ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި

ފުވައްމުލަކު ބޭރުގައި އޮތް ސަފާރީއަކުން ފީނަން ފޭބި ޓޫރިސްޓަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި އެވެ.


އެމްއެންޑީއެފުން ބުނީ އިއްޔެ އިރުއޮއްސެނިކޮށް ފީނަން ފޭބި މީހާ ގެއްލިގެން ހޯދުމުގެ މަސައްކަތް އިއްޔެ ކަނޑުމަގުން ވެސް ކޮށްފައިވާ ކަމަށެވެ.

އޭނާ ފީނަން ފޭބީ އިތުރު ވިއްސަކަށް މީހުންނާ އެކު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ސާޅީސް ފަސް އަހަރުގެ އެ މީހާ ފީނަން ފޭބިއިރު ލައިގެން ހުރީ އަޅިކުލައިގެ ރޭސް ގާޑްއެއް ކަމަށާއި ކަޅުކުލައިގެ މާސްކެއް އަޅައި، ކަޅު ފިންސަކަށް އަރައިގެން ހުރި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުވައްމުލަކުގެ ބައެއް ދޯނިފަަހަރުން ވެސް އިއްޔެ ކުރި އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