މި މަހުގެ 8 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި ބޮޑު އެއްވުމުގައި ބައިވެރިވި މީހުން--. ފޮޓޯ: ނިޝާން އަލީ/ މިހާރު
19 ސެޕްޓެމްބަރ 2018 - 16:34
އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނުން ވާނީ 170،000 ވޯޓު ކަށަވަރުކޮށްފައި ކަމަށާއި މަކަރު ހެދުމުގެ ފުރުސަތެއް ނުދޭނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާނު، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިންތިޚާބަށް ހަތަރު ދުވަހަށް ވެފައިވާ އިރު ވެސް ވޯޓާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެއީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސާފުކޮށްދޭން ޖެހޭ، ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ދެފުށް ފެންނަ އިންސާފުވެރި އިންތިޚާބެއް. އަޅުގަނޑުމެން ބޭނުންވާ އަދަދަށް، 170،000 ވޯޓު އަޅުގަނޑުމެން ވަނީ ކަށަވަރު ކޮށްފައި. މާތްﷲ އިރާދަ ކުރެއްވިއްޔާ މިދަނީ 23 ސެޕްޓެމްބަރު 2018 ގައި ބޮޑު ތަނުން މޮޅުވާން. އެހެންވީމާ މިހެން މިކަން ހިނގައި ދަނިކޮށް މި ކަހަލަ ފީކަޅާ ކަންތައްތަކުގެ ވާހަކަ [އިންތިހާބާ ގުޅޭ ގޮތުން ކުރާ ތުހުމަތުތައް] ރަށު ތެރޭގައި އުޅޭތީ، އެ ގޮތަށް އެކަން ނުހިނގާނެ ކަން ރައްޔިތުންނަށް ޔަގީން ކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށް ދެކި އަޅުގަނޑުމެން މި ވާހަކަތައް ގެނެސްދެނީ،" މާރިޔާ ވިދާޅުވި އެވެ.
ވޯޓާ ގުޅޭ ގޮތުން މާރިޔާ ގިނަ ކަންބޮޑުވުންތަކެއް ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ވޯޓު ކަރުދާހުގެ ސެކިއުރިޓީ ކަންތަކާއި ވޯޓު ގުނަން ހަމަޖައްސާފައިވާ ގޮތާ ގުޅޭ ކަންބޮޑުވުންތައް ހިމެނެ އެވެ. އެހެންވެ އެ ކަންތައްތައް ރައްޔިތުންނަށް ސާފު ކޮށްދިނުމަށް އޭނާ އިލެކްޝަނަށް ގޮވައިލެއްވި އެވެ.
މާރިޔާ ވިދާޅުވީ ވޯޓު ގުނުމަށް ފަހު އެ ނަތީޖާ އެންމެ ފުރަތަމަ ޓެބްލެޓަށް އެންޓަ ކުރަން ނިންމާފައިވާ ކަމަށާއި ވޯޓު ލާ މަރުކަޒުގައި ނަތީޖާ ޝީޓު ހަރުކުރުމަށް ނިންމާފައިވަނީ ޓެބްލެޓުން ނުކުންނަ މައުލޫމާތުތައް ކަމަށް ބުނެ ވާހަކަ ދެކެވެމުންދާ ކަމަށެވެ. ނަމަވެސް އިދިކޮޅު ބޭފުޅުން ތިއްބެވީ ޕްރިންޓް ކޮށްގެން އާންމުކުރާ ނަތީޖާ ޝީޓުތައް ގަބޫލުކުރާ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.
"ގާނޫނުގައި އޮތް ގޮތް ވަރަށް ސާފު. ޕްރިންޓް އައުޓަކަށް ތަންދޭ ގޮތަކަށް ނޫން އޮތީ. އެތާ [ވޯޓުލާ މަރުކަޒު] ގައި ގުނައި އެތާ ހަރުކޮށް، އެންމެން ސޮއިކުރާ ޝީޓަކަށް ވާންޖެހޭ. ސޮއިކޮށްފައި އޮންނަ ޝީޓު ގުނާފައި ސޮއި ކުރާ ޝީޓް އެތާ ހަރުކުރަން ޖެހޭނީ. އިތުރު އެއްޗަކަށް ޖާގައެއް ނުދޭ. މިއީ ކުރިން ވެސް އިންތިޚާބުގައި އަމަލުކޮށްފައިވާ ގޮތަކީ،" މާރިޔާ ވިދާޅުވި އެވެ.
މަންދޫބުން ސޮއިކުރި ވޯޓާސް ލިސްޓް އަދި ވެސް ނުލިބޭ ކަމަށް ވިދާޅުވެ އެކަމާ ވެސް މާރިޔާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އިލެކްޝަންސް އިން ވަނީ ވޯޓުލާން ބޭނުންކުރާ ވޯޓު ކަރުދާހުގެ ތަފްސީލު މައުލޫމާތު މިއަދު އާއްމުކުރާނެ ކަމަށް ބުނެފަ އެވެ.
