"ތަގްސް އޮފް ހިންދުސްތާން" ގެ ޕޯސްޓަރެއް: ފިލްމް ރިލީޒް ކުރާނީ ނޮވެމްބަރު 8 ގައި.
29 ސެޕްޓެމްބަރ 2018 - 06:59
މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ތަގްސް އޮފް ހިންދުސްތާން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ގިނަ އަދަދެއްގެ އެކްޝަން މަންޒަރުތަކާއި އާމިރް ހާންގެ ސަކަ މިޒާޖެއް ދައްކުވައިދޭ ޓްރެއިލާ އިން ސާބިތުކޮށްދިން އެއް ކަމަކީ މި ފިލްމަކީ ކުރިން އިންޑިއާ އަޅުވެތިކޮށްގެން އުޅުނު އިނގިރޭސީންނާއި އިންޑިއާގެ ބަޔަކާ ދެމެދު ހިނގާ ކުރިމަތިލުންތަކެއް ދައްކުވައި ދޭނެ ފިލްމެއް ކަމެވެ.
ކުރިން ވެސް "ތަގްސް އޮފް ހިންދުސްތާން" އަކީ ކަނޑުމަތީގެ މަންޒަރުތަކަކުން ފުރާލެވިފައިވާ ފިލްމަކަށް ވާނެކަން އެނގެ އެވެ. ޓްރެއިލާ އިން ވަނީ އެކަން ވެސް ވަރަށް ބޮޑަށް ދައްކުވައި ދީފަ އެވެ. އަދި އަމީތާބް ބައްޗަން އާއީ ފާތިމާ ސަނާ ޝެއިހާ ކެޓްރީނާ ކެއިފްގެ ޝައުގުވެރި ހަރަކާތްތަކެއް ވެސް ޓްރެއިލާގެ ތެރެއަށް ވަނީ ދޫކޮށްލައިފަ އެވެ.
Action. Adventure. Drama. Get ready to watch it all on the big screen! #ThugsOfHindostanTrailer OUT NOW - https://t.co/UzXufVOrD7#ThugsOfHindostan | @SrBachchan | @aamir_khan | #KatrinaKaif | @fattysanashaikh | #VijayKrishnaAcharya | @TOHTheFilm pic.twitter.com/129J67d247
— Yash Raj Films (@yrf) September 27, 2018
"ތަގްސް އޮފް ހިންދުސްތާން" ގެ ޓްރެއިލާ.
އިންތިޒާރު ކުރަން ޖެހެނީ ނޮވެމްބަރު މަހުގެ 8 އަށެވެ. އެ ދުވަހު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، ބޮލީވުޑްގެ ހަބަރުތައް ދިރާސާކުރާ މީހުން ބުނާ ގޮތުގައި "ތަގްސް އޮފް ހިންދުސްތާން" އަކީ ބޮކްސް އޮފީހުގައި މިހާރު ހަދާފައި ހުރި ރިކޯޑްތައް މުގުރާލައި، އާ ބެންޗް މާކެއް އުފައްދާނެ ފިލްމެކެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް "ތަގްސް އޮފް ހިންދުސްތާން" ސިފަކޮށްފައި ވަނީ ސިނަމާތަކަށް ވަރުގަދަ ސުނާމީއެއް ގެނުވާނެ ފިލްމެއްގެ ގޮތުގަ އެވެ. އޭނާ ބުނިގޮތުގައި މި ފިލްމު އަޅުވަން ގާތްވުމުން ބެލުންތެރިން ޓިކެޓް ކައުންޓަރުތައް ފުރައިލާނެކަމާ ދޭތެރޭ ވެސް ޝައްކެއް ނެތެވެ.
The THUGS are here! #ThugsOfHindostanTrailer launch pic.twitter.com/qxk1S5P5sQ
— Yash Raj Films (@yrf) September 27, 2018
"ތަގްސް އޮފް ހިންދުސްތާން" ގެ ޓްރެއިލާ ލޯންޗް ކުރުމުގެ ހަފުލާގެ ތެރެއިން.
ވަކިން ހާއްސަކޮށް މި ފިލްމަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ތަރިންގެ ތެރޭގައި ހިމެނޭ އާމިރާއި އަމީތާބް ފުރަތަމަ ފަހަރަށް އެކީގައި ފިލްމަކުން ފެނިގެންދާ ފިލްމަށްވާތީ، ފިލްމަށް ކުރެވޭ އިންތިޒާރީތައް ބޮޑެވެ. ފިލްމް އެންމެ ހާއްސަވާ އެއް ސަބަބަކީ ވެސް އެއީ އެވެ.
"ތަގްސް އޮފް ހިންދުސްތާން" އަކީ "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ (ވިކްޓާ) އަޗަރިއާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި ފިލްމަކީ ވައިއާރްއެފުން މިހާތަނަށް ގެނެސްދޭ އެންމެ ބިޔަ އަދި އެންމެ އަގު ބޮޑު ފިލްމު ވެސް މެ އެވެ.
އައިމެކްސް ފޯމެޓްގައި ގެނެސްދޭ ފިލްމަށް 210 ކްރޯޑް ރުޕީސް (29 މިލިއަން ޑޮލަރު) ހޭދަކޮށްފައިވެ އެވެ. "ތަގްސް އޮފް ހިންދުސްތާން" ސިނަމާތަކަށް އަންނާނީ ހިންދީ ބަހުގެ އިތުރުން ތަމަޅާއި ތެލުގޫ ބަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy