ޚަބަރު / އަބުރާ ބެހުން

ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ހައި ކޯޓަށް ބަލައެއްނުގަތް

ރައީސް އަބްދުﷲ ޔާމީންގެ އަބުރަފުޅަށް އަރައިގަތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއާ ދެކޮޅަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ އިއްޔެ ބޭރުކޮށްލައިފި އެވެ.

ރައީސް ޔާމީންގެ އަބުރަފުޅަށް އަރައިގަތުމަކީ އެ މަނިކުފާނުގެ އިންތިޚާބީ ހައްގަކަށް އަރައިގަތުން ކަމަށް ބުނެ، އެކަމާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް ނަމަވެސް، ރައީސް ޔާމީންގެ ވަކީލުންނާ ނުގުޅޭތީ، އެކަމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި ހައި ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތްކަން އަންގައި ލިޔުމުން ޖަވާބު ދީފަ އެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅީ، އުތުރު ކޮރެއާ އާއި ރާއްޖޭގެ ކުންފުންޏަކާ ދެމެދު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ތެލުގެ ވަގު ވިޔަފާރީގެ މުއާމަލާތާ ރައީސް ޔާމީނާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، އިދިކޮޅު އެމްޑީޕީން ތައްޔާރުކޮށް މި މަހުގެ ތިން ވަނަ ދުވަހު ނެރުނު ރިޕޯޓުގެ މައުލޫމާތު ހިއްސާ ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

Raees Yamin ge aburaa behunu massala Civil Court in balaigenfi

Raees Yamin ge aburaa behunu massala Civil Court in balaigenfi

The most trusted news source in the Maldives

Mihaaru

އަބުރުގެ މައްސަލަ ސިވިލް ކޯޓުން ބަލައިގަތުން

އެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ވަނީ އަބުރުގެ މައްސަލައެއް ވެސް ސިވިލް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ވަނީ އެ ކޯޓަށް ބަލައިގެންފަ އެވެ.

Bodethi thuhumathuthakakaaeku Raess Yaminge masalaeh ACC ah

Bodethi thuhumathuthakakaaeku Raess Yaminge masalaeh ACC ah

The most trusted news source in the Maldives

Mihaaru

ރައީސްގެ ޔާމީންގެ މައްސަލަ އޭސީސީއަށް ހުށަހެޅުން

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ކުރިން ވިދާޅުވެފައި ވަނީ ކޯޓަށް ހުށަހެޅި މައްސަލައިގައި، އަބުރު ގެއްލުމުގެ މާލީ ބަދަލު ހޯދުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.

24 ކޮމެންޓް, 241 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 2%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު ބ

20 September 2018

މިއީ ދަޅަދައްކަން ކުރާ ކަމެއް، ހަޤީގަތެއް ނޫން.

The name is already taken The name is available. Register?

ސައިޚް

20 September 2018

ވޯޓުން ބަލިވެއްޖެއްޔާ އިލެކްސަން ކެންސަލްކުރަން ޖެހި މޮޅު މަޅިއެއްދޯ.

The name is already taken The name is available. Register?

ކަންބޮޑުވެފައި

20 September 2018

މިވާހަކަ ދެއްކުމުން ރައީސް ޔާމިންގެ ހިތައް ހާދަ ތަދުވޭދޯ؟

The name is already taken The name is available. Register?

ފިރުޓޭ

19 September 2018

މީ ކޯޓުތަކުގެ ހިނގާ ކަންކަމާ ތިމާ އާ އެއްވެސް ގުޅުމެއް ނުވާކަން ދައްކަންވެގެން ކުޅެގެން އުޅޭ ޑްރާމާއެއް! މި މީހުން ހީކުރަނީ އަހަރުމެން އެންމެންގެ ހުންނަނީ ކާށިކޭ އުނބެއް ކަމަށް؟

The name is already taken The name is available. Register?

ޢަބުރުފުޅު 18/09/19

19 September 2018

ހީވަނީ އެބަހުރިހެން އަޑިނުބައެއް ތީގަ..! މިހާތަނައް އޭނަ ބުނުއްވާކަމެއް ބުނާ ގޮތައް ފިޔަވާ ހިނގާފައެއް ނެތް...ޢަބުރުފުޅު އަމިލައަށް ގަރާރު ފާސްކޮއް އަމިއްލަ މީހާ ހުށަ އަޅާ މައްސަލަ ބަލައިނުގަންނަންޔާމު ތީ ވަރައް މަޖާ ކަމެއް ލޮލް....

The name is already taken The name is available. Register?

ހަސަނު

18 September 2018

ރަނގަޅަކަށް ކަމެއް ކުރާނެ ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރޭ... ޜަނގަޅު ހެންހީވާ ކަންކަން ކުރާނީ އެކަމުގެ ފަހަތުގާ ފޮރުވިފާ ކޮންމެސް ގޯހެއް އޮވެގެން.. މީ ރާއްޖޭ ރައްޔިތުން ގަބޫލުކުރާގޮތް...

The name is already taken The name is available. Register?

ހަރުބޯ

18 September 2018

ޔާމީނު ރައީސްކަމަށް ކުރިމަތިލާފަ ވަނީ ދޫވެހި ޔާމީނު ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތަކުންނެއް ނޫން

The name is already taken The name is available. Register?

މަންނާނު

18 September 2018

ތިމީހާގެ އަބުރަށްޓަކައި މުޅިބައިތުލްމާލު އެދެންވީނު ނާ އެހެންނާ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

18 September 2018

ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ހައި ކޯޓަށް ބަލައެއްނުގަތް، އަސްތަޣުފިރުﷲ މިރޭ މީ އެހެންވީމަ ބޮޑު ރެއެއްތާ، މިހެން މިބުނީ ހައިކޯޓު ފުރާޅުގަ ހުރި ޓިނަށް ވެދާނެގޮތެއް ނޭގޭތީވެ.

The name is already taken The name is available. Register?

ޕޮއްޕަޓު ލާލު

18 September 2018

ހުށަހެޅި މައްސަލާއިގެ ގާނޫނީ އިޖުރާތުތަށް އޮޅޭ ގޮތަށް ހުރީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454