އޭނާ ވިދާޅުވީ އިބޫ އަކީ ރައްޔިތުންގެ ޚާދިމެއް ކަމަށާއި ކުޑަކުދިންނާއި ޒުވާނުންނަށް ރަނގަޅު ނަސޭހަތް ދިނުމަށް އާ ރައީސެއް އިހުތިޔާރުކުރަން ޖެހޭ ކަމަށެވެ. އެކަމަށް މި ފަހަރު އެންމެ ރަނގަޅު ބޭފުޅަކީ، ކެންޑިޑޭޓް ނަންބަރު ދޭއް، އިބޫ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤައުމު
20 September 2018
މަކަރެއް ނުހަދާނަން. މަގޭ ވޯޓް 1އަށް. މާރިޔާ އަމިއްލައަށްތަ ވޯޓް ކަރުދާހުގަ ފާހަގަ ޖަހައިގެން 170000 ޔަގީން ކުރީ. ވޯޓްލާ ނިމެންދެން މަޑުކޮއްލާ ކިހާވަރެއްތޯ ޔަގީންވީ ބަލާލަން
ޔެލޯމާރި
20 September 2018
މާރިޔާ ބުނި ބޮޑު ޖަލްސާ ބާއްވާއިރު ކަރަންޓް ކަނޑާލާނެއޭވެސް. އެކަމު އެހެން ނުވި. އެމްޑީޕީ މީހުން ކިއީ ހަވާއެރުވީމަ ބްރިޖް އަނދާނޭވެސް އެކަމު އެހެންނެއްވެސް ނުވި. ތިޔަކަހަލަ ވަރަށް ބައިވަރު "ވާނެ" ކަންތަކުގެ ވާހަކަ ދައްކާ ބައެއް ތިއައީ.
މާރީބިސްކިޓް
20 September 2018
ދެން ތިކަން ކަށަވަރު ކުރި ގޮތެއްވެސް ބުނަންވާނެތާ! ކޮންމެ މީހަކު އަނގަބަހުން ބުނީތޯ ނޫނީ ލިޔެފަދިނީތޯ...ވޯޓަކީ ސިއްރު ވޯޓެއްކަމަށް އެންމެންނަށްވެސް އެގިފަ އޮންނަނީ. މީހުންގެ ސިއްރު ތިހެން ހޯދުމަކީ ހުއްދަކަމެއްތޯ ލޯޔަރ މާރި ތިކަހަލަ ކަންކަން ކުރީމަ އަސްލު ފެންވަރު ފެންނަނީ.
މޫސާކުއްދާ
20 September 2018
ސިއްރު ވޯޓެއްކަން އެގޭއިރު ޔާމީނަށް ކިހިނެއްއެގެނީ ކާމިޔާބުވާނެކަން!
ހުނި
20 September 2018
މިސަރުކާރު ވައްކަންނުކުރާނެ އެއްވެސްކަމެއް އޮންނާނެކަމަކަށް ނުފެނޭ ދައުލަތުގެ ތިޖޫރީއާ އަދުލުއިންސާފާ އަނިޔާއަށް ބަލައިލީމާ ވަރަށްސާރު
ހެހެ
20 September 2018
ކޯލިޝަން ސަރުކާރުންވެސް ވައްކަން ނުކުރާނެ އެއްވެސް ކަމެއް އޮންނާނެ ކަމަކަށް ނުފެނޭ، ހުރިހާ ޒާތެއްގެ މީހުން އެތަނުގައި އެބަތިބި.
ބާރަތު ޕެޓްރޯލިއަމް
20 September 2018
4ލައްކަ މީހުންގެ އާބާދީއަކުން ވޯޓުލެވޭ އުމުރުގެ 170،000 މީހުން ހަމަ އެމް.ޑީ.ޕީ ގެ ކެނޑިޑޭޓަށް ވޯޓުލާނެކަން ޔަޤީންވަނީ ކިހިނެތްބާ؟ 2008ގެ ރިޔާސީ އިންތިހާބަށް އިލެކްޝަން ކޮމިސަން މިނިވަން ކުރާށޭ ކިޔާފަ އީވާގެ ފިރިކަލުން ސާބެމެން އެތަނަށް ވަށްދައިގެން ވޯޓު އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރިހެން މިފަހަރު އޮޅުވާނުލެވޭނެތީ މާބޮޑަށް މޭކަރަނީ. ޓެބްލެޓޭ އަނެކެއްޗެކޭ އެކިޔަނީ ބަލިވާނެކަން އެނގޭތީ. ދެން ރާވަމުން އެދަނީ 8 ފެބުރުއަރީ ތަކުރާރު ކުރަން.
ޖެލެ
20 September 2018
މަގޭ ވޯޓު ✔️2
ލާމު
20 September 2018
އިންށާﷲ މިފަހަރަކީ ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރައް ހޯވި ވަޑާގައްނަ ވާނެ ފަހަރު.
ބުނަންތޯ
20 September 2018
ވޯޓުލުމުގެ ކުރިން މިކަހަލަ ބަސަތަށް އޮއްސާލުމުން މީ ކަނޑައެޅިގެން ނުތަނަވަސްކަމާއި ހަމަނުޖެހުމަށް މަގުފަހިކުރުމަށް ކުރެވޭ ވަރަށް ނޭދެވޭ ކަމެއް. ބަޔަކު ނިންމާފައިވާ ގޮތުން ވޯޓުލުމުގެވެސް ބޭނުމެއްނެތްތާ؟
ހަސެ
20 September 2018
މަގޭ ވޯޓު ✔️2
ލާރި
20 September 2018
ބޭރު ގައުމުތަކުގެ ފަރާތުން ކެމްޕޭން އަށް ބަޖެޓު ހޯދުމަށް ތި ކިޔަނީ ތިވަރުގެ މީހުން އެބްތިބިއޭ ހަގީގަތުގަ ތީ މަދުބައެއްގެ ތާއީދު އޮތް ބައެއް؟؟