ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލި ކުރެއްވި އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ)، ރަނިންމޭޓް ފައިސަލް ނަސީމާ އެކު ސެލްފީއެއް ނަންގަވަނީ .-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
25 ސެޕްޓެމްބަރ 2018 - 11:14
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމަކީ އެއްވެސް މީހަކާ ތަފާތުކުރުން ނުގެންގުޅޭ، ހެޔޮ ވެރިކަމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް، އެމްޑީއޭ އިން ބުނެފި އެވެ.
ވެރިކަންކުރާ ޕާޓީ، ޕީޕީއެމްއާ އެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދި އެމްޑީއޭ އިން، ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވި އިބޫ އަށް މަރުހަބާ ކިޔައި ނެރުނު ބަޔާނުގައި ބުނީ އިބޫގެ ވެރިކަމުގައި އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ގާއިމުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އެމްޑީއޭ އިން ވަނީ ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައި، ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާތައް ވީހާވެސް އަމާންކަމާއި އޮމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ނިންމަވާފައިވާތީ އެކަމަށް ވެސް މަރުހަބާ ކިޔައިފަ އެވެ.
"އެމްޑީއޭ އިން އަބަދުވެސް އެދެނީ ދިވެހި ރައްޔިތުންނަށް ފާގަތި، ކާމިޔާބު މުސްތަގުބަލަކަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް ރައްޔިތުންގެ ރޫހާ އެއްގޮތަށް އަޑު އުފުލުމުގައި އެމްޑީއޭ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީނާ ގާތް ގުޅުމެއް އޮންނަ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެހެންވެ ޕީޕީއެމާއި އެމްޑީއޭގެ ގުޅުމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވީ، އެމްޑީއޭ އަދިވެސް ދެމިއޮތީ ޕީޕީއެމާ އެކު ކޯލިޝަންގައި ކަމަށެވެ.
ކެމްޕެއިން ތެރޭގައި އިބޫ ވަނީ ރައީސް ޔާމީނާ ފެއަށް ޖެހިވަޑައިގެން، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ސިޔާމަށް ދައުވަތު ވެސް ދެއްވައިފަ އެވެ. ނަމަވެސް، ސިޔާމް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އެއްބަސްވުމާ މެދު ގޮތެއް ނިންމަން ރިޔާސީ އިންތިޚާބު ކުރިން ކައުންސިލް ބައްދަލުވުމެއް ބޭއްވި އެވެ. އެކަމަކު، އެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނުނިންމައި، ކައުންސިލުން ފާސްކުރީ ޕާޓީ ހިންގުން ނައިބު ރައީސް، އަލީ މައުރޫފާ ހަވާލުކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީކޮއެ
25 September 2018
މިވީ ފަސްއަހަރު އަނިޔާވެރިކަމުގަ އެއްބާރުލުންދީފަ މިހާރު މިކިޔަނީ ހެޔޮވެރިކަމޭ. ދުރުގައި މަޑުންތިބޭ ހޭވިހާ ހަޑި ސާފު ކުރަންދެކައް.
ސައީ
25 September 2018
ސަން ސިޔާމް އާއި ރިފާއު ފެމިލީ މިތަނަށް ނުވައްދާ ޕްލީސް.. ސަރުކާރު ހުރިހާ ކުންފުންޏަކުން ކުރަން ޖެހުނު ޕްރޮޖެޓް ތަކުގެ ބައި އަޅާއިގެން ކާލައިގެން ތިބި ބަޔެއް.. އެއްވެސް ހަމަ ހަމަ ކަމެއް ކިޔާނެ ކަމެއް ނެތް.. ޖަވާބުދާރީ ކުރުވެންޖެހޭ މިބައި މީހުން ކުރި ވައްކަންތަށް... ޕްލީޒް....
ހޮޓްކިންގ
25 September 2018
ސަން ސިޔާމަށް ހެޔޮވަރުގެ ވެރިކަމެއް ކުރެވޭނީ ބޭނުންވާ ރަށްތައް ދީގެން.
