ޚިޔާލު / ރައްޔިތުންގެ މަޖިލިސް

ހަތް މެމްބަރުންގެ ހިތްވަރަށް ސާބަސް، ޝުކުރިއްޔާ

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ކޯލިޝަންގެ ހަތަރު މެމްބަރުން (ކަނާތުން ވާތަށް): މުހައްމަދު ނަޝީދު، ފާރިސް، ހުސެއިން އަރީފް އަދި މުސްތަފާ. މި ހަތަރު ބޭފުޅުން ވެސް ވޯޓު ދެއްވީ ޕީޕީއެމްގެ ވިޕާ ހިލާފަށް - ފޮޓޯ: މަޖިލިސް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި ބިލާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރިއްޔާ އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވި 31 މެމްބަރުންނާއި ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިނުގެންނެވި ބޭފުޅުން ގައުމަށްޓަކައި އެވީ ގުރުބާނީއެކެވެ. އެކަމަކު އޭގެ ތެރެއިން ރަން އަކުރުން ފަވާލަން ޖެހޭ ހަތް މެމްބަރަކު އެބަ ތިއްބެވެ. ސަރުކާރުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ނިސްބަތްވާ ހަތް މެމްބަރުންނެވެ. އެ ބޭފުޅުންގެ ކެރުމާއި ހިތްވަރު މިއަދު ނޫސްވެރިން ފާހަގަކުރަން ޖެހެ އެވެ.

ބިލަށް ނޫނެކޭ ވިދާޅުވެ "ރަތް" ޖެއްސެވި ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތިމަރަފުށި ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ އާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފު އެކަން ކުރައްވާނީ ޔަގީނުން ވެސް ފަސޭހަ ކަމަކަށް ވާތީއެއް ނޫނެވެ. ވޯޓު ނެގި ވަގުތު މަޖިލިހަށް ވަޑައިނުގެންނެވި ޕީޕީއެމްގެ ތިން މެމްބަރުން ކަމަށްވާ އޭދަފުށި ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އަދި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދަށް ވެސް އަންނާނެ ޕްރެޝަރާ އެކު "ފިތޭނެ" ވަރު ކިތަންމެ ރަނގަޅަކަށް ވެސް ވަޒަންކުރެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ތިން މެމްބަރުން ކަމަށްވާ ނާޒިމް ރަޝާދު (ކ)، އަހުމަދު ސަލީމް (މ) އަދި އަމީތު (ވ). ފޮޓޯ: މަޖިލިސް

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ބިލް އޮތަސް އޭގެ ސަބަބުން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓޭނެކަން މި ހަތް މެމްބަރުން ގަބޫލުކުރައްވައި އެއާ ދެކޮޅަށް ތެދުވެވަޑައިގަތުމަކީ ފަސޭހަ ކަމެއް ނޫނޭ މި ބުނަނީ ސަބަބުތަކަކާ އެކުގަ އެވެ. ވޯޓަށް މަޖިލިހަށް ވަޑައިނުގެންނެވި ބައެއް މެމްބަރުންނާއި ފަހުން "ޕްރެޝަރު" ބޮޑުވެގެން ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިގެންނެވި މެމްބަރުން އެދުވަހު އުޅުއްވި ގޮތް ވަރަށް ކައިރިން ފެނުނެވެ. ވޯޓަށް ދޮޅު ގަޑިއެއްހާއިރު ވެފައި ވަނިކޮށް ވެސް، އެބޭފުޅުން ހަދާނެ ގޮތް ހުސްވެގެން ދެކޮޅަށް ހިންގަވައި، ދެއްކެވި ވާހަކަތައް އަޅުގަނޑަށް އިވުނެވެ.

އެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން، މި ބިލްގެ ވޯޓަށް މަޖިލިހަށް ވަޑައިނުގަތުމަކީ ކިހާ އުނދަގޫ އަދި ކުރިމަގަށް ވެސް އަސަރު ކުރާނެ ކަމެއްކަން ސާފުކޮށް އެނގުނެވެ. ބައެއް މެމްބަރުން އެންމެ ފަހު ވަގުތު މަޖިލިހަށް ވަޑައިގަތީ ގޮތް ހުސްވެ، "އެކައްޗެއް ކިޔައި" ވަކި ކަމަކަށް އެއްބަސްވި "އަޚު މެމްބަރުންނަށް" ވެސް އޮޅުވާލައިފަ އެވެ. ބިލާ ދެކޮޅަށް ފާޅުގައި ވާހަކަ ވެސް ދައްކަވައިފަ އެވެ. އޭގެ ތެރެއިން މަޖިލިހަށް ވަޑައިނުގެންނެވި ބައެއް މެމްބަރުން އެ ގޮތުގައި ހިފެހެއްޓެވިއިރު ވެސް މޫނުމަތިން ފެނުނީ ހާސްކަމާއި ނުތަނަވަސް ކަމެވެ. މަޖިލިހަށް ވަޑައިނުގަތުމުގެ އަދަބެއްގެ ގޮތުން، ޖަލު ގޮޅީގެ ވާހަކަ ވެސް ބައެއް ބޭފުޅުން ދެއްކެވި އެވެ. ފްރޭމް ކޮށްފާނެ ކަމުގެ ބިރު ވެސް އޮތެވެ. އެ ހުރިހާ ކަމެއް ލޯމަތިން ފެންނަ ފަދައިން ވާހަކަ ދެއްކެވި ނަމަވެސް މަޖިލިހަށް ވަޑައިނުގަތީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގުގައިކަން އަޅުގަނޑު ޔަގީންކުރަމެވެ.

މަޖިލިހުގައި ބިލާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރަކަށް، ވޯޓުގެ ކުރިން ގުޅައި ވެސް ލީމެވެ. އެ މެމްބަރު އޭރު ވިދާޅުވި ގޮތުން ނަމަ، ބިލަށް އޭނާ އާނއެކޭ ޔަގީނުން ވެސް ވިދާޅެއް ނުވާނެ އެވެ. "ފެހި" ޖެއްސެވުމުގެ ބަދަލުގައި ހުންނަވާނީ ވަކިކޮޅަކަށް ނުވަތަ "އެބްސްޓެއިން" ބަޓަނަށް ފިތަން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ވޯޓުގެ ނަތީޖާ އައިއިރު އެ މެމްބަރު ޖެއްސެވީ ރަތެވެ؛ އެކަމުގެ އުފަލުގައި ގުޅާލީމާ ލިބުނު ޖަވާބަކީ "ﷲ އަށް ވަކީލުކޮށްފައި" ރަތަށް ފިތާލެއްވީ ކަމަށެވެ. އޭނާ ވިދާޅުވީ ތްރީލައިން ވިޕާ ހިލާފުވެގެން، "އަޅާ ފިޔަވަޅެއް އަޅާނެ" ކަމަށާއި މި ބިލު ކުރިއަށް ވުރެ ގޯސްވުމުން ސީދާ ރަތް ޖެހުން ނޫން ގޮތެއް ފެނިވަަޑައިނުގެންނެވީ ކަމަށެވެ. މި މެމްބަރާ ވޯޓުގެ ކުރިން އަދި ފަހުން އަޅުގަނޑު ފޯނުން ވާހަކަ ދެއްކިއިރު ވެސް އަޑުގައި ހުރި ނުތަނަވަސްކަން ސާފުވެ އެވެ. އޭނާގެ ލޭގެ ޕްރެޝަރު އެ ވަގުތު ޗެކް ކުރި ނަމަ، ހުންނާނީ ވަރަށް މަތީގައި ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. އެހާ ވަރަށް އަޑުގައި ތުރުތުރުއެޅުން ހުއްޓެވެ. ދޭތެރެދޭތެރެއިން އަޅުގަނޑު ވާހަކަ ދައްކާ މެމްބަރުންގެ އަޑުގައި ހާސްކަމެއް އުޅޭ ކަމަށް ވަންޏާ އެނގޭނެތާ އެވެ.

ސަރުކާރުގެ އެކި ފެންވަރުގަ އާއި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ވޯޓުލާން ތަކުރާރުކޮށް އެންގުމުން ވެސް އެއާ ހިލާފު ވާނީ ސަބަބުތަކެއް ހުރެގެންނެވެ. އެ ހުރިހާ މެމްބަރުން އެކަން ކުރައްވާނީ ހަމައެކަނި ސިޔާސީ ގޮތުން ކަމަށް ބުނަން ވަރަށް ދައްޗެވެ.

މިސާލަކަށް ނަޝީދު ނަގަމާ ހިނގާށެވެ؛ މީގެ ކުރިން އޭނާ ގާތްގަނޑަކަށް ހުރިހާ ވޯޓެއްހެން ދެއްވީ ޕީޕީއެމްގެ ޕީޖީ ގުރޫޕުން ބޭނުންވާ ގޮތަށެވެ. އެކަމަކު ހިޔާލުފާޅުކުރުން ހުއްޓުވާ ބިލް އެންމެ ކުޑަމިނުން މަޖިލިހަށް ބަލައިގަންނަން ވެސް އޭނާ ތާއީދެއް ނުކުރެއްވި އެވެ. އެފަހަރުގެ ވޯޓު ވަކި ކޮޅަކަށް ނުދެއްވަ އެވެ. ކޮމިޓީން މުޅިން އާ ޑްރާފްޓެއްގެ ގޮތުގައި ބިލް މަޖިލިހަށް ހުށަހެޅުމުން ސީދާ އެ ބިލަށް ރަތް ޖައްސަވާނީ ބިލް ވަރަށް ބޮޑަށް ގޯސްވެގެންނެވެ. މިހާތަނަށް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރުގެ ވިސްނުމާ ދެކޮޅަށް އޭނާ މަސައްކަތެއް ނުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަ ދައްކަވަނީ: ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ ސީދާ ދެކޮޅަށް ވޯޓު ދެއްވި --ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަން ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރެއްވީ ނަޝީދެވެ. އެހެންކަމުން އިއްޔެގެ ބިލުން އެ މިނިވަންކަން ގެއްލޭ މިންވަރާއި ނޫސްވެރިކަމަށް ހުރި ގޮންޖެހުންތައް އެންމެ ރަނގަޅަށް އިހުސާސް ކުރެއްވޭނެ އެއް ބޭފުޅަކީ އޭނާ އެވެ. އޭނާ އެ ބިލަށް ސީދާ ނޫނެކޭ ވިދާޅުވެ، ރަތް ޖެއްސެވުމުން އެނގެނީ ބިލްގެ ނުރައްކާތެރިކަމެވެ. އޭނާ އެ ދެއްވި މެސެޖަކީ "މި ބިލް ވަރަށް ގޯހެ"ވެ.

މަޖިލިހުގެ ޖަލްސާއެއްގައި އަމީތު: ބިލަށް ވޯޓު ދެއްވަން އެތައް ޕްރެޝަރެއް އައި --ފޮޓޯ: މަޖިލިސް

ދެން ހުންނެވީ އިއްޔެ މަޖިލިހަށް ވަޑައިނުގެންނެވި އަމީތެވެ؛ މިއީ ވެސް ކުރިން މީޑިއާގެ މެމްބަރެކެވެ. ކުޅަދާނަ ޓީވީ ހުށަހެޅުންތެރިއެކެވެ. ބިލާ ދެކޮޅަށް ހުންނެވުމުން އެނގެނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމަށް ކުރިމަގުގައި ކުރިމަތިވާނެ ބޮޑެތި އުނދަގޫތަކެވެ. ބިލަށް ވޯޓުލުމަށް އެދި އޭނާ އަށް އެންމެ މަތިން ފެށިގެން އައި ކޯލްތައް މަދެއް ނޫނެވެ. އެކަމަކު މީޑިއާގެ މިނިވަންކަމަށްޓަކައި އަމީތުގެ ފަރާތުން ފެނުނީ ގޮތް ދޫނުކުރައްވައި، ވިދާޅުވަމުން ގެންދެވި ބަހުގައި ހިފެހެއްޓެވި ތަނެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ސަލީމް ވާހަކަ ދައްކަވަނީ: ބިލާ ދެކޮޅުހެއްދެވި މައްސަލާގައި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ދަނީ ފިޔަވަޅު އަޅަމުން --ފޮޓޯ: މަޖިލިސް

