ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުން މިއަދު ކުރި އަށް ދާއިރު، ދެ މެމްބަރަކު މަޝްވަރާ ކުރައްވަނީ. މިރޭގެ ބައްދަލުވުމުގައި ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވޭ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
08 އޯގަސްޓް 2016 - 18:51
މަސްދަރު ސިއްރު ކުރުމުގެ ހައްގު ގާނޫނުއަސާސީގައި ދީފައިވީ ނަމަވެސް، ޚިޔާލުފާޅުކުރުން ހުއްޓުވާ ބިލްގެ އާ ޑްރާފްޓްގައި މަސްދަރު ހާމަކުރަން ޖެހޭ ހާލަތެއް ހިމަނައިފި އެވެ.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ހުށަހެޅުއްވި ޑްރާފްޓުގައިވާ ގޮތުން ނޫސްވެރިޔާ ދިފާއުވުމަށް ލިބޭ އިހްތިޔާރުތަކުގެ ތެރޭގައި ނޫސްވެރިޔަކު އޭނާ އެ ހަބަރު ހޯދި މަސްދަރު ހާމަކުރަން ޖެހިއްޖެ ނަމަ، އެ މަސްދަރު ހާމަކުރަން ވާނީ ސިއްރު މައުލޫމާތެއްގެ ގޮތުގަ އެވެ.
ހަމައެއާ އެކު އެ މައުލޫމާތު ލިބޭ ދައުލަތުގެ މުއައްސަސާއިން މައުލޫމާތުގެ ސިއްރުވެރިކަން އެންމެ ފުރިހަމަ ގޮތުގައި ހިފަހައްޓަން ވާނެ ކަމަށް ވެސް ބިލަށް ހުށަހެޅި އިސްލާހުގައިވެ އެވެ.
ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ދަނީ: މި ރޭ ވެސް މި ކޮމިޓީ ބާއްވާނެ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މީގެ އިތުރުން މަސްދަރު ހާމަކުރަން ޖެހޭނީ ޝަރީއަތުގެ މަޖިލީހެއްގައި ކަމުގައިވާ ނަމަ، އެ ޝަރީއަތުގެ މަޖިލީހަކީ ސިއްރު މަޖިލީހަކަށް ހަމަޖައްސަންވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ނަމަވެސް ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ވަނީ ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. މީގެ ތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެ އެވެ.
ޝާއިއުކުރާ ނުވަތަ ފަތުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ވަނީ ބުނެފަ އެވެ.
އާރިފް ހުށަހެޅުއްވި ޑްރާފްޓްގައި ކުރީގެ ބިލާ ގުޅޭ ގޮތުން މީޑިއާތަކާއި އެ ނޫން ވެސް ފަރާތްތަކުން ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް ހައްލު ހޯދައިދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ހުރީ ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލަށް އިތުރު ބައިތައް ހިމަނައިގެން ހަރުކަށިކޮށް އަދި ފަސޭހަކަމާ އެކު ކުށްވެރިވެދާނެ ފަދަ ގޮތަކަށެވެ.
އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ޖައުފަރު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި. ބިލަށް ބައެއް އިސްލާހުތައް ގެނައިއިރު، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުގެނޭ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އެގޮތުން އަބުރާ ބެހުން ކަމަށް ބަލާނީ މީހަކަށް ނިސްބަތްކޮށް، ދައްކާ ވާހަކައެއް، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް، ތަސްވީރެއް، ކުރާ އިޝާރާތެއް، ދައްކާ ހަރަކާތްތަކެއް، ނުވަތަ އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ ނަމާއި ގަދަރަށާއި އިއްޒަތަށް އުނިކަން ލިބޭނެ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން، އިހްސާސް ކުރެވިގެން ނުވަތަ ސިފަ ކުރެވިގެންދާ ކޮންމެ ބަހެކެވެ. އަދި ތިން ވަނަ ފަރާތެއްގެ ނަޒަރުގައި ނުވަތަ މުޖުތަމައުގެ ކުރިމަތީގައި މީހެއްގެ ކަރާމާތަށް އުނިކަން ނުވަތަ އިހްސާސް ކުރެވިގެންދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް، ތަސްވީރެއް، އިޝާރާތެއް، ހަރަކާތެއް ނުވަތަ އަޑެކެވެ.
ހަމައެއާ އެކު ވަކި މީހަކަށް ނިސްބަތްނުވާ ގޮތަށް މުއައްސަސާއެއްގެ މަސައްކަތަށް ފާޑު ކިޔުމަކުން، އެއީ އެ މުއައްސަސާއެއްގައި އެވަގުތެއްގައި ތިބި ބައެއްގެ އަބުރާ ބެހުން ކަމަށް ނުހިމެނޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު މުއައްސަސާގައި ހުރި މީހަކަށް ފާޑު ކިޔައިފި ނަމަ، އެމީހަކު ކުށްވެރިވާނެ އެވެ.
