ޚަބަރު / ފެމިލީ ކޯޓު

ސާބިތު ޚަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމު ކުރަން ފަށަނީ

ފެމިލީ ކޯޓް: ސާބިތު ޚަރަދުގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައުލޫމާތު އާންމު ކުރަން ފެށުމަށް އެ ކޯޓުން ވަނީ ނިންމާފައި --ފޮޓޯ/މިހާރު

އާއިލީ މައްސަލަތަކުގައި ދައްކަންޖެހޭ ސާބިތު ޚަަރަދުގެ ފައިިސާ ނުދައްކާ މީހުންގެ މައުލޫމާތު އާންމު ކުރަން ފެމިލީ ކޯޓުން ނިންމައިފި އެވެ.

އެ ކޯޓުން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ކޯޓަށް ދައްކަންޖެހޭ ސާބިތު ޚަރަދުގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައުލޫމާތު އާންމު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. އެފަދަ މީހުންގެ މައުލޫމާތު ކޮންމެ ތިން މަހަކުން އެއް ފަހަރު އާންމު ކުރުމަށް ފެމިލީ ކޯޓުން ވަނީ ނިންމައިފަ އެވެ/

ސާބިތު ޚަރަދުގެ ގޮތުގައި ބަލާނީ ދަރިންގެ ޚަރަދާއި އިއްދައިގެ ޚަރަދުގެ ފައިސާ އެވެ. އެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައުލޫމާތު ކުރުމުގެ އިތުރުން އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާ ކުރުމާއި އެކައުންޓް ފްރީޒް ކޮށްގެން ފައިސާ ހޯދުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް އާއިލާއާ ބެހޭ ގަވާއިދުގެ ދަށުން ފެމިލީ ކޯޓަށް އޮވެ އެވެ.

26 ކޮމެންޓް, 177 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 5%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޣުރްބާ

23 March 2020

އެ ލިޔަސް އޮތް ލިންކެއް ފޮނުވައިދިބަލަ ނިކަން ކޮންމެސް މީހެއް.

The name is already taken The name is available. Register?

އީނު (ކެބިންކުރޫ)

05 October 2018

ތިހެން ހަދައިގެންވެސް މަގޭ ދެދަރިންގެ ބައްޕަ އަތުން އެއްޗެއް ލިބޭނެބާ...؟؟؟؟؟

The name is already taken The name is available. Register?

ދއނ

04 October 2018

ވަރަށް ރަގަޅު. ގަދަ ކަމުން ވެސް ބައްޕައިންގެ އަތުން ދަރިންގެ ހަރަދު ހޯދަން ޖެހޭނެ. މިހާރު ވެސް ވަރަށް ގިނަ ވަޒީފާތަކުގަ ހީވާގި ކަމާ އެކު އަންހެން ކަބަލުން މަސެއްކަތުގަ އުޅޭ އިރު ފިރިހެނުން ފެންނާނެ ކޮފީ ބޯށާ ރެސްޓޯރަްޓްތަކަށް ވަދެ ނިކުންނަތަން. ބައްޕަ ހަރަދު ދިނުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް. ދަރިންނަށް ޓަކާ ކޮންމެހެން ކޮށްދޭން ޖެހޭ ކަމެއް

The name is already taken The name is available. Register?

އަޙުމަދު

04 October 2018

ތިކަން ޢާންމު ކުރުމުން ވަކި ވާނެ ކަމެއް އޮންނާނެތޯ ؟ޢާއްމު ކުރިއަސް ނުކުރިއަސް ފައިސާދޭނީ ދޭނެ މީހަކު، އަނެއްމީހާ ބުނާނީ ނުލިބިގެންނޭ ނުދެއްކިގެން މިއުޅެނީ، ދެން ބަންދުކުރަންވީ، ބަންދުކުރީމަ ވަކި ލިބޭނެތަ؟ ބަންދުކުރީމަ ބުނާނީ ދޫކޮށްލީ މަސައްކަތެއް ކޮށްގެންނޭ ފައިސާދެއްކޭނީ. ހަމަ ހެޔޮ އެއްގޮތެއްވެސްނެއް.

The name is already taken The name is available. Register?