ރެޑްވޭވް ސަލީމަކީ ވޯޓަށް ވަޑައިނުގެންނެވުމުން އެންމެ ފަސޭހައިން "ކަތިލެވޭނެ" މެމްބަރަށް ވުން ދުރެއް ނޫނެވެ. ބިލާ ދެކޮޅު ހައްދަވާކަން ފާޅުގައި ދެއްކެވިއިރު އޭނާއަކީ މި ހަތް މެމްބަރުންގެ ތެރެއިން އެންމެ ބޮޑު ވިޔަފާރިވެރިޔާ އެވެ. އަދި ޕީޕީއެމް މަޖިލިސް މެމްބަރުންގެ ތެރެއިން އެންމެ ސީނިއަ އެއް ބޭފުޅެވެ. ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތައް އެންމެ ފަސޭހައިން އަންނާނީ ވެސް ސަލީމަށެވެ. އެކަމަކު އޭނާ އެ ގޮތުގައި ހިފެހެއްޓެވުމުން އެކަން ފާހަގަކޮށްލަން ޖެހެ އެވެ.

ފާރިސް އާއި މުސްތޮފާ އަކީ ބިލަށް ފާޅުގައި ކުރިން ފާޑު ވިދާޅުވި ބޭފުޅުންނެވެ. ޕީޕީއެމް ޕީޖީ ވައިބަ ގްރޫޕުން މުސްތޮފާ ބޭރުކުރީ ވެސް އޭނާގެ އެ ދެކޮޅުހެދުންތަކާ ހެދި އެވެ. އެހެންކަމުން ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި މި ދެ ބޭފުޅުން ތެދުވެންނެވުމަކީ އޭގެ ޒާތުގައި ހަމަ ވަރަށް ބޮޑު ކަމެކެވެ.

އެމްޑީއޭގެ އަރީފް އިއްޔެގެ ވޯޓުގައި ސީދާ ނޫނެކޭ ވިދާޅުވީ އެމްޑީއޭ އިން ބިލަށް ތާއީދުކުރާކަން އަންގާފައި ވަނިކޮށެވެ. އަދި މި ބިލް ފާސްކުރަން ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ބާރު ވެސް މެ އެވެ. އެހެންކަމުން އަރީފް އެވޯޓުގައި ރަތް ޖެއްސެވުމަކީ ވެސް އޭގެ ޒާތުގައި ފާހަގަކޮށްލަން ޖެހޭ ނިންމެވުމެކެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބިލަށް މަޖިލިހުގައި އިއްޔެ ވޯޓަށް އެހި ވަގުތު ބައެއް ނޫސްވެރިން މަޖިލިހުގެ އިދާރާ ކައިރީގައި އަޑުއުފުލަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ ދެކޮޅަށް، މީޑިއާ ރަނގަޅަށް ދެނެވަޑައިގަންނަވާ ނަޝީދާއި އަމީތުމެން ފަދަ މެމްބަރުން ނުކުންނެވުމަކީ ނޫސްވެރިންނަށް ވެސް ހިތްވަރެކެވެ. އަދި ބިލަށް ވޯޓު ނުދެއްވި ސަރުކާރު ކޯލިޝަންގެ އެހެން މެމްބަރުން މިހާރު ނަގަން ޖެހޭނީ މިސާލެއްގެ ގޮތުގަ އެވެ. ޝުކުރިއްޔާ އެވެ، ސާބަހެވެ.

34 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުވައްމުލައް

11 August 2016

7 މެންބަރުންނަށް އަސްސަރިބަހާއި ސާބަސް

The name is already taken The name is available. Register?

ކާސިމް

11 August 2016

ފެންވަރު ހުންނާނީ އަނިޔާވެރިކަން ފެނުނީމާ!

The name is already taken The name is available. Register?

މުހައްމަދު

10 August 2016

ތިޔަ ހަތްބޭފުޅުން ތިޔަދެއްކެވީ ގައުމިއްޔަ ވަންތަކަމާއި އަމިއްލަ އަގު ހިފެހެއްޓެވުމުގެ ފުރިހަމަ ނަމޫނާ އެއް. އެކަމުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި ތިޔަ ބޭފުޅުންގެ ގަދަރު އެތައް ގުނަޔަކަށް އުފުލިއްޖެ. ވަރަށް އިޙްލސްތެރިކަމާއެކު ޝުކުރިއްޔާ.

The name is already taken The name is available. Register?

އާދަމް ފަތުހީ

10 August 2016

ކޮބައިތަ ސީދާ ރެޑް ޖަށްސަވާނަމޭ ވިދާޅުވި ޤާސިމް. އޮޅިގެން ގްރީން އަށް ފިއްތާލެވުނީ ދޯ؟

The name is already taken The name is available. Register?

ފެންވަރު

10 August 2016

ނުޖެހޭ އެމީހުންނަށް ޝުކުރުވެރިވެފަ އެމީހުންނަށް ދިމާވާނެ ފިއްތުންތަކަށް ރައްޔިތޔުން ވިސްނާކަށް! ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ދީފަ ބައިތިއްބާފަ ތިބެނީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރަން، ބޮޑުމީހާ ބުނާހާ ގޮތަކަށް ކަންތައް ކުރާކަށް ނޫން! ދެން ހަވާލުކޮށްފަ އޮތް މަސްއޫލިއްޔަތު އަދާކުރީމަ އަދި މުސާރައާއި އިނާޔަތްތައް ދީފަ އެމީހުންގެ ފައިބުޑަށް ވެއްޓި ޝުކުރުވެސް އަދާކުރަންޖެހޭތަ! ރައްޔިތުންނާ ދޭތެރޭ ކުޑަވެސް ކުލުނެއް އޮތް މީހަކުނަމަ ބިރަކާނުލައި ފަހަތައްނުޖެހި ޖެހިލުންނުވެ ރަތް ބަޓަނަށް ފިތާނެ! އަބަދު ބޮޑުމީހާ ދިފާޢުކޮށް ވައްކަން ކުރެވޭގޮތަށް ޤާނޫނު ހަދާ ތަނަކު ނީންނާނެ! އެއްވެސް ޝުކުރެއް ނެތް ކަލޭމެނަކަށް! އަދި އެބްސްޓެއިން ވީމީހުންނަށް ބުނެލަންއޮތީ ތިހާ ފިނޑިއްޔާ މަށަށް ވާނެޔޭ ކިޔާފަ ނިކުމެ ރައްޔިތުންނަށް ދޮގު ހުވަފެން ދައްކައިގެން ކެމްޕެއިން ނުކުރާށޭ! މުޅި މަޖިލިހަށްވެސް ވަރަށް ސަލާމް!

The name is already taken The name is available. Register?

ޖިލްބާބު ހަބީބު

23 March 2017

ރަނގަޅުވާހަކައެކެވެ. 5 އަހަރުގެ ދައުރެއް މަޖްލީހު ތެރޭގައި ހޭދަކުރާއިރު އަދި ފައިސާގެ ގޮތުން 85000 ރުފިޔާ ރައްޔިތުންދޭއިރު ރައީސްމީހާގެ އުނގަށް ވެއްޓޭކަށް ނުޖެހެއެވެ. އަދި ފްރޭމް ކޮށްފާނޭ ކަމަށް ބިރުން އުޅޭކަށްވެސް ނުޖެހެއެވެ. ފްރޭމް ކުރެވެނީވެސް މީހާ އުޅޭ ގޮތަކުންނެވެ. ރައީސްމީހާ ވަރެއް ނެތިގެން ފައިބުޑަށް ވެއްޓުމާއި ޙައްގުނޫން ފައިދާތަކެއް ނަގާތީއެވެ. ބިރުން އުޅުއްވި ބޭފުޅުންނަށް ޖަލުގެ ގޮޅި ޚިޔާލަށް އަންނަނީ އުޅެވިފައިވާގޮތް ހަޑިވީމައެވެ. ނިކަން ވިސްނާ ބަލާށެވެ. ފްރޭމް ކޮށްފާނޭ ކަމަށް ފާރިޝް އަދި ވައްޑޭ އެއް ބިރެއް ނުގަނެއެވެ. ސަބަބަކީ ސާފުކޮށް ހުރީމައެވެ. ދެއްވީމާ ކުޑަސިޓީއުރައިގާ ނުހިފީމައެވެ. ރައްޔިތުންގެ މަޖިލީހަށް ނުކުންނަންވާނީ ރައްޔިތުންނަށްޓަކައި ކުރާ ކަމެއްގައި ތެދުވެރިވެހުރެ އިންޒާރަށް ބިރު ނުގަންނަމީހުންނެވެ.