ޑްރާފްޓުގައިވާ ގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ ޝަކުވާ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއަށް ހުށަހެޅުމުން ނުވަތަ، އަމިއްލަ އިސް ނެގުމަށް މައްސަލަ ބަލާއިރު، ޖަވާބުދާރީވުމުގެ ހައްގާއި ގާނޫނުއަސާސީ އާއި ކަމާ ބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ހައްގުތައް، މައްސަލާގައި ހިމެނޭ ދެ ފަރާތަށް ލިބިދޭ ގޮތުގެ މަތިން އެ މައްސަލައެއް ތަހުގީގުކުރަން ވާނެ އެވެ.
އަލީ އާރިފު ހުށަހެޅުއްވި ޑްރާފްޓުގައި ކުރީގެ ބިލާ ގުޅޭ ގޮތުން މީޑިއާތަކާއި އެ ނޫން ވެސް ފަރާތްތަކުން ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް ހައްލު ހޯދައިދީފައެއް ނުވެ އެވެ. އެ ގޮތުން، ކުރިއެކޭ ވެސް އެއްގޮތަށް މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. ކުރިން މި ބިލުގައި ނެތް ވަރަށް ނުރައްކާތެރި މާއްދާއެއް ވެސް މިހާރު ވަނީ ހިމަނާފަ އެވެ. އެ ގޮތުން، ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން، މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރުވެ އެވެ. އެކަމަކު ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައި، މި ޑްރާފްޓްގައި ވެސް ހިމަނާފައި ވަނީ، އިސްތިއުނާފް ނުކުރެވޭ ގޮތަށެވެ. މިއީ ވެސް ކުރިން ނޫސްވެރިން ފާޅުކޮށްފައިވާ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ހާލަތުގައި ކުރިން ވެސް އޮތް ގޮތަށް ތިން މަސްދުވަހާއި ހަ މަސްދުވަހުގެ މުއްދަތަަކަށް އެ ނޫސްވެރިއަކު ޖަލަށް ލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕައްލަންބެ
09 August 2016
ވެރިކަމަށް ރެޑީ ވެގެން ހުރި ރަށްޔިތުންނަށް ހެޔޮއެދޭކަމަށް ބުނާ އަނެއް މީހާ (ހަރުގަނޑު ކުމާރު) އެހެރީ ޗުއްޕު ބުނެގެން ފުރުސަތަށް ބަލަބަލަ ... ވަގުތު ޖެހުނީމަ ހޯބޯ ލައްވަމުން އިންސާފޭ އިންސާފޭ ކިޔާފަ ނިކުންނާނެ.
ވަގުސޮރު
09 August 2016
ބަޔަކު ވައްކަން ކުރިޔަސް ތަނެއްލޫޓްވާލިޔަސް އެވާހަކަ ނުދްއްކޭނެ... އެވައްކަން ކުރިމީހާގެ އަބުރަކީ ވަރައް މުހިންމު އެއްޗެއް. އަނެއްކާ މީހަކު ވައްކަން ކުރިކަމައް ތުހުމަތުވެގެން ތަނަކައް ދައުވާވެސް ނުކުރެވޭނެ... އެކަން ސާބިތު ނުވެއްޖިއްޔާ ދައުވާކުރިމީހާޔައް އެހުރީ ވައްކަން ކުރިމީހާގެ އަބުރާބެހެވިފަ، ހުރިހާބާރެއް އެއްބަޔެއްގެ މުށުތެރޭގަ އޮންނަނަމަ ސާބިތުކޮށެއްނުދެވޭނެ. ޚުދުމުޚުތާރު ވެރިކަން ކުރާ ގައުމުތަކުގަ ކަންކަން އޮންނަގޮތް މިއީ.
މާނު
09 August 2016
އަބުރާ ބެހުން ކަމަށް ބަލާނީ މީހަކަށް ނިސްބަތްކޮށް، ދައްކާ ވާހަކައެއް، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް، ތަސްވީރެއް، ކުރާ އިޝާރާތެއް، ދައްކާ ހަރަކާތްތަކެއް، ނުވަތަ އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ ނަމާއި ގަދަރަށާއި އިއްޒަތަށް އުނިކަން ލިބޭނެ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން، އިހްސާސް ކުރެވިގެން ނުވަތަ ސިފަ ކުރެވިގެންދާ ކޮންމެ ބަހެކެވެ. އަދި ތިން ވަނަ ފަރާތެއްގެ ނަޒަރުގައި ނުވަތަ މުޖުތަމައުގެ ކުރިމަތީގައި މީހެއްގެ ކަރާމާތަށް އުނިކަން ނުވަތަ އިހްސާސް ކުރެވިގެންދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް، ތަސްވީރެއް، އިޝާރާތެއް، ހަރަކާތެއް ނުވަތަ އަޑެކެވެ.
