ރާއްޖޭގައި ހުންނަވާ، ސައޫދީގެ ޑެޕިއުޓީ އެމްބެސެޑަރު ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
27 ސެޕްޓެމްބަރ 2018 - 10:35
ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސައުދީން ރާއްޖެއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މަޓްރިކް އަލްދޮސަރީ ރޭ ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ 88 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ އެމްބެސެޑަރު ވިދާޅުވީ ރާއްޖެ އާއި ސައުދީއާ ދެމެދު އުފެދިފައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ.
ސައުދީގެ 88 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުރުނބާގައި ބޭއްވި ޖަލްސާ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އޭނާ ސިފަ ކުރެއްވި ގޮތުގައި ރާއްޖެ އާއި ސައޫދީ އަކީ ދެ އަޚުންނެވެ.
އަދި ވިދާޅުވީ ރާއްޖެ އާއި ސައުދީ އާ ދެމެދު އުފެދިފައި އޮތް ގާތް ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ކުރިއެރުމާއި ހަމަޖެހުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާއި މިނިވަން މުއައްސަސާތަކުގެ އިސް ބައެއް ބޭފުޅުންނާއި ސައުދީ އެމްބަސީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ ސައޫދީގެ ޑެޕިއުޓީ އެމްބެސެޑަރު (ކ) އަދި ސަރީރު ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ރާއްޖެ އާއި ސައޫދީ އަކީ ރަހުމަތްތެރި ދެ ގައުމުކަން ފާހަގަ ކުރައްވައި ފޮރިން ސެކްރެޓަރީ ސަރީރު ވިދާޅުވީ، ރާއްޖޭގެ ކުރިއެރުމަށް ސައޫދީން މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ. އެހެންވެ، ސައުދީން ރާއްޖެއަށް ދޭ އެހީތެރިކަމަށް އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނަށް ސަރީރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއާ އެންމެ ގާތް ގުޅުމެއް އުފެދުނު އެއް ގައުމަކީ ވެސް ސައުދީ އެވެ.
ސައުދީގެ 88 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުރުނބާގައި ބޭއްވި ޖަލްސާ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އެގޮތުން، އެ ގައުމުގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތާއި މާލޭގައި އަޅާ "ކިންގް ސަލްމާން" މިސްކިތް ހިމެނެ އެވެ. އަދި ހެޔޮއަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި މަސްވެރިކަން ކުރިއެރުވުމަށް ސައުދީ ފަންޑުން އެހީތެރިވުމަށް ދާދި ފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
07 November 2018
ސައުދީގެ 88 ވަނަ ޤައިމީދުވަސް ފާހަގަކުރާ ޖަލްސާ ބާއްވަން އެންމެ ރަނގަލު ތަނަކީ ކުރުނބާ މޯލްޑިވެސް. މީ ތިސައުދީންގެ ދީންވެރިކަން ޤައުމީވަންތަކަން ހުރިވަރު. ހަޝޯޤީގެ މަރަށް ފަހު އަޅުގަނޑަށް ސިފަވަނީ މިހާރު ޝަޢުދީގެ ވެރިންނަކީ ނުބައިނުލަފާ ބައެއްކަން. ޔަމަނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ސައުދީން އިސްވެ އޮވެ ދެމުންދާ އަނިޔާތަށް ހުއްޓާލުމަށް ގޮވާލަން
ޢަބްދުް
27 September 2018
ތީ ބޮޑު ބަލާވެރިކަމެއް،މިހާރު ކިތައް ދުވަހު ގެންދެވިއްޖެ ފިންގަޕުރިންޓްޖަހަން؟ ޢެކުވެރިން ތިހެން އަނެކާ އަކަށް ނުހަދާނެ!!
މަންޑޭލާ
27 September 2018
އެމްޑީޕީ އަކީ ޖަމަލްފޮޑި ޖަހާ ޕާޓީއެއް.
ނޭމް
27 September 2018
ސައޫދީ އަރަބިއްޔާއަށް އިތުރު އަތޮޅެއް ލިބޭނެ!!!!
މަ މިއު މަ
27 September 2018
ޔަމަނަށް ކުރާ އަނިޔާ ހުއްޓާލާ!!!
ހަސީނާ
27 September 2018
ޝަހީމޫ އަޑުއިވޭތަ. ތިބޭޅާ ނެތަސް އެހީލިބޭނެޔޯ.
ޔާނު
27 September 2018
ކީ ތަ ވާނީ ތެޔޮ ވަޅެއް ހަދިޔާ ކުރިއްޔާ ތިހާ ރަނގަޅު ވެގެން
ހަރުމުދާ
28 September 2018
ތެޔޮ ވަޅެއް ދީފާނެ އަތޮޅެއް ވެސް ދެނިކޮށް.
ވަސްމީރު
27 September 2018
ދެން ސައުދީވެސް ރަނގަޅުވީ އަދި ޗައިނާވެސް ރަނގަޅުވީ.
ވަގުކަލޭގެ
27 September 2018
ދެންދުވަސްކޮޅަކުން ކައިއަށްވެސް ގުލްޗަންޕާމާގެ ވަސްމީރުވާނެ..
އަަހަންމާ
27 September 2018
މަންޖެ ބުންޏަސް ތީ ތެދެއް.
ސަކީނާ
27 September 2018
މިތަނަށް އަތްބާން އުޅޭނެ ކަމެއްްނެތް. ފ އަތޮޅެއް ނުލިބޭނެ ކިތަންމެ ވަރަކަށް އުޅުނަސް.
ބަލްރޯގް
27 September 2018
މެޓްރިކްސް ގެ ދޮރާއްޓޭ؟