ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖަލްސާއެއްގައި. ގާނޫނުއަސާސީއަށް ހުށަހެޅި ދެ އިސްލާހެއް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި.- ފޮޓޯ: މަޖިލިސް
08 އޯގަސްޓް 2016 - 14:06
ލޯކަލް ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު، ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ވޯޓު ދެއްވި އެވެ. މި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އިސްލާހު ކުރާއިރު، އެ މާއްދާގައި މިހާރު އޮންނަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ދިގުވެގެން ތިން އަހަރު ކަމަށެވެ.
މީގެ ކުރިން ވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ކައުންސިލްގެ އުމުރު އުނިކުރަން މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް އެ ފަހަރު އިސްލާހު ފާސްނުވީ ބޭނުންވާ ވަރަށް ވޯޓު ނުލިބިގެންނެވެ.
ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެއީ 64 މެމްބަރުންގެ ވޯޓެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު. - ފޮޓޯ: މަޖިލިސް
މީގެ އިތުރުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހުށަހެޅި އިސްލާހު ވެސް މަޖިލީހުން ވަނީ ފާހެއް ނުވެ އެވެ. އެ އިސްލާހުގައި ވަނީ ކައުންސިލްތަކުގައި ހިމެނޭ މެމްބަރުން ޑިމޮކްރަސީގެ އުސޫލުގެ މަތިން އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ފާސްކުރަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ވޯޓު ދެއްވި އެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 19 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.
ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން ކައުންސިލްތަކުގައި ހިމެނޭނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެމްބަރުންނެވެ. އަދި ކައުންސިލްތަކުގެ ރައީސުން އިންތިހާބުކުރާނީ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅިއިރު، މިހާރު އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ މުއްދަތު މި އަހަރު ހަމަވާނެ އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
08 August 2016
ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ އޮތީ ފިޔާތޮށިކުލައިގަ، އެހެންވެ 2018 ގެ އިންތިޚާބުގަ އެމީހުން އެގޮތުގަ ބައިތިއްބައިގެން ކުރިންވެސް ކަންކުރިގޮތަށް ޖަރީމާހިންގަން ފަސޭހައަކަށް ކުރަން އުޅުނުކަމެއް ތިކަމަކީ، މިހާރު ވަރަށް ތާހިރު ވެއްޖެނު، އާމިރަށް ވަރަށް ބޯކޮށް ސަލާމް، ކަލޭމެންގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަން ރައްޔިތުން ދެނަހުރި.
މަރިޔަމް
08 August 2016
ކާކައް ތިޔަތަނުން ކެރޭނީ މަޖިލީސްގެ މެމްބަރުންގެ ދައުރަކީ ވެސް 3 އަހަރުކަމައް ގާނޫނައް ބަދަލުގެންނަން... އެއިރުން ތިޔަ ވިޔަފާރީގައި ކޮންމެ 3 އަހަރަކުން އިތުރު ބަޔަކައް އަވަހައް ފުރުސަތު ލިބިގެންދާނެތީއެވެ. ތިޔަނޫނީ ވަޒީފާއެއްނެތް ވަރިހަމަ ބަޔަކު ފޮތިޖަހާކޮށާކުދި ކުދި ކޮށްފައިވެސް ތިޔަ ވަޒީފާލިބުމުން... ރިޔާޒް ރަޝީދުއަކީ އަހަރުން ކާފަގެ ތެޔޮފިހާރައިގައި މަސައްކަތު ކުޑަ މުންޑުގަނޑެއް އަނދަގެން އުޅުނު މީހެއް 3 ދައުރު މަޖިލީހައް ހޮވިއްޖެ ބިލިނިއަރަކައްވެއްޖެ. ނުފަޅާހުރި އެތަކެއް ދަތްތަކެއް ފަޅައިފި.. ހެޔޮތާ ސޮޔެއްކޮށްލަން ނޭގުނަސް އިތްޒަތްތެރި ރިޔާޒް ރަޝީދު. އިއްޒަތްތެރި ވޭޓަރުނަން ކެނޑިއްޖެ އިއްޒަތްތެރި އިބުރާހިމް ދިދީ.. އިއްޒަތްތެރި އަސްމާ ރަޝާދު...
މެންޓަލިިސްޓް
08 August 2016
ތިހެން ތިބިލްތިލީކީ ކޮންމެހެން އެފާސްކުރުމުގެ ބޭނުމަކު ނޫން. މެޖޯރީޓީ ތިއޮތީ ރައްޔިތުން ދީފި ދެން ފައިދާހުރި ރަނގަޅު ކަންތައްތަކެއް ކޮށްދީބަލަ ރައްޔިތުންނަށްޓަކައި.
މައްތު
08 August 2016
ތިޔަ ބިލުފާސްނުވުންދޭހަވަނީ އެމީހުން އެކަން ކުރަން ބޭނުން ނުވާކަން ...ކައުންސިލް ތަކުގެ ބާރު ކަނޑުވާލުމަށް ފަހުދެން ކޮން ބިލެއްތޯ؟
ތާރުކުނާވަޙީދު
08 August 2016
ކޮބާ؟ ޕީޕީއެމްގެ ސައިޒް ފެނިއްޖެތަ؟ ބޭނުންހާ އެއްޗެއް ހެދެނީ އެހެންމީހުންވެސް ބައިވެރިވާތީވެ.
އަރީފް
08 August 2016
ރަނގަޅު. 5 އަހަރުމާދިގު. މަޖިލިސް މެމްބަރުންނަށްވެސް 5 އަހަރު މާދިގު.
ދޮންދީނި
08 August 2016
3 އަހަރު ރަނގަޅޭ ދޯ....އެކަމަކު އަހަރުން މިހެންކިޔާކިޔާ ތިއްބަސް ވާނެ ކަމެއްނެތެއްނު....އެމީހުން އަތުގައި ވިއްޔާ ބާރުއޮތީ..... މާދަންވެސް އެމީހުން ފާސްކޮށްފާނެ، 10 އަހަރަށްވެސް....ވވވ އަންޕްރެޑިކްޓެޑް ކަންކަން ކުރާބައެއްގެ އަތުގައި އެންނު މެޖޯރިޓީ އޮތީ...