އަލީ
09 August 2016
އިހްސާސް މީ ހާދަ ބާރުގަދަ އެއްޗެކޭ.
ތުއްތުބޭބެ
09 August 2016
ފުރޭމްކުރުން އާބާވަތަކަށް ފެށިދާނެކަމުގެ ބިރުހީވާންފަށައިފި ފައިސާކޮޅު ގެންގުޅޭ މީހުން ދޭތެރެޖައްސާ އަބުރާބެހުން ސާބިތުކޮށް ފައިސާ ޖަމަޢަކުރުމުގެ މަސައްކަތް ފަށާނެކަމަށްވިސްނާށެވެ. ހޭލާށެވެ. " ފައިސާގެންގުޅޭމީހުން ފުރޭމްކޮށް ޓެކްސްނެގުމުގެބިލް "
ަވަގު ވަގު
08 August 2016
މީހުން ބުނޭ ވަގުންގެ ފޮށި ބާރަށް ބަންނާނޭ.. މިއޮތީ ވާ ކަމެއް... މިހާރު އެބައެނގޭ ފިސާރި ކަމެއް ކޮށްގެން އެކަން ފޮރުވަން އުޅޭކަން... ހުރިހާ މައުލޫމާތާ ހުރިހާ ނޫސްވެރިން ވެސް އަރުޝީފަށް ލާ 25 އަހަރު ކުރިން އޭތި ނުހުޅުވޭ ގޮތަށް ގާނޫން ފާސްކޮށްބަލަ
ލިލީ
08 August 2016
ބައެއްކަންތައްތަކުގެ ނިމުމަކީ އަނެއްބައި ކަންތައްތަކުގެ ފެށުން. އިރާދަފުޅުކުރެއްވީއްޔާ މިކަންވާނި އެހެންކަމެއްގެ ރަނގަޅު ފެށުމަކަށް! ކޮންމެކަމެއްވަނީކީ އެކަމެއް ރާވާގޮތަކަށްވެސް ނޫން އަދި ހީކުރާގޮތަކަށްވެސް ނޫން!
ކޭހޮޅު
08 August 2016
ރައްޔިތުންނަށް ނޭވާލުމަށް ދަތިވާ ބިލްތައް ފާސްކުރަން މަސައްކަތް ކުރާ މީހުންގެ ތެރޭގަ ޚާއިނުން ވަރަށް ގިނަވާނެ މިސާލަކަށް އެމްއެމް ޕީ އާރު މައްސަލަ
އިސްލާޙު
08 August 2016
މިހާރު މިވާގޮތުން މީހަކަށް ފެންނަ ހުވަފެނެއްގެ ސަބަބުންވެސް އެމީހަކު ކުއްވެރި ވެދާނެތާއެވެ. ކެކެކެކެކެ މަހީހީ ހަލާކު!!!
ތުއްތޮންބެ
08 August 2016
އިންސާނުންނަކީ "ޢަޝްރަފުލް މަޚްލޫޤާތު" ކަމަށްވަނީ އިންސާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ކުޅަދާނަކަން އިންސާނުންނަށް ދެއްވާފައިވާތީއެވެ. މުސީބާތްތައް ކުރިމަތިވުމުން އިންސާނާގެ ކުޅަދާނަކަމާ ގާބިލްކަން އިހުނަށްވުރެ އެތައް ދަރަޖައެއް ކުރިއަރައިދާކަން މިއީ ސައިންސްވެސް ގަބޫލުކުރާ ހަގީގަތެކެވެ. އެހެންކަމުން ތިޔަފަދަ ބިލެއް ފާސްކުރުމަކުން އަދި ހަތަރުއުދަރެސް ފެނުޖެހެން ގާތްވެސް ނުވެއެވެ. އެއްގޮތަ ނެތިއްޔާ އަނެއްގޮތް އޮންނާނެއެވެ. ފިސާރި ސާބިތުކަމުގާ ރައްޔިތުން ތިބެމާބަހީއެވެ.
މުޙައްމަދު
08 August 2016
މާތްރަސްކަނލާގެ ތި މަޖިލިސްއާއިމެދު އިންސާފު ޤާއިމްކުރަށްވާށި.