ކޯސްޓްގާޑް އުޅަނދެއް ކަނޑުމަތީގައި ހަރަކާތްތެރު ވަނީ.
03 އޮކްޓޯބަރ 2018 - 00:03
ޓޫރިސްޓުންތަކަކާ އެކު އަނަންތަރާ ދިގުފިނޮޅު ރިސޯޓްގެ ހުޅަނގު ފަރާތުގައި އޮންނަ ގިރިއަކަށް މިރޭ އެރި ޑައިވިން ދޯންޏެއް ފުންކުރުމުގެ މަސައްކަތް އެ ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ "އަމިސް ޑެސް މޯލްޑިވްސް" ނަމަކަށް ކިޔާ ދޯނި ގިރިއަކަށް އެރި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:19 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ލޯންޗެއްގައި ސިފައިން އެ ސަރަޙައްދަށް ގޮސް، ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާ ހިނގި އިރު، ދޯނީގައި 24 ޓޫރިސްޓުންނާއި ހަ ފަޅުވެރިން ތިއްބެވެ. އަދި އޭގައި ތިބި ޓޫރިސްޓުން ވަނީ "މޯލްޑިވިއަން ޑްރީމް ޓޫ" ނަމަކަށް ކިޔާ ސަފާރީއަކަށް ނަގައިފަ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯނި ފުން ކުރި މީހުން
03 October 2018
އެމްއެންޑީއެފް އިން ހަރަކާއިތެރިވީ އޭ ބުނާއިރު، އެމީހުން ދައްކާވެސް ނުލާ. އަހަރުން ރޭގަ މޫދަށް އެރި އެކަމާ އުޅުނީ. ބޯޓުގަ ހުރި ގައިޑު މަމީ. ދޮގު ވާހަކަ ނުފަތުރާ! ދޯނި ފުންކުރީ އަހަރުން. އެއްކަމެއްވެސް ނުކުރޭ އެމީހުން. ގުޅީމަ ބުނީ މާފުށިން ދޯނި ހޯދައިގެން އުޅޭށޯ. ފެންވަރުމީ އިންގޭތޯ.