ފެމިނިސްޓް ލޮޖިކް

04 October 2018

ވެއާ އިޒް ދަ އީކުއާލިޓީ އިން ދިސް؟ މިކަހަލަ ކަންކަމުގާ ސްޓްރޯންގ އިންޑިޕެންޑަންޓް ވިމެން ވަންނަނީ ހޮރަށް. ދަރިފުޅަށް ދޭންޖެހޭ ހަރަދު ބަހާލީއާ މާ ސަޅިއެއްނުން. މިކަހަލަ ކަން ކަމުގައި ހައްގުތަކާ، ބޭނުންވާ އީކުއާލިޓީ ދަނީ ޖައްވަ ވަޔަށް ފަޒާއަށް. ސޯ ސޭޑް ):

The name is already taken The name is available. Register?

އީކުއަލިޓީ

04 October 2018

ށސްޓްރޯނގ ވުމަން އޭ ބުނާއިރު، ކުއްޖަކަށް މަހަކު ދައްކަން ޖެހެނީ އެންމެ 2000 ރުފިޔާ. ބާކީ ހުރިހާ ޚަރަދެއް ކުރަނީ މަންމަ. ކުދިންނަށް ކޮއްދޭންޖެހޭ ހުރިހާ ޚިދުމަތެއް ކޮށް 2000 ރުފިޔާގެ އިތުރުން ކުރަން ޖެހޭ ހުރިހާ ޚަރަދެއް ކޮށް.. އެހެންވީމަ އެ 2000 ރުފިޔާ ބެހުމުގެ ބޭނުމެއް ނެތް ދެއްތޯ

The name is already taken The name is available. Register?

ފެމިނިސްޓް ލޮޖިކް

04 October 2018

ތިމަންނާއަށް ގެއްލުމެއް ނުވާ ހިނދު، ބުރަ މަސައްކަތެއް ކުރަން ނުޖެހޭ ހިނދު، އީކުއަލް ޕޭ ބޭނުންވެފަ. އެކަމަކު ހަރަދެއް ކުރަންވީމަ ތިކިޔާ އީކުއާލިޓީއަށް ތިޔަ ދައްކަނީ ބަހަނާ. މިބުނަން އުޅޭ އެއްޗަކީ ހަމަހަމަކަން ބޭނުމޭ ކިޔާފަ ގިނަ ފަހަރަށް ބޭނުން ވަނީ ތިމާއަށް ކަން ފަސޭހަ ގޮތެއް. ތިޔހެން ވިސްނައިގެން އުޅެންޏާ ހަމަހަމަ ކަމެެއް ނޯންނާނެ.

The name is already taken The name is available. Register?

ހަގީގަތްމީ

03 October 2018

އަހަރެންނަށް ދިވާވިގޮތް؛ އިންތާ މާގިނަދުވަސްނުވެ ކުއްޖަކުލިބިއްޖެ. އެކަމަކު އަންހެންމީހާ އެދިގެން ފަހަތުންދުވަމުން ވަރިއައްގޮވީމާވަރިކުރީ! ބަރާބަރު އެއްމަސް 3ދުވަސްވީ! ވަރިކުރިއިރު ބަނޑުބޮޑުކަމެއްނޭނގޭ!ދެންކުއްލިއަކަށް އޭނާ ކޯޓައްގޮސްއިންދާ މަށަށްފެނުނީ އޭނަބަނޑުބޮޑުކަމުގެ އެކްރޭ ހިފައިގެންގޮސް. އޭގެ ފަހުން މަށަށް މަސައްކަތެއް ކުރަން ތަނެއްގަ އުޅެވޭގޮތް ނުވެގެން މަޖުބޫރުން ގައުމުން ބޭރުގަ މިއުޅެނީ!

The name is already taken The name is available. Register?

ރަންބުއްދި

04 October 2018

ޢަންހެންވެރިން ހިތުހުރި ގޮތަކަށް އުޅެންވީ.ހަރަދު ދޭން މިޖެހެނީ ފިރިހެނުން ނަށް.އަމިއްލަޔަށް ވަރިވާ އަނހެނުން ގެދޮރު ނެތްފިރިންނަށް އިންނާނެ ތަންދޭން ފާސްކުރަން ވެއްޖެ

The name is already taken The name is available. Register?

