ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް ޝަހީބާއި އޭނާ ރަހީނު ކުރި ކަމަށް ތުހުމަތު ކުރާ ސޮފްވާން--
18 ސެޕްޓެމްބަރ 2018 - 12:58
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިއްޔެ އޭނާގެ އޮފީހުގެ ކޮޓަރީގައި "ރަހީނުކޮށް"، އިސްތިއުފާ ދެއްވުމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން މަޖުބޫރުކުރެއްވި ކަަމަށް ބުނާ މައްސަލައިގައި ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޝަހީބު ވަނީ އެ ކޮމިޝަންގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެކްޓްވިސްޓް ސޮފްވާން އޭނާ ރަހީނު ކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދިނުމަށާއި އޭނާ އަށް ސެކިއުރިޓީ ދިނުމަށް ފުލުހުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރޭތޯ ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާނާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "މި ވަގުތު އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެވޭކަށް ނެތް،" ކަމަށެވެ.
Shaheeb "raheenukoh", isthiufaa dhevvan Sofwan majbooru kuruvi massala Polihah
The most trusted news source in the Maldives
Mihaaru
ޝަހީބު ރަހީނު ކުރި ކަމަށް ވިދާޅުވުން--
އެހެން ކަމުން އެ މައްސަލަ ތަހުގީގު ކުރޭތޯ އަދި އެކަމާ ގުޅިގެން އެއްވެސް މީހަކާ ސުވާލު ކުރި ކަމެއްވެސް ސާފުވާ ގޮތެއް ނުވި އެވެ.
ޝަހީބުގެ ތުހުމަތު ސޮފްވާން ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ "ޝަހީބަށް ބިރު ދައްކައި، ރަހީނުކޮށްފައި ނުވާނެ" ކަމަށެވެ.
ޝަހީބު ވިދާޅުވި ގޮތުގައި ސޮފްވާން އޭނާ ރަހީނު ކުރީ އިއްޔެ ހެނދުނު ކޮމިޝަންގެ މީޓިންއެއްގައި އިންނަވަނިކޮށް ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުންވާ ކަމަށް ވިދާޅުވެ ޝަހީބުގެ ކޮޓަރި އަށް ގެންގޮސްގެންނެވެ. އެއަށް ފަހު ޝަހީބު އޭނާގެ ކޮޓަރިން ނުކުތަ ނުދީ ސޮފްވާން ދޮރު ތަޅުލީ ކަމަށް ޝަހީބު ވިދާޅުވި އެވެ.
ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވަމުން ގެންދަވާ ސޮފްވާން ތިން ކަމަކަށް ޑިމާންޑްކުރެއްވި ކަމަށް ޝަހީބު ވިދާޅުވި އެވެ. އެއީ އަށް ދުވަހުގެ ޗުއްޓީއެއް ނެންގެވުމަށާއި އެކަން ނުކުރެއްވޭ ނަމަ އިސްތިއުފާ ދެއްވުން ނުވަތަ ބްރޯޑްކޮމްގެ ރައީސްގެ މަސްއޫލިއްޔަތުތައް، އަށް ދުވަހަށް، ކޮމިޝަންގެ ނައިބު ރައީސާ ހަވާލުކޮށް މެމޯއެއް ނެރުއްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިލަމް
19 September 2018
ތީ ޝަހީބު ހެދި ސްޓަންޓެކެވެ. ވެރިކަން ބަދަލުވާން ވާއިރަށް ޖެއްސި ގޭމެކެވެ. ޝަހީބަށް ބުނެލަން އޮތީ އިންސާފުން ބޭރުން ފިޔަވަޅު އެޅި އެންމެން 23 ސެޕްޓެމްބަރުގެ ފަހުން ޝަހީބާ އަރާ ހަމަކުރާނެއެވެ. ދެން މީނޫންގޮތެއް ނެތެވެ. ވަރަށް ސަލާމް
ވޯލް
19 September 2018
ޝަހީބަށް ބުނަން އޮތީ، ހަންދާންކޮށް 23 ގައި ގޮސް އިބޫ/ފައިސަލްއަށް ވޯޓިލާތި.
ނަން ބަދަލު
19 September 2018
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބަދަލުގައި މޯލްޑިވްސް މޯލްޑިވްސް ޕްރެޒިޑެންޝަލް ސާރވިސް ކިޔަން ފެނޭ
ނުކިޔަވާ މިހާ
19 September 2018
މި ޝަހީބަކީ ކުރީގައި އެކްވިސްޓެއް ދޯ!!!!!!
ނެޓްމޭން
19 September 2018
އަސްލުވެސް ނިޒާމުގައި މައްސަލައެބައުޅޭ. ގޭންގްތައް ނޫޅެނީ
ސިޔސީގޭމް
18 September 2018
ފުލުހުން މިހާރު ސިޔާސީވެފައިވާ ވަރު ތިޔައިން އެނގެނީ!
ހުވަނި
18 September 2018
އެކަމަކު ޔާމީނުގެ ދިފާއުގައި މީހަކު އެހެން މުއައްސަސާއަކަށް ހުށަހެޅިޔަސް ފުލުހުން ހީވަނީ އެހެން ކަމެއްހެން
ޙުސޭނުބެ
18 September 2018
ސިފާން ރައްޔަތުން ފާލުންނެއްޓުނީމާ މާރީއްޗެއްނުވާނެ ދޯ
ކޯޑިނޭޓަރ
18 September 2018
ފުލުހުންގެ ބުލޫ ޔުނީފޯމް ޕިންކު ކުލައަށް ބަދަލުކުުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް..
ނަން
18 September 2018
ޝަހީބު ކުރި ތުހުމަތުގައި ހެކި ނެތަތީ، އޭނާގެ މައްޗަށް ދޮގު މައުލޫމާތު ސަރުކާރުގެ މުއައްސަސާއަކަށް ދިނުމުގެ ދަޢުވާ ކޮށްފައި މަޤާމުން މާދަމާ ދުރުކުރާނެ އޭ ބުނަން ނެތީމު. ހަމަ ވެދާނެ ގޮތެއް މީ.