The name is already taken The name is available. Register?

އަހަރެން

10 August 2016

ވޯޓްލާން މަޖްލިހަށް ނުދާމީހުނަށް ޝުކުުރު ހައްގެއްނޫން..... ބިލާ ދެކޮޅުކަން ދައްކާނީ މަޖްލިހަށް ގޮސް ރަތް ފިތަށް ފިތައިގެން... ޖަލްސާ ކަޓުވާލާނީ ފިނޑިން.

The name is already taken The name is available. Register?

މަޒް

10 August 2016

ހިޓްލަރުގެ ފަރާތުން ރެޑްވޭވް ވިޔަފާރިތަކަށް ވަރަށް ބޮޑަށް އުނދަގޫ ކުރާނެކަމަށް ލަފާކުރެވޭ

The name is already taken The name is available. Register?

އެމް

10 August 2016

އަނެއްކާ މިޖެހުނީ މިބޭފުޅުންގެ ދިފާޢުގައި ނުކުންނަން އުތަ؟ މެމްބަރުން ވޯޓްލުމުގައި ގެންގުޅެންޖެހިފައިވާ އުސޫލު މިހާރު ކުޑަކޮށް އެބަ އިނގޭ!

The name is already taken The name is available. Register?

Maldives

10 August 2016

ބިލާ ދެކޮޅުނަމަވެސް މަޖުލީސް އަށް ނުގޮސް ބިލާ ދެކޮޅަށް ވޯޓް ނުލާތިބީ ފިނޑިން. އެމީހުން ބަޖުލިސް އަށް ގޮސް ރަތް ޖެހިނަމަ ބިލް ފާސް ނުކުރެވޭނެ. ޤާސިމް ވެސް ސީދާ ރެޑް ޖަހާނަމޭކިޔާފަ އޮތީ ބެންކޮކްގަ.

The name is already taken The name is available. Register?

އާދަނު

10 August 2016

މިފަހަރު 7 މެމްބަރުން ދެން ފަހަރަކުން 14 މެމްބަރުން ދެން ބައި ބަޔަށް މެމްބަރުން އިދިކޮޅަށް ނިކުންނަ މަންޒަރު އަޅުގަނޑަށް އެބަ ސިފަވެއެވެ. ބިރުދެއްކޭނީ ވެސް ވަކި ދުވަހެއް ވަންދެންނެވެ. މިޔޮށްފަދަ ތަހުޒީބީ ޒަމާނެއްގައި އުތުރު ކޮރެޔާ ފަދަ ގައުމަކަށް މި ޖަވާހިރެއްފަދަ އަގުބޮޑު ދިވެހި ރާއްޖެ ހެދުމަށް ފައިކުރި އޮޅާލައިގެން ހުރި ރައީސްގެ ސޯޓް އަދި ބޭލޭނެ ދުވަސް އަންނާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.

The name is already taken The name is available. Register?

އަލީ

10 August 2016

ކެކެކެކެ. ހިޔާލީ ފޮލާ ކައްކަން ފެށީ. ހުވަފެން ބަލައިގެންވެސް ހިންހަމަ ޖެހުމެއް ލިބޭތޯ ބަލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454