކާ މާބޮނޑި ހަދަން އެޖެހުނީ
ތުރުމިސް
18 September 2018
ތެދެއްތިބުނީ. އަނެއްކާ މާބޮޑީގެ ސައިޒްދައްކަން މިޖެހުނީ