އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ކަސްޓަމްސް އަށް ވަޑައިގަތުމުން، ކަސްޓަމްސް މުވައްޒަފަކު، އިބޫއާ އެކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
30 ސެޕްޓެމްބަރ 2018 - 19:13
އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ކަސްޓަމްސްގައި މަސައްކަތް ކުރާ މުވައްޒަފުންނާ ދޭތެރޭގައި އެއްވެސް ތަފާތު ކުރުމެއް ނޯންނާނެ ކަމަށް އިންތިހާބީ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ މުވައްޒަފުންނާ ބައްދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިބޫ ވިދާޅުވީ ކަސްޓަމްސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރޭގައި ތަފާތު ފިކުރުގެ މީހުން ތިބޭނެ ކަމަށެވެ. އެގޮތުން، އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ މީހުންގެ އިތުރުން، ހިޔާލު ތަފާތުވާ މީހުން ތިބޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެކަމަކު، އިބޫ ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވާ މީހުން ތިބުމަކީ މައްސަލައެއް ނޫނެވެ.
އިބޫ މިއަދު ކަސްޓަމްސް އިދާރާއަށް ވަޑައިގަތުމުން، ކޮމިޝަނާ ޖެނެރަލް ޖުނައިދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެއިން އެއްވެސް ބޭފުޅަކާ ދޭތެރޭގައި ތަފާތު ކުރުމެއް ނޯންނާނެ. ސިޔާސީ ފިކުރާ އެއްގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ،" ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި، އިދިކޮޅު ވެރިކަމެއްގައި ވަޒީފާގެ ކުރިއެރުން ދިނުމުގައި ވެސް އެއްވެސް މުވައްޒަފަކާ ދޭތެރޭގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ އެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ކަސްޓަމްސް އަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވި އެތަނުގެ ބައެއް މުވައްޒަފުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
ކަސްޓަމްސްއަކީ ވަރަށް ހިކުމަތްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ބައެއް ކަން ފާހަގަ ކުރައްވައި، އިބޫ ވަނީ ކަސްޓަމްސްއަކީ ގިނަ ބަޔަކަށް ހިދުމަތް ދޭން ޖެހޭ ބަޔަކަށްވާތީ ވަކި ކުލައަކަށް، ފިކުރަކަށް ބެލުމެއް ނެތި އެންމެންނަށް ހަމަހަމަކޮށް ހިދުމަތް ދިނުމަށް އެދިވަޑައިގެންފަ އެވެ.
އިބޫ ވިދާޅުވި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ކުރިމަތިލީ ވަރަށް މުހިންމު މަގްސަދުތަކަކާ އެކީގަ އެވެ. އޭގެ ތެރޭގައި އިންސާފު ގާއިމު ކުރުން އެއީ އެންމެ މުހިންމު ވާޖިބު ކަމަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޖުނައި މިއަދުގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
ކަސްޓަމްސްގެ މައި އިދާރާގައި އެ ތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިބޫގެ އިތުރުން، އިންތިހާބީ ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޑިބެ
02 October 2018
އިބޫ އޯކޭ. ތަފާތު ކުރައްވާނެ ކަމެއްނެތް. އެކަމަކު ސަރުކާރު ހިންގުމަށް ގަސްދުގައި އުދަގޫކުރާ ކަމަށްވާނަމަ ގަވާޢިދުން ފިޔަވަޅު އަޅަން ޖެހޭނެ. ސަރުކާރަށް ޖެއްސުން ކުރުމަކީ ރައްޔިތުންނަށް ދަތިކުރުން.
ޝޮކްތެރަޕީ
01 October 2018
ކަލޭމެން ތަފާތުކުރުމޭ ކިޔާފަ މިރާއްޖޭގެ ބަދަރުތަކާ ފަޅުތަ އިންޑިޔާއަ ހަދިޔާ ކުރާނީކީނުން. މިގޮތަ ބުނެލީ އިންޑިޔަގެ ނޫސްތަކުގާ މިކަހަލަ ނުރައްކާ ވަހަކަ ލިޔެފަ ހުންނާތީ. ދިވެހި ރާއްޖެ ދެކެ ކޯބި ވާނެކަމަ އުމްމީދުކުރަން.
