ރައީސް ޔާމީން މިއަދު ދިވެހި ގައުމާ މުހާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެމްބަރ 2018 - 14:28
ރައީސްކަމުން ވަކިވެވަޑައިގަތަސް އެމަނިކުފާނަށް ވެވަޑައިގެންނެވި މިންވަރަކުން ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ފުރަތަމަ ފަހަރަށް ދިވެހި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ކުރިމަތިލެއްވިއިރު، ރާއްޖެ އޮތީ ވަރަށް ނާމާންކަމާއި ނާއުންމީދުގެ ތެރޭގައި ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކަށް ވީ ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި ކަންކަން ހައްލުކޮށް ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި ގައުމާ މުހާތަބް ކުރެއްވުމަށް ފަހު، ރައީސް ޔާމީން ވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް
"އޭގެ ތެރޭގައި ރަށްރަށަށް ދިމާވާ ކަންކަމުގެ ތެރޭގައި ނަރުދަމާ، ސާފު ބޯފެން ލިބުން، ބަނދަރު، މަދަރުސާ ހެދުން. މިކަހަލަ ކޮންމެ ކަމަކީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަންނަ ކަންތައް، އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކު މިކަހަލަ އަސާސީ ހިދުމަތްތައް މާލޭގައި ދެވޭ ފެންވަރަށް ލިބެންވާނެ ކަމަށް،" ރައީސް އޮފީހުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ވެރިކަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރެއްވި ކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަކީ އަބުރުވެރިކަމާއި ކަރާމާތް ލިބިގެންވާ ބައެއް ކަން ހާމަކޮށްދީ، ޒުވާނުންނަށް އިތުބާރު ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެމަނިކުފާނުގެ ސަރުކާރުގައި ޒުވާނުން ކުށް ކުރުން މަދުވި ކަމަށް ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވޯޓު ލައްވަނީ -- ފޮޓޯ؛ ރައީސް އޮފީސް
"ޒުވާނުންގެ ހާލަތު ރަނގަޅު ކުރުމަށް އަޅުގަނޑު ފަށާފައި ހުރި މަޝްރޫއުތަކާއި ނިމެމުންދާ މަޝްރޫއުތަކާއި އަދި ކުރިއަށް އޮތް އަޅުގަނޑުގެ ތަސައްވުރު،" ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދެވީ އެއްވެސް ގިންތިއަކަށް ތަފާތު ކުރުމެއް ނެތި، ކޮންމެ ގިންތިއަކަށް ވެސް އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް އިސްކަން ދެއްވައިގެންނެވެ. އަދި އެއްވެސް ރަށެއްގެ އާބާދީއަކަށް ތަފާތު ކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށްއަރާ، ދެން އަޅުގަނޑު ދިވެހި ރައްޔިތުންނަށް ކޮށްދެވެން އޮތީ ކޮން ހިދުމަތެއް ބާއޭ؟ އަޅުގަނޑަށް ދިމާވި ހުރިހާ ގޮންޖެހުންތަކާ އެކީގައި މަސައްކަތް ކުރީ ރާއްޖޭގެ މަސްލަހަތު، ރާއްޖެއަކީ އިގްތިސާދީ ގޮތުން ފުދުންތެރި ވަރުގަދަ ގައުމަކަށް ހެދޭތޯ. މީގެ ނަތީޖާ ފެންނަން އެބަ އޮތް،" އެމަނިކުފާނުގެ އިހްލާސްތެރި މަސައްކަތް ބަލައިގަންނަ ބަޔަކު ވެސް ތިބި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ ޓީމުން ކުރެއްވި މަސައްކަތްތަކަށް، ރައްޔިތުންގެ ހައްގުގަ އާއި ބާރުމިނުގައި އިބޫ ވެސް ކޮށްދެއްވަން އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
26 September 2018
ތިކަހަލަ އަނިޔާވެރި ވެރިއެއްގެ ޚިދުމަތް ބޭނުންވެގެން އުޅޭ ރައްޔިތަކު މިޤައުމަކު ނެއް.. ކޮރަޕްޝަނާ ފަސާދައިން ފޯވެ އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ދެމީހުން ވެގެން ލެއްވުނު ވަރަކަށް ލައްވައިގެން އުޅޭ ވެރިން މިގައުމަށް ބޭނުމެއްނޫން ކަން މިހާރު އޮންނާނީ އެނގިފަ. އަމާޒަކަށް ވީ ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި ކަންކަން ޙައްލުކޮށްދިނުމޭ ކިޔައިގެން އަދުން އަޅުވާފަ ދައުލަތަށް ލިބެންޖެހޭ އެތަށްފައިސާއެއް ކަހާލީ ޙަރާމެއް ޙަލާލެއް ބެލުމެއްނެތި.