ލޮލްޒް

04 October 2018

އެކްސްރޭ އިން ފެނުނުތަ ކުއްޖާ ދެން. ???

The name is already taken The name is available. Register?

އިޙްސާސް

04 October 2018

ބަލަކޮއްކޯ ކޮއްކޮއަށް ނޭންގުނުތަ އަންހެން މީހާގެ ބަނޑުގައި އެވަނީ ކޮއްކޮގެ ދަރިއެއްކަން ނުވަތަ ނޫންކަން. މިކަން ބެލޭނެ ކިތަންމެ ގޮތެއް އެބަހުރި. އެއީ ތިބާގެ ދަރިއެއްކަމަށް ވަންޏާ ޙަރަދު ދޭންޖެހޭނެ.

The name is already taken The name is available. Register?

ޙުސެން

03 October 2018

މިރާއްޖޭގަ ފިރިންގެ ހައްގެއްނޯވޭ. ޙަރަދުރައްހުރީ ދެނަފިރިން ހެސްކިޔާފަ މަސައްކަތް ކުރަންޖެހޭއުސޫލުން. ޢަނބިންނާ ދަރިންނަށް ހަަރަދު ކުރުމަކީ ފިރިމީހާގެ ޒިންމާޔަކަށް ވިޔަސް މުސާރަ ލިބެނީ އެއްވަރަކަށް. ޢަނބިމީހާގެ ފުލެޓެއް އޮތިއްޔާ ފުރިމީހާޔަކަށް ނުކިބޭ. ޢެކަމަކު އުޚޭނެތަނެއް ދެއްކުމުގެ ޒިންމާއޮވޭ. އެނދުމަތި ފަޚުނުފިލުވާތީ ވަރިވުން ނޫނީ އެހެން ކަމެއްކުރުން މަޖުބޫރު. އިލްމުވެރިން ސިޔާސީވީމަ ތާއީދުގެއްލޭ ވާހަކައެއް ނުބުނޭ.

The name is already taken The name is available. Register?

ކޮއްމެކަމެއްގަ ދެކޮޅު ބަލަންޖެހޭ

03 October 2018

ވަރަން ސަޅި މަހުމުސާރަޔަށް 5000 ހާސް ނުލިބޭ އިރު ދެކުދިންދިންނަށް 4000 ހާސް ދެން ކޮބާ ހަރަދު ދޭމީހާގެ ހާލް ކުދިން ހަރަދު ދޭއިރު އެމީހަކަށް ލިބޭ އާމުދަނީއަށް ބެލުން އެއްމެރަގަޅުތާ އާލާ ރޫޅިންގެ ނުވާނެ އެހެންނަމަވެސް ކިތައްމެ ގިނަކުދިން ތަކެއް ތިއްބަސް އަންހެން މީހާއަށްއެހެން މީހެއް ފެނުމުން ކުރާނެ ކަމެއް ނެތް ޓާޓާ ކިޔާލަން ޖެހެނީ ކުދިންނަން ދޭން ޖެހޭތީ ނޫން މައްސަލައަކީ ލިބޭމުސާރަކޮޅު މައްސަލައަކީ

The name is already taken The name is available. Register?

÷ޮިު

03 October 2018

3000 ދެކުދިން ނަށް ދައްކަން ޖެހެނީ

The name is already taken The name is available. Register?

ޟިލާ

03 October 2018

ޢެ ވަރު އިނގޭ އިރު ދޯ ކުދިން ހޯދީ. ކާކު ބަލާނެ ކަމަށް ދަރިން ހޯދަނީ

The name is already taken The name is available. Register?

ދަރި200

04 October 2018

ކީއްކުރަން ނުވާ ވަރުން ދަރިން ހޯދަނީ ދެން؟

The name is already taken The name is available. Register?

އެދުރު

03 October 2018

ވަރަށް ސަޅި ކަމެއްތީ. ހަމަ އެކަނި މީރާއިން އެކަންޔެއްނޫން ދެއްތޯ ޓެކްސް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާރު ޢާންމު ކުރަންވީ

The name is already taken The name is available. Register?

ފާނު

03 October 2018

ރަނގަޅުކަމެއްކަމަށް ފެނެއެވެ. ނިކަމެތި އާއިލާތަކަށް ލިބޭ ހެވެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454