ސޮބާ
01 October 2018
ހާޖަރާއަށް ދަންނަވާލަނ ކަސްޓަމްސް މުއައްޒަފުންގެ މުސާރަ ބޮޑުކުރީ މަހަކު ދޭ 3500 ރުފިޔާގެ އެލެވެންސް ކަނޑާފަކަން އަދި ކަސްޓަމްސް މުވައްޒަފުންނާ އިބޫ ބައްދަލުކުރީ މުއައްޒިފުން ދިން ދައުވަތަކަށް.
ހާޖަރާ
01 October 2018
ދާދި އިހަކައްދުވަހު ތިމީހުންގެ މުސާރައަށް ބަދަލު ގެނައީ. އެވެސް ތިތަނުން ލިބޭ ބޮޑު މުސާރައިގެ އިތުރުން ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ. އަނެއްކާ އިންތިޚާބުވާން ކައިރިވެފާވާ ރައީސާ ފުރަތަމައަށް ތިޔަ ބައްދަލުކުރީ. ދެން އަނެއްކާ ޖެނުއަރީ 2019 އިން ފެށިގެން މުސާރަ ބޮޑުވާނެ. ކަސްޓަމްމީހުން ދުނިޔޭގައުޅެންވީ. އަނެއްކާ ފުރުސަތުގެ ބޭނުންކުރަން މާބޮޑަށްވެސް މޮޅީއޭ.
ޢެނީވޭ
01 October 2018
މަ ހިތަށް އަރާ ކަސްޓަމްސް މުއަޒަފުނަށް މުސާރަ މި ބޮޑު ކުރަނީ ކީއްވެ ބާއޭ ރީޖަނަލް ޕޯރޓް ތަކުގައި އެއީ ވ ދޯދިޔާ ބައެއް އަނެއްހެން ބުނައްޔާ އެއްވެސް ކަމެއް ކުރާބައެއް ނޫން
ޖައްރާފް
01 October 2018
އިބޫ މިނިވަން މުއައްސަސާތަކަށްވެސް ވަޑައިގަންނަވާ :)
ޒުހުރީ
01 October 2018
މިނިވަން މުއައްސަސާ ތަކެއް އެބަހުރިތަ.
ހޮޓްކިންގ
01 October 2018
އުއްމީދު ކުރަން އިބޫއަކީ ގައުމުގެ ރައީސް ކަމުގައި ވިޔަސް ވީހާވެސް އާދައިގެ ގޮތުގައި އުޅުއްވާނެކަމަށް. އެންމެ ނިކަމެތި މީހާއާއިވެސް ބައްދަލުވެ ވާހަކަ ދައްކާ އުޅުއްވާނެ ކަމަށް. އެއީ މީހުންގެ ލޯބި އިތުރުވާނެ ކަމެއް. ބޮޑާ މީހުންދެކެ މީހުން ފޫހިވާނެ.
ހައި
01 October 2018
އުމަރު ބުނު އަބުދުޅް އަޒީޒު ކިހާވަރެއް ވާނެބާ؟؟؟
ސޯބު
01 October 2018
ކޮބާހޭ ކަސްޓަމުގެ ގަވާއިދުގެ ދަށުން މުވައްޒަފުންނަށް ލިބެންޖެހޭ ޕްރޮމޯޝަންތައް. މިއަށް ކިޔަނީ މުވައްޒަފުންގެ ހައްގު ނިގުޅާގަތުން. ކިހާދުވަހެއްމިވީ.
މެޓް
30 September 2018
ކޮންއިރަކުން ބާ މެޓް އޮފީހުގެ މުވައްޒަފުންނާ ބައްދަލު ކުރައްވނީ ޥަރަށް ބޭނުން