ހޯނު
25 September 2018
ވެރިކަމަށް ވަޑައިގަތީ ކޯޓުން. ވެރިކަމުން ދުރަށްވަޑައިގަންނަވަން ޖެހިވަޑައިގަތީ ވޯޓުން! އަސްލު ޔާނު މަހީކުރިވަރަށްވުރެ މެޗުއާ!
އަލީ ޔައުގޫބު
24 September 2018
ކޮންމެ ވެރިކަމެއްގަވެސް އިދިކޮޅުން މަގުތަކަށް ނިކުމެ މަގުތައް ބްލޮކްނުކޮށް ޖައްސަވާ ސަކަރާތެއް ޖެއްސެވުން އެދެން. ސިޔާސީ ކަންކަމުގަ އެއްވުމަށް ވަކި ހުސްބިމެއް ކަނޑައަޅާފަ ބާއްވަން ފެނޭ. ސިޔާސީ ސަކަރާތާ ނުބެހި އަމިއްލަ ދިރިއުޅުމާއިގެން އުޅޭމީހުނަށް ފުރުސަތު އޮންނަންޖެހޭ.
ޢޙަމީދު
24 September 2018
އަމިއްލަފުޅަށް ނަމަވެސް ޗެރިޓީއެއް އުފައްދަވާ އޭގެ ދަށުން ސީދާގޮތުން ދެންވަރިހަމަ އެހެންގޮތަކުންވިޔަސް ލިބޭ އެހީތަކުން ބަޖެޓެއް ކޮންމެ އަހަރަކަށް ކަނޑައަޅާ އެންމެ އިސްކަންދޭންޖެހޭ ރަށައް ތަރައްގީގެ މަސްރޫއު ހިންގަންފެނޭ
ބޭރުވެލާ
24 September 2018
ހިދުމަތުގައި އިތުރަށް ހުރުމުގެ ބޭނުމެއް ނެތް. ދިވެހިން ވައްކަމަށް ނޫނެކޭ ބުނެފި
ބޮޑު ކަކުނި
24 September 2018
މަނިކުފާނު ކޮށްދއްވި ޚިދުމަތްތަށް ޝުކުރުވއރިކމާއެކު ބަލައި ގަންނަމެވެ. މިއަދު މަނިކުފާނު އަނެއްކާވެސް ގިނިކަންޏާހާލަތަކަށް ބަދަލުވީއެވެ. ޚުދު މަނިކުފާނުގެ ދުރުވިސްނުން އަަސްމާނަށް އަރައިގެންގޮސް އިންތިހާޔަށް އަނިޔާވެރިކަން އިސްކުރެއްވީމާކަން ކަށަވަރު . ޚާއްޞޮކޮށް ބޮޑުބޭބޭފުލުގެ ދީލަތި އެހީތެރިކަން ބަލައި ނުގަތުމުންނެވެ. މިއަދު ބޭބެ ގެއްލި ވެރިކަން ގެއްލި. މުޅި ދިރިއުޅުން ބަނަވެގެން ދިޔައީ އެވެ.
ގަޓް
24 September 2018
ސާބަހޭ ޔާމީން!
ޖިނޮޕަ
24 September 2018
ވީވިލް ސީ އެބައުޓް ދެޓް ލޮލް!
ބީކޭކޭ
24 September 2018
ކަލޭ ކޮންމެހެން ހިދުމަޔް ކޮއްދޭނެ ކަމެއްނެއް! ކަލޭ ހިދުމަޔް ކޮއްދިނީމަ ވާގޮޔްމިއޮތީފެންނަން ކުރާހޭދަޔައްވުރެ އިސްރާފު ބޮޑު!
ބީއެފްއެފް
24 September 2018
އަސްލުތަ؟ ޚަރަދުކުޑަކޮށް އެއަށް ވުރެ ގިނަ ކަންކަން ކޮށްފަ ދައްކާލައްޗޭ...އެއްޗެހި ނުކިޔާ އަމަލު ގިނަ ކޮށްލަބަލަ.
ޝައުކަތު
24 September 2018
ޑޯންޓް ވޮރީ މޭން. ހިސްޓްރީ ޖަޖް ކުރާއިރު ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އަދި މޮޅު ވެރިންގެ ތެރޭގައި މޭން ހިމެނޭނެ. މިހާރުގެ ޅަ ކުދިންނާއި ޖަޒުބާތުގައި ޖެހިފައި ތިބި ބޮޑެތި މީހުންނަށް މިކަންތަކެއް ނުވިސްނޭނެ. ގުޑް ލަކް