ވާލުސޮރު
25 September 2018
ސިއާމް އަށް ވިސްނޭ ސިއާމް ހެން އުޅެބަލަ!
ސުނާ
25 September 2018
ރިނދޫ ބާގަޑަށް ކޮން ހެޔޮވެރިކަމެއް ކުރެވޭނީ މަގުމަޗަށް ނުކުމެ ހަޅޭލަވެނި
މާމަ
25 September 2018
އެމްޑީއޭ ތިޔަދިޔައީ ޔާމީނާއެކް ހެޔޮވެރިކަން ކޮއްފަ ދެންއަލުން ކުރަންޖެހޭ ހެޔޮވެރިކަމެއް ނޯންނާނެ ވެރިކަމުގަވެސް ވައްކަން މިހާރުވެސް ވައްކަން
ފުންއަސަރު
25 September 2018
ވައި އަންނާނީ ކޮން ކޮޅަކުން ކަން މިހާރު އެނގިއްޖެދޯ؟ އެތޯހެވީ މިތޯ ހެވީ، އެތޯ ރަނގަޅީ މިތޯ ރަނގަޅީ ބަލަމުންދާ ބަޔަކަށް ވާނީ ތިހެން. އެންމެ ފަހު ވަގުތު އެއްތާކުންވެސް ހިކިފަސްތަނެއް ނުފެނުނު. ކޮވެލީގެ އުސޫލު ދަސްކޮށްގެން އޭގެ ހިޔަނީގާ އުޅެންޏާ ވާނީ ތިހެން. ބަޔަކު ސިޔަސީވިޔަސް އެންމެންނަކަށް ސިޔާސީއެއް ނުވެވޭނެ. އެކަމަކު ބޭނުންނަމަ ސިޔާސަ މީހަކަށް ވެވިދާނެ.
ރަދީފު
25 September 2018
ސަން ސިޔާމް އަމިއްލަ އެދުމައިގެން ވި ގައްދާރު ޕޕއެމް ހަނދާނެއް ނައްތައެއް ނުލާނަން. މިފަހަރު ސަލާމަތް ވިޔަ ނުދޭނަން. ކޯލިޝަނުން މީނަ ދޫނުކުރާތި. ކޮޅު ބަދަލު ކޮށް އަވަހަށް ސަލާމަތް ވެގަންނަން ވެގެން.. ފިނޑި ސަންސިޔާމް
މުރާސިލް
25 September 2018
ހެޔޮވެރިކަމެއް ނުކުރެވޭނެއެވެ. ތިޔަމިހުންނަށް ކުރެވެނީ ވައްކަމާއި އަނިޔަވެރިކަަމާއި ފަސާދައާއި ދައުލަތުގެ ނަޒާހތްރެރިކަން ވިއްކުމުގެ ވެރިކަމެކެވެ. ބަލަން ތިބޭށެވެ.
ާަްަްަްސިމާ
25 September 2018
ތިޔަ ވިދާޅުވެވެނީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ވާހަކައެވެ. އާދަވެފައި ހުރުމުން ފަހަރުގައި އޮޅުނީ ދެއްތޯއެވެ.
އިހަށް
25 September 2018
އެކަން ނުފެންނަ އިރު އެހެން ވާނެ ކަމަށް ނުކިޔަމާ. ހެޔޮކޮށް ވިސްނާނަމަ ގައުމުގެ ކަންކަން ރަގަޅަށް ދާން ފަށާފާނެ. ނަފްރަތު އިސްކުރާނަމަ އަބަދު އެކަމުގަ އުޅެންޖެހޭނީ. 2 ވެރިންވެސް ގޮވާލީ އެންމެން އެއްބައިވުމަށް.
ފާސްނުވާ ޑރ
25 September 2018
ޕިންކީ ގަޓޭ ފިލަން އުޅޭވާހަކަ އަޑު އެހިން....
އަލީބެއްޔާ
25 September 2018
ފުދިއްޖެ